MENU

ބަނގުރަލުގެ ވަސް ބޮޑަށް އެނގޭނީ ރޮޒޭ މެންނަށެވެ.

ފެބްރުއަރީ 7 ވަނަ ދުވަހު ސަލާމަތީ ބާރުތަކަށް އޭރުގެ ވެރިކަމުގައި ހުންނެވި ނަޝީދު ކުރައްވަމުން ގެންދެވި ޣައިރު ގާނޫނީ އަމުރުތަކަށް ތަބާނުވެ އޭރުގެ އިދިކޮޅުފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާގައި ވެރިކަން ވެއްޓުމާގުޅިގެން އެމްޑީޕީއާ ނަޝީދުގެ އައުވާނުން ފުލުހުންނާ ސިފައިންދެކެ އައީ އަމަށަކު ރުޅިއެއް ނޫނެވެ. ހެއްދެވިހާ ހުތުރު އެއްޗަކުން ފުލުހުންނާ ސިފައިންނަށް ނިސްބަތްކޮއް ގޮވަމުން ދިޔައީ އޭގެން މީހަކަށް އަނބިދަރިންގޮވާގެން މަގުމަށްޗަށް ނިކުމެ އުޅެވޭވަރަކަށް ނޫނެވެ. ފުލުހުންނާ ސިފައިންގެ އަނބިދަރީންގެ އިއްފަތްތެރިކަން ފޭރިގަތުމަށް ވެސް އެމްޑީޕީން ސަޕޯޓަރުން ދިޔައީ ގޮވަމުންނެވެ. މަރުގެ އިންޒާރުދީ އެތަށް ފުލުހަކަށް ގޯނާކުރި ދުވަސްވަރެއްވެސް ދިޔައެވެ. ޖެހިފައިވާ ޖަޒުބާތު ފިލާ ދުވަސްގަނޑަކަށްފަހު ވެރިކަން ފުރޮޅާލުމަށް މަސައްކަތް އެމްޑީޕީން ފެށުމާއެކު ފުލުހުންނާ ސިފައިންއަށް ސަނާކިޔަންފަށައިފިއެވެ. ރައީސް ޔާމީން ގެ ސަރުކާރު ވައްޓާލަން ފުލުހުންނާ ސިފައިންނަށް ވިސްނާދެމުން ގެންދިޔައެވެ. ފުލުހުންނާ ސިފައިން ތިބީ މަޖުބޫރީ ހާލަތެއްގައި ކަމުގައި ވިސްނައިދީ ސަލާމަތީ ބާރުތަކުން ނުކުމެ އިދިކޮޅުފަރާތްތަކާ ގުޅުމަށްވެސް ދިޔައީ ވިސްނައި ދެމުންނެވެ. އެންމެފަހުން މިމަހުގެ 24 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މަޖިލީސްދޮށައް އެއްވެ ކުރި މުޒާހަރާގައި ބައެއް މަޖިލިސް މެންބަރުންއާއިއެކު އާމުންގެ ދެތިންބަޔަކު މަޖިލީހުގެ އިދާރާޔަށް ވަދެގަތުމުން ފުލުހުން މަޖިލީހަށް ވަދެ އެފަރާތްތަކުން ނެރުމަށް މަސައްކަތް ކުރަމުން ދަނިކޮން އެމްޕީ ރޮޒޭނާޔަށް ފުލުހެއްގެ އަނގައިން މިޔޮއް އޮތްހާދުވަހު ދޮވަމުންދިޔަ ވެރިކަމުގެ ވަސް މިޔަދު ފުލުހުން ސަރުކާރާ ދެކޮޅު ނުވާނެކަން އެނގުމުން ބަނގުރަލުގެ ވަހަށް ބަދަލުވެއްޖެއެވެ. އާއެކެވެ! ބޮޑަށް އެނގިވަޑައި ގަންނަވާނީ ރޮޒޭނާ އަށެވެ. ބޯންވާނެ ބޮވެންވާނެ ރައީސްއާއި  އެއްސުފުރާއިން ހުޅަނގުގެ ގައުމުތަކުގައި ފަރީއްކުޅުއްވާ ޒޮރޭނާ މެންނަށް ވުރެއް ބޮޑަށް ބަނގުރަލުގެ ވަސް ދެނެވަޑައިގަންނަވާނެ ބަޔަކު ނުތިބޭނެއެވެ.

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.