MENU

" ފައިނަލީ ގެޓިން ސަމް ވޯކް ޑަން "

ކުރީގެ ރައީސް މުހަންމަދު ނަޝީދަކީ ދިވެހި ރާއްޖޭގައި ޓްވިޓަރ ކިންގެވެ. " ފޭކް " ފޮލޯވާސް ގަނެގެން ނަޝީދުގެ ފޮލޯކުރާ "181 ކޭ " (އެއްލައްކަ އައްޑިހަ އެއްހާސް) މީހުން އެބަތިއްބެވެ. އެމަނިކުފާނު ކުރައްވާ ކޮންމެ ޓްވިޓަކުން ޓްވިޓަރ ގައި ބޮޑެތި ބަހުސްތަކެއް ކުރެވިގެން ދެއެވެ. މިއީވެސް އެފަދަ އެއް ޓްވިޓެވެ. މިމަހުގެ ބާރަވަނަ ދުވަހުގެ ރޭ ހިއުމަން ރައިޓްސް ލޯޔާރ އަދި ނަޝީދުގެ އެކުވެރި ޖެރަޑް ގެންސާ، ނަޝީދުގެ ކޮމިއުނިކޭޝަން އެޑްވައިސާ ޕޯލް ރޮބާޓްސް، ސަބްރާ ނޫރުއްދީން އަދި ޝައުނާ އައިމިނަތު ޓެގް ކޮށް ޖޫލިއާ ޕިކެޓީ، ރައީސް ނަޝީދާއެކު ނަގާފައިވާ ފޮޓޯއެއް ވަނީ ޓްވިޓާއަށް އަޕްލޯޑުކުރައްވާފައެވެ. ކޮން މަސައްކަތަކެއްކަން ހާމަނުކޮއް މަސައްކަތް ތަކެއް ކުރަން ފަށައިފައިވާކަމަށް ބުނެ ޖޫލިއާ ޕެކެޓީ އާމުކުރައްވާފައިވަނީ ނަޝީދުއާއިއެކު ނަގާފައިފައިވާ ސެލްފީއެކެވެ. ބަލާބެލުމަށް އާދައިގެ ސެލްފީއެކެވެ. ނަމަވެސް ކަންތަށް ވީ އެހެނަކުން ނޫނެވެ. އަބަދަކު އެންމެން ހަމައިގައި ތިބެން ނުވާނެކަމަށް ވިދާޅުވި ނަޝީދާއި ޖޫލިއާގެ މެދުން ފެންނަން ހުރީ " ވައިން " ފުޅިއެކެވެ. މީގެ އިތުރުން ޓްވީޓް ކުރައްވާފައިވަނީ މައުނަފުން މެސެޖަކާއި އެކުއެވެ. " ފައިނަލީ ގެޓިން ސަމް ވޯކް ޑަން " ކަމަށެވެ. މިހާހިސާބުން އުފެދެނީ ސުވާލެކެވެ. ކޮން މަސައްކަތެއް ތޯއެވެ؟ ހުޅަނގުގެ ދޮން އަންހެނަކާއި، ރަލާއެކު މަސްތުވެގެން ކުރާ މަސައްކަތެއް ތޯއެވެ؟ ޖަވާބު އަޅުގަނޑަކަށްވެސް ނޭގެ އެވެ. ނަމަވެސް ފާހަގަ ކޮއްލަން ޖެހޭ ކަމަކީ މީގެ ކުރިންވެސް ނަޝީދުގެ އެކުވެރި އާމާލް ކްލޫނީ އަށް " ކޮންމެވެސް މީހަކު " ޖިންސީ ޖޯނާ ކޮއްފައިވާކަމަށް ބުނެ އިވިގެން ދިޔަ ހަބަރުތަކެވެ. އޭގެ އިތުރުން އާމާލް ކްލޫނީއާއި ނަޝީދު " ހަގް " ކޮއްލައްވާ ފޮޓޯތަކެއް އާމުވެގެން ދިޔަ ތަނެވެ. މީގެ އިތުރުންވެސް 2011 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ވެރިކަމުން އިސްތިއުފާދެއްވާ ވަޑައިގެންނެވިއިރު އެމަނިކުފާނު ދިރިއުޅުއްވި  މުލީ އާގެ އިން އެމަނިކުފާނުގެ އަރިސް ބޭފުޅަކަށް އެޑްރެސް ކުރައްވާ ފޮނުއްވާފައި ހުންނެވި […]
Read More ›

