MENU

އުމަރު ނަސީރަށް " މިޔަ " މަތިންކީ " ތޫނު " މަރުހަބާ!

ސިޔާސީގޮތުން އުމަރު ނަސީރަކީ ފުންނާބު އުސް ބޭފުޅެކެވެ. އިސްލާމިކް ޑިމޮކްރަޓިކް ޕާޓީގެ ނަމުގައި 2005 ވަނަ އަހަރު ޕާޓީއެއް އުފަށްދަވާ އިސްލާމީ ޝަރީއާ ޤާއިމްކޮށްދެއްވުމަށް މަސައްކަތް ކުރަން ފެށި ހިސާބުން ރައްޔިތުންގެ ގިނަ ބައެއްގެ ތާއީދު އުމަރު ލިބިގެން ދިޔައެވެ. ނަމަވެސް 2007 ވަނަ އަހަރު އުމަރު ވެރިކަމަށް މަސައްކަތް ފެށި ހިސާބުން ރައްޔިތުން ކުރަމުން ގެންދިޔަ ތާއީދު ގެއްލުނެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިޔާސީ އޮޑިއެއް ގެ ކައްޕި އޮޑި ދޫކޮށް ފުންމާލުމުގެ ޝަރަފު އުމަރު ނަސީރު ހޯއްދެވިއެވެ. އެއާއެކު ދެން ފެނިގެންދިޔައީ އުމަރު ނަސީރު ޑީއާރުޕީ އާއި ގުޅުނު މަންޒަރެވެ. އެއާއެކު އަނެއްކާވެސް އުމަރުގެ ހުނަރުވެރިކަމަށް ގިނަބައެއްގެ ތައުރީފުތަށް ދިޔައީ އޮހެމުންނެވެ. އޭގެ ފަހުން އުމަރު ނަސީރު ޖުމަހޫރީ ޕާޓީ އާއި ގުޅިވަޑައިގެން މަސައްކަތް ކުރަށްވަން ފެއްޓެވިއެވެ. ގިނަ ދުވަސްތަކެއް ނުވެ ދެން އިވިގެން ދިޔައީ މިހާރުގެ ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އަށް ސޮއިކުރެއްވި ހަބަރެވެ. އުމަރު ނަސީރުގެ ކޮންމެ ޕާޓީއެއްގައި މަސައްކަތް ކުރެއްވިނަމަވެސް ފާހަގަކޮއްލެވޭ އެއްކަމަކީ ސިޔާސީގޮތުން އަބަދުވެސް ކަނޑިއާއި ކަނޑި ޖައްސަވާގެން ހުންނަވަނީ ކެނެރޭގޭ ނަޝީދުއާއި ކަމެވެ. ބަހުގެ ވަރުގަދަ ހަމަލާތަކުން ފެށިގެން ސިސާސީގޮތުން ގަދަ ހިފަނީވެސް ހަމަ ނަޝީދާއި ކަމެވެ. އެގޮތުން ޕީޕީއެމްގެ ތެރޭގައިވެސް އުމަރު ނަސީރު ހުންނެވީ ކުރީގެ ރައީސް ނަޝީދާ ފިސާރި ވިއްދާލާފައެވެ. ނަޝީދުގެ ވެރިކަން ވައްޓާލުމުގައިވެސް އުމަރު ނަސީރުވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަށްވާފައެވެ. އޭގެ އިތުރުން އުމަރު ނަސީރު ހޯމް މިނިސްޓަރުކަމުގައި ހުންނެވިއިރުވެސް ގެންދެވީ އިދިކޮޅު އެމްޑީޕީއާއި ވަރުގަދަޔަށް ސިޔާސީ ހަނގުރާމަ ކުރަށްވަމުންނެވެ. ޒަމާންގަނޑަކަށް އުމަރުނަސީރު ސިޔާސީ މައިދާނުން " ގެއްލުމަށްފަހު " އަނެއްކާވެސް ސިޔާސީ މައިދާނަށް އުމަރުގެ ތަރި އަރައިފިއެވެ. މިފަހަރު އިދިކޮޅު ޖުމްހޫރީ ޕާޓީގެ ފަލަކުގައެވެ. ފަލަސުރުހީތަކުން އުމަރު ނަސީރު ޖާގަ ހޯއްދެވީ ފިސާރި ހަލުވިކަމާއި އެކު ނަމަވެސް އިދިކޮޅު ކޯލީޝަނުގެ ހިތް މިފަހަރު އަތުލައިގަންނާކަށް ފަސޭހައެއް ނުވިއެވެ. އިދިކޮޅު ފަރާތްތަކުން އަދިވެސް އުމަރު ސިފަކުރަނީ ގައްދާރެއްގެ […]
Read More ›

މިނިވަންކަމުގެ އަގު ކެނެރީގޭ ނާޅިން ވަޒަންނުކުރާށެވެ.

