MENU

ދެ މަހާރެހެންދިންގެ ތަފާތު !

އަރިމަތިން ތިޔަ ފެނިވަޑައިގަންނަވަނީ ކުރީގެ ރައީސް ނަޝީދުގެ އަނބިކަނބަލުން މެޑަމް ލައިލާ އަލީ އަދި މިހާރުގެ ރައީސް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމެވެ. އިއްޒަތާ ޝަރަފުވެރި ދެ ކަނބަލުންނެވެ. ނަމަވެސް ރައްޔިތުންގެ ހިތްތަކުގައި މި ދެ ކަނބަލުންނަށް ދެވިފައިވާ މަގާމު ތަފާތެވެ. މިޒާޖު ތަފާތު ދެރެހެންދިންގެ، އުޅުއްވުންވެސް ކިތަންމެހާވެސް ތަފާތެވެ. ލިބިވަޑައިގެންފައިވާ އިއްޒަތާ ޝަރަފުވެރިކަމާއެކުވެސް އެއް ކަމަނާއަކީ ރައްޔިތުންނާ ނިކަން ގާތް ބޭކަނބަލެކެވެ. އިއްޒަތުގެ ދާނުން ތެދުވެ އަބުއިކަމުގެ ފަރުދާ ކައްސަވާ ރައްޔިތުންގެ ގެތަކުން އެކެއްގެ ހާލު ބައްލަވަމުން އަނެކެއްގެ ބޭނުންތައް ފުއްދަވައިދެއްވުމުގައި އެކަމަނާގެ އޯގާތެރިކަމުގެ މުއް ހުޅުވާލައްވައިގެން ހުންނެވިއެވެ.

އެއް ބޭކަނބަލެއްގެ ވާހަކަ ދައްކައިގެން ފަރުޖެހޭކަށް ނެތެވެ. ދެވަނަ މަހާރެހެންދީގެ ނަސީބު ދެރަކަމުން އެކަމަނާގެ ފިރިކަލުން ވެރިކަން ކުރެއްވީ ކުރު މުއްދަތަކަށެވެ. އެއަށްފަހު އިސްތިއުފާދެއްވާ ވަޑައިގަތީ ހުޅަގަށެވެ. މަހާރެހެންދިޔަކަށް ހުންނެވިއިރުވެސް އޭގެކުރިންވެސް ޖަލްސާއެއް ފަޅުފިލުވާލަން ނުވަތަ ފޮޓޮއެއް ނަގާލަން ނޫނީ މެޑަމް ލައިލާ ނުފެނެއެވެ. އަވައްޓެރިއެއް، ރައްޔިތެއްގެ ހާލުބައްލަވާލަން ވަޑައިގަތް ތަނެއް ނުދެކެމެވެ. ފެނިގެންދިޔައީ މުއްބާރުކަމާ އަބުއިކަމެވެ. އެކަމަނާ ފެނިގެންދިޔައީ ލޮލު ބޭހަކަށް ވުރެ ތަދުކޮށެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގައި އިސްލާމީ ހިޖާބުން ހެދުން ތުރުކުރެއްވި މަހާރެހެންދީގެ ޝަރަފާއެކު މެޑަމް ފާތުން ފެނިގެން ދަނީ ޒާހިދުކަމާއެކު ދީނީ ކަންތަކަށް ލޯބިކުރާ ކަނބަލެއްގެ ގޮތުގައެވެ. ދީނީގޮތުން ރައްޔިތުން ލޯހުޅުވައިދިނުމަށް އެކަމަނާގެ އަމިއްލަފުޅު ޖީބުން ޚަރަދުކުރައްވައިގެން ދީނީ ދަރުސްތައް ގެންދަވަނީ ބާއްވަވަމުންނެވެ. ފިރިކަލުންނެކޭ އެއްބީދައިން ހުޅަނގަށްވުރެ އިސްލާމީ ގައުމުތަކާ ގުޅުން ބަދަހި ކަނބަލެއްގެ ގޮތުގައެވެ. ދީނީ އަޅުކަންތަކަށް ލޯބިކުރައްވާ ކަނބަލެއްގެ ގޮތުގައެވެ.

