MENU

ސިޔާސީ ބަލިމަޑުކަން.

ރައްޔިތުންގެ ހައްގުގައި ކޮތަރިނަގާ ޕޯޑިއަމްތަކުގައި ވާހަކަދައްކާ ސިޔާސީ ވެރިންނަށްވުރެ ބަލިހާލަތު ބޮޑު ބައެއް ގައުމުން އަދު ނުފެނެއެވެ. ދިވެހި ރާއްޖޭގެ ގާނޫނު އަސާސީޔާ ޤާނުނުތަކަށް ގޮންޖަހާ ސިޔާސީ ވެރިންނޭކިޔާ ބަޔަކު މަތިހަށިނަގާފައި ނުކުމެ އުޅޭއިރު ގާނުނުގެ ދިގު އަތް އެމީހަކާ ހަމަކުރުމުން ސިޔާސީ ބަލިމަޑުކަމެއް ޖެހެއެވެ. ތިރީސް އަހަރުގެ ބެއްޔާވެސް އެވަރަށް ކައިގެން ފޭބިއިރުވެސް މިޔަދުގެ ނޫކަށިފުރާގެ ސިޔާސީވެރިންނަށްވުރެ ގަދަކަމަށް ދައްކައެވެ. މޭފުއްޕާފައި ނިކުތް ޑިމޮކުރަސީގެ ބައްޕަ ކަމަށް ދައުވާކުރާ ކެނެރީގޭ ބާގީންގެ ފުށުން ފާވި "ޓެރަރިސްޓު" ،  ޤާނޫނުގެ ދިގުއަތް އަރާ ހަމަކުރުމާއެކު ޖަލުގައި އަޅާދިން ގަނޑުވަރުގައި ނޯވެވިގެން މާބަދައެއްގައި ރިއްސަންފެށީ ތިޔަހެނެއް ނޫނެވެ. އެންމެފަހުން ރާއްޖޭންބޭރުން އިނގިރޭސިވިލާތުގައި ހުރި އާމާލް ކްލޫނީކިޔާ މާބަދާގެ ހާއްސަ ޑަކްޓަރަކަށް ދައްކަން ރާއްޖެއިން ބޭރަށް ގެންގޮސް ޑޮކްޓަރ ކުލޫނީއާއި އެކު ގޮނޑިދުއްވާ ކުޅުމާއެކު މައިބަދާގެ ރިހުންކެނޑި ހިނގައްޖެއެވެ.

ރައްޔިތުންގެ ހައްގުގައި ކަމަށް ބުނެ މަކަރާހީލަތުން ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ރިސްވަތުގެ ހުތުރު ފައިސާ ހުށައެޅިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ މާމިނގިލީ ދާއިރާގެ އިއްޒަތްތެރި މެންބަރު ގާސިމްގެ ހާލުވަކިން ބޮޑެވެ. ކަޅުފައިސާބަހަން ނިކުންނެވީ ވަރަށް ޖޯށުގައި ފުއްޕާފައެވެ. ވެރިކަން ވައްޓާލުމަށެވެ. ނަމަވެސް މިޔަދު ހާލަތު ތަފާތެވެ. ކޯޓައް ހާޒިރުވާން 24 ގަޑިއިރަށް ވާއިރަށް ހާލުބޮޑުވަނީއެވެ. ދެންމެ ދެންމެ މަރުނުވެ އޮއްނެވިކަން ހަމަ ކިރިޔާއެވެ. އަނެއްކޮޅުން ފަރުވާ ކުރެވެނީ އެމްޑީޕީގެ ކްލިނުތަކުންނާ ޖަގަހަ ތަކުންނެވެ. ޗިޓު ކެންސަލުވެ ، ސަރީއަތް ކެންސަލު ވުމާއެކު ގާސިމުގެ ހާލު ރަނގަޅުވެ ގައިގައި ވަރުޖެހެނީ އަޖައިބެއްކަހަލަ ގޮތަކަށެވެ.

އަނެއްކޮޅުން އަދީބެވެ. ޓުވަރިޒަމް މިނިސްޓަރު ކަމުގައާއި ނައިބުރައީސްކަމުގި ހުންނެވި އިރު ގާނޫނާ ޙިލާފު އެތަކެއް ޖަރީމާތަކެއް ހިންގެވުމަށްފަހު ވަލީޔުލްއަމްރު އަވަހާރަކޮއްލަން މަސައްކަތްކުރުމުން ޖަލަށް ދާންޖެހިވަޑައިގަތް އަދީބަކީވެސް ސިސާސީ ބަލިބޭފުޅެކެވެ. ތަނަވަސްކަމުގެ ވަސް ފިލާގޮސް ޖަލުތަކުގެ ތޭރިތަކުގެ ތެރޭގައި އޮންނަންޖެހުމާއެކު ލޮލަށް ބޮލަށް ބަލިތަށްޖެހެންފެށީ ފުރާނަޔަށް ނުރައްކާވާ ވަރަށެވެ. ނަށަންގެންގުޅުނު ކުދިންތަށް ނުފެނުމުން ލޯއަވަރުވާން ފެށީއެވެ. އާމުރައްޔިތުން ކާ އާދާގެ ކެއުން ކާން ޖެހުމުން ހަށިގަނޑުގައި ވަރުނެތެން ފެށުނީއެވެ. ރާއްޖެއިން ބޭރުގެ ޑަކުޓަރު ގޭންގުތަކަށް ނޫނީ އަދީބައް ދޭންވީ ފަރުވާ ނޭގޭ ހިސާބައް ކަންތަށް ދިޔައީއެވެ. އަޅެފަހެ ނުހެވޭނެތޯއެވެ؟ މީ 2017 ވަނަ އަހަރެވެ. އަދިވެސް ތިޔަ ހީފުޅުވެލައްވަނީ ދިވެހިންތިބީ މައުމޫނު ބޭއްތިބި ހިސާބުގައި ކަމަށް ތޯއެވެ؟ ނޫނެކެވެ!

 

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.