MENU

ރަން ލާދީނީ 30 އަހަރު

 

އަލް އަޒުހަރު ޔުނިވާސިޓީއިން އިސްލާމީ ޝަރީއާއިން ޑިގްރީ ހާސިލުކޮށް މައުމޫނު ރާއްޖެއަށް ވަޑައިގެން އޭރު ދިވެހިރާއްޖޭގެ ރައީސަކަށް ހުންނެވި އިބްރާހިމް ނާސިރަށް ފާޑުކިޔާ ވެރިކަމާ ދެކޮޅަށް އެތަކެއް ހަރަކާތްތަކެއް ހިންގަންފެށިއެވެ. ދިވެހިރައްޔިތުންގެ ސިކުންޑިތަކާ ކުޅެ ހަތިޔާރު ހިފާގެން ހުރެ ވެރިކަމުގެ ހުވާކުރައްވެވިއެވެ. ހުދުމުހުތާރު ވެރިކަން ދެމެހެއްޓުމަށް އިސްލާމްދީނުގެ ހުކުމްފުޅުތަށް އޮޅުވާލާ ވަނީ ފުރައްސާރަ ކޮށްފައެވެ. އަދި މައުމޫނުގެ ރަން ތިރީސްއަހަރުގައި އިސްލާމީ ހުކުމްފުޅުތަށް އެއްފަރާތްކޮއް ވަނީ އެޝަރީއަތްތަކާ ދެކޮޅަށް ހުކުމް ކޮށްފައެވެ.

މައުމޫނު ވަނީ ރާއްޖެއަކީ އެއްޖިންސުން ގުޅުންހިންގުމަށް ތާއީދުއޮތް ގައުމެއްކަން ބޭރުގެ ފަރާތްތަކަށް ދެއްކުމަށްޓަކައި އެއްޖިންސުން ގުޅުންހިންގާ ޔަހޫދީ ކާފަރެއް ހިތްއުފާކޮއްދީ ހިތް ހަމަޖައްސައިދިނުމަށް ލަނޑާ ގިރާވަރުގައި ބުދުބަހައްޓާ " ގޭ ޕާޓީ " އެއްވެސް ބާއްވާފައެވެ. އެވަރަކުން ފުއްދާލީކީ ނޫނެވެ. ސްކޫލުކުދިންތަކެއް ލައްވާ މައުމޫނަށް ސަޖިދަ ޖަހާ އިސްލާމްދީނުގެ ހުކުމްފުޅުތަކާ ހިލާފަށް އަންހެނުން ގާޒީކަމަށް އިސްކޮއް ހުދުމުހުތާރު ވެރިކަން ދިފާއުކުރާ ހަތިޔާރަކަށް ދީން ވަނީ ހައްދަވާފައެވެ.

މައުމޫނުގެ މަކަރާ ހީލަތް ބައެއް ދިވެހި އިލްމުވެރިންނަށް އިނގެންފެށި ހިސާބުން އަނެއްކާވެސް މައުމޫނު ވަނީ އިލްމުވެރިންގެ ދޫތަށް ބަންދުކުރުމަށްޓަކައި ދީނީ އެއްބައިވަންތަކަމުގެ ނަމުގައި ގާނޫނެއް ހަދާފައެވެ. އަދި މި ގާނޫނުގެ ދަށުން އިލްމުވެރިން ދީނުގައިވާ ހުކުމްފުޅުތަށް އާމުރައްޔިތުންނަށް ބަޔާންކޮށްދިނުން ވަނީ މަނާކޮއްފައެވެ. އަދި އެފަދަ އިލްމުވެރިން ޖަލައްލައި ތުނބުޅީގައި ޗިލީސޯސް އުނގުޅާ ތުނބުޅި ވަނީ ބާލުވާފައެވެ.