ވަގުންނަކީ ކޮބާ ؟

ތިޔަފެނިވަޑައިގަންނަވަނީ ކުރީގެ ވެރިކަން ކުރެއްވި އަދި ޑިމޮކްރަސީ ރާއްޖެއަށް ދޮމޮކްރަސީ ގެންނެވެ ބޭފުޅާކަމަށް ވަކާލާތުކުރާ ގ. ކެނެރީގޭ މުހަންމަދު ނަޝީދުގެ ވަޒީރުންނެވެ. 2007 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން ނަމަވެސް ރައްޔިތުންގެ ތާއީދު ނުލިބުމުން  7 ފެބްރުވަރީ 2011 ގައި އަމިއްލަފުޅަށް އިސްތިއުފާދެއްވައި ވަޑައިގެންނެވި ބޭފުޅެއްގެ ވަޒީރުން ކޮޅެކެވެ. މުހަންމަދު ނަޝީދުގެ ވެރިކަމުގެ 3 އަހަރުދުވަހުގެ ތެރޭގައި ސަރުކާރުގެ އިސް ފަރާތްތަކެއް ވަނީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިކުވުމެ އަމަލުތަކެއް ވަނީފެންމަތިވެގެން ގޮސްފައެވެ. އެގޮތުން ނަޝީދު ސަރުކާރުގެ ފޮރިން މިނިސްޓަރ އަކަށް މުހަންމަދު ނަސީމް ހުންނެވިއިރު ވީނުވީއެއް ހަރަދުކުރި ގޮތެއް ހަރަދުކުރި މީހެއް ނޭގި ވަނީ 16 މިލިޔަން ރުފިޔާ ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދު ކޮއްފައެވެ. މުހަންމަދު ނަޝީދުގެ ސަރުކާރުގައި އެމަކުފާނު ފެނިގެން ދިއައީ ނަސީމުގެ ދިފާއުގައި ވާހަކަފުޅު ދައްކަވައި ހިމާޔަތް ކުރެއްވި މަންޒަރެވެ. ދަތުގެ ފަރުވާއަށް ކިތަންމެ ފުންނާބު އުސް ނަމަވެސް ވަޒީރުކަމަކީ ޑރ ޑީޑީ އަށް އައު ކަމެކެވެ. މުހަންމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވި އިރު އަދި އޭގެ ފަހުންވެސް އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ފެނިގެން ދިޔަ އެއް ބޭފުޅަކީ ޑރ. ޑީޑީ އެވެ. ނަޝީދު ވެރިކަމަށް ވަޑައިގެން ދިވެހިރާއްޖޭގެ މަސްވެރިކަމާ ބެހޭ ވަޒީރަކަށް ޑީޑީ ވަނީ ހަމަ ޖައްސަވައިފައެވެ. މަސްވެރިކަމާބެހޭ ވަޒީރަކަށް ޑީޑީ ހުންނެވި އިރު ވަނީ ދިވެހި ދައުލަތުގެ ބަޖެޓުން 550 މިލިޔަން ދިވެހި ރުފިޔާއައް ހިޔާނާތްތެރިވެފައެވެ. މި ފައިސާއަށް ވީގޮތެއް ހަރަދުކުރިގޮތެއް ޑީޑީ އަށް ބުނެދެވިފައި ނުވި ނަމަވެސް ނަޝީދު ވަނީ ޑީޑީ ދިފާއުކުރައްވާފައެވެ. އެމްޑީޕީ އާއި ނަޝީދު ގެ ދިފާއުގައި ކޮންމެ ފަދަ ވާހަކައެއް ދައްކަން ޖެހުނަސް ފަސްޖެހުމެއްނެތި ދައްކަވާ އެއްބޭފުޅަކީ އެމްޑީޕީގެ ޗެއަރ ޕާރސަން ހަސަން ލަތީފެވެ. ނަމަވެސް ހަސަން ލަތީފުގެ ދުލުގައި ކިތަންމެ ކުޅަދާނަކަމެއް ހުރި ނަމަވެސް ދައުލަތެއްގެ ވަޒީރުކަން ކުރެވިދާނެކަމާއިމެދު ސައްކެވެ. ހަސަން ލަތީފް ޒުވާނުންގެ ވަޒީރަކަށް ހުންނެވިއިރު ދައުލަތުގެ މާލިއްޔާތުން 210 މިލިއަން ރުފިއާއަށް ވަނީ ހިޔާނާތްތެރިވެފައެވެ. ހަސަން […]
Read More ›

" ނަފްސީ" އަކީ ފައިސާއިން ނެގޭނެ އެއްޗަކަށްވުރެ، ލޯތްބާއި އަޅާލުމުން ނެގޭނެ އެއްޗެކެވެ.

އޯގާތެރިކަމާއި ލޯތްބަކީ ހަމަ ކޮންމެ އިންސާނަކުވެސް ބޭނުންވާނެ އެއްޗެކެވެ. ދިވެހި ރާއްޖޭގެ މިއަދުގެ މަހާރެހެންދި މެޑަމް ފާތިމަތު އިބްރާހިމް ދީދީ ގެ އޯގާތެރިކަމާ  ހިތްތިރިކަމަކީ އައު ވާހަކައެއް ނޫނެވެ. އޯގާތެރިކަމާ އިސްލާމްދީނުގައި އަހުވަންތަކަމުގެ މާތްކަން  ޤުރުއާނާ ސުންނަތުން ސާބިތުވެއެވެ. ކިރިތި ރަސޫލާ ހަދީޘް ކުރައްވާފައިވެ تَبَسُّمُكَ فى وجُهِ أَخِيْكَ صَدَقةٌ وَأَمْرُكَ باِلْمَعْرُوفِ صَدَقةٌ وَإِمَا طَتُكَ لأَذَى وَالشَّوكَ وَالعَظْمَ عِنِ الطَّريقِ للكَ صَدَقةٌ وَإِفْراغُكَ مِنْ دَلْوِكَ فى دَلْوِ أَخِيْكَ لَك صَدَقةٌ وَبَصَرُكَ لِلرَّجُلِ الرَّدِى ءِالبَصَرِلَكَ صَدَقةٌ (البخارى) މާނައީ : ތިބާގެ އަޚާގެ ކުރިމަތީ ހިނިތުންވެލާ ހިނތުންވުމަކީ ޞަދަޤާތެކެވެ. ތިބާ ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް މަނާ ކުރާކުރުމަކީ ޞަދަޤާތެކެވެ. މަގުމަތިން އުދަގުލާއި ކަށި އެއްފަރާތަކަށްލާ ލުމަކީ އިބައަށް ލިބިގެންވާ ޞަދަޤާތެކެވެ.އިބަގެ އަޚާގެ ދާންޏަށް ފެންފުރާދޭ ދިނުމަކީ ޞަދަޤާތެކެވެ. ލޯކޮށިމީހަކަށް އިބަގެ ލޮލުން އެހީވެދޭ އެހީދިނުމަކީ ޞަދަޤާތެކެވެ.   .ބަލިމީހުންނަށް ޒިޔާރަތް ކުރުމާ އެފަދަ މީހުންނަށް އަޅާލުމުގެ މާތްކަމާއި ގުޅޭގޮތުން ކިރިތި ރަސޫލާ ހަދީޘް ކުރައްވާފައިވެ [ داووا مرضاكم باالصدقة ] މާނައީ: " ތިޔަބައިމީހުންގެ ބަލިމީހުންނަށް ޞަދަޤާތުން ފަރުވާކުރާށެވެ" ( الرَّاحِمُونَ يَرْحَمُهُمُ الرَّحْمَنُ ، ارْحَمُوا مَنْ فِي الْأَرْضِ يَرْحَمْكُمْ مَنْ فِي السَّمَاءِ ) رواه الترمذي މާނައީ: ރަޙުމުކުރާ މީހުންނަށް ރަޙްމާންވަންތަ އިލާހު ރަޙުމު ކުރައްވަވައެވެ. ތިޔަބައިމީހުން ބިންމަތީގައިވާ މީހުންނަށް ރަޙުމުކުރާށެވެ. (އޭރުން) އުޑުގައިވާ އިލާހު ތިޔަބައިމީހުންނަށް ރަޙުމު ކުރައްވާނެއެވެ. لاَ يَرْحَمُ اللهُ مَنْ لاَ يَرْحَمُ النَّاسَ"[4] މީސަތަކުންނަށް އޯގާވެރިނުވާ މީހަކަށް ﷲ އޯގާތެރިވެ ވޮޑި ނުގަންނަވާ ހުއްޓެވެ. އެހެންކަމުން ލޯތްބާއި އަޅާލުން ރައްޔިތުންނަށް ދީ އެލޯތްބާއި އަޅާލުން ރައްޔިތުން ދޭން ފެށުމުން އެކަމަށް ހަސަދަވެރިވުމަށްވުރެ ހަޤީގަތް ޤަބޫލުކުރުން އައުލާކަން ބޮޑެވެ. ހަސަވެރިކަމަކީ މީހާ ހަލާކުކޮަށް ނަރަކަޔަށް ކޮށާލެވޭ ދޮރެކެވެ. ހަސަދައިގެ ނުބައިކަން ސިފަކޮއްދެއްވާފައިވަނީ އަލިފާން ދަރު އަންދާލާ ފަދައިން މީހާގެ ހެޔޮކަންތައް […]
Read More ›