ދަންނަވަންތޯއެވެ؟ މިނިވަންކަމާއި އިސްތިގުލާލުގެ ވާހަކައަކީ ދައްކާ ނިމޭނެ ވާހަކައެއް ނޫނެވެ. ބައެއްގެ ނާޅިން މިނިވަންކަން މިނަން އުޅެފިނަމަދެން ވާނޭގޮތާއިމެދު ތަސައްވަރު ކޮއްލައްވާށެވެ. މި ލޮބުވެތި ދިވެހިރާއްޖެއަށް ދެންވާނެ ގޮތެވެ؟ ދޮންވެލި ގޮނޑުދޮއްތަކާއި ސާފު ވިލު ނޫކުލާގެ މުރަކައިގެ ބަގީޗާތަކުން އަޅުގަނޑުމެންނަށް ލިބިދޭ ނަފާ އެހެން ގައުމެއްގެ ހަޒާނާއަށް ވަންނަ ނަމަ ދެން ވާނޭ ގޮތެވެ. އަހަރެމެންގެ ޅަދުވަހުންސުރެ އުޅެ ބޮޑުވި ފަސްގަނޑުގައި ހޭދަވާ ކޮންމެ ސިކުންތަކަށް ބަޔަކަށް އަގު ދޭންޖެހިއްޖެ ނަމަ ދެންވާނޭ ގޮތާއިމެދުއެވެ. ކުޑަކުދިންނާ އަންހެނުން ކާއެތިކޮޅަކަށްއެދި މަގުތަށް މަތީ ސަލާން ޖަހަން ޖެހިއްޖެ ނަމަ ތިބާޔަށް އޭގެން ކުރާނެ އަސަރެވެ. ހިތް ކުދިކުދިވެ ހިގައިދާނެއެވެ. ވޭނީ ގިސްލުމުގެ އާހް ލެވޭނެއެވެ. އެހެންކަމަށް ވާނަމަ ވިސްނަވާށެވެ. ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ބަޔަކު މިއަދު ކުޅެމުން އެގެންދާ ކުޅިވަރުގައި ނުޖެހޭށެވެ. އިނގިރޭސީންނަކީ އަހަރެމެންގެ މި ރާއްޖެ ކަހަލަ ކުދި ގައުމުތަށް އިސްތިއުމާރުކުރުމަށް އަރާތިބި ބަޔެކެވެ. މިނިވަންކަމަށް ފެންބޮވައިގެންފައިތިބި ދިވެހިން އިހު އިނގިރޭސީންގެ އަޅުވެތިކަމުގައި އުޅެފީމުއެވެ. ސިޔާސީ މަންފާއެއް ބަޔަކަށް ހާސިލްކޮއްދިނުމުގެ ނަމުގައި އަޑީގައި ތިބެ ދިވެހިންގެ ބަޔަކު ކުރިޔަށްނެރެ އިނގިރޭސީން މިއަދުވެސް ކުޅެމުން އަންނަނީ ހަމަ އިސްތިއުމާރީ ކުޅިގަނޑެވެ. ފައިސާއާއި ސިޔާސީ އަދި ބައިނަލް އަގްވާމީ ނުފޫޒު ބޭނުންކޮއް އިނގިރޭސީން މިއަދުވެސް ބޭނުންވަނީ ދިވެހިރާއްޖެއަކީ އެމީހުން ޖެހި ބެރަކަށް ނަށަންތިބި ބަޔަކަށް ހެދާށެވެ. ސޮރީއެވެ. އެދުވަސް ފަސްދީފިއެވެ. ކެނެރީގޭ ހާއިނުންނާ އެކު އިނގިރޭސީން މިއަދު ކުޅެމުން އަންނަ ކުޅިއަށް ދިވެހިންތިބީ ހޭނިފައެވެ. ގައުމަށް ފެހި މާދަމައަކަށް އެދި ދައްކަމުންދާ ދަޅަ މިއަދު ދިވެހިންނަށް އަލެއް ނޫނެވެ. ދިވެހިން އޭރުވެސް މިހާރުވެސް ގަބޫލުކުރާއެއްކަމެއް އޮވެއެވެ. ކެނެރީގޭ ހާއިނުންނެއް ދިވެހިންނަކަށް ހެވެއްނޭދޭނެކަމެވެ.  ރާއްޖޭގެ މިނިވަންކަމުގެ ވާހަކަ ދައްކަން ކެނެރީގޭ މީހުންނަކީ ކުފޫހަމަވާ ބައެއް ނޫންކަމެވެ.  
Read More ›

ފަށައިފި! ނިންމައިފި! ހުޅުވައިފި!

މިއީ އިއްޔެއާއި މިއަދުގެ ތަފާތެވެ. އޭއާއި މިހާރުގެ ފަރަގެވެ. ކަން ކުރަން އުޅުމުގެ ބަދަލުގައި ކަން ކޮން ނިންމުމުގެ ތަފާތެވެ. "ސަޅިބައިސާ" ކެނޑުމާއި އަމަލީމަސައްކަތުގެ ތަފާތެވެ. ކަޅާއި ހުދުގެ ހުވަފެނުން ރައްޔިތުނަށް އަވާމެންދުރު ދެއްކުމާއި އުންމީދީ ކުލަތަކުން ބޮޑުމަންޒަރު ދެއްކުމުގެ ތަފާތެވެ. ފަށައިގަންނަން ގަސްތުކުރަނީ މާޒީންނެވެ. ކޮންމެ ދުވަހެއްގެ ރޭޑިއޯ ހިތާބުންނެވެ. އުންމީދުން ފުރިގެންވާ ކުލަނުވި ހުވަފެންތަކަކުން " މޯރނިންގ ކަނޑާލައެވެ." އެތަކެއް ރަށެއްގެ ބަނދަރު ކޮނެ ބޮޑުކޮށް އަޅަން ނިންމައެވެ. ކޮންމެސް ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމު ފަށައެވެ. މަގުތަކުގައި ހިޔާލީ ފޮލާ ގެ ތާރުގަނޑު ދަމާލައެވެ. ކޮންމެވެސް ރަށެއްގެ ބިންހިއްކަން ފަށައެވެ. ހިތާމައަކީ 3 އަހަރު ނިމިގެން ދިޔައިރުވެސް މިއިން އެއްވެސް ކަމެއް ފެންނަން ނެތުމެވެ. ކުރެވުނު ކަމެއްވިއްޔާއި  ވަޑައިގަތީ އަޅީއަށް ހައްދަވާފައެވެ. ފެންނަން ހުރިއްޔާއި ގަބޫލުކުރަން ފަސޭހަވާނެތާއެވެ. ރޭޑިއޯ ހިތާބެއް ނުދެއެވެ. ފޮނި ވާހަކަތަކެއްވެސް ނުދައްކަވައެވެ. ސަޅިބައިސާއެއްވެސް ނުކަޑައެވެ. ނަމަވެސް ފެނިގެން މިދަނީ ބަނދަރުތަށް ބޮޑުކުރަން ފެށިމަންޒަރެވެ. ނުވަތަ ބަނދަރުތަށް ހަދާ ނިންމުމަށްފަހު ހުޅުވާ މަންޒަރެވެ. ފެނާ ނަރުދަމާގެ ހޮޅިތަށް ގޭގޭދޮރުމަތިން ސަލާންގޮވާލާތަނެވެ. ޒުވާން ޖިންސުންލަތީފުން ހަވީރު ފިންޏައް ޅަނދޮޅު އަންހެންވެރިންނަށް ފޮނިދައްކަމުން ތާރުއެޅިމަގުތަކުގައި ދުއްވާތަނެވެ. ދަންނަވަންތޯއެވެ. " ދައިގަންނަން އުޅޭ ކުއްތާއެއް ވައް ވަކެއް ނުޖާހާނެއެވެ." ހަމަ އެބީދައިން "ތަރައްޤީކުރަން އުޅޭ ރައީސެއް ފޮންޏެއް ނުކަނޑާނެއެވެ." މިއީ އިއްޔެއާއި މިއަދުގެ ފަރަގެވެ. ރޭޑިއޯ ހިތާބަކާއި ހަމައިން ނިންމާލި ތަރައްޤީގެ ކަޅު ހުވަފެންތަކާއި އުންމީދީ ކުލަތަކުން ނިންމައިދިން ތަރައްޤީގެ ތަފާތެވެ.
Read More ›

