MENU

ތީ އަޅުގަނޑުމެންގެ މަންމަޔާ ބައްޕައެވެ!

 

ކޮންމެ މަޔަކާ ބަފަޔަކު ދަރިއެއް އުފަންކުރުވާއިރު ހާދަފޮނި އުންމީދުތަކެއް ދެކޭނެއެވެ! އެއްވެސް އިންސާނަކީ ފުރިހަމަ އިންސާނަކަށް ނުވާނެއެވެ! ހިނގާބިނގާވެ އުޅުމާ ލޮލުގެ ފެނުމާ ވާހަކަ ދެއްކުމާ ކަންފަތަށް އަޑު އިވުމަކީ ކިހާބޮޑު ނިއުމަތެއްކަން ފަހަރުގައި ތިޔަ ބޭފުޅުންނަށް ނޭނގިދާނެއެވެ! ތިޔަ ބޭފުޅުންގެ އެ ހިއްސުތަށް ހަމައަށް ހުރީމައެވެ. އަދާއި ހަމައަށް އަހަރެން ވަރަށް ކެތްކޮށްފީމެވެ. އާއިލާއާ ގާތްތިމާގެ މީހުން އުފުލާ ބުރަ އިހުސާސް ކުރެވެއެވެ. ނިކަމެތިކޮށް ބާކީކޮށް އެކަނިކޮށްލުމުން ވޭތުވެދިޔަ 18 އަހަރު ރުއި ރުއިމާ އިހުސާސް ކުރަންޖެހުނު އެކަނިވެރިކަން އިހުސާސްކުރަން ފަހަރުގައި ތިޔަ ބޭފުޅުންނަށް އިހުސާސް ނުކުރެވިދާނެއެވެ.

ކޮންމެ ނަމާދަކަށްފަހު މަންމައާ ބައްޕަ ކުރާ ދުޢާތަކުން ހިތް ފަޅައިގެންގޮސް ކުދިކުދި ވާހާވެއެވެ. އެމީހުން ރޯ ރުއިމާއި، ގިސްލާ ގިސްލުން އަހަރެންނަށްވުރެ ބޮޑަށް އިހުސާސްކުރެވޭނެ އިތުރު މީހަކު ހުންނާނެ ހެއްޔެވެ؟ މިހުރިހާ ތަކުލީފަކާ ހިތާމައެއް އުފުލަން ޖެހުނީ ކޮން ކުށަކުން ހެއްޔެވެ؟ ހަމަ އެންމެ ސަބަބަކަށްޓަކައިހެއްޔެވެ؟ އުފެދުމުގައިވެސް ނުކުޅެދޭ ކުއްޖަކަށް ވީމަހެއްޔެވެ؟

އަހަރެންވެސް އެކުވެރިންނާއެކު ބޯޅަކުޅެން ކިތަންމެހާވެސް ދާހިތްވެއެވެ. ރައްޓެހިންނާއެކު ހިނގާލަން ގޮސް މަޖާކޮށްލާ ހީ ސަމާސަކޮށްލާ ހިތުން ހިތް ފަޅައިގެންދާ ވަރުވިޔަސް ބަލި އެނދުން ތެދުވުމުގެ ކުޅަދާނަކަމެއް ނެތެވެ. މީ މިއަދު ތަޤުދީރެވެ.

އަބަދަކު މައިންބަފައިންނަކަށްވެސް އަހަރެން އަތުލަފިކޮއްގެން ނުގެންގުޅެވޭނެކަން ދަންނަމެވެ. އަހަރެންގެ ބަލި ފަސޭހަކުރުމަށް އެމީހުން މާލީ އެހީތެރިކަން ބޭނުންވެއެވެ. މަދުމަދުން ސަރުކާރުންނާ ބައެއް ހެޔޮއެދޭ ފަރާތްތަކުން އެހީދިނެއްކަމަކު އެވަރުން އޮންނަނީ ދެކޮޅު ނުޖެހިފައެވެ. ޝުކުރު ނުކުރަނީއެއް ނޫނެވެ. 18 އަހަރު މިގޮތުގައި ކެއްކުރެވޭނީ ވަރަށް ހިތްވަރު ގަދަވީމައި ނޫންތޯއެވެ؟

ވަރަށް ދުއާކުރަމެވެ. ހިތާހިތުން އަބަދުމެ ރޮއެ ﷲ ހަޒްރަތުން އެދި ދަންނަވަމެވެ. މިއަށްވުރެ އުޖާލާ ދުވަހެއް ދައްކަވާތޯއެވެ. އަހަރެންނަށް އެކަންޏެއް ނޫނެވެ. އަހަރެންފަދަ ހުރިހާ ކުދިންނަށެވެ.

ދަންނަވަންތޯއެވެ؟ މިއަދު މިއިނދެވުނީ ވަރަށް އުފަލުންނެވެ. ނުހިނގެއެވެ. އެހެން ނަމަވެސް އަމިއްލައަށް މިއަދު ތަންތަނަށް ގޮސް ހަދަމެވެ. ބޭރަށް ނުކުމެލާ މީހުންނާ ފެނިދެނިވެ ހެދެއެވެ. ކުރިން އަހަރެން ފެނުމުން މޫނު ހަދާފައި ދިޔަ މީހުން މިއަދު ހިނިތުންވެލައެވެ. އިއްޔެ އަހަރެން އަތުލަފިކޮށްގެން ގެންގުޅުނު މުސްކުޅި މަންމަޔާ ބައްޕައަށް މިއަދު ކޮންމެހެން އެ ބުރަ އުފުލާކަށް ނުޖެހެއެވެ.