ކުޅެދޭ މީހުން ނެކުޅެދޭ މީހުންނަށް ހެއްދެވި ރާނީ

2018 ވަނަ އަހަރު ސައިންސުވެރިން ސިފަކުރަނީ " ތޫފާންތަކުގެ އަހަރު " ގެ ގޮތުގައެވެ. ކުޑަނަމަވެސް ފުދުންތެރި މި ރާއްޖެއަށް މާތް ﷲ ގެ ތަނަވަސް ރަހުމަތްފުޅުން 2018 އަކީ "އުންމީދީ އަހަރެއް" ގެ ގޮތުގައި ވެގެން ދާނެއެވެ. އެގޮތުން 2018 ވަނަ އަހަރު ފެށިގެން އައީ 500 އެތަށް އާއިލާއަކަށް ފަސޭހަޔާއި ލިއްބައިދިން އުފާވެރިކަމަކުންނެވެ. " ހިތާނީ ފެސްޓިވަލް " ގެ ނަމުގައި ސަދަގާތު ފައުންޑޭޝަނުން ބޭއްވި ހަރާކާތުގެ ނިމުން ފާހަގަ ކުރުމައިގެންނެވެ. މި ހަރާކުތުގެ ޝަރަފްވެރި މެހުމާނަކަށް ހުންނެވީ ދިވެހިން އެބޭފުޅަކަށް އިހްތިރާމާ ގަދަރު ދެވިގެންވީ " ސަން ޝިޔާމް " އެވެ. ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ރާއްޖޭގެ ފަސްޓްލޭޑީ މެޑަމް ފާތުންއަށް ކުރެއްވި ހުށާމަދެއްގައި ދެއްކެވުނު ވާހަކައެއް މީސް މީޑިއާގައި ނިކަން " ވައިރަލް " ވެއްޖެއެވެ. ފަސްޓް ލޭޑީ މެޑަމް ފާތުމަތު އިބްރާހީމަށް އިޝާރާތްކުރަށްވާ މި ޖީލަށް ﷲ ދެއްވި ރަހުމަތެއްކަމަށް ވިދާޅުވެ ޝިޔާމް ވިދާޅުވީ "މި އިންނެވި ރާނީ އެކުރާ ކަމަކީ ކުޅެދޭ މީހުން ނުކުޅެދޭ މީހުންނަށް ހެދުން، އަންހެނުން އަންހެނުންގެ ބާރުވެރިކަން ކުރުވުން، އަދި މީހުންނަށް އޯގާތެރިކަމާއި ލޯބިއެއީ ކޯއްޗެއްކަން އެރާނީ އެބަ ދަސްކޮށްދެއްވާ" ކަމަށެވެ. ވާހަކަފުޅު ނިމެވުމަށްފަހު އަލުންވަނީ އެ ކުށައް މައާފަށް އެދިވަޑައިގެންފައެވެ. އެއާއިއެކު ހަފްލާގެ ބައިވެރިންގެ ތުންފަތްތަކަށް ވެރިކުރުވީ " ލާނެތް " ހިންޏެކެވެ. ފެނިގެން ދިޔައީ ރާއްޖޭގެ މިހާރުގެ މަހާރެހެންދިވެސް ތައުހީދުގެ ކަލިމަ ވިދާޅުވެ ހިނނިފުޅު ވެޑުއްވިތަނެވެ. ޝިޔާމަށް ދޫއޮޅުނީއެވެ. ކުންހީއެކެވެ. ޝިޔާމަށް ވިދާޅު ވެވުނީ ގޯސްކޮން ކަމަށް މީހުނަށް ހީފުޅުވެލެއްވި ނަމަވެސް ވިދާޅުވީ ވަރަށް ބޮޑު ތެދުފުޅެކެވެ. ކުޅެދޭ މީހުން ނުކުޅެދިފައި ތިބުމަށް ވުރެ ބޮޑު ނުކުޅެދުން ތެރިކަމެއް އޮންނާނެތޯއެވެ؟ ކުޅެދުންތެރި ކަމާއި އެކު ދެއަތް އުރާގެން ތިއްބެވުމަށްވުރެ ބޮޑަށް ހާއްސަ އެހީތެރިކަމެއް ބޭއްނުންވާނެކަމެއް އޮންނާނެތޯއެވެ؟ ޝިޔާމު ވިދާޅުވީ ރަނގަޅަށެވެ. ކަމަނާއަކީ ކުޅެދޭ މީހުން ނުކުޅެދޭ މީހުންނަށް ހެއްދެވި ރާނީ އެވެ. ރާއްޖޭގެ ވެރިކަން ކުރެއްވި ކޮންމެ […]
Read More ›

