MENU

ދައިގަންނަން އުޅޭ ކުއްތާއެއް ވައްވަކެއް ނުކަޖާނެއެވެ

ފަށައިގަންނަން ގަސްތުކުރަނީ މަސްތަކެއް ކުރިންނެވެ. އިދިކޮޅު ފަރާތްތަކުން މަޖީދީމަގާ އަލިކިލޭގެފާނު މަގާ ގުޅުނު ކަންމަތީ ކުރި ނިކަން "ފޯރިގަދަ" ޣައިރު ގާނޫނީ އެއްވުމަކާ ހަމައިންނެވެ. މުޒާހަރާގެ ވަކި ހިސާބަކުން ފުލުހުން ބަންދުކޮއްފައިވާ ހިސާބައް ކަޅުތެލާ މަސްބާނާ ބެރި އުކަން ފެށި ހިސާބުންނެވެ. ކޮންމެއަކަސް އެސްއޯފުލުހުންގެ ވެހިކަލެއް ސައިރެން އަޅާފައި އަންނަ އަޑު މާދުރުން އިވެން ފަށައިފިއެވެ. ކަންދިމާކުރިގޮތުން މިވާހަކާގެ ބަތަލު ނޫނެކެވެ، "ބަތަލާ " މަހުލޫފު މަތިހަށި ނަގާފައި މިއޮތްގެން ހަޅޭއްލަވަނީއެވެ. ކިޔަނީ ކީއްކަން އެނގިލައްވާތޯއެވެ. "އަހަރެމެން ފުލުހުންދެކެ ބިރެއް ނުގަނޭ، މިތިބީ ބިރު ފަހަނަ އަޅާ ގޮސް" މިހެންނެވެ. މި ހަޅޭކުގެ ތެރޭން މަހުލޫފުގެ ކަންފަތުގައި އެސްއޯ ވެހިކަލުގެ ސައިރެންގެ އަޑު ޖެހުނީ ވެހިކަން މުޒާހަރާގެ ބައިވެރިންނާ ފުދޭވަރަކަށް ކައިވިފަހުންނެވެ. ދެންތޯއެވެ. އެއްކަލަ މަތިހަށިނަގާ އުޅުނު މަހުލޫފެވެ. ނަގޫޖެހިތާ ބޯޖަހާފައި އެހެރަގެން ދުއްވާގަތީއެވެ. އަލިކިލޭގެފާނުމަގުން ދުވެގޮސް ލިލީމަގުން އަޅިތަނުން އެހެން ދިޔަ ސައިކަލެއްގައި އިން ސޮރަކު އޮބިއަޅާގެން އެސޮރު ފަހަތަށް އަރާގެން އެހެރަގެން ދިޔައީތާއެވެ. ދެން އެރެޔަކު ދައްކައެއް ނުލައެވެ. މަހިތަށް އެރިއެވެ. ކަލޯ ހާދަ ގަޓުހުރި މީހެކެވެ. ބިރެއް ނުގައްނާނޭ ބުނެ އަނގައިގައި އެއްބައި އޮއްވާ،  ބުޅަލެއްގެ ބުޑުގައި އުނބުންޖެހުމުން ދުވެ ފިލާހެން އެހަރަގެން ދުވެގޮސް ފިލީއެވެ. ވަރަށް ހިނި އައެވެ. އަނެއްކާވެސް އެހެން ދުވަހެކެވެ. ވަރަށް ބާރުލައި ރައްޔިތުންގެ ހައްގުގައި އެއްކަލަ މަހުލޫފު އަޑު އުފުލަނީއެވެ. ދިވެހިން ސަލާމަތް ކުރަންށޯލައެވެ. ޖަލައްދާންޖެހުނަސް ވަރިހަމަޔޯލައެވެ. ރައްޔިތުންގެ ހައްގުގައި ގުރުބާންވާން ތައްޔާރަޔޯލައެވެ. އެހެރަ ބޮޑު ފިރިހެންނާ ބަނޑުންވައިޖަހާ ކަރުބުޑުން ހުރެ " ފެލި " ނަގަނީއެވެ. ދެއްކި ވާހަކަތަކުގެ އަޑު ނުކެނޑެނީސް ޖަލަށް ދާންޖެހިއްޖެއެވެ. ކިހާވަރަކުން ދާނެބާއެޔޭ ހިތަށް އެރިއެވެ. ގެޔަށްވަދެ ހަބަރު ބަލަން އިށީނދެލީމެވެ. އަނެއްކާވެސް ދިޔައީ ހިނިގަނޑު ފަޅާގެންނެވެ. އެއްކަލަ މަހުލޫފު ރޮއެ ނަގަނީއެވެ. ބަނޑެއްގައި ރި ބޮލެއްގައިރިހި 2 އޯވަރީވެސް ފެއިލް ވެއްޖެޔޯލައެވެ. މަ އަވަހަށް މިނިވަން ކޮއްދޭށެޔޯލައެވެ. " ވޭންވަރު" އަރާފައި އޮތް އަންހެނަކަށްވުރެ މަހުލޫފު ކަންތަށް ބޮޑެވެ. މަހުލޫފު އުޅޭ ވައްތަރުން ބަލަން ނުކެރިގެން ޗެނަލްވެސް ބަދަލުކޮއްލައިފީމެވެ.  ހިތާ ހިތާ ކިޔާލެވުނެވެ. އަމައްޔާއި އެވެ. މަހުލޫފު އުޅޭ ވައްތަރެއްދޯއެވެ. ދިވެހި ބަހުގެ މުހާވިރާގައި އޮވެއެވެ. " ދައިގަންނަން އުޅޭ ކުއްތާއެއް ވައްވަކެއް ނުކަޖާނެއެވެ"

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.