MENU

2018 އަށް ތަރަށްޤީ މުއިޒު ކުރާނަމެވެ

2013 ވަނަ އަހަރު ރައީސް ޔާމީން، ރައީސްކަމާއި ހަވާލުވެ ވަޑައިގަތްފަހުން ހޮޅިއެއް ވަޅުނުލާ، މަގެއް ހަދާނުލާ ރަށެއް ހއ. ތުރާކުނުން ސ އަތޮޅު ގަމާ ހަމަޔަށް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދައުލަތުން އެތައް ބައިވަރު ހަރަދުތަކެއް ކޮށްގެން އެތައް ޒަމާނަކުން ރާއްޖެ ނުގެނެވުނު ތަރައްޤީ މިއޮއްގެން ދަނީ އަންނަމުންނެވެ. އުމްރާނީގޮތުން އެކަންޏެއް ނޫނެވެ. އިޖްތިމާއީގޮތުންނާ އިލްމީ ރޮގުންވެސްމެއެވެ. އަތު ފަތު ނުޖެހި ތަރައްޤީ މިހިރަގެން ފަތުއަޑުކިޔާފައި އަންނަނީއެވެ. ބަލަބަލާ ތިއްބާ ލޯކުރިމައްޗަށެވެ. ކަނު މީހަކަށްވެސް ދޮގުނުކުރެވޭނެ މިންވަރަށެވެ.

ނަމަވެސް ތަރައްޤީގެ މި ބަހާރު މޫސުމުގައިވެސް ވިހަގަދަ ކަށި ގަސްތަށް ދަނީ ފަޅަމުންނެވެ. އޭގެ ވިހަ ގައުމަށާ މުޅި ދުނިޔެއަށް ފޮނުވަމުންނެވެ. ކޮން މަޤުސަދެއްގައިތޯއެވެ؟ ފިނިފެންމާ މޯޅި ކޮށްލުމުގެ މަޤުސަދުގައިތޯއެވެ؟ ސިޔާސީ މަޤުސަދެއް ހާސިލްކުރުމަށް، ކޮންމެ ކަމެއްގައިވެސް ހަމަޔާއި އުސޫލު އޮންނާނެއެވެ. ހަމައާއި އުސޫލުން ބޭރުވުމުން ދެން ގިނަފަހަރަށް ދެއްކޭނީ ހަމަނުޖެހޭ ވާހަކަތަކެވެ.

2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު އިދިކޮޅު ފަރާތްތަކުން ފުރަތަމަ ދައްކަމުން އައި ވާހަކައަކީ ރައީސް ގެންނަވަން ވަޢުދުވި ތަރައްޤީ ގެނައުމަށް ނުކުޅެދުނު ވާހަކައެވެ. ނަމަވެސް އިސާހިތަކު ސުމަކުން ފައްޓަވައިފިއެވެ. އެކަމަކު އެވަރު ކަމަކު ނުދިޔައެވެ. ސަރުކާރުގެ ހިންގުމުގެ ނިޒާމު ބަދަލުކޮށް 3 އަހަރު މަސްހުނި ގަނޑަކަށް ހަދާލާފައިވާ ސަރުކާރުގެ އިދާރާތަށް ހަމައަކައް އެޅުއްވުމަށްފަހު ދެން ފެއްޓެވީ ރައްޔިތުން ގެ ތެރޭގައި ހަމަޖެހުން ގާއިމްކޮށްދީ އިޖްތިމާއީގޮތުން ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ހެދުމުގެ މަސައްކަތެވެ. އެގޮތުން ރައްޔިތުން ހިތްހަމަ ޖެހިގެން އުޅެވޭނެ މާހައުލެއް ގާއިމްކޮށްދީ ހިތްފަސޭހަ ދިރިއުޅުމަކުން އާއިލާތައް ހެއްވާލިއެވެ. އެއް ގޮތަކުން ނޫނެވެ. އެތަށް ގޮތަކުންނެވެ. ކުރިން ނުލިބުނު ފަސޭހަތައް މިހާރު ދަނީ ލިބެމުންނެވެ.