އިއްޔެ ކަނޑިއާއި ބަޑިންނެވެ. މިއަދު ދުލާއި ގަލަމުންނެވެ.

1989 ވަނަ އަހަރުގެ ނޮވެންބަރ މަހުގެ 3 ވަނައަށްވީ ބުރާސްފަތި ދުވަހަކީ ދިވެހިންގެ ހިތްތަކުން ފިލާގެން ދާނޭ ހަނދާންތަކެއް ނޫނެވެ. ކުށެއްނެތް 19 ދިވެހިން ޝަހީދުކޮއް އެ ތޯހިރު ލޭ ދިވެހި މި ވަތަނާ ކަނޑުތަކަށް އޮހޮރުވާލީ އެތަކެއް ހިތްތަކެއް ކަރުނަ އަޅައަޅާ އޮއްވައެވެ. އެތަކެއް މަޔަކާ ބަފަޔެއްގެ ހިތް ކަރުނުން ތެއްމާފައެވެ. އަނބިންނެއް ހުވަފަތްކޮއްފައެވެ. މައުސޫމު އެތަކެއް ދަރިންނެއް ނިކަމެތިކޮއްލުމަށްފައެވެ. ހިތާމައާއި ބިރުވެރިކަމުން ފުރިގެންވާ " ބަޑި ބުރާސްފައްޗަކީ " ދިވެހިންގެ ތެރެއިން ހާއިނުންކޮޅަކާއި އަވައްޓެރި ގައުމެއްގެ ގޮތުގައި އޮތް ކޮޅުބުގެ ބަޔަކާއި ގުޅިގެން މި ލޮބުވެތި ވަތަނުގެ މިނިވަންކަމާއި އިސްތިޤުލާލުނަގާލާ ވެރިކަން ހޯދުމުގެ ނިޔަތުގައި ގައުމަށް " ބާއީން " ފާވި ދުވަހެވެ. ދިވެހިންގެ ދިވެހިވަންތަކަމާ އިސްލާމީވަންތަށް ސިފަތަށް މިގައުމުން ބީވެދާނެކަމުގެ ބިރު މަދު ވަގުތުކޮޅަކަށް ނަމަވެސް ދިވެހިންގެ ހިތްތަކަށް ވެރިކުރުވި ދުވަހެވެ. މިނިވަންކަމުގެ ހިޔާއިން ނިކުމެ އަޅުވެތިކަމުގެ ދިލަ ހޫނުން ދިވެހިން ފިހިދާނެކަމުގެ ނުތަނަވަސްކަން ވެރިކުރުވި ދުވަހެވެ. ސައްކެއްނެތެވެ. ޤައުމީ ލޯބި ނެތް ނަމަވެސް ދިވެހި ލޭ ހިނގާ " ދަރީންތަކެއް " މި ހުއްބުލް ވަތަނަށް މިފަދަބޮޑު ގެއްލުމެއް ދިނުމަށް ގަސްތުކޮއްފާނޭކަމަށް ހިޔާލު ކޮއްލެއްވީމުތޯއެވެ؟ ކޮޅުނެތްކޮޅަށް ހިތާމައެވެ. ސައްކެއްނެތެވެ. އަވައްޓެރިންނާއި ގުޅިގެން މިފަދަބޮޑު ގެއްލުމެއް ގައުމަށް ދިނުމަށް މި ނުބައި އަމަލު ހިންގީ " ކެނެރީ " އާއިލާ ގެ ޣައްދާރުން ކަމާމެދު ދެބަސްވެވޭނޭ ދިވެއްސެއް ނުހުންނާނެއެވެ. 1989 ވަނަ އަހަރު ނޮވެންބަރ 3 ވަނަ ދުވަހު ރާއްޖެ ހިފަން ކެނެރީ ޣައްދާރުން މަސައްކަތްކުރީ ކޮން މަގުސަދެއްގައިތޯއެވެ؟ ދިވެހިންނަށް މިފަދަބޮޑު ގެއްލުމެއްދިނުމަށް ފެންބޮވައިގަތީ ކޮން ނިޔަތެއްގައި ތޯއެވެ؟ ހަމަ އެންމެ މަގުސަދެއްގައެވެ. ވެރިކަމުގެ ދަހިވެތިކަމުގައެވެ. އަދުވެސް ފެނިގެންމިދަނީ ހަމަ މި މަންޒަރެވެ. ކެނެރީގޭ ޣައްދާރުން ވެރިކަމުގެ ދަހިވެތިކަމުގައި އަވައްޓެރި ބައެއްގެ މަދަދަށް އެދެމުން ދާތަނެވެ. ވެރިކަމުގެ ދަހިވެތިކަމުގައި ގައުމުގެ މިނިވަންކަން ނަގާލުމަށް މަސައްކަތް ކުރަމުން ދާތަނެވެ.  ހަމަ އެއްމަޤުސަދެއްގައެވެ. ހަމަ އެއް ބަޔެކެވެ. ތަފާތަކީ ހަމަ އެންމެ ތަފާތެކެވެ. […]
Read More ›

