MENU

 ދީން ގަބޫލު ނުކުރާ އެމްޑީޕީ އެކްޓިވިސްޓުން

އިސްލާމް ދީނަކީ ތައުޙީދުގެ މަތީ ﷲ އެއްކައުވަންތަކަމަށް ބޯލަނބައި ކިޔަމަންވުމެވެ. އަދި ޝިރުކާއި އޭގެ އަހުލުވެރީންގެ ކިބައިން ބަރީއަވުމެވެ. މިއީ އިސްލާމް ދީނުގެ ޢާންމު ތަޢުރީފެވެ. މިއީ ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ رحمه الله ޛިކުރުކުރައްވާފައިވާ، އަދި އެކަލޭގެފާނުގެ އަރިހުން ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދިލްޥައްހާބް رحمه الله އެކަލޭގެފާނުގެ "ثَلَاثَةُ الْأصُولُ" ގައި ނަޤުލު­ކުރައްވާފައިވާ ތަޢުރީފެވެ. އިސްލާމް ދީނުގެ ޢާންމު މައުނައީ  ﷲގެ އެއްކައުވަންތަކަމަށް އީމާންވުމެވެ. ދިވެހިން އިސްލާމް ދީން ގަބޫލުކުރީ މީގެ 100 އެތަކެއް އަހަރެއް ގެ ކުރީންއެވެ. އެކި ދަރިފަސްކޮޅަށް ނިސްބަތްވެ މަސްހުނިވެފައިވާ ދަރިފަސްކޮޅަކުން އުފެދުނު ދިވެހިންނަކީ ރާއްޖެ އިސްލާމް ވުމަށްފަހު އިސްލާމްދީނުގެ މަތީގައި ފައިތިލަ ސާބިތުކޮއްގެންތިބޭ ސައްސަތިން ސައްތަ މުސްލިމުންއެވެ. ނަމަވެސް ދިވެހިންގެ އުޅުމާ ވައްޓަފާޅިއަށް މި ވޭތުވެ ދިޔަ އަހަރުތަކުގައި މިވަނީ ބޮޑެތި ބަދަލުތަކެއް އަންނަންފައެވެ. ހުޅަނގުގެ " ފެޝަނޭ " މިކިޔާ އިސްތިއުމާރީގައި ޖެހި ދިވެހީންވެސް މިއަދު ދަނީ ނޭގި ނަމަވެސް ހަލާކުގެ ތެރެޔަށް ވެއްޓެމުންނެވެ. އިސްލާމަކަށް މެނުވީ ދިވެއްސަކަށް ނުވެވޭނެކަމަށް ދިވެހި ގާނޫނުލް އުޤޫބާތުގައި ވަރަށް ޞަރީހަ އިބާރާތުން ވަނީ ބަޔާން ކޮއްފައެވެ. ނަމަވެސް ހަޤީގަތަކީ މިއަދު ދިވެހީންގެ ތެރޭގައިވެ މުސްލިމު މައިންބަފައިންގެ އިސްލާމްދީން ޤަބޫލު ނުކުރާ " ކާފަރު " ދަރީން ތަކެއް އުޅެމުން އަންނަކަމެވެ. އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގައި މަޝްހޫރު ބްލޮގާރ ހިއްލަތު ރަޝީދު އަދި ނޫސްވެރިޔާ ރިޟްވާނަކީ ދިވެހިންނަށް އައު ނަމަކަށް ނުވާނެއެވެ. ހިއްލަތަކީ މަދު ބަޔަކާއިއެކު ހެންވޭރުކޮޅުގައި ދީނީ މިނިވަންކަމަށް ގޮވާލާ މުޒާހަރާ ކުރިއިރު އެ އެއްވުމުގެ އިސްސަފުގައި ނަގާކިޔަން ހަރަކާތްތެރިވި މީހެކެވެ. ނޫސްވެރިޔާ ރިޟްވާނަކީ ވެސް ހިއްލަތެކޭ އެއްފަދައިން އެއްއިރެއްގައި ދީނީ މިނިވަންކަމަށް ގޮވާލާ ވަރަށް ވާހަކަ ދައްކާ އެފަދަ ލިޔުންތަށް ޝާއިރުކުރި ފަރާތެކެވެ. ކުރީގެ ރައީސް ނަޝީދުގެ ޕާރސަނަލް ސެކްޓަރީ ޒިޔާދު ، ޒިޔައްޓޭ އަކީ ވެސް ދިވެހިންނަށް އައު ނަމަކަށް ގައިމުވެސް ނުވާނެއެވެ.  ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި މުލީ އާގޭ […]
Read More ›

ހެޔޮވަނީ!