އުމަރު ނަސީރަށް " މިޔަ " މަތިންކީ " ތޫނު " މަރުހަބާ!

ސިޔާސީގޮތުން އުމަރު ނަސީރަކީ ފުންނާބު އުސް ބޭފުޅެކެވެ. އިސްލާމިކް ޑިމޮކްރަޓިކް ޕާޓީގެ ނަމުގައި 2005 ވަނަ އަހަރު ޕާޓީއެއް އުފަށްދަވާ އިސްލާމީ ޝަރީއާ ޤާއިމްކޮށްދެއްވުމަށް މަސައްކަތް ކުރަން ފެށި ހިސާބުން ރައްޔިތުންގެ ގިނަ ބައެއްގެ ތާއީދު އުމަރު ލިބިގެން ދިޔައެވެ. ނަމަވެސް 2007 ވަނަ އަހަރު އުމަރު ވެރިކަމަށް މަސައްކަތް ފެށި ހިސާބުން ރައްޔިތުން ކުރަމުން ގެންދިޔަ ތާއީދު ގެއްލުނެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިޔާސީ އޮޑިއެއް ގެ ކައްޕި އޮޑި ދޫކޮށް ފުންމާލުމުގެ ޝަރަފު އުމަރު ނަސީރު ހޯއްދެވިއެވެ. އެއާއެކު ދެން ފެނިގެންދިޔައީ އުމަރު ނަސީރު ޑީއާރުޕީ އާއި ގުޅުނު މަންޒަރެވެ. އެއާއެކު އަނެއްކާވެސް އުމަރުގެ ހުނަރުވެރިކަމަށް ގިނަބައެއްގެ ތައުރީފުތަށް ދިޔައީ އޮހެމުންނެވެ. އޭގެ ފަހުން އުމަރު ނަސީރު ޖުމަހޫރީ ޕާޓީ އާއި ގުޅިވަޑައިގެން މަސައްކަތް ކުރަށްވަން ފެއްޓެވިއެވެ. ގިނަ ދުވަސްތަކެއް ނުވެ ދެން އިވިގެން ދިޔައީ މިހާރުގެ ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އަށް ސޮއިކުރެއްވި ހަބަރެވެ. އުމަރު ނަސީރުގެ ކޮންމެ ޕާޓީއެއްގައި މަސައްކަތް ކުރެއްވިނަމަވެސް ފާހަގަކޮއްލެވޭ އެއްކަމަކީ ސިޔާސީގޮތުން އަބަދުވެސް ކަނޑިއާއި ކަނޑި ޖައްސަވާގެން ހުންނަވަނީ ކެނެރޭގޭ ނަޝީދުއާއި ކަމެވެ. ބަހުގެ ވަރުގަދަ ހަމަލާތަކުން ފެށިގެން ސިސާސީގޮތުން ގަދަ ހިފަނީވެސް ހަމަ ނަޝީދާއި ކަމެވެ. އެގޮތުން ޕީޕީއެމްގެ ތެރޭގައިވެސް އުމަރު ނަސީރު ހުންނެވީ ކުރީގެ ރައީސް ނަޝީދާ ފިސާރި ވިއްދާލާފައެވެ. ނަޝީދުގެ ވެރިކަން ވައްޓާލުމުގައިވެސް އުމަރު ނަސީރުވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަށްވާފައެވެ. އޭގެ އިތުރުން އުމަރު ނަސީރު ހޯމް މިނިސްޓަރުކަމުގައި ހުންނެވިއިރުވެސް ގެންދެވީ އިދިކޮޅު އެމްޑީޕީއާއި ވަރުގަދަޔަށް ސިޔާސީ ހަނގުރާމަ ކުރަށްވަމުންނެވެ. ޒަމާންގަނޑަކަށް އުމަރުނަސީރު ސިޔާސީ މައިދާނުން " ގެއްލުމަށްފަހު " އަނެއްކާވެސް ސިޔާސީ މައިދާނަށް އުމަރުގެ ތަރި އަރައިފިއެވެ. މިފަހަރު އިދިކޮޅު ޖުމްހޫރީ ޕާޓީގެ ފަލަކުގައެވެ. ފަލަސުރުހީތަކުން އުމަރު ނަސީރު ޖާގަ ހޯއްދެވީ ފިސާރި ހަލުވިކަމާއި އެކު ނަމަވެސް އިދިކޮޅު ކޯލީޝަނުގެ ހިތް މިފަހަރު އަތުލައިގަންނާކަށް ފަސޭހައެއް ނުވިއެވެ. އިދިކޮޅު ފަރާތްތަކުން އަދިވެސް އުމަރު ސިފަކުރަނީ ގައްދާރެއްގެ […]
Read More ›

މިނިވަންކަމުގެ އަގު ކެނެރީގޭ ނާޅިން ވަޒަންނުކުރާށެވެ.

