MENU

މައުމޫން ދެއްކި ރަންބުއްދި ޑިމޮކްރަސީ

އެމްޑީޕީ މީހުންނަކީ ރީނދޫ ހުން ޖެހުމުން ހުރިހާ ކަމެއް ބަދަލުވާކަމަށް ގަބޫލުކުރާ ބައެކެވެ. ކިތަންމެ ގިނަ މައްސަލަތަކެއްގެ އިނގިލި ދިއްކުރެވިފައިވާ މީހެއްނަމަވެސް، އެމް.ޑީ.ޕީ އާ ގުޅުމުން، އެއްވެސް ކުށެއް ނުކުރާ، މައުސޫމު މީހަކަށް ބަދަލުވެދެއެވެ. މި ފަހަރަކަށް އައިސް އެމްޑީޕީގެ މުހައްމަދު ނަޝީދަށްވުރެ އެޕާޓީގެ މީހުންނަށް ކަމުގޮސްގެން އުޅޭ މީހަކީ ރައީސް މައުމޫނެވެ. ހުދު އެމްޑީޕީގެ ބައެއް ލީޑަރުންނަށް ވެސް މިހާރު މައުމޫނަކީ ރަންތިރީސް އަހަރުގެ ބާނީކަމުގައިވެއްޖެއެވެ. އެކަމަކު މުޅި ދުނިޔެއަށް މައުމޫނަކީ އަނިޔާވެރި ޑިކްޓޭޓަރެއްކަމުގައި ދައްކައި، މައުމޫނުގެ އަބުރު ވެއްޔާ މޮޑެލައި ގަންހިންގުވަން އުޅުނުބަޔަކީ ވެސް އެމްޑީޕީއެވެ. ނަމަވެސް ވެރިކަމުގެ މަސްތުގައި މައުމޫން ވެސް ރީނދުލަށް ދީދާލީ މިއިން އެއްވެސް ކަމެއް ނުވާކަމަށް ހަދައިގެންނެވެ.

އެމްޑީޕީގެ އިހުގެ ވާހަކަތަކަށް ޖެހިލަމާ ހެއްޔެވެ. މަޝްހޫރު ޑީއޯގެ ޒަމާނުގައި ރާއްޖޭގެ މަޝްހޫރު ސިޔާސީ ލިޔުންތެރިއަކު މައުމޫން ސިފަކުރެއްވިގޮތް ތިރީގައިމިވަނީއެވެ.

" 1978 ވަނަ އަހަރުގެ ނޮވެންބަރުން 11 ވިލޭރޭ މެންދަންވުމާ ގާތްވަމުން އައިއިރު މާފަންނު އެންދެރިމާގޭގައި ދިޔައީ ގަދަޔަށް މާލޫދު ކިޔަމުންނެވެ. މާލޫދު ދެބައިކުރަން އެންމެން ތެދުވެތިބެ "ޠަލަޢަލް ބަދުރު ޢަލައިނާ" ކިޔަންފެށި ހިސާބުން، މާލޫދު ގުރޫޕާ ސަލާންކުރައްވައި، ކޯޓު ފަޓުލޫނާއި ރަސްމީ ޢިއްޒަތުގައި އެގޯތި ނަސްރީނާ އިބްރާހީމްގެ ފިރިކަލުން މައުމޫން ޢަބްދުލްޤައްޔޫމު މިސްރާބު ޖެއްސެވީ، ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވައި ކުރެއްވުމުގެ ދަރުބާރަށް ވަޑައިގަތުމަށެވެ. އެރޭ މެންދަމު 12 ޖަހާއިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ މައުމޫނު ޢަބްދުލްޤައްޔޫމު ޙަވާލުވެވަޑައިގަތުމުގެ ކުރީން އޭރު އެގަޑީގައިވެސް މައުމޫނު ހުންނެވީ ވަޒަންލައްވައި ޙަމަލާއަށް ތައްޔާރުކޮށްފައިވާ ފިސްތޯލައެއް ހިއްޕަވައިގެންނެވެ. ބޭނުމަކީ، މައުމޫނަށް އެރޭ ލިބިވަޑައިގަންނަވަން އޮތް ވެރިކަން ފިރުކައިލުމަށް އެއްވެސް ބަޔަކު ކުޑަވެސް ނުސިޔާނު ޢަމަލެއް ހިންގަން އުޅުހެން ހީވިޔަސް އެބަޔަކަށް ހަމަލާދީ، ލޭއޮހޮރުވައިލުމެވެ. ވެރިކަން ދިފާޢުކުރުމަށްޓަކައި ޖާނުން ޤުރުބާންވުމެވެ."