ޔާމީނެވެ! ވައްކަމައިގެން ކުރިޔަށް ވަޑާއިގަންނަވާށެވެ!

ސަރުކާރެއް އިންތިޙާބުކުރަނީ ރައްޔިތުންގެ ހެވާއި ލާބަޔަށް މަސައްކަތް ކުރުމަށެވެ. ރައްޔިތުންނާއި ހަމައިން ރައްޔިތުންނަށާއި ގައުމުގެ އަމަން އަމާންކަމާއި، ސުލްހަ މަސްލަހަތާއި އިސްތިޤުލާލް ދެމެހެއްޓުމަށް ސަރުކާރު މުހިންމު ދައުރެއް އަދާކުރެއެވެ. ނަމަވެސް މިއަދުގެ ހާލަތު ތަފާތެވެ. ރާއްޖޭގެ އުތުރާ ދެކުނުން ފެނިގެންދަނީ ވައްކަމެވެ. ދައުލަތުގެ ބައިތުލްމާލުގައި ބޮޑު ލާރިއެއް އޮތަކަ ނުދެއެވެ. އޮތިއްޔާ ނަގާ ލަނީ ޖީބަށެވެ. 2013 ވަނަ އަހަރު ރައްޔިތުންގެ ބާރުވެރިކަމުން ބާރުލިބިގަނެ ސަރުކާރު ހިންގުމާއި ހަވާލުވި ކާމިނީގޭ ޔާމީނެވެ. އެއާއެކު އިދިކޮޅު ފަރާތްތަކުން އެބުނާ ވައްކަމުގެ ކުޅިގަނޑު ފެށުނީއެވެ. ވާހަކަ ފަށަން ގަސްތުކުރަނީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިންނެވެ. ރަނގަޅެވެ! ފުރަތަމަ ދައްކާނީ 800 މިލިޔަން ޑޮލަރުގެ ވާހަކައެވެ. ކުޅިގަނޑު ފެށުނު ހިސާބުންނެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވިއިރު 800 މިލިޔަން ޑޮލަރުގެ ވިޔަފާރި ކުރެއްވި ހިސާބުންނެވެ. ކަށަވަރެވެ. އެހެންނޫންނަމަ އިނދަ ޖެހި ބަނޑަށްޖެހިފައިވާ އެސްޓީއޯ މިއަދަކު ފެންނަން ނެތީހެވެ. ބަނގުރުޓުވެ ދިޔަތާ ކިތަންމެ ދުވަހެކެވެ. އެދުވަހު ކުރެއްވި 800 މިލިޔަން ޑޮލަރުގެ ވަގު ވިޔަފާރީގެ ފައިދާ މިއަދު އެސްޓީއޯ ބިލިޔަނުން އަހަރަކު އެހެރަ ގެންދަނީ ގުނަމުންނެވެ. ޔާމީނެވެ! ވައްކަމައިގެން ކުރިޔަށް ވަޑާއިގަންނަވާށެވެ! އެސްޓީއޯ އަށްފަހު ދެން ފެއްޓެވީ ދައުލަތުގެ ބަޖެޓުންނެވެ. ވެރިކަމާއި ހަވާލުވެ ވަޑައިގެން 300 މިލިޔަން ޑޮލަރުގެ ވައްކަމެކެވެ. ދައުލަތުގެ ހަޒާނާއިން ނެންގެވިގޮތަށް ޖަމާކުރެއްވީ " ގާދޫކޮލު ބޭންކް " އާއި އެވެ. ވިސްނަވާ ވަޑައިގެން ބައްލަވާށެވެ. މި ދައްކަނީ 300 މިލިޔަން ޑޮލަރުގެ ވާހަކައެވެ. ހާދަ ލާރިއެކެވެ. އާއެކެވެ. އެހެންވެތާއެވެ. އެއޮއްގެން ގާދޫކޮލުން ތަނބުތަށް ހިއްލި މާލެއާއި ހުޅުލެއާއިމެދު ދެމެނީއެވެ. ޔާމީނެވެ! ވައްކަމައިގެން ކުރިޔަށް ވަޑައިގަންނަވާށެވެ! އަނެއްކާވެސް ދައްކަން އޮތީ 300 މިލިޔަން ޑޮލަރުގެ ވާހަކައެކެވެ. މިފަހަރު ނެންގެވިބައި އެޅުއްވީ " ބޭންކް އޮފް އައި ޖީ އެމް އެޗް " އަށެވެ. ސުބްހާނަﷲ އެވެ. މީގެ ކުރިން މަންމަމެން ކިޔާއުޅޭ އަޑުއަހަނީ ފައިސާއަކުން ގަހެއް ނުފަޅާނޭ ބުނާތީއެވެ. ތެދެކެވެ. މަންމާއެވެ. ފައިސާއިން ގަހެއް ނުފަޅާނެއެވެ. މަންމާއެވެ. ފައިސާއިން […]
Read More ›

