MENU

ވެރިކަމަށް މޮޅީ ކެނެރީގޭ ޚާއިނަކަށްވުރެ ކާމިނީގޭ ފުއްލާއެއް!

އުމުރުން މިހާރު 22 އަހަރު ވީއިރު 4 ވެރިކަމެއް ތަޖުރިބާ ކޮއްފީމުއެވެ. ބަރުހެލި ދުވެލީގައި ވެރިކަންކުރި މައުމޫނު ގެ ވެރިކަމުގެ އިތުރުން ތިންއަހަރުގެ ކުރު ވެރިކަމެއްކޮށް އިސްތިއުފާދީ ގެޔަށްދިޔަ ނަޝީދުގެ ވެރިކަމާ އެއަށްފަހު އައި ވަހީދުގެ ސަރުކާރެވެ. އަދި ފޯރިގަދަ އިންތިހާބަކަށްފަހު ދިވެހި ދައުލަތުގެ ހުންގާނުގައި ހިފި ޔާމީންއެވެ. ކާމިނީގޭ ސާރިދޯޅަ 30 އަހަރުން ފިނިހަކަ ދުވެލީގައި ގެނައި ތަރައްގީގެ ބައިކުޅަބައި 3 އަހަރުން އެފުއްމިފުށައް ޖެހީއެވެ. ވެރިކަމަށް އަންނަށް ރައްޔިތުންނަށް ދެއްކިހާ ދަޅައެއްގެ އަލި ކެނޑި ނިވުނީއެވެ.

ވެރިކަމުގެ ކުރު ތިންއަހަރުގައި ޖެހި ކަޑަތަށް ފީވެދިޔައިރުވެސް ބިންގަލުން މައްޗަށް އެރި ފުލެޓެއް ބަނދަރެއް މަގެއް ނެތެވެ. ކަނޑާ ފަޅުން ހޯދަންބުނި ނަފާ އެއް ނެރެވޭގޮތެއް ނުވެ ރިސޯޓުތަކާ ބޭރުގެ އިންވެސްޓަރުންނަށް ދަތިކޮށް ކޮރަފްޝަނުގެ ހާއްޔަކަށް  ދައުލަތް ބަދަލުކޮއްލިއެވެ. އެޅުނު ފްލެޓެއްވިއްޔާ ދިނީ ގާތްތިމާގެ މީހުންނަށާ ޕާޓީގެ މީހުންނަށެވެ.

ވެރިކަމަށް ވަޑައިގަންނަވަން ޑޮލަރުގެ އަގުހެޔޮކުރަށްވާނެކަމަށް ވިދާޅުވެ ވެރިކަމާ ހަވާލުވެ ޑޮލަރުގެ އަގު ބޮޑުކުރެއްވުމުން އިންފްލޭޝަން ރޭޓު އެތަށް ގުނަޔަކަށް މަތިވެގެން ދިއުމުގެ ނަތީޖާއަކަށްވީ ރައްޔިތުމީހާގެ އަނގަޔާ އަތާ ދިމާނުވުމެވެ. ގައުމުގެ ހަރުމުދާތައް ނުއަގުގައި ބޭރުގެ އެކުވެރިންނަށް ވިއްކާ ގައުމު ދަރުވާލީއެވެ. އެއްމެ ރިސޯޓަކާ އެއްމެ ލެޕްޓޮޕަކުން ހިންގަން ބުނި ސަރުކާރު ވެރިކަމުގެ ތިންއަހަރު ނިމިގެން ދިޔައިރު ސިޔާސީ މަގާމުތަށް ގިނަވެ މަތިބަރުވުމުގެ ނަތީޖާއަކަށްވީ ބޭރުގެ ބޭންކުތަކުންނާ ގައުމުތަކުން ރާއްޖެއަށް ލޯނުދޭންވެސް ފަސްޖެހުމެވެ.

