MENU

އަންނިއަކީ ކާފަރެއް

 

1967 ވަނަ އަހަރު ގ. ކެނެރީގެއަށް އުފަން މުހަންމަދު ނަޝީދަކީ ހުޅަނގުގެ ފަރާތްތަކަށް "ޑިމޮކްރަސީގެ ޗެމްޕިއަން" އެވެ. ހިއުމަން ރައިޓްސް އާއި ތިމާވެށި ހިމާޔަތް ކުރުމުގައި އަރާހުންނެވި ބޭފުޅެކެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިމޮކްރެޓިކް ވެރިކަމެއް ކުރެއްވި ބޭފުޅާއެވެ. ހުޅަނގުގެ "ރަން ދަރި" އެވެ.

ނަމަވެސް ދިވެހިންނަށް ނަޝީދު ފެންނަކީ ތަފާތު މިޒާޖެއްގެ ބޭފުޅެއްގެ ގޮތުގައެވެ. ދިވެހިންނަށް އެމަނިކުފާނު ދައްކަވަނީ ޑިމޮކްރަސީގެ ނަމުގައި ވެރިކަމުގެ ދަހިވެތިކަމުގައި އުޅޭ އައްޓި މަހެއްގެ މިސާލެވެ. ދިވެހި ރަށްވެއްސެއްގެ ނަމުގައި ގައުމުގެ އިގްތިޞޯދު ފުނޑާލަން މަސައްކަތް ކުރާ ގައްދާރެއްގެ މިސާލުގައެވެ. ވެރިކަމުގެ ބާރުތައް ބޭނުންކޮށްގެން ރައްޔިތުންގެ ލާބަޔަށް ކަމަށް ބުނެ އާއިލާއާ ގާތް ރައްޓެހިންގެ ޖީބުތައް ދައުލަތުގެ ބައިތުލްމާލުން "ކޮޅާލައިގެން " ފުރަން މަސައްކަތް ކުރެއްވި ވަގެއްގެ މިސާލުގައެވެ.

ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގެ ނަމުގައި ރައްޔިތުން ބަނޑަށް ޖައްސާ އަނގަޔާ އަތާ ދިމާނުވާވަރު ކުރި މަކަރުވެރިއެއްގެ މިސާލުގައެވެ. ޑިމޮކްރަސީގެ ނަމުގައި ހުދުމުހުތާރުކަމުގެ ތާކިހާ ތުރުކުރައްވައިގެން ހުންނެވި އެދުރެއްގެ ގޮތުގައެވެ. މިނިވަންކަމުގެ ނަމުގައި ލިވާތުކުޅިއާ ސިހާގުކުރުމަށް ހިތްވަރު ދެއްވާ ބޭފުޅެއްގެ ގޮތުގައެވެ. ތިމާވެށި ހިމާޔަތް ކުރުމުގެ މިސާލުގައި މޫސުމަށް އަންނަ ބަދަލުތަކަށް ހަޖޫޖައްސަވާ ބޭފުޅެއްގެ މިސާލުގައެވެ.

އަދުލުވެރިކަމަށް މަސައްކަތް ކުރާ އެހެނަސް އިންސާފަށް ޤަދަރު ނުކުރާ ބޭފުޅެއްގެ މިސާލުގައެވެ. އިގްތިސޯދީ މާހިރެއްގެ ނަމުގައި ގައުމު ދަރުވާލި ހިޔާނާތްތެރިއެއްގެ މިސާލުގައެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ އެކަމަކު މަސްތުވުމަށް ހިތްވަރު ދޭ "ގަންޖާ ބޮލެއް" ގެ މިސާލުގައެވެ. އިޖްތިމާއީ ބޮޑު ބަލިމަޑުކަމެއް ރާއްޖެއަށް ވެރިކުރުވި "ވަބާ" އެއްގެ މިސާލުގައެވެ. ޤައުމިއްޔަތު ހިމާޔަތް ކުރުމުގެ ބަދަލުގައި ގައުމު ވިއްކާލަން މަސައްކަތް ކުރި ޚާއިނެއްގެ މިސާލުގައެވެ. ދިވެއްސަކަށް ވެހުރެ ދިވެހިންގެ އިސްލާމީވަންތަ ސަގާފަތް ވަޅުޖެއްސި މަކަރުވެރިއެއްގެ މިސާލުގައެވެ.

ދީން ހިމާޔަތް ކުރުމުގެ ނަމުގައި މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް ހަޖޫޖެހި މަލްޢޫނެއްގެ މިސާލުގައެވެ. ރަސޫލާއަށް ޞަލަވާތް ކިޔެވުމުގެ ބަދަލުގައި އެކަލޭގެފާނަށް ފުރަށްސާރަކުރި " އަބޫޖަހުލެއްގެ" މިސާލުގައެވެ. އިސްލާމްދީން މި ގައުމުން ފޮހެލުމަށް މަސައްކަތް ކުރާ ކާފަރެއްގެ މިސާލުގައެވެ.

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.