ދުނިޔޭގައި މައިގަޑު އޮންނަނީ ހަތަރު މޫސުމެވެ. އެއިގެ ތެރޭގައި ހިމެނެނީ ރަބީއު މޫސުން ، ޚިޒާން މޫސުން، ބަހާރު މޫސުން، އަދި ހަރީފު މޫސުމެވެ. ނަމަވެސް ދުނިޔޭގެ އެކި ގައުމަށް މޫސުން ތަފާތެވެ. އާމުގޮތެއްގައި ރާއްޖެއަށް އަންނަނީ ދެ މޫސުމުވެ. އެއީ އިރުވައި މޫސުމާއި ހުޅަނގު މޫސުމެވެ. ހުޅަނގު މޫސުމުގައި އާމުކޮން ވިއްސާރަވެ ވައިގަދަވެއެވެ. އިރުވައި މޫސުމުގައި ވާރޭވެހުން މަދުވެ ހޫނުގަދަވެއެވެ. ކަން މިހެން އޮތްނަމަވެސް ބައެއްފަހަރު ކިނބޫ މޫސުމާއި ވަޅިޖަހާ މޫސުމުގެ އިތުރުން ތުއްތު ކުދިން ވިހެއުމަށްފަހު އުކި މޫސުންތަކެއް ވެސް ރާއްޖެއަށް އައެވެ. އެ ބޮޅުގެތެރެއަށް އަނެއްކާ މިވަނީ އިތުރު މޫސުމެއް އިތުރު ވެފައެވެ. އެއީ " އަގުތަށް ހެޔޮވާ މޫސުން " އެވެ. މި މޫސުމުގެ ފުރަތަމަ ރޯޅި ޖެހިލީ ސްޓެލްކޯ އާއި ފެނަކަ އަށެވެ. މޫސުމާއެކު ކަރަންޓާ ފެނުގެ އަގުތަށްވެސް ސަރުކާރުން ވަނީ ހެޔޮކޮއްދެއްވާފައެވެ. ފެނެކައިން ކަރަންޓު ބިލަށް ނަގާ އަދަދު އަތޮޅުތެރެއާއި މާލެއާއި އެއްހަމައަކަށް ގެންނަވާ ވަރަށް ބޮޑުތަން ވަނީ ދަށްކޮށްފައެވެ. އެގޮތުން 1-100 ޔުނިޓަށް 3 ރުފިޔާއިން 1.50 ރުފިޔާ، 200-101 ޔުނިޓަށް - 3.30 އިން 1.70 ރުފިޔާ، 201-300 ޔުނިޓަށް - 3.40 އިން 2.15 ރުފިޔާ، 301-400 ޔުނިޓަށް - 3.50 އިން 2.15 ރުފިޔާ، 401-500 ޔުނިޓަށް - 5.50 އިން 4 ރުފިޔާ، ވަނީ ހެޔޮ ކޮއްދެއްވާފައެވެ. މިހާހިސާބުން މި މޫސުން ނިމުނީކީއެއް ނޫނެވެ. މީގެ ދެއަހަރެއްކުރިން އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ ކާޑުގެ އަގު ބޮޑުވި ވާހަކައެވެ. ސަރުކާރުން އެސްޓީއޯއަށް ދެމުން އައި ކާޑްގެ ސަބްސިޑީ ކަޑާލުމާ ގުޅިގެން ހަނޑޫ ހަކުރު އަދި ފުށުގެ އަގު މައްޗަށް ޖެހިލުމަކީ ރައްޔިތުންނަށް ބޮޑު ވޭނަކަށް ވެފައިވަނިކޮން އަނެއްކާވެސް ސަރުކާރުން ރައްޔިތުންގެ އާދޭސްތަށް އެއްސެވުމަށްފަހު އަލުން މިވަނީ ކާޑުގެ އަގު ވަރަށް ބޮޑުތަން ހެޔޮ ކޮއްދެއްވާފައެވެ. އެސްޓީއޯ އިން ކާޑުގެ އަގުތަކަށް ގެނައި މި ބަދަލާއި އެކު މާދަމައިން ފެށިގެން […]
Read More ›