ދަންނަވަންތޯއެވެ؟ މިނިވަންކަމާއި އިސްތިގުލާލުގެ ވާހަކައަކީ ދައްކާ ނިމޭނެ ވާހަކައެއް ނޫނެވެ. ބައެއްގެ ނާޅިން މިނިވަންކަން މިނަން އުޅެފިނަމަދެން ވާނޭގޮތާއިމެދު ތަސައްވަރު ކޮއްލައްވާށެވެ. މި ލޮބުވެތި ދިވެހިރާއްޖެއަށް ދެންވާނެ ގޮތެވެ؟ ދޮންވެލި ގޮނޑުދޮއްތަކާއި ސާފު ވިލު ނޫކުލާގެ މުރަކައިގެ ބަގީޗާތަކުން އަޅުގަނޑުމެންނަށް ލިބިދޭ ނަފާ އެހެން ގައުމެއްގެ ހަޒާނާއަށް ވަންނަ ނަމަ ދެން ވާނޭ ގޮތެވެ. އަހަރެމެންގެ ޅަދުވަހުންސުރެ އުޅެ ބޮޑުވި ފަސްގަނޑުގައި ހޭދަވާ ކޮންމެ ސިކުންތަކަށް ބަޔަކަށް އަގު ދޭންޖެހިއްޖެ ނަމަ ދެންވާނޭ ގޮތާއިމެދުއެވެ. ކުޑަކުދިންނާ އަންހެނުން ކާއެތިކޮޅަކަށްއެދި މަގުތަށް މަތީ ސަލާން ޖަހަން ޖެހިއްޖެ ނަމަ ތިބާޔަށް އޭގެން ކުރާނެ އަސަރެވެ. ހިތް ކުދިކުދިވެ ހިގައިދާނެއެވެ. ވޭނީ ގިސްލުމުގެ އާހް ލެވޭނެއެވެ. އެހެންކަމަށް ވާނަމަ ވިސްނަވާށެވެ. ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ބަޔަކު މިއަދު ކުޅެމުން އެގެންދާ ކުޅިވަރުގައި ނުޖެހޭށެވެ. އިނގިރޭސީންނަކީ އަހަރެމެންގެ މި ރާއްޖެ ކަހަލަ ކުދި ގައުމުތަށް އިސްތިއުމާރުކުރުމަށް އަރާތިބި ބަޔެކެވެ. މިނިވަންކަމަށް ފެންބޮވައިގެންފައިތިބި ދިވެހިން އިހު އިނގިރޭސީންގެ އަޅުވެތިކަމުގައި އުޅެފީމުއެވެ. ސިޔާސީ މަންފާއެއް ބަޔަކަށް ހާސިލްކޮއްދިނުމުގެ ނަމުގައި އަޑީގައި ތިބެ ދިވެހިންގެ ބަޔަކު ކުރިޔަށްނެރެ އިނގިރޭސީން މިއަދުވެސް ކުޅެމުން އަންނަނީ ހަމަ އިސްތިއުމާރީ ކުޅިގަނޑެވެ. ފައިސާއާއި ސިޔާސީ އަދި ބައިނަލް އަގްވާމީ ނުފޫޒު ބޭނުންކޮއް އިނގިރޭސީން މިއަދުވެސް ބޭނުންވަނީ ދިވެހިރާއްޖެއަކީ އެމީހުން ޖެހި ބެރަކަށް ނަށަންތިބި ބަޔަކަށް ހެދާށެވެ. ސޮރީއެވެ. އެދުވަސް ފަސްދީފިއެވެ. ކެނެރީގޭ ހާއިނުންނާ އެކު އިނގިރޭސީން މިއަދު ކުޅެމުން އަންނަ ކުޅިއަށް ދިވެހިންތިބީ ހޭނިފައެވެ. ގައުމަށް ފެހި މާދަމައަކަށް އެދި ދައްކަމުންދާ ދަޅަ މިއަދު ދިވެހިންނަށް އަލެއް ނޫނެވެ. ދިވެހިން އޭރުވެސް މިހާރުވެސް ގަބޫލުކުރާއެއްކަމެއް އޮވެއެވެ. ކެނެރީގޭ ހާއިނުންނެއް ދިވެހިންނަކަށް ހެވެއްނޭދޭނެކަމެވެ.  ރާއްޖޭގެ މިނިވަންކަމުގެ ވާހަކަ ދައްކަން ކެނެރީގޭ މީހުންނަކީ ކުފޫހަމަވާ ބައެއް ނޫންކަމެވެ.  
Read More ›

ފަށައިފި! ނިންމައިފި! ހުޅުވައިފި!