މައުމޫނުގެ ރަން ލާދީނީ 30 އަހަރުގެ އޭރުގައި މޫނު ބުރުގާ އެޅި އެތަކެއް އަންހެނުންނެއް ވަނީ ނުހައްގުން ޖަލައްލާ ނަފްސާނީގޮތުންނާ ޖިސްމާނީގޮތުން އެތަކެއް އަނިޔާއެއްކޮށްފައެވެ. މީގެއިތުރުން ޖަލުތަކުގައި ތިބި އަންހެން ގައިދީންގެ އިތްފަތްތެރިކަން ވަނީ ފޭރިގަނެފައެވެ. ޖަލުތަކުގައި ވަނީ އެތަކެއް ކުއްވެރިންތަކެއް ތަޅާ އަނިޔާކޮއް މަރާލާފައެވެ. އަދި އެމީހުންގެ އާއިލާތަކަށް އެނގުމަކާއިނުލާ މަރާލުމަށްފަހު އެތަކެއް ހަށިތަކެއް ވަނީ ވަޅުލާފައެވެ.

ދިވެހިރާއްޖޭގައި ބޭނުންދީނަކަށް އުޅޭވޭނެކަމަށް ކަނޑައެޅުމަށްޓަކައި ބޭރުގެ ފަރާތްތަށް ލައްވާ ރަށްރަށުގެ ސްކޫލްތަކުގައި ތަޤުރީރު ކުރުވާފައެވެ. މީގެ އިތުރުން ރާއްޖެއަށް މަސްތުވާތަކެއްޗާ ދުންފައި އެތެރެކޮއް މައުމޫނު ވަނީ އެ ވިޔަފާރިކޮށް، މުގުލުގައި ހުރެ ނަފާ ނަގައި ރާއްޖެ މަސްތުވާތަކެތީގެ ހާއްޔަކަށް ހަދަން މަސއްކަތް ކޮށްފައެވެ.

މިވަރުން ފުއްދާނުލާ މައުމޫނުވަނީ ގައުމީޓީވީގައި ކީރިތި ޤްރުއާނުގެ މާނަޔަކީ ހުއްޖަތެއް ނޫންކަމަށް ބުނެ ޤިޞާސް ހިފުމާ ދެކޮޅުހަދާ ތަގުރީރު ކޮއްފައެވެ. އަދި ދިވެހި ރައްޔިތުންވެސް ތިބީ ޤިޞާސް ހިފުމާ ދެކޮޅާށްކަމަށްބުނެ ރައްޔިތުންގެ ބޮލުގައި ކުފުރުގެ ބޮޑު އިލްޒާމު އަޅުވާފައެވެ. ރަންތިރީސް އަހަރުގެ މަހާރެހެންދި ރުއްސުމަށްޓަކައި އިސްލާމްދީނުގައި އައުރަ ނިވާކޮއް ކަނބަލުން ބުރުގާ އެޅުމަކީ ޤުރުއާނުން ސާބިތުވާކަމެއް ނޫންކަމަށް ބުނެ ވަނީ ބޮޑުވެގެންވާ ދޮގު ރައްޔިތުންގެ ކުރިމަތީ ހަދާފައެވެ.

ފަންސާސް ހާހަށްވުރެ ގިނަ ކީރިތި ޤްރުއާނުގެ ކޮޕީތަށް 100 އަށްވުރެ ގިނަ ކުއްތަކާއެކު ރައްޔިތުންނަށް މައުމޫނު ބަހާފައެވެ. އަދި ފަހުން ކުށްތައް އިސްލާހުކުރުމަކާ ނުލާ އެކަމާ އަޅާނުލާ ވަނީ ދޫކޮއްލާފައެވެ. ވެރިކަން ދިފާއިކުރުމަށާ ވެރިކަން ދެމެހެއްޓުމަށް މައުމޫނު 30 އަހަރު ބޭނުންކުރި ހަތިޔާރަކީ ދިވެހިން 100 އެތަށް އަހަރެއްވަންދެއް އެދީނަކަށް ތަބާވަމުން އައި ދިވެހިންގެ ހިތްތަކުގެ ނޫރުކަމުގައިވީ އިސްލާމްދީނެވެ

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.