ގެއްލުން ހުރި އެއްޗެއް ގަންނާނެއްބާ ؟

" އީ ބޭ " އޭ ބުނުމުން ނޭގޭނެ މީހަކު ހުންނާނެހެނެއް ހިޔެއް ނުވެއެވެ. ކަންފަތުލާ މުދިން ފެށިގެން ބޮޑެތި ގޭ ގެ ގަތުމަށްވެސް  ބަލާލެވޭ " އީ ފިހާރަ " އަކީ އީ ބޭ އެވެ. ގޭތެރެއަށް ބޭނުންންވާ ހިފާގެންގުޅޭ ތަކެއްޗާ މަސްމަހާ މެއްސާ ދޫނި ސޫފާސޫފި ލިބެން ހުންނަ އީބޭ ގެ ލިސްޓަށް މުޅިން އައު ތަފާތު "އައިޓަމް" އެއް މިވަނީ އިތުރުވެގެން ގޮސްފައެވެ. އާދެ އެއީ ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި " ބައު " ރައީސެކެވެ. ރާއްޖޭގެ ރައްޔިތުންގެ ވޯޓުން ވަރަށް ފޮނި އުންމީދާއިއެކު ހޮވި ވެރިއަކަށް އިސްތިއުފާ ދެއްވާފައި ވަޑައިގެންނެވި، ރައީސް ނަޝީދު ވާނޭ ކަން ކަށަވަރެވެ. 2007 ވަނަ އަހަރު ރައްޔިތުން ނަޝީދު ވެރިކަމުގެ ތަހުތުގައި ވެޑުވީ ފޮނި އުންމީދުތަކެއްގައެވެ. ޑޮލަރުގެ އަގު ހެޔޮކޮއްދީ ވަޒީފާތަށް ފަހިކޮއްދޭނެ ކަމުގެ އުންމީދުގައެވެ. މަސްވެރިންނާ ދަނޑުވެރިންގެ ފޮނި ހުވަފެންތަކާއެކުއެވެ. ތަކެތީގެ އަގު ހެޔޮކޮއްދީ ބޯހިޔާވަހިކަމަށް ހައްލެއް ހޯއްދަވާދެއްވާނޭ ކަމުގެ އުންމީދާއި އެކުއެވެ. ސިއްހީ ނިޒާމާއި ތައުލީމީ ނިޒާމް މެކުހަށް ޖައްސަވާނޭ ކަމުގެ ފޮނި އުންމީދާއި އެކުއެވެ. ގައުމަށް ހެވާއި ލާބަ ލިބިދޭ ތަރައްޤީ ގެނެސްދެއްވާނޭ ކަމުގެ ހުވަފެންތަކާއިއެކުއެވެ. އިސްލާމީ ވަހުދަތު މިގައުމުގައި ރައްކާތެރިކޮއްދީ ދީންކުރިއަރުވާނޭ ކަމުގެ ޔަޤީން ކަމާއިއެކުއެވެ. ނަމަވެސް ވެރިކަމަށް ވަޑައިގެން ފުރަތަމަވެސް ގޮންޖެއްސެވީ ދިވެހިންގެ ހިތްތަކުގެ ނޫރު ކަމުގައިވާ އިސްލާމް ދީނާއެވެ. ޔަހޫދީ ދީން ރާއްޖޭގައި ފެތުރުމުގެ މަސައްކަތުގައި އުޅެނިކޮން ޑީޕޯޓް ކޮއްލި ޔަހޫންދީންތަށް ދައުލަތުގެ ބައިތުލްމާލުން ހަރަދު ކޮއް ރާއްޖެ ގެނައީއެވެ. ޑޮލަރުގެ އަގު ބޮޑުކޮށް ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލާލީއެވެ. އެއާއިއެކު ނިކަމެތި ސިވިލް ސާރވިސް މުވައްޒަފުންގެ މުސާރަކޮޅުވެސް ކުޑަކޮއްލީއެވެ. ދަނޑުވެރިންނާ މަސްވެރިންގެ އެދުންތަކުގައި ކޮޅުފައިންޖަހާ އެޅުނު ހައެއްކަ ފްލެޓް ވަންނާނެ ތަނެއްނެތިގެން ރޮއެ ހޭރެން ތިބި ރައްޔިތުން އެއްކައިރިކޮއް ޕާޓީ ކުދިންނަށްދީ ހުސްކޮއްލީއެވެ. ރައްޔިތުންގެ ރުޅިވެރިކަން ކޮޅުންލީ މިހާހިސާބުންނެވެ. ﷲ ގަންދީ ، ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮއްދިނުމަށް ހުވާކުރި " ގަންޖާ […]
Read More ›

