MENU

ބަލަދު އަރަނީ ހަމައެކަނި ރާއީސް ކަމުގެތޯއެވެ؟

މީ ވަރަށް މަޖާ ވާހަކައެކެވެ. އިރެއްގައި ވެރިކަން ކުރީތީ މިހާރުވެސް ވެރިއެކޯލައެވެ. ވެރިކަނމުގެ ބާރުތަކާ ހިނގުމުގެ ނިޒާމުވެސް ދާންވީ މިކަލޭގެ ބޭނުންވާ ގޮތަށެވެ. ދައްކަން މިއުޅެނީ އެއްސަހަރެއްގައި މި ގައުމުގައި ވެރިކަން ކުރި ފިނިހަކަ އެއްގެ ވާހަކައެވެ. ނޫނެކެވެ. ގޮޅަލެއްގެ ވާހަކަ އެވެ. އެޒަމާނުގައި ވެރިކަން ކުރީތީ މިހާރުވެސް ބޭނުންވަނީ އެ އާރާ ބާރުގައި އުޅޭށެވެ. ސާރިދޯޅަގެ މުސްކުޅި ސިކުނޑިން ވިސްނާ ދަމިލަ ޖެހި ވިސްނުންތަކުގެ އަލީގައި ގައުމު ހިންގާށެވެ. ދަބަރަށް ވެ ނިމި ދާއިރުވެސް ގަދަބަސް ބުނާށެވެ.

މިކަލޭގެ ވަނީ ހަމަ މީގެ ކުރީ ޒަމާނެއްގައި ޕީޕީއެމް ގެ ރައީސްކަން ވެސް ކޮއްފައެވެ. ޕާޓީގެ ހިންގާ ގަވާއިދާ ހިލާފުވެގެން ޕާޓީން މިހާރު ވަނީ ވަކިކޮއްފައެވެ. އޭގެ ފަހުން އެއްވެސް ޕާޓީއަކަށް ނުގުޅި ހުންނަނީއެވެ. ގައުމު އިސްލާހު ކުރުމުގެ ނަމުގައި ކުރަނީ ފަސާދައެވެ. އާއެކެވެ. މި ކަލޭގެއަކީ އޭރުގެ ޕާޓީގެ ރައީސް ކަމުގައި ވީ ނަމަވެސް މިހާރު ޕާޓީގައި އެއްވެސް ހައިސިއްޔަތެއް އޮތް މީހެއް ނޫނެވެ. އެހެން ނަމަވެސް އަދިވެސް މީ ޕާޓީގެ ރައީސް މެ ޔޯލައެވެ. ޕާޓީ ހިންގަން ވީގޮތާ ޕާޓީގެ ފަރާތުން ވާހަކަވެސް ދަންކަންވީ މި ކަލޭގެޔޯލައެވެ. އެވަރުން ނުފުދިގެން ޕާޓިގެ ލެޓަރ ހެޑްގައި ބަޔާންނެރެ ޕަޓީގެ ލޯގޯއާއި ތަށްގަނޑުތަށްވެސް ވީ މިކަލޭގެ ހަރުމުދަލަށް ހަދަންށޯލަޔެވެ.

މައުމޫނެވެ. ޕާޓީގައި އެއްއިރެއްގައި ރައީސްކަން ކުރެއްވި ކަމަކު މިހާރު އެދުވަސް ފާއިތުވެއްޖެއެވެ. މިހާރުގެ އެކުވެރިން ބުނާހެން ނާކާމިޔާބީގައި ކެއްތެރިވާން ދަސްކުރާށެވެ. އޭރު ޕާޓީގައި ރައީސް ކަން ކުރެއްވުމުން ބަލަދު އަރާހެން ކުރިން ކުރި ކަންކަމުގެ ބަލަދު ނާރަންވީ ކީއްވެތޯއެވެ؟ ރައީސްކަން ކުރެއްވިއިރު މެރިހާ މީހުންގެ ބަލަދު ނާރަނީ ކީއްވެތޯއެވެ؟ 30 އަހަރު ނިކަމެތި ރައްޔިތުން ތެޅުވި ނިކަމެތި ކަމުގެ ބަލަދު ނާރަނީތޯއެވެ؟ ދީނީ އިލްމުވެރިންނަށް ދިން އަނިޔާތަކުގެ ބަލަދު ނާރަނީ ކީއްވެތޯއެވެ؟ ނުވިތާކަށް އޭރު ގެންގުޅުނު ވަގުބިޓު އަނީސާގެ ބަލަދު މިހާރުވެސް އަރާތޯއެވެ؟ އެހެންވީރު ބަލަދު އަރަނީ ހަމައެކަނި ރާއީސް ކަމުގެތޯއެވެ؟

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.