އެމްޑީޕީން ދުނިޔެއަށް ދައްކައިދީފައިވާފަދައިން މައުމޫން ރާއްޖޭގެ ވެރިކަމުގައި ހުންނެވީ ގޮށްމުށުގެ ބާރުގައެވެ. ވެރިކަމުގައި ތާއަބަދު ހުންނެވުމަށް، ރަންބުއްދި ކުރެއްވިއެވެ. ޑިމޮކްރަސީއަކީ ތިންބާރު ވަކިކުރާ ވަކިވެފައި އޮންނަ އެއްޗެއް ކަމާއި ވެރިމީހާގެ މުށުތެރަށް ފަހުބަސް ކިއުމުގެ ހުރިހާކަމެއް ޖަމާވެފައިއޮތުމަކީ ޑިމޮކްރަސީ ނޫންކަމަށް ވިދާޅުވާން ފެއްޓެވީ މިއަދު މުސްކުޅި ޢުމުރުފުޅުގައެވެ. ވަރަށް ރީތި މަޚްރަޖުން މުސްކުޅި އުމުރުފުޅުގައި ޑިމޮކްރަސީއަކީ ކޮބައިކަން ވިދާޅުވެދެއްވަން ފެއްޓެވި ނަމަވެސް ތިޔަބުނާ ރަން 30 އަހަރުގެ ވެރިކަމުގައާއި މިހާރު ވެސް އަމަލުކުރެއްވަނީ ޑިމޮކްރަސީއާ ދިމާ އިދިކޮޅަށެވެ.

ނިކަން ވިސްނާބައްލަވާށެވެ. ދިވެހި ގާނޫނު އަސާސީގައިވާގޮތުން މީހުން ފިލުވަން އެހީތެރިވުމާއި މީހަކު ފޮރުވައިގެން އުޅުމަކީ ގާނޫނީ ކުށެކެވެ. އެކަމަކު މައުމޫންގެ ޕާސަނަލް އެސިސްޓެންޓް ސޮފްވާން ފޮރުވިގެން އެ އުޅުއްވަނީ ސީދާ މައުމޫންގެ ހިމާޔަތުގައިކަމަށް ބެލުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ރާއްޖޭން ބޭރަށް ދިޔަގޮތަށް ހަބަރެއް ނުވުމުން ސޮފްވާން ހޯދުމަށް، ބައިނަލްއަގްވާމީ ފުލުހުންގެ ޖަމިއްޔާ އިންޓަޕޯލްގެ އެހީތެރިކަމަށް ފުލުހުން އެދުނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން އޭނާ ހޯދަން ފުލުހުން ކުރި އިއުލާނަކަށްފަހުއެވެ. ސޮފްވާން ރާއްޖޭން ބޭރަށް ދިޔައީ މައުމޫނާ އެކުގައެވެ. އޭނާ އުޅޭ ތަން މައުމޫނަށް އެނގިވަޑައިނުގަންވާނެ އެއްވެސް ހުއްޖަތެއް ނެތެވެ.

ދެން ހުންނެވީ ދަރިކަލުން ފާރިސް މައުމޫނެވެ. ސިޔާސީ ލީޑަރަކަށް ފާރިސް ހެއްދެވުމަށް މައުމޫން އެހުންނެވީ ނިކަން ރަނގަޅަށް ފޫގަޅާލައިގެންނެވެ. ހެލިފެލިވެ އުޅެން ނުހަނު ދަތި އުމުރުގެ ފަހުބައިގައި ޑިމޮކްރަސީގެ ނަމުގައި މަގުމައްޗަށް ނުކުންނަވައި ޝަރުއީ ކޯޓުތަކަށް ވެސް ހަޖޫ ޖައްސަވަން ފެއްޓެވީއެވެ. ކުނޫޒް ޕޯޑިއަމްގައި ގާނޫނީ ސަރުރާކަށާއި ފުލުހުންނާއި އަމަން ބަލަހައްޓާ ފަރާތްތަކަށް ހަޖޫ ޖައްސަވައި މިވަގުތު ގައުމަށް އެންމެ ރަނގަޅީ ތިމަންނައާއި ނަޝީދު އެކުގައި ތިއްބެވުމޭ، ޖެޓް މަތިންދާ ބޯޓޭ ކިޔާފައި އެމްޑީޕީ މީހުންގެ ކުރިމަތީގައި ކުރައްވާހާ ވެސް ކަމަކީ ފާރިސްގެ ޑިގުއެރުވުމެވެ. ބޭނުމަކީ ކުރިއަށް އޮތް ރިއާސީ އިންތިހާބަށް ފާރިސް ދޮންކުރެއްވުމެވެ. ނަޝީދަށްވުރެ ތާއީދު ބޮޑީ ފާރިސްއަށް ކަމުގައި ދެއްކުމެވެ. ފުލުހުން ފާރިސް ދިރިއުޅޭ ގެ ފާސްކޮށް، ހައްޔަރުކޮށްގެން ގެންދިޔަ ދުވަހު އެއީ ސިޔާސީ ލީޑަރަކު ހައްޔަރުކުރުން ކަމަށް މައުމޫން ސިފަކުރެއްވުމަކީ ފެންނަން އޮތް ބޮޑު ހަގީގަތެކެވެ.

