MENU

އަޅުގަނޑުމެން ހިތްވަރު ލިބިގަންނަނީ ނަޝީދުގެ ކިބައިން – މައުމޫން

30 އަހަރު ތޮށިގަނޑު ނިވަލުގައި ފިލާއޮވެ ހިޔަޅު ވެރިކަން ކޮއްފިޔެވެ. ދޮންކަޅު އަންގާނުލާ ދައުލަތް އެތަށް ފަހަރަކު ދަވާލާފިއެވެ. އެވަރުން ނުފުދިގެން އަނެއްކާވެސް ތޮށިގަނޑު ފަޅާ "ގޮޅާ" ނުކުމެ ވެރިކަމުގެ ދަހިވެތިކަމުގައި ވައްވައް ޖަހާގަނެފިއެވެ. ސިޔާސީ ޖަޒުބާތުގައި ޖެހި ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭނގޭ ހިސާބައް ހިގައްޖެއެވެ. އެންމެ ފަހުން ވާގިވެރިކަން އެދި ހިތްވަރު ލިބިގަންނަނީ ދީނަށް ފުރައްސާރަކުރާ ކެނެރީގޭ ގައްދާރެއްގެ ކިބައިންކަންވެސް ހާމަކޮއްފިއެވެ. މި އެނގުނީ އަދިތާއެވެ! ކެނެރީގޭ ނަޝީދު ސާކް ސަމިޓައް އައްޑޫ ސިޓީގައި ބުދު ބެހެއްޓި ހަނދާން ވޭހެއްޔެވެ؟ ދެން ފިކުރު ހިންގާލަންވީ ގިރާވަރުގައި މައުމޫނު ބެހެއްޓި ބުއްދާ ތަކުގެ މަތިންނެވެ. ރޯ އޮރިޔާމުން ގިރާވަރުގައި ބެހެއްޓި ބުދުތަކުގެ ކުރިމަތީގައި ބުދުދީނުގެ އީދެއް ފާހަގަ ކުރިއިރު މައުމޫނު އެ އީދު ފާހަގަކުރުމުގައި ބައިވެރިވި ވާހަކަ އެއްސެވީމުތޯއެވެ؟ ދުންފަތާ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުން އިބްރާހިމް ނާސިރުގެ ވެރިކަމުގައި މަނާކޮއްފައި ވަނިކޮން ރާއްޖެއަށް ދުންފަތް އެތެރެކުރުމުގެ ހުއްދަދީ ދުންފަތުގެ ވަބާގައި ދިވެހިން ޖެއްސުވީ 30 އަހަރު ވެރިކަންކުރި މައުމޫނެވެ. ދުންފަތާ ދިވެހިން ތަތްތެޅުވުމަށްފަހު މަސްތުވާތަކެތީގެ ވަބާގައި ދިވެހިން ޖެއްސީ ވެސް މައުމޫނެވެ. ހަނދުމަފުޅު އެބަހުންނެވިތޯއެވެ؟ ކުރު ވެރިކަމެއްކޮއް އިސްތިއުފާދީ ގެޔަށްދިޔަ ކެނެރީގޭ ނަޝީދަކީވެސް ބަނގުރަލާ މަސްތުވާތަކެތި ބޯންވާނެކަމާ ބޮވެންވާނެކަމަށް ވިދާޅުވެ، ދިވެހިން އަބަދަކު ހަމައިގައި ހުންނަން ނުޖެހޭނެކަން ވިސްނައިދިން ބާޣީ އެވެ.

އެވަރަކުން ނަޝީދު ނިންމައެއް ނުލައެވެ. ގުރުއާނާ ސުންނަތުގެ ބަދަލުގައި އެހެން ފަރުވާއެއް ބޭނުންވާކަމަށް ވިދާޅުވެ ޝޭހުންނަށް ހަޖޫޖެހި އެވެ. ރަސޫލާއަށް މަލާމާތާ ފުރައްސާރަ ކުރިއެވެ. އަމަ މި ބީދައިން މައުމޫނު ވަނީ ހިޖާބު އެޅުމާ އަންހެނުންގެ އައުރަ ނިވާކުރަން ނުޖެހޭކަމަށް ބުނެ ސުންނަތަށް ފުރަށްސާރަ ކޮއްފައެވެ. ރާއްޖޭގައި ދީނީ އިލްމު އުގަންނައިދިނުމުން މަހުރޫމުކޮއް ދީނީ އިލްމުވެރިން ޖަލަށްލާ އަނިޔާ ކުރިއެވެ. މައުމޫނު މިވަރަކުން ފުއްދާލީކީނޫނެވެ. ޖަލުތަކުގައި ހައްޔަރުކޮއްފައިތިބި އެތަށްބައެއްގެ ތެރެޔަށް ބަޑިޖަހާ މަރާލީ ވެރިކަމަށް ބޫތަކައިގެންފައިވާލެއް ބޮޑުކަމުންނެވެ. އެތަކެއް ދިވެހި ދަރިންތަކެއްގެ ފުރާނަ ޖައްވަށް ފަޒާޔަށް ވައިގެތެރެޔަށް ފޮނުވާލި ވަޒަންތަކުން އެ ދިވެހިންގެ ލޭ ދިވެހި ފަސްގަނޑަށް އޮހޮރުވާލީ އެފަރާތްތަކުގެ ކޮން ކުށެއް އޮވެގެންތޯއެވެ؟ ވެރިކަން ވެއްޓިދާނެކަމުގެ ބިރަށެވެ. ލާދީނީ ވެރިޔެއްގެ 2 އަހަރާ ބައިގެ ވެރިކަމުގައި އިސްލާމް މާއްދާ " އޮޕްޝަނަލް" މާއްދާއެއްގޮ ގޮތުގައި ހަދައި ދީނީ ތައުލީމް ފެތުރުން ހުއްޓާލުމަކަށް ގެނައުމަށް ވަނީ މަސައްކަތް ކޮއްފައެވެ. ހަމަ މި ބީދައިން މައުމޫނުވެސް ވަނީ ދީނީ އިލްމު އުނގަންނައި ދިނުމަށް މަސައްކަތް ކުރަމުންދިޔަ މީހުން ޖަލައްލާ ތުނބުޅީގައި ޗިލީސޯސް އުގުޅުމަށްފަހު ތުނބުޅި ބާލާފައެވެ. އަދި އެމީހުންގެ ގަޔަށް ހަކުރުފެންއަޅާ އޮރިޔާންކޮއް ދަންވަރު ވަލުތެރޭ ރުއްތަކުގައި ބަނދެފައި ބޭތިއްބި މީހުން އަދިވެސް ދުނިޔޭގައި އެބަތިއްބެވެ.

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.