ތަރައްޤީގެ ރޭހުގައި ސްޕީޑް އެހެރަ ގެންދަނީ ބާރުވަމުންނެވެ. މިވަރުންވެސް މިވެރިން ހިތެއް ނުފުރުނެވެ. ވެރިކަމުގެ ދަހިވެތިކަމުގައި ކަސްފުވެފައިވާ ލޯތައް ހުޅުވޭ ވަރެއް ނުވިއެވެ. ވެރިކަމަށް ދެބައި ހަމަވަން ވީއިރު ސްޕީޑް މިހިރަގެން 100 އަށް އަރަނީ އެވެ. މަޑުމަޑުން ބާރުވަމުން އައި ރޭހުގެ ފޯރިގަދަ ހިސާބަށް އާދެވުނީއެވެ. މިފަހަރު މިލިޔަނުން ކީ ދިވެހި ރުފިޔާއެއް ނޫނެވެ. ބިލިޔަނުން ޑޮލަރުގެ ބިޔަ ބޮޑެތި މަޝްރޫއޫތައް އެހެރަ ފެއްޓެވީއެވެ. ރާއްޖޭގައި ތެޔޮހުރިތޯ ބެލުމުގެ މަސައްކަތެވެ. 25 ބުރީގެ އެހެރަ ދިގު ދަރުމަވަންތަ ހޮސްޕިޓަލެއް ދެއްތޯއެވެ. ގާދޫކޮލުން ފެންނަ ހިތްގައިމު ކަމެއްތާއެވެ. އެއާޕޯޓުގެ "ބޮޑު ބޯޓު" ޖައްސާ ރަންވޭގެ މަސައްކަތް ވެސް މެއެވެ. މިވަރުން ކެނެރީ ޣާފިލްކަމުން ނިދިފައިތިބި މިވެރިންގެ ލޮލުގައި ކޮންމެސް ވަރެއް އަޅައިގަނެއްޖެތާއެވެ. ތަރައްގީ ގެނަސްދެއްވާކަން ގަބޫލުކުރަން މަޖުބޫރު ވެއްޖެތާއެވެ. ހަޖަމް ނުވިޔަސް ހަޖަމްވެސް ކުރަން ޖެހުނީއެވެ.

މިވަރުން ތަރައްޤީގެ މަސައްކަތްތައް ދާނަމަ 2018 އަންނަން ވާއިރަށް ރޮކެޓް ސްޕީޑަށް އަރާނެކަން ކަށަވަރު ވެއްޖެތާއެވެ. 18 ގެ އިންތިހާބު ކާމިޔާބުކުރަން ދަންތުރައެއް ޖަހަން ޖެހިއްޖެކަން ރޭކާލީ މިހާހިސާބުންނެވެ. ދެންފެއްޓީ، "މުއިޒު" ވާށެވެ. މަގެއްގައި ގަލެއް ނެއްޓިފައި އޮތީޔާ އެކަމަށް ވީ ފާޑު ކިޔާށެވެ. މަލިކުގައި ފާލަމެއް އޮތީތީ އެވެސް ވީ ރާއްޖޭގެ ބްރިޖް ކަމަށް ހަދައި ދައްކާށެވެ. އެންމެ ފަހުން ގޮވީ އަތަށެވެ. މިވެރިން ތަރަށްޤީގެ ބޮޑުމަންޒަރު އޮޅުވާލަން ދެއްކި ހުރިހާ ވާހަކަ ތަކަކަށެވެ. އާއެކެވެ. މަންޒަރު ވަރަށް ސާފެވެ.2018 އަށް ވާން ވާއިރު ތަރަށްޤީ "މުއިޒު" ކުރާނަމެވެ.

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.