އިސްލާމްދީނުގެ އަދާވާތްތެރިންގެ މަދަދު ލިބި ޒަމާނުންސުރެ ދިވެހިން ގަބޫލުކޮށްގެން ތިބި އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ އަލިން ބޭރުކޮއް ދީނަށް ފުރައްސާރަކޮށް ރަސޫލާއަށް ހަޖޫޖަހައި، ގައުމުގެ އިޖްތިމާއީފޭރާން ވީދާ ކުދިކުދި ކޮއްލީ ހުޅަނގުގެ ގައުމުތަކުން ނަކަލުކުރި "ދޮންމީހުން އުޅޭގޮތް "ދިވެހިންގެ ތެރެޔަށް ފަތުރައިގެންނެވެ. ރަލާއި މަސްތުވާތަކެތީގެ އިތުރުން ބަރަހަނާވެ ޕާޓީ ކުދިން ބިރާކާނުލާ މަޖާކުރަން ދަސްކޮށްދީ މި މަޅީގައި ޒުވާނުން ޖެއްސުވީއެވެ. ދިވެހިން ދިވެހި ގައުމު އާރާސްތުކޮއް ގައުމު ބިނާކުރުމަށް 2007 ވަނަ އަހަރު ވެރިކަމަށް ގެނައި ކެނެރީގޭ " ޕްރޮޑަކްޓުން"  ގައުމަށް ލިބުނީ ގެއްލުމެވެ. ނިކަމެތިކަމާ ނާތަހުޒީބުކަމެވެ. އެވަރުން ފުއްދާލީއެއް ނޫނެވެ. ވެރިކަން ދޫކުރަށްވާ ވަޑައިގަތީ ގައުމުގައި ހުޅު ޖަހާފައެވެ!

2013 ވަނަ އަހަރު ވާދަވެރި އިންތިހާބަކަށްފަހު ދިވެހީން ގައުމުގެ ވެރިކަން ހަވާލުކުރީ ކާމިނީގޭ ފުއްލާޔަކާއެވެ. ވެރިކަމަށް 3 އަހަރުވެގެން ދިޔައިރު ރަށް ރަށަށް ގޮސް "ކަޑަ"އެއް ނުޖަހައެވެ. ހުޅުވައިދެނީ މުޅިންވެސް އަލައްހެދި ކޮންމެވެސް ބަނދަރެކެވެ. މަގެކެވެ. ސްޕޯޓްސް އެރީނާ އެކެވެ. ނުވަތަ އިފްތިތާހުކޮއްދެއްވަނީ ފެނާ ނަރުދަމާގެ މަސައްކަތް ތަކެވެ. ވެރިކަމަށް އަހަރު ހަމަނުވަނީސް ޑޮލަރުފަހާދުވަން ލީ ފުލުހުން ދުރުކޮށް ޑޮލަރުގެ އަގު ހެޔޮކޮއްދެއްވާ އަތްފޯރާފަށުން ފަސޭހަކަމާއެކު ޑޮލަރު ލިބެނޭނެ އިންތިޒާމު ހަމަޖެއްސެވީއެވެ.

ބޭރުގެ އިންވެސްޓަރުންނަށް ފަސޭހައިން ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ނިޒާމެއް ގާއިމްކޮއްދީ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ހޯދައިދިނީއެވެ. ނިކަމެތިވެ ބާރުނެތްދުވަހު އާއިލާގޮވައިގެން އުޅެވޭނެވަރަށް ފައިސާ އިސްރަށްވެހީންނަށް ދެއްވާ ހުސްނުވާ އާސަންދައިގެ އިންޝިއުރެން ސްކީމް ދިވެހި ކޮންމެ ރައްޔިތަކަށް ދެއްވާ ގައުމުގެ އިޖްތިމާއީ ފޭރާން ހަސްފަސްވެފައިވާ ބާގަނޑުތަށް ވިޔެލެއްވީ މޮޅު ފަށުވިންނެވެ.