ރާއްޖެ ޓީވީ އަށް ޖަވާބު ނުދެވުނު ސުވާލުތަށް ؟

މީ ހައްޤުތަށް ހޯދައިދިނުމަށް ބުނެ ވަކާލާތުކުރާ ރާއްޖެ ޓީވީ އަކަށް ޖަވާބު ނުދެވުނު ސުވާލުތަކެވެ. ހިޔާނާތާއި ދެކޮޅަށް އަޑުއުފުލާ ނަޝީދުގެ " ޕްރޮފެގެންޑާ މެޝިން " ރާއްޖެ ޓީވީ އަކަށް ޖަވާބުނުދެވުނު ސުވާލުތަކެކެވެ. މަސްހޫރުކަމާއި ރައްޔިތުންގެ މަޤުބޫލުކަން ހޯދުމަށް " ޕަބްލިސިޓީ ސްޓަންޓް " ދެނަކާއިޖެހި ދެނެއް ޖައްސަމުން އަންނައިރު މިއީވެސް ޖަވާބު ހޯދާލުން މުހިންމު ސުވާލުތަކެކެވެ. ދެން ސުވާލުތަކާއެކު ކުރިޔަށް ދަމާތޯއެވެ.   ސުވާލު 1 :  ސާކް ސަމިޓަށް ދައުލަތުގެ މީޑިއާއިން އެމް އެން ބީ ސީ އިން ގެނައި އިކުއިޕްމެންޓަކަށްވީ ކިހިނެއްތޯއެވެ؟ ސާކް ސަމިޓަށް އޭރުގެ ނަޝީދުގެ ސަރުކާރުން ވަނީ ބޭކާރު އެތަކެއް ހަރަދުތަކެއް ދައުލަތުގެ ބަޖެޓުން ކޮއްފައެވެ. ނު އަގުގައި ޕްރޮޖެކްޓްތަށް ވަނީ ޕާޓީ ކުދިންނާ ރައްޓެހިންނާއި އާއިލާޔަށް ދީފައިވާކަމަކީ އޮޅުވައިލެވޭނެ ވާހަކަތަކެއް ނޫނެވެ.   ސުވާލު 2 : ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ރާއްޖެޓީވީގެ ޗެއަރމަން އަކުރަމް ކަމާލުއްދީނަށް ދިން 8 ލައްކަ ޑޮލަރުގެ ޗެކް ވީތަނެއް އެނގޭތޯއެވެ؟ ރާއްޖެ ޓީވީގެ އޯނަރ އަކްރަމް ކަމާލުއްދީނަށް ރާއްޖެ ޓީވީގެ ސެޓްލައިޓް ފީ ދެއްކުމަށް ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަދި ނައިބު ރާއީސް އަހުމަދު އަދީބު 8 ލައްކަ ޑޮލަރުގެ ޗެކެށް ދިންކަން ގިނަ ދިވެހިންނަށް ފަހަރުގައި ނޭގި އޮވެދާނެއެވެ.   ސުވާލު 3 : އަބުރު ފަންޑުގެ ނަމުގައި ހިންގި ހަރަކާތުން ލިބުނު 3 މިލިއަން ރުފިޔާއަށް ހޯރަފުށީ އަހްމަދު ސަލީމް ކެފޭއެއް ނުގަނޭތޯއެވެ؟ މަސްހޫރު ލިޔުންތެރިޔާ ހޯރަފުށީ ސަލީމް ރާއްޖެ ޓީވީގެ އަބުރުފުޅު ފަންޑުން ހޭދަކުރަށްވާގެން ބައްލަވައިގެންނެވި ކެފޭއެއްގެ ވާހަކައަކީ މަދު ބަޔަކަށް ނޫނީ ނޭގޭނެ ވާހަކައެވެ. ފަހަރުގައި ތިޔައިގެތެރެއިން ބޭފުޅަކަށްވެސް އެ ކެފޭއިން ވާނީ ކެއުމަކަށް އިންސާފުކުރެވިފައި ކަމަށްވެސް ވެދާނެއެވެ.   ސުވާލު 4 : ރާއްޖެޓީވީގެ މެނޭޖިންގ ޑިރެކްޓަރ ހޯރަފުށީ އަހްމަދު ސަލީމުގެ ކުންފުންޏެއް ކަމަށްވާ މީކޯއަށް ސަރުކާރުގެ ޕްރޮޖެކްޓް ދީފިނަމަ، ރާއްޖެޓީވީގެ ކޮންޓެންޓް ސަރުކާރު ބޭނުންވާ ގޮތަކަށް ބައްޓަންކުރާނެ […]
Read More ›

ފޮޓޯއިން ތަޅާލިޔަސް ބަލިވާނީ އަންނިއެވެ.