މިއީ އިއްޔެއާއި މިއަދުގެ ތަފާތެވެ. އޭއާއި މިހާރުގެ ފަރަގެވެ. ކަން ކުރަން އުޅުމުގެ ބަދަލުގައި ކަން ކޮން ނިންމުމުގެ ތަފާތެވެ. "ސަޅިބައިސާ" ކެނޑުމާއި އަމަލީމަސައްކަތުގެ ތަފާތެވެ. ކަޅާއި ހުދުގެ ހުވަފެނުން ރައްޔިތުނަށް އަވާމެންދުރު ދެއްކުމާއި އުންމީދީ ކުލަތަކުން ބޮޑުމަންޒަރު ދެއްކުމުގެ ތަފާތެވެ. ފަށައިގަންނަން ގަސްތުކުރަނީ މާޒީންނެވެ. ކޮންމެ ދުވަހެއްގެ ރޭޑިއޯ ހިތާބުންނެވެ. އުންމީދުން ފުރިގެންވާ ކުލަނުވި ހުވަފެންތަކަކުން " މޯރނިންގ ކަނޑާލައެވެ." އެތަކެއް ރަށެއްގެ ބަނދަރު ކޮނެ ބޮޑުކޮށް އަޅަން ނިންމައެވެ. ކޮންމެސް ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމު ފަށައެވެ. މަގުތަކުގައި ހިޔާލީ ފޮލާ ގެ ތާރުގަނޑު ދަމާލައެވެ. ކޮންމެވެސް ރަށެއްގެ ބިންހިއްކަން ފަށައެވެ. ހިތާމައަކީ 3 އަހަރު ނިމިގެން ދިޔައިރުވެސް މިއިން އެއްވެސް ކަމެއް ފެންނަން ނެތުމެވެ. ކުރެވުނު ކަމެއްވިއްޔާއި  ވަޑައިގަތީ އަޅީއަށް ހައްދަވާފައެވެ. ފެންނަން ހުރިއްޔާއި ގަބޫލުކުރަން ފަސޭހަވާނެތާއެވެ. ރޭޑިއޯ ހިތާބެއް ނުދެއެވެ. ފޮނި ވާހަކަތަކެއްވެސް ނުދައްކަވައެވެ. ސަޅިބައިސާއެއްވެސް ނުކަޑައެވެ. ނަމަވެސް ފެނިގެން މިދަނީ ބަނދަރުތަށް ބޮޑުކުރަން ފެށިމަންޒަރެވެ. ނުވަތަ ބަނދަރުތަށް ހަދާ ނިންމުމަށްފަހު ހުޅުވާ މަންޒަރެވެ. ފެނާ ނަރުދަމާގެ ހޮޅިތަށް ގޭގޭދޮރުމަތިން ސަލާންގޮވާލާތަނެވެ. ޒުވާން ޖިންސުންލަތީފުން ހަވީރު ފިންޏައް ޅަނދޮޅު އަންހެންވެރިންނަށް ފޮނިދައްކަމުން ތާރުއެޅިމަގުތަކުގައި ދުއްވާތަނެވެ. ދަންނަވަންތޯއެވެ. " ދައިގަންނަން އުޅޭ ކުއްތާއެއް ވައް ވަކެއް ނުޖާހާނެއެވެ." ހަމަ އެބީދައިން "ތަރައްޤީކުރަން އުޅޭ ރައީސެއް ފޮންޏެއް ނުކަނޑާނެއެވެ." މިއީ އިއްޔެއާއި މިއަދުގެ ފަރަގެވެ. ރޭޑިއޯ ހިތާބަކާއި ހަމައިން ނިންމާލި ތަރައްޤީގެ ކަޅު ހުވަފެންތަކާއި އުންމީދީ ކުލަތަކުން ނިންމައިދިން ތަރައްޤީގެ ތަފާތެވެ.
Read More ›

އިއްޔެ ކަނޑިއާއި ބަޑިންނެވެ. މިއަދު ދުލާއި ގަލަމުންނެވެ.

1989 ވަނަ އަހަރުގެ ނޮވެންބަރ މަހުގެ 3 ވަނައަށްވީ ބުރާސްފަތި ދުވަހަކީ ދިވެހިންގެ ހިތްތަކުން ފިލާގެން ދާނޭ ހަނދާންތަކެއް ނޫނެވެ. ކުށެއްނެތް 19 ދިވެހިން ޝަހީދުކޮއް އެ ތޯހިރު ލޭ ދިވެހި މި ވަތަނާ ކަނޑުތަކަށް އޮހޮރުވާލީ އެތަކެއް ހިތްތަކެއް ކަރުނަ އަޅައަޅާ އޮއްވައެވެ. އެތަކެއް މަޔަކާ ބަފަޔެއްގެ ހިތް ކަރުނުން ތެއްމާފައެވެ. އަނބިންނެއް ހުވަފަތްކޮއްފައެވެ. މައުސޫމު އެތަކެއް ދަރިންނެއް ނިކަމެތިކޮއްލުމަށްފައެވެ. ހިތާމައާއި ބިރުވެރިކަމުން ފުރިގެންވާ " ބަޑި ބުރާސްފައްޗަކީ " ދިވެހިންގެ ތެރެއިން ހާއިނުންކޮޅަކާއި އަވައްޓެރި ގައުމެއްގެ ގޮތުގައި އޮތް ކޮޅުބުގެ ބަޔަކާއި ގުޅިގެން މި ލޮބުވެތި ވަތަނުގެ މިނިވަންކަމާއި އިސްތިޤުލާލުނަގާލާ ވެރިކަން ހޯދުމުގެ ނިޔަތުގައި ގައުމަށް " ބާއީން " ފާވި ދުވަހެވެ. ދިވެހިންގެ ދިވެހިވަންތަކަމާ އިސްލާމީވަންތަށް ސިފަތަށް މިގައުމުން ބީވެދާނެކަމުގެ ބިރު މަދު ވަގުތުކޮޅަކަށް ނަމަވެސް ދިވެހިންގެ ހިތްތަކަށް ވެރިކުރުވި ދުވަހެވެ. މިނިވަންކަމުގެ ހިޔާއިން ނިކުމެ އަޅުވެތިކަމުގެ ދިލަ ހޫނުން ދިވެހިން ފިހިދާނެކަމުގެ ނުތަނަވަސްކަން ވެރިކުރުވި ދުވަހެވެ. ސައްކެއްނެތެވެ. ޤައުމީ ލޯބި ނެތް ނަމަވެސް ދިވެހި ލޭ ހިނގާ " ދަރީންތަކެއް " މި ހުއްބުލް ވަތަނަށް މިފަދަބޮޑު ގެއްލުމެއް ދިނުމަށް ގަސްތުކޮއްފާނޭކަމަށް ހިޔާލު ކޮއްލެއްވީމުތޯއެވެ؟ ކޮޅުނެތްކޮޅަށް ހިތާމައެވެ. ސައްކެއްނެތެވެ. އަވައްޓެރިންނާއި ގުޅިގެން މިފަދަބޮޑު ގެއްލުމެއް ގައުމަށް ދިނުމަށް މި ނުބައި އަމަލު ހިންގީ " ކެނެރީ " އާއިލާ ގެ ޣައްދާރުން ކަމާމެދު ދެބަސްވެވޭނޭ ދިވެއްސެއް ނުހުންނާނެއެވެ. 1989 ވަނަ އަހަރު ނޮވެންބަރ 3 ވަނަ ދުވަހު ރާއްޖެ ހިފަން ކެނެރީ ޣައްދާރުން މަސައްކަތްކުރީ ކޮން މަގުސަދެއްގައިތޯއެވެ؟ ދިވެހިންނަށް މިފަދަބޮޑު ގެއްލުމެއްދިނުމަށް ފެންބޮވައިގަތީ ކޮން ނިޔަތެއްގައި ތޯއެވެ؟ ހަމަ އެންމެ މަގުސަދެއްގައެވެ. ވެރިކަމުގެ ދަހިވެތިކަމުގައެވެ. އަދުވެސް ފެނިގެންމިދަނީ ހަމަ މި މަންޒަރެވެ. ކެނެރީގޭ ޣައްދާރުން ވެރިކަމުގެ ދަހިވެތިކަމުގައި އަވައްޓެރި ބައެއްގެ މަދަދަށް އެދެމުން ދާތަނެވެ. ވެރިކަމުގެ ދަހިވެތިކަމުގައި ގައުމުގެ މިނިވަންކަން ނަގާލުމަށް މަސައްކަތް ކުރަމުން ދާތަނެވެ.  ހަމަ އެއްމަޤުސަދެއްގައެވެ. ހަމަ އެއް ބަޔެކެވެ. ތަފާތަކީ ހަމަ އެންމެ ތަފާތެކެވެ. […]
Read More ›