މި ދެ ދުވަހު ނިދާލެވިއްޖެ

ގައިމަތީ އޮތް ރަޖާގަނޑު އެއްކައިރިކޮއްލުމަށްފަހު މުޅި މީހާ "އެކަތި" ވާވަރަށް މޯޅިއަކަށް ދެމިލީމެވެ. ތެދުވެ ގަޑި ބަލާލުމަށްފަހު ބޮލުގައި އަތް އެޅުނީ ބޭގަރާރު ވެގެނެވެ. އެހެރަގެން މެންދުރުން އަނބުރާ 3 ޖަހަނީއެވެ. ލިބިފައިވާ ހައިރާންކަމާއެކު އަވަސް އަރުވާލާގެން ކުޑަދޮރުން ބޭރުބަލާލީ ގަބޫލު ކުރަން ދަތިވެގެނެވެ. އެހެންޏާ އަލިވިލޭއިރު ދުއްވާ އަޑާ " މަގު ފުޅާކުރަން އަޅާ ބަރުގޮނުގެ " އަޑުފައްގަނޑާއިހުރެ މިވަރަށް ނިދާލެވުނު ދުވަހެއް ހަނދާނުގައި ނެތެވެ. ބޭރަށް ބޯދިއްކޮއްގެން އިރުކޮޅަކު އޮތުމަށްފަހު މީހަކު ނުފެނުމުން ދެލޯ ރަނގަޅަށް އުނގުޅާލުމަށްފަހުވެސް ބަލައިލާފީމެވެ. ހަމަ މީހަކު ފެންނަން ނެތީއެވެ. ވެރިރަށް މާލޭގެ މަގުތަށް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ވިޔަފާރި މުދާ އުފުލާ ގަޑިތަކަށް ރައީސް ޔާމީންގެ ސަރުކާރުން ގެނެސްފައިވާ ބޮޑު ބަދަލާއި ގުޅިގެންމަގުތަށް އަނެއްކާވެސް އަމާންވީއެވެ. ގަޑިޖެހިގެން އޮފީހަށް ދިޔަ ހުސޭނު އާއި ޖަޒޫ ވެސް މިއަދު ޓްރެފިކްގައި ޖެހެން ނުޖެހުނީ މިސަބާއި ހުރެއެވެ. މިއާއިއެކު ސްކޫލްތަށް ދޮށުން ގޮއްވާ ބަރުގޮނު ގެ އަޑާއިހުރެ ނުކިޔެވި ބޮލަށް " ތުރާ " ވެފައި ތިބި ސްކޫލް ކުދިންތަކަށް ލުޔެއް ހޯއްދައި ދެވުނީއެވެ. 30 އަހަރު ރިވެތި އަހުލާގު ދަސްކޮއްނުދެވި އޮތް މަގުތަށް 5 އަހަރުން ދުރޫސުލް އަހްލާޤް " ހަތިމް " ކުރީއެވެ. ނިދާލަން މިއޮވެވުނީ މި ސަބަބާއި ހުރެތާއެވެ. ރައީސް ޔާމީން ގެ ސަރުކާރުން ގެންނެވި މިބަދަލާއިއެކު މާލެ ތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުއްލާ މުދާ އެއްތަނުން އަނެއްތަނަށް އުފުލޭނީ މާލޭގެ މަގުތަކަށް އެންމެ ބާރު ކުޑަވާ ވަގުތު އިރުއޮއްސި 06:00 އިން ފެށިގެން ހެނދުނު 06:00 އާއި ދެމެދެވެ. މިވަރުން ފުއްފާލީ އެއް ނޫނެވެ. ރައްޔިތުންނަށް ޒަރޫރީގޮތުން ކޮންމެހެން ބޭނުންވާ ކައްކާ ގޭސް އުފުލުމުގެ ހުއްދަ ހެނދުނު 08:30 އިން 11:00 އަދި އިރުއޮއްސި 06:00 އިން ހެނދުނު 06:00 ވަނީ ދޫކޮއްދެއްވާ ރައްޔިތުންނަށް ފަސޭހަކޮއްދެއްވާފައެވެ. ރައްޔިތުން ގެ ދޫތަކުން އަދު ރައީސް ޔާމީން ގެ ނަން ކިޔެނީ މިފަދަ […]
Read More ›

