MENU

ނޫސްވެރިންތަ؟ އެކްޓިވިސްޓުންތަ؟

ތިންބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއްގެ ހަތަރުވަނަ ބާރުގެ ގޮތުގައި ބެލެވިފައިވާ ހަބަރުފަތުރާ ވަސީލަތްތަކަކީ ރަތްޔިތުންނަށް ބޮޑުމަންޒަރު ތިލަކޮއްދޭ ވަސީލަތް ނަމަވެސް ރާއްޖޭގައި މިކަން ތަފާތެވެ. އުޅެނީ ނޫސް ވެރިންނެވެ. ނިކަން ހައްގުތަށް ބޮޑެވެ. މުޅިންވެސް ދައްކަނީ އެބައިމީހުންގެ ހައްގުތަކުގެ ވާހަކައެވެ. ފުލުހުންނާ ސިފައިން އެހައްގުތައް ނިގުޅާގަންނަ ވާހަކައެކެވެ. ނޫނީ މަޖިލީހާ ސަރުކާރުން ކޮއްމެސް ކަމެއް ކޮއްގެން އުޅޭ ވާހަކައެވެ. ނަމަސް ހަޤީގަތް ވަރަށް ތަފާތެވެ. ނޫސްވެރިން ނިގުޅާގަތީ ކޮން ހައްގެއްތޯއެވެ؟ ނިކަން ގަޓުހުރި ނޫސްވެރިޔަކު ލިޔެލަބަލަށެވެ! ވަކިބައެއްގެ ހައްޤުތަށް ހިމާޔަތްކުރުމަށް ފޫގަޅާގެން ތިބި އެކްޓީވިސްޓުންނެވެ. ފުލުހުން ބަންދުކޮއްފައިވާ ސަރަހައްދެއްވިއްޔާ އެތަނަކަށް ބޯކޮއްބާނުލާ ނޫސްވެރިންނެއް ހިތްހަމައެއް ނުޖެހެއެވެ. ސޯޝަލް މީޑިއާގައި މުޅިންވެސް ސަރުކާރާ ފުލުހުންނާ ސިފައިންނަށް ބެވުން ނޫން ކަމެއް ނެތެވެ. ސަރުކާރުން ކުރި ރަނގަޅުކަމެއް ދުވަހަކު ނެތެވެ. އެމްޑީޕީގެ ފިކުރުން ޖަރީވެތިވެ ތިބެ ނޫސްވެރިންގެ ޓެގް އަޅުވާފައިވާ ބައިގަނޑެކެވެ. އާމުރައްޔިތުންނަށް ފޯރުކޮއްދޭ މައުލޫންމާތަކީ މުޅިންވެސް އެއްފަރާތަކަށް ބުރަވެތިބެ ދައްކާ ވާހަކައެވެ. ގައުމުގައި ފިތުނަޔާ ފަސާދަ ފެތުރުންނޫން ކަމެއް ނުކުރެއެވެ. ގައުމުގައި އެކަނިތޯއެވެ؟ ނޫނެކެވެ. ބޭރުދުނިޔޭގައިވެސް ދިވެހި ނޫސްވެރިން ދަނީ ރާއްޖޭގެ ރީތި ނަން ކިލަނބު ކުރަމުންނެވެ. ބޭރުދުނިޔެއަށް ވިސްނައި ދެމުން ގެންދަނީ ރާއްޖޭގެ ކަޅުފަރާތުގެ ނަމުގައި މުޅިން ތަފާތު މަންޒަރެކެވެ. ބަދުނާމު ތިޔަކުރެވެނީ ރައީސްކަމަށް ހީކުރިޔަށް ބަދުނާމު ވާނީ ރާއްޖޭގެ ނިކަމެތި ރައްޔިތުންނެވެ. މިކަމުގައި ވެސް އަރާހުރު ކުދިންކޮޅެއް އުޅެއެވެ. ރާއްޖެ ޓީވީގެ އިތުރުން މިނިވަން ނޫސްގެ ނޫސްވެރިންނާ އަދިވެސް ބައެއް ނޫސްތަކުގައި މަސައްކަތް ކުރާ ފަރާތްތަށް މި ބޮޅުގައި ހިމަނާ ނުލާ ދޫކޮއްލެވެން ނެތެވެ. އަޑު އުފުލެނީ ވަކި ބަޔަކު ގެއްލުނީމައެވެ. އެހެން ނޫންނަމަ ކަހާތަން ހިރުވާވެސް ނުލައެވެ. މީހެއްގެ އަބުރާ ބެހިނުލާ ކެއްކޮއްނުލެވުނުތާ ލާރިދިނީޔާ ކޮންމެ ހަބަރެއްވެސް ޖަހާލަން ވީއެވެ. އަމިއްލަ ޑިގު އަރުވަން ކެމެރާގެ ފުރަގަހުން ފުލުހުންނާތޮޅި ފުލުހުން ހައްޔަރު ކުރުމުން ނިކަން ނިޔަނެތި ބަޔަކަށްވެގަނެވެ. ސައުދީން އެންބަސީން ބައެއް ނޫންވެރިންނަށް ލާރި ދިނުމުން އަނެއް ބަޔަކު ކަންބޮޑުވިއިރު ކޮންމެ އިވެންޓެއް ނިމޭއިރު ތިޔަ ހިއްޕަވާ ސަޔަކީ ތިޔަބުނާ ރިޝްވަތަށް ނުވެ ނުދާނެނޫންތޯއެވެ؟ އެނގިވަޑައި ގަންނަވާތޯއެވެ؟ ތިޔައީ ނޫންވެރިންނެއް ނޫނެވެ. އެކްޓިވިސްޓުންނެވެ!

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.