ޔާމީނެވެ! ވައްކަމައިގެން ކުރިޔަށް ވަޑާއިގަންނަވާށެވެ!

ސަރުކާރެއް އިންތިޙާބުކުރަނީ ރައްޔިތުންގެ ހެވާއި ލާބަޔަށް މަސައްކަތް ކުރުމަށެވެ. ރައްޔިތުންނާއި ހަމައިން ރައްޔިތުންނަށާއި ގައުމުގެ އަމަން އަމާންކަމާއި، ސުލްހަ މަސްލަހަތާއި އިސްތިޤުލާލް ދެމެހެއްޓުމަށް ސަރުކާރު މުހިންމު ދައުރެއް އަދާކުރެއެވެ. ނަމަވެސް މިއަދުގެ ހާލަތު ތަފާތެވެ. ރާއްޖޭގެ އުތުރާ ދެކުނުން ފެނިގެންދަނީ ވައްކަމެވެ. ދައުލަތުގެ ބައިތުލްމާލުގައި ބޮޑު ލާރިއެއް އޮތަކަ ނުދެއެވެ. އޮތިއްޔާ ނަގާ ލަނީ ޖީބަށެވެ. 2013 ވަނަ އަހަރު ރައްޔިތުންގެ ބާރުވެރިކަމުން ބާރުލިބިގަނެ ސަރުކާރު ހިންގުމާއި ހަވާލުވި ކާމިނީގޭ ޔާމީނެވެ. އެއާއެކު އިދިކޮޅު ފަރާތްތަކުން އެބުނާ ވައްކަމުގެ ކުޅިގަނޑު ފެށުނީއެވެ. ވާހަކަ ފަށަން ގަސްތުކުރަނީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިންނެވެ. ރަނގަޅެވެ! ފުރަތަމަ ދައްކާނީ 800 މިލިޔަން ޑޮލަރުގެ ވާހަކައެވެ. ކުޅިގަނޑު ފެށުނު ހިސާބުންނެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވިއިރު 800 މިލިޔަން ޑޮލަރުގެ ވިޔަފާރި ކުރެއްވި ހިސާބުންނެވެ. ކަށަވަރެވެ. އެހެންނޫންނަމަ އިނދަ ޖެހި ބަނޑަށްޖެހިފައިވާ އެސްޓީއޯ މިއަދަކު ފެންނަން ނެތީހެވެ. ބަނގުރުޓުވެ ދިޔަތާ ކިތަންމެ ދުވަހެކެވެ. އެދުވަހު ކުރެއްވި 800 މިލިޔަން ޑޮލަރުގެ ވަގު ވިޔަފާރީގެ ފައިދާ މިއަދު އެސްޓީއޯ ބިލިޔަނުން އަހަރަކު އެހެރަ ގެންދަނީ ގުނަމުންނެވެ. ޔާމީނެވެ! ވައްކަމައިގެން ކުރިޔަށް ވަޑާއިގަންނަވާށެވެ! އެސްޓީއޯ އަށްފަހު ދެން ފެއްޓެވީ ދައުލަތުގެ ބަޖެޓުންނެވެ. ވެރިކަމާއި ހަވާލުވެ ވަޑައިގެން 300 މިލިޔަން ޑޮލަރުގެ ވައްކަމެކެވެ. ދައުލަތުގެ ހަޒާނާއިން ނެންގެވިގޮތަށް ޖަމާކުރެއްވީ " ގާދޫކޮލު ބޭންކް " އާއި އެވެ. ވިސްނަވާ ވަޑައިގެން ބައްލަވާށެވެ. މި ދައްކަނީ 300 މިލިޔަން ޑޮލަރުގެ ވާހަކައެވެ. ހާދަ ލާރިއެކެވެ. އާއެކެވެ. އެހެންވެތާއެވެ. އެއޮއްގެން ގާދޫކޮލުން ތަނބުތަށް ހިއްލި މާލެއާއި ހުޅުލެއާއިމެދު ދެމެނީއެވެ. ޔާމީނެވެ! ވައްކަމައިގެން ކުރިޔަށް ވަޑައިގަންނަވާށެވެ! އަނެއްކާވެސް ދައްކަން އޮތީ 300 މިލިޔަން ޑޮލަރުގެ ވާހަކައެކެވެ. މިފަހަރު ނެންގެވިބައި އެޅުއްވީ " ބޭންކް އޮފް އައި ޖީ އެމް އެޗް " އަށެވެ. ސުބްހާނަﷲ އެވެ. މީގެ ކުރިން މަންމަމެން ކިޔާއުޅޭ އަޑުއަހަނީ ފައިސާއަކުން ގަހެއް ނުފަޅާނޭ ބުނާތީއެވެ. ތެދެކެވެ. މަންމާއެވެ. ފައިސާއިން ގަހެއް ނުފަޅާނެއެވެ. މަންމާއެވެ. ފައިސާއިން […]
Read More ›

