MENU

މައުމޫނެވެ. ދިވެހިންނަށް ހުރި ލަދަކީ ކަލެޔެވެ.

 

އޮޅުވާލެއްވިޔަސް ބޮޑުވަރެވެ. ހީފުޅުކުރެއްވީ ދިވެހިންގެ ސިކުނޑިތަކުގައި 30 އަހަރު އެޅުވި ކަސްދޮޅުތަށް އަދިވެސް ހުރިކަމަށް ހެއްޔެވެ. ވެރިކަން ދަމަހަށްޓަން ވަޅުލިހާ ފަންޑިތާގެ ބާރު އަދިވެސް ހުރީކަމަށް ތޯއެވެ. މިޔަދު ލަދުހަޔާތުގެ ކަންފުޅެއްނެތިގެން ޓުވީޓް ކުރެއްވީ އެހެންވެތޯއެވެ؟

މިއަންމާގައި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ބޮޑު ގަތުލު އާންމެއް ހިންގަމުން ދަނިކޮށް އދ. ގައި އިއްޔެ ނެގި ވޯޓަކީ މިޔަންމާގެ ސަރުކާރުން ހިނގަމުންދާ ގަތުލު އާންމުތަކާއި ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވަން ނެގި ވޯޓެއްތޯ ނުވަތަ ނޫންތޯ އުސްތާޒް އަމިއްލަ ނަފްސާމެދު ސުވާލުކޮއްލަބަލާށެވެ. އދ. ގެ 72 ވަނަ އާންމު ޖަލްސާގެ އެޖެންޑާގައި ހިމެނުމާ މެދު އިއްޔެ ނެގި ވޯޓަކީ ތިޔަ އުސްތާޒައްވެސް އެނގޭނެހެން އަނިޔާ ލިބެމުންދާ މުސްލިމުންނާ ބެހޭވެސް އެއްޗެއް ނޫނެވެ. ކުޑަމިނުން އެމީހުންގެ ވާހަކަވެސް އައިސްފައި ނެތް އެއްޗަކަށް ވޯޓު ދިނުމުން ރޮހިންޔާ މުންލިމުންގެ ހަށްޤުތަށް ހިމާޔަތް ކުރެވުނީތޯއެވެ؟ އުސްތާޒުގެ ލަޤަބާގައިއެކު ދިވެހިންނަށް އޮޅުވާލެއްވީތޯއެވެ؟ މައުމޫނެވެ. މަނިކުފާނަކީ ދިވެހިންނަށް ހުރި ލަދެކެވެ.

ނިކަމެތިކަމާއެކު ބިކަވެ އަނިޔާލިބެމުންދިޔަ ފަލަސްތީން މިނިވަން ދައުލަތެއްގައި ބަލައިގަތުމަށް ނެގިނު ވޯޓުގައި އޭރުގެ ސަރުކާރުގެ މަންދޫބު ޝިފާ ދެކަމު ހާޖަތަށް ދާންޖެހިގެން ބައިވެރިވެ ވަޑައިނުގަތުމުން އެކަމާ ލަދެއް ނުގަނޭތޯއެވެ؟ ދީނީ އިލްމުވެރިންގެ ތުނބުޅީގައި ޗިލީ ސޯސް އުނގުޅާ ތުބުޅިތަށް ބޭލުނީތީ ލަދެއް ނުގަންނަމުތޯއެވެ؟ ތިޔަ އުސްތާޒުގެ ވެރިކަމުގައި ދީނީ އިލްމުވެރިންނަށް ދިން އަނިޔާތަށް ލަދުވެތި ނުވަމުތޯއެވެ؟ ލާދީނީ 3 އަހަރުގެ ވެރިކަމެއް ކޮއް ދިޔަ ބާޣީއަކާ ބައިއަތުހިފަން ލަދެއް ނުގަނޭތޯއެވެ؟ މައުމޫނެވެ. ކަލެޔަކީ ދިވެހިންނަށް ހުރި ލަދެކެވެ.

މައުމޫނެވެ ކަލެޔަކީ ދިވެހިންނަށް ހުރި ލަދެކެވެ. ވެރިކަން ކުރި ދުވަސްވަރު ރާއްޖޭގެ ޖަލުތަކުގައި ހިންގި ގަތުލު އާމުތަކާއިމެދު ލަދު ނުގަނޭތޯއެވެ؟ ޖައްވައް ފަޒާޔަށް ހަވާޔަށް ޖެހި ވަޒަނުން މި ދުނިޔެ ދޫކުރި މީހުންނާ އަނިޔާ ލިބުނު މީހުންނާއި މެދު ލަދެއް ނުގަނޭތޯއެވެ؟ ނަސޯރާދީން ކުރިއަރުވާ ފަރާތްތަކަށް އިނގިރޭސި ރާނީ ދެއްވާ ޖީސީއެމްޖީ ހިތްޕަވައިގެން ރާއްޖެ ވަޑައިގެން އިސްލާމީ ގައުމެއްގެ ވެރިކަން ކުރައްވަން ލަދެއް ނުގަނޭތޯއެވެ.؟ މައުމޫނެވެ. ކަލެއަކީ ހަމަ ރަނގަޅަށްވެސް ދިވެހިންނަށް ހުރި ލަދެކެވެ.

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.