MENU

އެއްލަކިން 2018 !

ދަންނަވަންތޯއެވެ. ރިޔާސީ އިންތިހާބެއް މިޔޮތްގެން ބޯމަތިވަނީއެވެ. އެއްބަޔަކު ނިކަންފޯރީގައި ގައުމު ތަރައްޤީކޮއް 2018 އަށް ކެމްޕޭންވެސް ކުރަނީއެވެ. އަނެއްބަޔަކު ސަރުކާރު ވައްޓާލަން ނިކަން ފޯރީގައި ތެޅިބާލަނީއެވެ. އެބަޔަކު އަސޭލާގެ ވާގިހޯދާ ހިސާބުޖަހާ ހުޅަނގުގެ ގައުމުތަކުން ވާގިލިބިގަންނަނީއެވެ. ނަމަވެސް ހުޅަނގަށްވެސް ނޭގުނު ކަމަކީ ދުނިޔޭގައިވެސް ހިސާބަށް އެންމެ މޮޅެތިމީހުންތިބީ ރާއްޖޭގައި ކަމެވެ. މަސްހޫރު ހިމިތީގެ ވާހަކަ އަޑުއަހަމުނޫންހެއްޔެވެ.

އާއެކެވެ! މިވޭތުވެދިޔަ ލޯކަން ކައުންސިލްގެ ވޯޓުލާން ނިކުތް މީހުންނާ ގޮނޑިތަށް ބެހިގެން ދިޔަގޮތުން ހިސާބު ވަރަށް ސާފެވެ. ފާއިތުވެދިޔަ ލޯކަލްކައުންސިލްގައި ވޯޓުލާން ނިކުތީ އާބާދީގެ %67 މީހުންނެވެ. އޭގެތެރެއިން ސަރުކާރުފަޅިއަށް ލިބިގެންދިޔައީ %44 އެވެ. މިހާތަނަށް ރާއްޖޭގައި ބޭއްވިގެންދިޔަ ރިޔާސީ އިންތިހާބުތަކުގައި އާބާދީގެ %92 މީހުން ވަނީ ވޯޓު ލާން ނުކުމެފައެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާން ނުކުތް މީހުންގެ އިތުރުން %26 މީހުންނެވެ.  "މައުނައީ" ރިޔާސީ އިންތިހާބެއް ކާމިޔާބުކުރަން ރައީސްޔާމީން ގިނިކަންޔާ ނިކުމެވަޑައިގެންނެވިސް މިހާރު  ބޭނުންވަނީ އެންމެ %11 ވޯޓު ކަމެވެ.

2018 ވަނަ އަހަރު ރައީސް ޔާމީންއަށް އިތުރަށް %11 ވޯޓު ނުލިބެންވީ އެއްވެސް ސަބައެއް ނެތެވެ. ގައުމަށް އަންނަމުންދާ ތަރައްޤީއާއި ކުރިއެރުމުގެ އިތުރުން ފަރުދުންގެ މާލީ ތަނަވަސްކަން އިތުރުވެގެންދާ ދިއުމަކީ 2018 އަށް ރައީސް ޔާމީން ހޮވަން ދިވެހި ރައްޔިތުން ބޭނުންވާނެ ސަބަބެކެވެ.

ބޭސްފަރުވާއަށް ސަލާންޖެހުން ނިމުމަކަށްގެނެސް އެންމެ ކުއްޖަކުވެސް ބާކީނުކުރާނަން ކުރައްވާ މަސައްކަތުން ކޮންމެ މަޔަކުވެސް ތިބީ 2018 ގައި ވެރިކަމަށް ރައީސް ޔާމީން ނޫން މީހަކަށް އާބަސް ބުނަން ތައްޔާރަކަށް ނޫނެވެ. އެކަނިވެރި މައިންނާ އިސްރައްވެހިންގެ ހިތްތަކުން މިޔަދު އެދިގޮވަނީ 2018 ގައިވެސް ރާއީސް ޔާމިން ވެރިކަން ކުރާށެވެ.

ތުއްތުކުދިންނާ އާއިލާތަކުން ހިތްއުފާކޮށްލަން އަޅައިދިން ޕާކުތަކުގައި ތިބެގެންވެސް އެފަރާތްތަކުން އެދައްކަނީ އެއްވާހަކައެކެވެ. އާއެކެވެ! ޔާމީން ބޭބެ ނޫނީ 2018 އަކަށް ކަމަކު ނުދެއެވެ. ބޯހިޔާވަހިކަމެއްނެތްދުވަހު ބޯހިޔާކޮއްލާނެ ފްލެޓްތަކާ މަގުމަތިވެގެން ދުވި ޒުވާނުންގެ ބަލަދުވެރިޔަކަށް ވެވަޑައިގަތް "ބައްޕަ" ނޫން އެހެން ފަރާތެއް 2018 ގައި ވެރިކަން ކުރާތަން ބަލާކަށް އެފަރާތްތަކެއް ބޭނުމެއް ނޫނެވެ.

އޮޅުތެރެއަށް އަންނަމުންދާ ތަރައްގީގެ އުޖާލާކަމުން އެތަންތަނުގެ މަސްވެރިންނާ ދަނޑުވެރިން ގެ އިތުން އަތޮޅުތެރޭގެ ރައްޔިތުން ފޫގަލާގެން އެތިބީ އެއްމެކަމަކަށެވެ. އެއްލަކިން 2018 ރައީސްޔާމީންއަށް ކާމިޔާބުކޮއްދިނުމަށެވެ.

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.