މަތިން ތިޔަ ފެނިވަޑައިގަންނަވަނީ 1960 ވަނަ އަހަރު ހުޅުވާ އެތަށް ފަހަރެއްގެ މަތިން ތަރަށްޤީ ކުރެވިފައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރ ޕޯޓެއް. 57 އަހަރު ހިދުމަތަށް ފަހު ރައީސް ޔާމީން ގެ މި ޒައާމަތުގައި ވީއައިއޭ ގެ ތާރީހް ޒަމާނީ ތަރަށްޤީއާއެކު މިއަދު މިވަނީ ލިޔަން ފަށަފައި. 300 މިލިއަން ޑޮލަރު ހޭދަކޮއްގެން ތަރައްޤީކުރާ ވީ އައި އޭ ވެގެންދާނީ މުޅި މި ސަރަޙައްދުގައިވެސް އޮތް އެންމެ ހިތްގައިމު އެއަރ ޕޯޓަށް. އަލަށް އަޅާ 3400 މީޓަރު ދިގު ރަންވޭއާއި އެކު އެއަރ  ޕޯޓުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ. އޮޑި ދޯނިފަހަރު ހަމައެއް ލަމައެއް ނެތި އުކާލެވިފައިވާ މާލޭގެ ހުޅަނގު އުތުރު ހާބަރ. އަރައިގެން އައި އިރާއެކު  "ޕޫސް ޕޫސް " " ކީސް ކީސް " އަޑުފައްގަނޑުން ހަމަނިދި ނިދާނުލެވި އުޅެނިކޮން 250  މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ރައީސް ޔާމީންގެ ސަރުކާރުން ތަރައްޤީކުރެއްވި އިންޑަސްޓްރިއަލް ވިލެޖުން ފަތިހުގެ އަރާމު ނިންޖާއެކު އަނބި ދަރިންނާއިއެކު ނިދާލުމުގެ ފުރުސަތު ފަހިކޮއްދެއްވި. މާލޭގައިހުރި ގުދަން ގަރާޖް ފަދަ ތަންތަން އިންޑަސްޓްރިއަލް ވިލެޖަސް ބަދަލުކޮށް މާލެއަކީ ހިތްގައިމު ސިޓީއަކަށް ހެއްދެވުމުގެ މަސައްކަތް ސަރުކާރުން ވަނީ ފައްޓަވާފަ.   1994 ވަނަ އަހަރު ސަރުކާރާ ހަވާލުކުރެއްވި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް. ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކާއި ، މަދު ވަސީލަތްތަކުގެ ސަބަބުން ރައްޔިތުންގެ ޝަކުވާބޮޑު އައި ޖީ އެމް އެޗް. 10 ބުރީގެ އައު އިމާރާތަކަށްފަހު 25 ބުރީގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލަކަށް އައި ޖީ އެމް އެޗް ހެދުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައި. މިއާއިއެކު ރާއްޖެއިން ބޭރަށް ބަލިތަކަށް ފަރުވާހޯދަން ރައްޔިތުން ކުރާދަތުރުތަށް ނިމުމަކަށް އައިސް ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ.   މީގެކުރިން ގާދޫކޮލު. މީގެ ކުރިން ގާދޫކޮލަކީ ރާއްޖެއަށް އާގުބޯޓު ވަންނަ ކަނޑުއޮޅި. 3 ރައީސުން ނުވާނެކަމަށް ސިއްކަޖެހި ބްރިޖް ގެ މަސައްކަތް ހަލުވިކަމާއެކު ކުރިޔަށް ދަނީ. 300 މިލިއަން ޑޮލަރު […]
Read More ›

އިދިކޮޅު އެއް ކެނޑިޑޭޓެވެ!

ގައުމު ހިންގަން ހަވާލުވެ ހުރީ ވަގެކޯލައެވެ! ގައުމަށް ދަނީ ގެއްލުން ލިބެމުންނޯލައެވެ! މި އަނދަވަޅުން ގައުމު ސަލާމަތް ކުރަން އެބަ ޖެހެޔޯލައެވެ! މިއީ އިދިކޮޅު ފަރާތްތަކުން މިހާރު އެންމެ ބާރުލާފައި އަޑު ހަރުކޮށް ދައްކާ ވާހަކަތަކެވެ. މިކަމަށް ހައްލެއް ހޯދަން ވެރިކަން ވައްޓާލަން ފޫގެޅިހެން ރައްޔިތުން ސަރުކާރަށް ކުރާ ތާއީދު ދަނީ އިތުރުވަމުންނެވެ. ކަންމިހެން ހުރުމާއިއެކު 2018 ވަނަ އަހަރު އިދިކޮޅު އެންމެން ގުޅިގެން އެއް ކެނޑިޑޭޓަކު ނެރުމަށް އެއްބަސްވެ އަސޭލާ ލައްވާ ފާލެއް ޖަހައިފިއެވެ. އުޅެ އުޅެވެސް މިތަނުން މީހަކަށް ދިމާވާގޮތެއް ނުވިއެވެ. އެންމެ ފަހުން މިވެރިން މަޝްވަރާކޮށް "ސިސާސީ ނޫން ބޭފުޅެއް" ކެނޑިޑޭޓުގެ ގޮތުގައި ނެރުމަށް ފޫގަޅާލައިފިއެވެ. އިބިލީސް އަރަބިކަރައިގެ ރަށްތަކުން މަތިގަނޑުތައް ގެނައިހެން ބޮޑު އިބިލީސް އިސްކޮށްހުރެ ރާއްޖެއިން ފާހަގަކޮށްލެވޭ ޝަހުސިއްޔަތުތަކުގެ ނަންތައް ގެނުވައިފިއެވެ. ނަންބަރު އެކެށް. ޕްރޮފެސަރ އުގައިލް ޝައްކެއްވެސް ނެތްގޮތުގައި ތައުލީމީ ބޭފުޅެކެވެ. ތަންދޮރުފިލާ ގައުމަށް ރީތި ނަން ހޯއްދަވައި ދެއްވަމުން ގެންދަވާ ބޭފުޅެކެވެ. ނަމަވެސް މިއަދު އިބިލީސް ބޮލަށް ސަވާރުވެ ވެރިކަމުގެ ދަޅަދައްކާ މޮޔަކޮއްލާފައިވާ ބޭފުޅެކެވެ. ރައްޔިތުން އުގައިލަށް ކުރަމުން އައި ގަދަރު މިއަދު ވެއްޔާ މޮޑެލައިފިއެވެ. ނަންބަރު ދޭއް. ފުއާދު ޤާސިމް ހަހަހަ. އާއެކެވެ. މީހެއްގެ ހުރި ލަޔާގަތާއި ގާބިލިއްޔަތުކަމެއް ނޭގޭނެއެވެ. ނަމަވެސް ގައުމުގެ ރައީސް ވާހަކަ ދައްކަންފަށާތާ ގަޑި ދެގަޑިއިރު ވާއިރު ކިރިޔާ ރަސޫލާޔަށް ސޮލަވާއި ފާތިހާ ކިޔަވާ ނުލެވޭ ބޭފުޅަކު ވެރިކަމަށް ގެނެސްގެން ދެން ވާނެ ގޮތް ވިސްނަވާލައްވަ ބައްލަވާށެވެ. 2018 ވަނަ އަހަރު ރިޔާސީ ބަޔާން އިއްވަން ފަށާ 2023 ވަނަ އަހަރަށް ބަޔާން ނިމެން ވެއްޖެއްޔާ ސަލާމަތެއް ކޮބައިތޯއެވެ؟ ނަންބަރު ތިނެއް. އުމަރު ނަސީރު ޝައްކެއް ނެތެވެ. ކުޅަދާނަ ސިޔާސީ ލީޑަރެއް މެއެވެ. ނަމަވެސް ހިތާމައަކީ އުމަރު ނަސީރު ޖުމްހޫރީ ޕާޓީން ނިކުންނަވަން ފޫގަޅާލިއިރު އަދާލަތުންވެސް ވެރިކަމަށް ނެރޭނެ ކެނޑިޑޭޓެއް ދަނީ ފައްކާކުރަމުންނެވެ. ރައީސަކަށް ނުވިޔަސް ރައީސާއެއް ނަމަވެސް މެއެވެ. ނަންބަރު ހަތަރެއް. މުހަންމަދު ނަޝީދު ތެދު ވާނީ […]
Read More ›