ނަމަވެސް މެޑަމް ލައިލާ ވަރަށް ތަފާތެވެ. އެކަމަނާ ފެނިގެންދަނީ އެކަމަނާގެ ފިރިކަލުންނެކޭ އެއްބީދައިން އިސްލާމީ ގައުމުތަކަށްވުރެ ހުޅަނގުގެ ގައުމުތަކާ ގާތްގުޅުމެއް ބާއްވަވާ ކަނބަލެއްގެ ގޮތުގައެވެ. ހުޅަނގުގެ ފަރާތްތަކާ ގައިގޯޅިވެ އުޅޭ ކަނބަލެއްގެ ގޮތުގައެވެ. ހުޅަނގުގެ ތަހުޒީބަށް ލޯބިކުރައްވާ ކަނބަލެއްގެ ގޮތުގައެވެ. މެޑަމް ލައިލާ ހައްޖަށް ވަޑައިގަތްތަނެއް ދީނީ ކަމަކާއިގެން އުޅުނުތަނެއް އަޅުގަނޑެއް ނުދެކެމެވެ. އެނގިވަޑައިގެން މީހަކު ހުންނެވިނަމަ އަނގާލަދެއްވުން އެދެމެވެ.

އިޖްތިމާއީ މައިދާނަށް ބެލިނަމަވެސް މެޑަމް ފާތުންނަކީ އަގުބޮޑު މައުދަނެކެވެ. އަންހެނުން ބާރުވެރި ކުރުވުމުގެ ލީޑަރެވެ. ނުކުޅެދުންތެރިކަން ހުންނަ ފަތާރްތަކުގެ "މަންމަ" އެވެ. އެކަނިވެރި މައިންނާ ބިއްޖެހިފައިތިބި ޒުވާނުންގެ ބަލަދުވެރިކަން އަމިއްލަ ކޮނޑުގައި އަޅުއްވައި ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި ފޫގަޅާލާގެން ނުކުންނަވަނީ ސާބިތުކަމާ އެކުއެވެ. އިސް ރަށްވެހިންގެ "މަގޭ ދަރި" އެއް ފަދަ ކަނބަލެކެވެ. ހޮސްޕިޓަލުތަކުގައި ތިއްބެވި ބަލިމީހުންގެ  "ފާތުން ދައްތަ" އެވެ. ކަނބަލުންގެ "އެކުވެރިއެއް" ގެ ގޮތުގައެވެ.

އަޅުގަނޑަށް ވަކި ކޮޅަކަށް ޖެހެވެނީކީ ނޫނެވެ. އަޅުގަނޑު ދައްކާފައި ވެސް ދައްކަން އޮތީ ހަމަ އެއްވާހަކައެކެވެ. އިޖްތިމާއީ "ރޭންކިންގައި" މެޑަމް ލައިލާއަށް ދޭނީ ކިހާވަރެއްކަމެއް އަޅުގަނޑަކަށް ނޭގުނެވެ. އެކަމަނާ ބަލިމީހަކަށް ގޮވާލަން ހޮސްޕިޓަލަކަށް ދިޔަތަނެއް އިސް ރަށްވެއްސަކާ "އަނގަ ތަޅާލިތަނެއް" ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި ފޫގަލާލިތަނެއް ނުދެކެމެވެ. އެހެންކަމުން އެކަމަނާއަށް ރޭންކިންގައި ދޭންވީ ކިތަށް ތަރިކަން ނިންމާނީ ތިޔަ ކިޔުންތެރިންނެވެ.

 

 

 

COMMENTS: 4
  1. August 27, 2017 by ޛފފ Reply

    ޚކުރަަަަަް ަަކދކސ×ނކ×މ×ނ×ނ×މ×މކ×ލޒލޒލޒމ×ނ×ޗޖޖޗޖޗޖޗނނޗޖފޖޖދޖދކދކދޮދv

  2. August 27, 2017 by ޢިސްކުރުބެ Reply

    ޢަޅުގަނޑު ލައިލާއަށް ދޭނީ ރަންމެޑެލް އޭ ހުޅަނގާއި ގާތް ގުޅުން ބާވާތީ... ގުޑު ލައިލާ

  3. August 28, 2017 by Anonymous Reply

    ކޮމެންޓް ނުފެންނަނީ ކީއްވެ؟

  4. August 31, 2017 by ali Reply

    Lailaki kiburu veri meeheh. medam faathuma baraabaru

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.