ތޮށްޖެހިފައިވާ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަޔަށް ހައްލެއް ހޯދައިދީ އެސްފިޔަޖަހާލާހާ ބާރުމިނުގައެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިންހިއްކާ ތަރައްގީކުރަންފެށީ މާލޭގެ އެކި ސަރަހައްދުތަކުން ހިތްއުފާކޮއްލާނެ ޕާކުތަށް ގާއިމްކޮއްދެއްވާ އެކަމުގެ ފޮނިމީރުކަން ދިވެހިންނަށް ހޯއްދަވާ ދެއްވަމުންނެވެ. ނުއެޅޭނެކަމަށް ބުނެ އެކަމުގެ މާހިރުން ކޮބައިތޯ ސުވާލުކުރި ވެރިންނަށް ގޮންޖައްސަވާ މާލެ އާއި ހުޅުލެއާއި ދެމެދު އަޅާ ބްރިޖުގެ މަސައްކަތް އެހެރަގެންގޮސް ނިންމަވަނީ އައި ޖީ އެމް އެޗް ގެ 25 ބުރީގެ ބޮޑު ބިޔަ މަސްރޫއާއިއެކުގައެވެ. ދިވެހިން ބޭރުގައުމުތަކަށް ބޭސްފަރުވާޔަށްދާން އުފުލާ ތަކުލީފުތައް ނިމުމަކަށް ގެންދެވުމަށް މަސައްކަތް އެކުރައްވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާބޯއްޓުތަށް ޖެއްސޭފެންވަރަށް ހުޅުލޭގައި ގާއިމްކުރާ އައު ރަންވޭއާއި އެކުއެވެ.

ވޭތުވެދިތަ ތަނުގައި ކުރު މުއްދަތެއްގައި ތަރައްގީނުކުރެވޭވަރަށް ރިސޯޓުތަށް ތަރައްގީކޮށް ނިންމަމުން އެގެންދަވަނީ އަލަށް އުފަންކުރުވި 17،000 ވަޒީފާއާއި އެކުއެވެ. ދިވެހި ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދީ އަތޮޅުތެރޭގެ ރައްޔިތުން ބޭސްނުލިބިގެން ފުރަމާލެޔަށް ސަލާންޖެހި ޖެހުން ނިމުމަކަށްގެނެސް ކޮންމެ ރަށެއްގައި ބޭސްފިހާރައެއްގެ އިތުރުން ރާއްޖޭގެ އުތުރާ ދެކުނުގައި ޒަމާނީ ފެންވަރުގެ ހޮސްޕިޓަލް ގާއިމްކުރުމަށް ބަޔާކާއި ހަވާލުކުރެއްވީ މުޅިން އަލަށް ދިވެހިރާއްޖޭގައި ގާއިމްކުރާ މެޑިކަލް ކޮލެޖާއި އެކުގައެވެ.

ބޯހިޔާވަހިކަމަށް ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށް އަލަށް އަޅާ 7000 ފްލެޓް ގާއިމްކުރައްވަމުން އެގެންދަވަނީ މާލެއަށް އިތުރުވެގެން ދިޔަ އިންޑަސްޓްރިއަލް ވިލެޖާއެކު މާލެތެރެ އަށް ވެރިކުރުވި ހިމޭންކަމުންނެވެ. މާލޭގެ ބޮޑެތި މަގުތަށް އެއްވަރުކުރައްވަމުން އެ ގެންދަވަނީ ޒުވާނުންނަށް އެތަކެއް ފަހި ފުރުސަތުތަކަކާއެކުއެވެ. އައިހޭވަން މަސްރޫއާއި އެނބޫދޫ ފިނޮޅުގެ މަސްރޫއިން ގައުމުގެ އިޤްގިސޯދީ މެކުހައްޖައްސަވަމުންނެވެ. މީ އަދި ތިންއަހަރުގެ ވާހަކައެވެ. އަދި ދެ އަހަރު އޮތީއެވެ.

ދިވެހިން މިއަދު ނިންމައިފިއެވެ. ތަރައްގީއަކީ ކޮންސްޕީޑެއްގައި ގެނެވޭނެ އެއްޗެއްކަމާ ތަރައްގީ ގެނެވޭނީ ކިހާފެންވަރެއްގެ ބޭފުޅަކަށްކަން ކަމެވެ. ހެޔޮވެރިކަމެއް ކޮއްދެވޭނެވަރުގެ ލަޔާޤަތާ ގާބިލީޔަތު ހުރީ ކެނެރީގޭ ޚާއިނެއްގެ ކިބައިގައި ނޫންކަމާ ކާމިނީގޭ ފުއްލާއެއްގެ ކިބައިގައި ކަމެވެ.

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.