MENU

ތަރަށްޤީ ފެންނާނީ ތަރައްޤީވެފައިވާ ސިކުނޑި ތަކަކަށެވެ!

 

ހެސްކިޔާފައި ފުއްލާ ދުވެލީގައި ޤައުމަށް ތައައްޤީ ދަނީ އަންނަމުންނެވެ. ނުކުރުރެވޭނޭ ބުނި އެތަށްކަމެއް ކޮށްނިންމާ ރައްޔިތުންނަށް އެކަމުގެ ފޮނިމީރުކަން ދަނީ ހޯދައިދެމުންނެވެ. ﷲ ވާގިފުޅާ ލައިގެން ކުރެވޭނެކަން ދައްކަމުންނެވެ. އިހްލާސްތެރިކަމާއި އެކު ރައްޔިތުންނާ މި ލޮބުވެތި ޤައުމުގެ ހައްގުގައެވެ. ރާއްޖޭގެ އަސްދަނޑިން ބޭރުންނާ އެތެރެއިން އަންނަމުންދާ ފިއްތުންތަކާ ހަމަލާތަކުން ދި ދިވެހި ގައުމާ ދިވެހި ރައްޔިތުން ސަލާމަތް ކުރައްވަމުން އެގެންދަވަނީ އަމިއްލަފުޅު މޭ އައްޑަނަޔަކަށް ދިއްކޮއްލައިގެންހުރެއެވެ. ގައުމަށްޓަކައި ކޮންމެފަދަ ގުރުބާނީއެއްވެސް ވެވަޑައިގަންނަވާނެކަން ސާބިތުކަމާއެކު ހާމަކޮއްދެމުންނެވެ.

ވިސްނާވަޑައިގެންބައްލަވާށެވެ. ރާއްޖޭގައި ދުނިޔޭގައި ނެތްފަދަ އެއާރ ޕޯޓަކާ ބަނދަރުތަކާ ބްރިޖެއް އެޅިޔަސް ނޭޅިޔަސް ހުޅަނގުގެ ގައުމުގެ މީހުންނަށް ކީއްތޯއެވެ؟ 25 ބުރީގެ ޒާމާނީ ފެންވަރުގެ ހޮސްޕިޓަލެއް ހުއްޓަސް އެތަނަކަށް ހުޅަނގުގެ މީހުންނެއް ބޭސްފަރުވާޔަކަށް ނާއްނާނެއެވެ. ހުޅަނގުގެ ކާފަރު ގައުމަކުން ދުވަހަކުވެސް އިސްލާމީ ދައުލަތަކަށް ހެވެއްނޭދޭނެކަން ހަމަބުއްދިން ވިސްނާލި ކޮންމެ ސިނކުނޑި އަކަށްވެސް އެނގި ސާފުވާނެއެވެ. ދެން މާ ހުޅަނގުވެގަނެގެން ތިޔަ އެމީހުންގެ ވާގިހޯދަނީ ކޯއްވެތޯއެވެ؟

ތަރައްޤީ ވުމުން ފައިދާކުރާނީ ކިތަންމެ ވަރަކަށް އަޑުއުފުލާ ރައީސްމީހާއަށް ކިތަންމެ ހުތުރު ބަހުން މުއާމަލާތު ކުރިޔަސް ހަމަ ދިވެހިންނަށެވެ.  25 ބުރީގެ ހޮސްޕިޓަލުން ފައިދާކުރާނީވެސް ހަމަ ދިވެހިންނަށެވެ. ބްރިޖް މަތީގައި ދުއްވާނީވެސް ހަމަ އަހަރެމެން ދިވެހިންނެވެ. ބަނދަރާ އެއަރޕޯޓެއް އޮތީމައި ފަހުރުވެރިވަނީ ވެސް ހަމަ އަހަރެމެން ދިވެހިންނެވެ. އެތަށް އަހަރެށް ވަންދެން ދިވެހިން އަޅުވެތިކޮށް ފިއްތާގެން ގެންގުޅު ބަޔަކަށް ދިވެހިން ތަރައްގީގެ މަގުގައި ހިންދެމިލާ ހަމަ އިސްކޮޅަށް ދެމިލާތަން ދެކެން ކުޅަދާނައެއްނުވާނެއެވެ.

ހުޅަނގުގެ ތަހުޒީބުން ތިޔަ ކޮޕީކުރާ ލަވަތަކާ ހެދުންތަކުގެ އިތުރުން ދިރިއުޅުމުގެ ވައްޓަފާޅި އަށްވުރެ ހުޅަނގުގެ މީހުންގެ ވިސްނުން ކޮޕީކުރުން މާ ރަނގަޅުނޫންތޯއެވެ. ދުނިޔޭގައި ލެއްވި މަހުލޫގުންގެ މައްޗަށް އިންސާނާ މާތްކުރަށްވާފައިވަނީ ސަބަބަކަށް ނޫންތޯއެވެ؟ ހުޅަނގުގެ ދޮންމީހުން ވެސް ތަރަށްގީޔަށް ޖާގަދެއެވެ. ތަރައްގީއަށް ލޯބިކުރެއެވެ. ތަރަށްޤީއަށް ފުރުސަތު ދެއެވެ. ދެން ދޮންމީހުންއުޅޭހެން އުޅެން ބޭނުންނަމަ އަމިއްލަ ސިކުނޑި އާއި ވިސްނުން ތަރަށްޤީ ކުރަނީ ކޮންއިރަކުތޯއެވެ؟

ތިމާގެ ވިސްނުމާ ބުއްދި ނެތި އިންސާނެކޭ ހައިވާނެކޭ ވާނީ ހަމަހަމަ ނޫންތޯއެވެ. ބޭނުންވާނީ ވަލުޖަނަވާރުންގެ އުސޫލެވެ. ބޭނުންވާނީ ވެރިކަމެވެ. ރަސްކަންކުރާށެވެ. އެއާއި ހިލާފަށް އަމިއްލަ ސިކުނޑިން ވިސްނަންވީ ގައުމަށް އަންނަ ތަރައްޤީ ހަމަ އެންމެންވެސް ބަލައި ގަންނަންޖެހޭނެކަމެވެ. ލާބަޔާ މަންފާ ކުރާނީ ހަމަ ރައްޔިތުންނަށްކަމެވެ. އެހެންކަމުން ތަރައްގީ ނުފެންނަނަމަ ފުރަތަމަ ތަރަށްޤީ ކުރަންވީ ތިމާގެ ވިސްނުމާ ފިކުރުކަމެވެ. އޭރުން ރާއްޖޭގެ އެތަށް މިތަނަށް އަންނަމުންދާ ބޮޑުމަންޒަރު ފެންނާނެއެވެ.

 

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.