ކަލޯ ! ވަގު ސޮރެއް މީ !

މޯލްޑިވިއަން އައިޑަލް ގެ ޖަޖު އިއްބެ ނަމަ މި ވެރިކަން ސިފަކުރާނީ " ވަރަށް ތަފާތު " ވެރިކަމެއްގެ ގޮތުގައެވެ. ހަމަ އެފަދައިން އަންމަޑޭ ނަމަ އަންމަޑޭ އެ ހޯދާ " ލުކް " ހުރި ވެރިކަމެއް ގޮތުގައި މި ވެރިކަން ސިފަކުރާނެއެވެ. ވެރިކަމުގެ ޕްލެޓް ފޯމަށް އައްފާނަށް " އެންމެ ސަޅި " ޕެކޭޖަކަށް " މިވެރިކަން ވެގެން ދާނެއެވެ. ވަރަށް " ޔާނު " ވެރިކަމެއްގެ ގޮތުގައި ޒާރާ ފާހަގަ ކުރި އެއްކަމަކު ރައީސް ޔާމީން އާށް " ޔޫ ގޯ މޭން " އާއި އެކު ސްޓޭންޑިން އޮވޭޝަން އެއް އުނޫޝާ ދޭނެކަން ކަށަވަރެވެ. ކޮންމެ އަކަސް މޯލްޑިވިއަން އައިޑަލް ގެ ވާހަކަ ނުދައްކާ ވާން ނެތީއެވެ. މުޒާހަރާތަކަށް އާދޭސްކޮއް ރޮއެ ހޭރިގެންވެސް އައިޑަލް އަންނަ ގަޑިއަށް ހަތަރު އަނގޯޅި ކަންމައްޗަށް އެއްވީ  ހައެއްކަ " ކަނަލޭ " ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެހެންވީރު މިއަދުގެ ސިޔާސީ މައިދާންވެސް މި " މޯލްޑިވިއަން އައިޑޮލް " އަކާއި ނުލާ ލޮނު ހެޔޮވަރެއް ނުވާނެއެވެ. ކޮންމެއަކަސް ދެންމިއޮތީ ބޮޑު ސުވާލެކެވެ. 2013 ވަނަ އަހަރު ރައްޔިތުންގެ ފުރިހަމަ ތާއީދާއިއެކު ވެރިކަމަށް ވަޑައިގަތް ކާމިނީގޭ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމަށް ދޭން އެންމެ ރަނގަޅީ ކޮން ލަގަބެއްތޯ އުފެދޭ ސުވާލެވެ.  ޒުވާން އަންހެން ކުއްޖެއްނަމަ " އެންމެ ރީތި ރައިސް " ކަމަށް ކަނޑަ އަޅާފާނެއެވެ. ފިރިހެން ސޮރެއް ނަމަ " ގަޓު ޔާނު " ކަމަށް ވެދާނެއެވެ. އިސްރައްވެއްސެއް ނަމަ " ރަން ދަރީ " ގެ ލަގަބު ދީފާނެ ކަންނޭގެ އެވެ. އެކުވެރި ފަޅުވެރި އެއް ނަމަ " ކުޅަދާނަ ބަތޮލެއް " ގެ ލަގަބު ދީފާނެއެވެ. ރައްޔިތުން ނަމަ " ހެޔޮލަފާ ވެރިއެއް " ގެ ލަގަބު ދޭނެއެވެ. އަނބިކަނބަލުން މެޑަމް ފާތުން ނަމަ " ހެޔޮލަފާ ފިރިއެއް " އަދި ދަރިކަލެއް  ނަމަ " ލޮބުވެތި […]
Read More ›

ލޯބިވާ ދަރިފުޅާއެވެ!

ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅުގެ މަންމަ އާއި ބައްޕަ ދަރިފުޅަށް ޓަކައި ވަރަށް ފޮނި އުންމީދުތަކެއް ކުރީމެވެ. ބައްޕަ އާއި މަންމަ ގެ ލޯބީގެ ބަގީޗާގައި ފޮޅުނު ތިޔަ މައު ދެކެ ބައްޕަގެ ފުރާނަ އަށްވުރެވެސް ލޯބިވަމެވެ. ދަރިފުޅާއެވެ! ބައްޕަޔަށް މައާފު ކުރާށެވެ. ބައްޕަ ދަރިފުޅާ އަދި ދަރިފުޅުގެ މަންމަ ދެކެ ވަރަށް ލޯބިވެއެވެ. އަދި ހަމަ އެފަދައިން ދަރިފުޅުގެ މާމައާއި ކާފަ ދެކެވެސް އިންތިހާޔަށް ލޯބިވަމެވެ. އޭ ބައްޕަގެ ހިތުގެ ވިންދާއެވެ. ބައްޕަ މި ދުނިޔޭގައި ހޭދަކުރާ ހަމަ ކޮންމެ ސިކުންތަކީ ދަރިފުޅުމެން ދެމައިންނާއި އެކު ވުމަށް އެދޭ ވަގުތުކޮޅެކެވެ. ނަމަވެސް ދަރިފުޅާއެވެ. ޤައުމާ ދީން ދިފާއުކުރުމަށް ބައްޕަ ﷲ ގަންދީ ކުރި ހުވަޔާއި ހިލާފުވެވެން ނެތީއެވެ. ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅު ބޮޑުވެގެން ތިއްތިވެލައިގެން ސްކޫލަށް ގޮސް މޮޅު ކުއްޖަކަށް ވާތަން ބައްޕަ ދެކެން ވަރަށް ބޭނުމެވެ. ތިއްތި ހެދިލާގެން ބައްޕަ އާއިއެކު ޕާކުތަކަށް ކުޅެން ގެންދަންވެސް ވަރަށް ބޭނުމެވެ. މޫދަށް ގޮސް ފަތާލާ ކުޅެ މަޖާކޮއް ގެޔަށް އައިސް ފެންވަރާލާގެން ބައްޕަ އާއިއެކު ނަމާދަށް ގެންދަންވެސް ވަރަށް ބޭނުމެވެ. ނަމަވެސް ކުރާނީ ކީއް ހެއްޔެވެ. ދަރިފުޅަށާއި ބައްޕައަށްވެސް ދެދުނިޔޭގެ ބާއްޖަވެރިކަން އޮތީ ﷲ ގަންދީ ބައްޕަ ކުރި ހުވާގެ މަތީ ސާބިތު ވެވިގެންނެވެ. ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅު "ނާނަ" ކިޔާ ވަގުތު ދަރިފުޅާ ގާތުގައި އޮވެ " ނާނާ" ކިޔައިދޭންވެސް ވަރަށް ބޭނުމެވެ. ލޯބިން ފިރުމައިދީ ދަރިފުޅު ނިދީމުން ބޮސްދޭންވެސް ވަރަށް ބޭނުމެވެ. ކޮންމެ ދުވަހެއްގެ ހެންދުނު ހޭލެވެންވެސް ބޭނުންވަނީ ދަރިފުޅު އައިސް ބައްޕި އަށް އުނދަގޫކުރަން ފެށީމައެވެ. ނަމަވެސް ކުރާނީ ކީއް ހެއްޔެވެ. ދަރިފުޅާއި ދަރިފުޅުގެ މަންމަ އާއިއެކު ހޭދަކުރާނެ ވަގުތެއް ބައްޕަޔަށް ވާން އޮތީ މި ފަސްގަނޑު މިނިވަން ކަން މަތީ އޮވެގެންނެވެ. އެހެންވެ ބައްޕަ އަށް ގައުމުގެ ހައްޤުގައި ކުރި ހުވަޔާއި ހިލާފު ވެވެން ނެތީއެވެ. ލޯބިވާ ދަރިފުޅާއެވެ. ހެނދުނު "ބުއް ތަށި" ބޮއެގެން ބައްޕިގެ އަތުކުރީގައި ހިފާލައިގެން […]
Read More ›