ރާއްޖެ ޓީވީ އަށް ޖަވާބު ނުދެވުނު ސުވާލުތަށް ؟

މީ ހައްޤުތަށް ހޯދައިދިނުމަށް ބުނެ ވަކާލާތުކުރާ ރާއްޖެ ޓީވީ އަކަށް ޖަވާބު ނުދެވުނު ސުވާލުތަކެވެ. ހިޔާނާތާއި ދެކޮޅަށް އަޑުއުފުލާ ނަޝީދުގެ " ޕްރޮފެގެންޑާ މެޝިން " ރާއްޖެ ޓީވީ އަކަށް ޖަވާބުނުދެވުނު ސުވާލުތަކެކެވެ. މަސްހޫރުކަމާއި ރައްޔިތުންގެ މަޤުބޫލުކަން ހޯދުމަށް " ޕަބްލިސިޓީ ސްޓަންޓް " ދެނަކާއިޖެހި ދެނެއް ޖައްސަމުން އަންނައިރު މިއީވެސް ޖަވާބު ހޯދާލުން މުހިންމު ސުވާލުތަކެކެވެ. ދެން ސުވާލުތަކާއެކު ކުރިޔަށް ދަމާތޯއެވެ.   ސުވާލު 1 :  ސާކް ސަމިޓަށް ދައުލަތުގެ މީޑިއާއިން އެމް އެން ބީ ސީ އިން ގެނައި އިކުއިޕްމެންޓަކަށްވީ ކިހިނެއްތޯއެވެ؟ ސާކް ސަމިޓަށް އޭރުގެ ނަޝީދުގެ ސަރުކާރުން ވަނީ ބޭކާރު އެތަކެއް ހަރަދުތަކެއް ދައުލަތުގެ ބަޖެޓުން ކޮއްފައެވެ. ނު އަގުގައި ޕްރޮޖެކްޓްތަށް ވަނީ ޕާޓީ ކުދިންނާ ރައްޓެހިންނާއި އާއިލާޔަށް ދީފައިވާކަމަކީ އޮޅުވައިލެވޭނެ ވާހަކަތަކެއް ނޫނެވެ.   ސުވާލު 2 : ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ރާއްޖެޓީވީގެ ޗެއަރމަން އަކުރަމް ކަމާލުއްދީނަށް ދިން 8 ލައްކަ ޑޮލަރުގެ ޗެކް ވީތަނެއް އެނގޭތޯއެވެ؟ ރާއްޖެ ޓީވީގެ އޯނަރ އަކްރަމް ކަމާލުއްދީނަށް ރާއްޖެ ޓީވީގެ ސެޓްލައިޓް ފީ ދެއްކުމަށް ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަދި ނައިބު ރާއީސް އަހުމަދު އަދީބު 8 ލައްކަ ޑޮލަރުގެ ޗެކެށް ދިންކަން ގިނަ ދިވެހިންނަށް ފަހަރުގައި ނޭގި އޮވެދާނެއެވެ.   ސުވާލު 3 : އަބުރު ފަންޑުގެ ނަމުގައި ހިންގި ހަރަކާތުން ލިބުނު 3 މިލިއަން ރުފިޔާއަށް ހޯރަފުށީ އަހްމަދު ސަލީމް ކެފޭއެއް ނުގަނޭތޯއެވެ؟ މަސްހޫރު ލިޔުންތެރިޔާ ހޯރަފުށީ ސަލީމް ރާއްޖެ ޓީވީގެ އަބުރުފުޅު ފަންޑުން ހޭދަކުރަށްވާގެން ބައްލަވައިގެންނެވި ކެފޭއެއްގެ ވާހަކައަކީ މަދު ބަޔަކަށް ނޫނީ ނޭގޭނެ ވާހަކައެވެ. ފަހަރުގައި ތިޔައިގެތެރެއިން ބޭފުޅަކަށްވެސް އެ ކެފޭއިން ވާނީ ކެއުމަކަށް އިންސާފުކުރެވިފައި ކަމަށްވެސް ވެދާނެއެވެ.   ސުވާލު 4 : ރާއްޖެޓީވީގެ މެނޭޖިންގ ޑިރެކްޓަރ ހޯރަފުށީ އަހްމަދު ސަލީމުގެ ކުންފުންޏެއް ކަމަށްވާ މީކޯއަށް ސަރުކާރުގެ ޕްރޮޖެކްޓް ދީފިނަމަ، ރާއްޖެޓީވީގެ ކޮންޓެންޓް ސަރުކާރު ބޭނުންވާ ގޮތަކަށް ބައްޓަންކުރާނެ […]
Read More ›