ރައްޔިތުން ޤުރުބާން ކުރުމީ ޑިމޮކްރަސީގެ އަސާސެއްތަ؟

މީއީ ހިތާމަ ހުރި ކަމެކެވެ. އަޑުއަހަން ފަސޭހަ ނޫނަސް މީ މިއަދު ހަޤީގަތެވެ. ޑިމޮކްރަސީގެ ނަމުގައި ޤުރުބާންކުރެވޭ ނައަމްސޫފީގެ މިސާލުގައި ސިޔާސީ ޕާޓީއަކުން މިއަދު ދަނީ ދިވެހިން ޤުރުބާން ކުރަމުންނެވެ. ސިޔާސީގޮތުން ހާސިލްކުރަން ބޭނުންވާ މަންފާއެއް ހާސިލްކުރުމަށް އެބަޔަކު ދަނީ ރައްޔިތުން "ބަޅުން" ތަކެއްގެ މިސާލުގައި ބޭނުން ކުރަމުންނެވެ. އަނެއްކާވެސް ރައްޔިތުން ސިހުމަށް ގެނުވީ " އިދިކޮޅު ސިޔާސީ ޕާޓީތަކުން ފ. މަގޫދޫގައި މިރޭ ބާއްވާ ބޮޑު ޖަލްސާއަށް ދިއުމަށް އެ އަތޮޅު ބިލެއްދޫއިން ފަތާފައި ދަނިކޮށް މީހަކު މަރުވެއްޖެ " މި ހަބަރާ އެކުއެވެ. އެއްވެސް އިންތިޒާމަކާއި ނުލާ ބައެއްގެ މަންފާޔަށް ކޮއްލި "މޮޅު" ކަމެއްގެ ސަބަބުން އާއިލާޔަކަށް ލިބިގެން މިދިޔައީ ކިހާބޮޑު ނިކަމެތިކަމެއްތޯއެވެ؟ މީ އަލަކަށް ނޫނެވެ. ޑިމޮކްރަސީގެ ނަމުގައި ރައްޔިތުން މަގުމަށްޗަށް ނެރެ " ބޮޑުން " ހިންގަމުންދާ ސީދާ ހަރަކާތުން އަނިޔާ ލިބެނީ ނިކަމެތި ރައްޔިތުންނަށެވެ. ރައްޔިތުން ކުރީސަފަށް ނެރެ "ޖަޒުބާތު"ގައި ޖައްސުވައި ރައްޔިތުންލައްވާ ދަނީ ޓެރަރރިޒަމްގެ އަމަލުތަށް ކުރުވަމުންނެވެ. އެފަދަ ރައްޔިތުން ޖަލަށްލެވި މި ދުނިޔެ ދޫކުރުމުން އެފަދަ އާއިލާތަކަށް ލިބިގެން އެދަނީ ކިހާބޮޑު ނިކަމެތި ކަމެއް ތޯއެވެ؟ ރައްޔިތުންނޭވެ. ހޭއަރާށެވެ. މޭފުއްޕާފައި ތިމަންނާ މި ނުކުންނަނީ ސީދާ ހަރަކާތަށެބުނެ ނުކުތުމުން ދެރަޔާއި ނިކަމެތިކަން ލިބިގެންދަނީ ހަމަ ނުކުންނަ މީހަކަށް ނޫންތޯއެވެ؟ ނުކުންނަން ހިތްވަރުދީ އަތްތިލަބަޑި ތެޅި ވެރިން ހަމަ ތިބެނީ ފިނިކޮޓަރީގައެވެ. އެމީހުންގެ ދަރިން ތިބެނީ ބަނޑުފުރާ ކައިގެންނެވެ. ރީތި އަންނައުނު ލާއިގެން އަރާމުގައެވެ. ނަމަވެސް ކުރީސަފަށްނެރޭ " ރައްޔިތު ކަންބަޅި " ޖަލަށް ލެވުމުން އަނބިދަރިންނަށް އަންނަ ނިކަމެތިކަމާއި މެދު ވިސްނާލެއްވީމުތޯއެވެ؟ ހޭއަރާށެވެ. ހެވެއް އެދޭނަމަ ހިތާމަތަކުގައި ބައިވެރި ވާނެ ނޫންތޯއެވެ. ކަންތަށް ވަނީ މިއާއި ހިލާފަށެވެ. މިއަދުވެސް ކުރީ މަލާމަތެވެ. އިހަށްވެސް ކުރީ މަލާމަތެވެ. އަހާ ކަނޑުވެ ނިމި ދިޔައިރުވެސް ބައިވެރިން ތިބީ " ބިރަކާނުލާ " މަޖާކުރުމުގައެވެ.  ޖޯކުޖަހާ ޑިމޮކްރަސީގެންނަށް އުޅެނިކޮން މިދުނިޔެ ދޫކުރީކަމަށް ބުނުމުން އެ ފުދުނީތޯއެވެ؟ މަހުޝަރުދުވަހުން ދޭނީ […]
Read More ›