ނަސްރީނާ އިބްރާހިމަށް

  ނިކަމެތި ރައްޔިތުން ދިވެހިރާއްޖެ   މެޑަމް ނަސްރީނާ އިބްރާހީމެވެ. ވެދުން ސަލާމަށް ފަހު ދަންނަވަމެވެ. ލޯބިން އުޅެ މުސްކުޅިވެ ގައިބާރު ދެރަވި ދުވަހު ފިރިކަލުން ގެންދެވުމުން ވަރަށް އުނދަގޫފުޅު ދެއްތޯއެވެ؟ ކެއްކުރަށްވާށެވެ. މި ނިކަމެތި ރައްޔިތުންވެސް ކެތް ކުރީމެވެ. ކަމަނާގެ ފިރިކަލުން ކުށެއްނެތް އެތަށް ބަޔަކު ވެރިކަން ދެމެހެއްޓުމުގެ މަގުސަދުގައި ޖަލަށްލާ އަނިޔާކޮއް މަރެމުން، މި ހިތްތަކަށް ވެސް ވަރަށް އަސަރު ކުރިއެވެ. ވަރަށް ރުއީމެވެ. އެދުވަހު އުޅުނު ނިޔަމެތި ހާލުން އަނިޔާ ލިބިފައިވާ ރައްޔިތުންގެ ދުއާ އަދު އިޖާބަ ކުރެއްވީއެވެ. އަނިޔާ ލިބިފައިވާ މީހާގެ ދުއާ އިޖާބަ ކުރައްވާނޭ ކަން އަލް އުސްތާޒް ފިރިކަލުން ކަމަނާއަށް ބުނެ ނުދެއްވާތޯއެވެ؟ އެ ހިތްދަތިކަން މިއަދު ކަމަނާ އުފުއްލަވަން ޖެހިވަޑައިގަތުމުން އުނދަގޫފުޅު ދެއްތޯއެވެ؟ ކަމަނާއެވެ. ވިސްނާލަ ބައްލަވާށެވެ. ކަމަނާގެ ފިރިކަލުން " އަލް އުސްތާޒް " ކިތަށް ދީނީ އިލްމުވެރިންނަށް އެއްވެސް ހައްޤަކާއި ނުލާ އަނިޔާ ކުރި ނޫންތޯއެވެ؟ އިލްމު އުގެނުނީތީ އެކަމާ ކޯފާ އިސްކުރައްވާ އެ ބޭބޭ ފުޅުން އާއިލާތަކާ އެކަހެރި ކުރުމުން އެފަރާތްތަކުގެ އާއިލާއިން މިއަދު ކަމަނާގެ ލޮލުން ތިޔަ އޮހޮރޭ ކަރުނަ އޮހޮރިއެވެ. ނުވަތަ އެއަށްވުރެން އިތުރަށްވެސް އޮހޮރިއެވެ. ތިޔަ އުފުއްލަވަން ޖެހިވަޑައިގަތް އެކަނިވެރިކަން އޭގެ އިންތިހާޔަށް އެ ބޭބޭ ފުޅުންގެ އަނބި އަނބި ކަނބަލުންނާއި ދަރިން އުފުލިއެވެ. ހާދަ ހިތްދައްޗެވެ. ހާދަ ޖަޒްބާތު ތަކެއް އެދުވަހު ހިތުގައި ހިނގިއެވެ. ހިޔާލުފުޅު ކުރައްވާށެވެ. އެބޭބޭފުޅުން ލޯބިވާ އަނބިން އާއި ދަރިން ރޮއެ ރޮއެ ތިއްބާ ދަމާ ކޫއްތާފައި ގެންދިޔައިރު އެ ހިތްތައް އެތަށް ފަހަރަކު ފޮތިފޮތިވެ ކުދިކުދި ވިއެވެ. އަޅާލާނެ ޔާރެއް އިޔާރެއް ނެތި އަނބިދަރިން ކައިރިން ވަކިކުރުމުން އުޅޭނެ ނިކަމެތި ހާލު ފަހަރުގައި ގަނޑުވަރުގައި އުޅުއްވި އަބިންނާއި ދަރިންނަށް ނޭގި ހިނގައި ދާނެއެވެ. އެހެންވީރު އިހްސާސް ކުރައްވާށެވެ. މިއަދު ތިޔަ އުފުލާ ހިތާމާތަކާ ހިތްދަތިކަން ތީގެ ދެގުނަޔަށް އެދުވަހު ރައްޔިތުން އުފުލިއެވެ. ކަމަނާއެވެ ވަރަށް އުނދަގޫފުޅު ދެއްތޯއެވެ؟ ކަމަނާއެވެ. […]
Read More ›