 

ގާނޫނާއި ގަވާއިދާ ހިލާފަށް ޕީޕީއެމްގެ ދިދަ ބޭނުންކޮށް، ޝަހުސު އޮޅުވާލައިވައި ފާރިސް އިސްވެހުރެ މަޖިލިސް މެމްބަރުންނަށް ރިޝްވަތުދީ، އިދިކޮޅު ފަރާތްތަކާ ގުޅިގެން މަޖިލިސް ތެރެއިން ރާއްޖެއަށް ބަގާވާތް ގެންނަން ކުރި މަސައްކަތަށް ވެސް އެންމެ ބޮޑަށް ހިތްވަރު ދިނީ މައުމޫނެވެ. ކުނޫޒްގައި ޖަލްސާ ބާއްވައި، އަނެއް ދުވަހު ރައްޔިތުންގެ މަޖިލީހަށް ގަދަކަމުން މެމްބަރުން ފޮނުވައި ސިފައިންނާ ތޮޅި، ދުސްތޫރީ ނިޒާމް ގަނޑުބަޑުކޮށްލަން މަސައްކަތް ކުރިއެވެ. އެވަރުން ނުވެގެން ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފް ރާއްޖެ ވަޑައިގަތް ވަގުތާ ދިމާކޮށް، މަޖިލިސް މެމްބަރުން ކުރިއަށްނެރެ މަގުމަތި ހަލަބޮލިކޮށް، މީޑިޔާތައް ބޭނުންކޮށް މުޅިން ތަފާތު މަންޒަރެއް ބޭރުދުނިޔެއަށް ދައްކުވަން މަސައްކަތް ކުރީވެސް 30 އަހަރުގެ ރަންބުއްދި ޑިމޮކްރަސީގެ ނިވަލުގަ އެވެ. އެކަމަކު މިއިން އެއްވެސް ކަމެއް ކާމިޔާބުނުވީ އަދުގެ ސަރުކާރު ސާބިތުވެފައި ހަރުދަނާވުމުންނެވެ.

މައުމޫންގެ މުށުތެރެއަށް ދައުލަތް ހިންގުމުގެ ތިންބާރާއި، ޤައުމުގައި ދެން ހުރިއްޔާ ހުރިހާ ބާރެއްވެސް ޖަމާކުރައްވައިގެން ރަށްރަށުގައި ތަފާތު ނަންނަމުގައި ދައުލަތުން މުސާރަދޭގޮތަށް މީހުން ބޭތިއްބި ޒަމާން ފާއިތުވެއްޖެއެވެ. ކޮންމެ ރިއާސީ އިންތިހާބެއްގައި ކުޑަކާފު ބޮޑުކާފު ހޯދައި، މައުމޫނަށް ނޫނެކޭ ބުނެފާނެހެން ހީވާ މީހަކަށް ވެސް ވޯޓު ލެވުނަނުދޭން ވޯޓުފޮށިދޮށުގައި ފޯރިމެރުމަށް ނިމުން އަތުވެއްޖެއެވެ. މިއީ އެހެން ޒަމާނެކެވެ. މިއަދު ރާއްޖޭގައި ހިނގާނީ ގާނޫނީ އަމުރު މައުރޫފެވެ.

COMMENTS: 4
 1. July 28, 2017 by Anonymous Reply

  ޙަބޭސ

 2. July 28, 2017 by އައްމަޑޭ Reply

  މައުމޫނަކީ ބޮޑުބަލާއެއް

 3. July 28, 2017 by ސޭލަ Reply

  ކަލޯ މި ގޮޅާ އިންނާނީ މިހާރު ފަ* ބޮވިފަ

 4. July 31, 2017 by ފަރީޝާ Reply

  ރާއްޖޭގައި އުފެދުނު އެންމެ ބޮޑު ޚާއިނަކީ މައުމޫން. ސޮފްވާނަކީ މައުމޫންގެ ބިޓެއް.

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.