ޝިފާގެ ކުރުވާހަކަ

ގޭތެރޭގައި ބުރަމުންދިޔަ މެހިތަށް އެއްހަމައެއްގައި " ވޫއް " ލައްވަމުން ދިޔައިރު ގޭތެރޭގެ އެތަށް މިތަނަށް އުކާލެވިފައިވާ އަންނައުނުތަކުން އަހަރެންގެ " ބޮންދު " ދިރިއުޅުން ވަރަށް ރަނގަޅަށް ހާމަވާން ހުއްޓެވެ. ހިރަފުހުން ކަޅު ވެފައިވާ ފަންކާއަށް ބަލަހައްޓައިގެން އަހަރެން ސޯފާގައި އޮތީ ގައިންބޮލުންވެސް ތާހިރުވެލަންދާން ފޫހިވެފައެވެ. ފޫހިފިލުވާލަން ބޭރަށްދާންވެސް ނުކެރިފައިއޮތީ އަހަރެން ދައްކާ ވާހަކަޔާ ބޭރުން ފެންނަ މަންޒަރާ ދިމާނުވާނެކަން އަހަރެންނަށްވެސް ގަބޫލު ކުރެވޭތީއެވެ. ފޫހިފިލިވާލުމަށް އަހަރެން ފޯނުނަގާ ޓްވިޓަރ އަށް ލޮގް އިން ވެލީމެވެ. ޓްވީޓަކަށް ފަހު ޓްވިޓެއް ހާވަމުންދިޔައިރު މުޅިންވެސް އަހަރެންނަށް ފެންނަމުން ދިޔައީ ބަލަން ބޭނުން ނުވާ މަންޒަރުތަކެވެ. ތިން އަހަރުވަންދެއް އަހަރެން އެކަމަކަށް ހުރަސް އެޅި ކަންކަމެވެ. އަހަރެންނަކީ އުފެދުމުގައިވެސް ހަމަޖެހުމާއި ސުލްހަ މަސްލަހަތަށް ލޯބިކުރާ މީހަކީމެ ނޫނެވެ. އަހަރެން އަބަދުވެސް ބޭނުންވަނީ ބޭރު ފިލްމުތަކުގައި ހުޅަގުގެ މީހުން އުޅޭހެން ނިކަން "ތަގް ލައިފް " އެއް ގައި ދިވެހިން އުޅޭތަން ދެކޭށެވެ. ކުއްލިޔަކަށް އަހަރެންގެ ލޮލުގައި އަޅާގަތީ މީހަކު ކޮއްފައި އިން ޓްވީޓެކެވެ. ގާތް ދެރަހުމަތްތެރިން ދައްކާފައި އިން ފޯންކޯލެއްގެ އޯޑިއޯއެކެވެ. ޕްލޭކޮއްލުމަށްފަހު ވަކި ހިސާބަކުން އަރާގަތް ރުޅިއަކުން އަވަހަށް ނިއްވާލާފީމެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ؟ ވަކި އަހަރެންނަށް ގުޅާގެންވެސް ނަޝީދަށް ވާހަކަ ނުދެއްކެންވީ ކީއްވެހެއްޔެވެ؟ އަހަރެންގެ ގައިގައި ނެތް ފުރިހަމަކަމެއް ވަކި މާރިޔާ ގައިގައި ނުހުންނާނެއެވެ. އަހަރެން ކުޑަކޮން ކަޅުކޮން ފަލަކޮއް ހުއްޓަސް ކިތަންމެ ފަހަރަކުވާނީ އެބުނާހެން ނަޝީދުގެ ހިއްސުތަށް ވަކިވަކިން ހޭލައްވައި ދީފައެވެ. ނަމަވެސް ދުވަހަކުވެސް ނަޝީދު އަހަރެންނަށް ގުޅާލާގެން އެހެން ވާހަކައެއް ދައްކާފައެއްނެތެވެ. ފޯން ލޮކް ކޮއްލުމަށްފަހު ސޯފާގައި ރަނގަޅަށް ވެޑުވެލީމެވެ. ބޯހަމަޖައްސާލަން ނިދާލުމަށެވެ. އަހަރެންގެ އެންމެ ބޮޑު ހަތުރުކަމުގައި ދެކޭ ޔާމީން އަށް ހިތާހިތުން ވަރަށް އެއްޗެހިގޮވަމުންނެވެ. ވާނީވެސް އެހެންނެވެ. ގިނަފަހަރަށް ކަމަކާ ނުލާ އަންނަ ހަސަދާގެ ރުޅި ބޭލޭނީ އެހެން މީހަކަށެވެ. ވަޒީފާއެއް ނެތި އޮންނަންވީމައި ވާނީވެސް މިހެންނެވެ. އަހަރެންނަށް ލޯމަރާލާގެން އޮވެވުނީ 5 ވަރަކަށް މިނެޓެވެ. […]
Read More ›