އެދުވަހު މަންމައާ ބައްޕަ އުފުލި ބުރަޔަށް މިއަދު ކިތަންމެ ޝުކުރެއް އަދާކުރިޔަސް އެބުރައާއި ގާތަށްވެސް އަޅާ ނުކިޔޭނެކަން އަހަރެން ގަބޫލުކުރަމެވެ. ނަމަވެސް މަންމަމެންނަށް ޝުކުރިއްޔާއޭ ބުނެ ފުއްދާލުމުގެ ބަދަލުގައި އަމިއްލަ މަސައްކަތުން ހޯދާ ލާރިން، އަދު މަންމަމެންނަށް ޚަރަދުކުރެވޭތީ ލިބޭ ހިތްހަމަޖެހުން ދުލަކުން ގަލަމަކުން ބަޔާނެއް ނުކުރެވޭނެއެވެ.

އަހަރެންނަކީ އެދުވަހު އެކަނިވެރިއެއް ނަމަވެސް މިއަދު ގާތުގައި ތިބޭނެ ރަޙުމަތްތެރިންތަކެއް ލިބިއްޖެއެވެ. ހީ ސަމާސަކޮށް ހަދަމެވެ. ގޮނޑިން ނުތެދުވެވުނަސް މިހާރު ބޯޅަ ކުޅެ މަޖާ ނަގަމެވެ. އަހަރެންނަށްވުރެ އުފާވެރި މީހަކު މިދުނިޔޭގައި ހުންނާނެހެއްޔެވެ؟

ކުރިން ނުލިބުނު އަޅާޅުމާ އޯގާތެރިކަން މިހާރު ލިބެއެވެ. ނުކުޅެދޭ މީހަކަށްވީތީ އެއްކައިރިކޮށްލާފައި ބޭންދި ނަމަވެސް މިހާރު މުޖުތަމަޢަށް ބޭނުން ހިފޭމީހަކަށް ހައްދަވާދެއްވައިފިއެވެ. އަހަރެމެންނަކީ ނުކުޅެދޭ ބައެއް ނޫންކަމާ، ބޭނުންވަނީ ހާއްސަ އެހީތެރިކަމާ އޯގާތެރި އަޅާލުންކަން މިއަދު ޤަބޫލުކުރެވިއްޖެއެވެ.

ބައެއް މީހުންނަށް މީގެ ކުރިން މިކަން ނޭގުނު ނަމަވެސް މިއަދު ޔާމީން ސަރ، އަހަރެމެންނަކީވެސް މުޖުތަމަޢަށް ބޭނުން ހިފޭނެ ބައެއްކަން ދައްކައިދީފިއެވެ. އަހަރެމެންނަށްޓަކާ މާދުރުން އައިސް އެދެއްވާ އޯގާތެރި ފިރުމުންތަކަށް ފާތުން މެޑަމްއަށް ހިތުގެ އެންމެ އަޑިން، އިޚްލާޞްތެރި ޝުކުރެއް ދަންނަވަމެވެ. އެނގެ އެވެ. މިހެން ދަންނަވާ ޝުކުރުގެ ލަފްޒަކުން އަހަރެމެން ކަހަލަ ނުކުޅެދޭ މީހުންނަށް އަޅާލާ، ތިޔަ ދެއްވާ އޯގާތެރިކަމާ ލޯތްބާ ކުލުނުވެރިކަމަށް ޝުކުރެއް އަދައެއް ނުކުރެވޭނެއެވެ. އަހަރެމެންފަދަ ހާއްސަ އެހީޔަށް ބޭނުންވެފައި ތިބި ކުދިންގެ ދުޢާގައި ކަމަނާއާއި، ކަމަނާގެ ފިރިކަލުންނަށް ހެޔޮރަޙުމަތާ އުފާ ފާގަތިކަން ލެއްވުން އެދި ދުޢާ ދަންނަވަމެވެ. ތިޔައީ އަހަރެމެންގެ "އެހެން ދުނިޔެއަކަށް" އުފަންކުރުވި މަންމައާ ބައްފައެވެ

COMMENTS: 4
 1. August 27, 2017 by އަލީ Reply

  ވަރަށް ތަފާތު ލިޔުމެއް

 2. August 27, 2017 by އަލީ Reply

  މީ މިޔަދހުގެ ހަޤީގަތް.

 3. August 27, 2017 by ކަމަނާ Reply

  ޙަގީގަތް މެޑަމް ފާތުމް އަކީ ހަޤީގީ މަންމަ އެއް

 4. August 28, 2017 by ދޮންހުސޭނު Reply

  މީހަގީގައް..ގަބޫލުކުރިއަސް ނުކުރިއަސް މިވަރުގެ މީ ތަފާތަކީ ރައީސްޔާމީން ބިކާރިވެފަތިބިއެތަށް ދިވެހިންނެއް މި މުޖުތަމައަށް ނެރެފި..

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.