ކޮންމެ ޒުވާނެއްގެ އުންމީދެއް

ރަށު އިސްކޫލުން ކިޔަވާ ނިންމުމަށްފަހު މާލެ އައީ އިތުރަށް ކިޔެވުމަކަށް ނޫނެވެ. އިސްކޫލުންވެސް ފާސްނުވީމައި ކިޔެވުން މަތިން " ވައި " ވުމުން ރަނގަޅު ވަޒީފާގަނޑެއް ހޯދުމުގެ ނިޔަތުގައެވެ. " ލިޓްރަލީ " ގައިންބޮލުން ތާހިރުވެލާނެ އުނު އޮރޮޔާން ކޮއްލާނެ ފަދަ ނެތި މާލޭގައި ގަނަ ތެޅުމަށްފަހު އެންމެ ފަހުން ވަޒީފާއެއްވެސް ހަމަ ޖެހިއްޖެއެވެ. މާލޭގައި އާއިލާތަށް އުޅެމުން އަންނަ ނިކަމެތި ހާލު މަވެސް އަޑުއަހަމުއެވެ. ތޮއްޖެހިފައިވާ މާލޭގައި އެކަކު ބޯމަތީ އަނެކަކު ނިދުމާއި ޑިއުޓީ ބަހައިގެން ނިދާ ވާހަކަ އަކީވެސް އަޑުއަހާ ވާހަކަ އެވެ. ނަމަވެސް އެކަންތަށް ތަޖުރިބާ ކޮއްލަން ލިބުނީ އަދި ކިރިއާއެވެ. ކޮންމެއަކަސް މާލެ އާދެވުނީތީ ރަށުގައި ތިބި ރައްޓެހިންނަށް " ބޮޑު ކަނޑާލާފައި " މޫނު އަނބުރާލިއިރު ވަންނާނެ ތަނެއް ނެތެވެ. މާލޭގައި ގާތްތިމާގެ އަދި އާއިލާގެ މީހަކު ނެތުމުން އުޅެން ޖެހުނީ " ކުދިން ބަހައްޓައިދޭ " ހާއްޔެއްގައެވެ. އޭރުގެ މުސާރައިން ކުލި ދައްކާލެވޭކަން ހަމަ ކިރިޔާއެވެ. ގިނަ ފަހަރަށް އުޅެން ޖެހުނީ އަނގައާއި އަތާއި ދިމާ ނުވެގެންނެވެ. ދުނިޔޭގެ އަގުބޮޑެތި ސިޓީ ތަކުގެ ވާހަކަ އަހަމެވެ. އެފަދަ ސިތީތަކުގައި ބޯހިޔާވަހިކަން އަތްނުފޯރާފަށުގައި އުޅޭ ވާހަކަ އަޑުއަހަމަވެ. ތައުލީމީ ނިޒާމުން ފެށިގެން ސިއްހީ ނިޒާމަށް ދަންދެއް އެތަންތާ ސަތޭކަ ދެވެއެވެ. ބޭނުން ހުރިހާ ހިދުމަތެއް އެފަދަ ސިޓީތަކުން ލިބެން ހުރެއެވެ. އެހެން ކަމަށް ވާނަމަ އަގު " ހެޔޮވަރު " ވުން ވެސް ރަނގަޅެވެ. ނަމަވެސް އަޅުގަނޑުމެންގެ ރައްތަކުގެ " އަމާ " މާލެ އެހެން ތޯއެވެ. ބޭސްފަރުވާ އަށް ދާން ޖެހެނީ އަވައްޓެރި ގައުމުތަކަށެވެ. ތައުލީމީ ނިޒާމު ވަށާޖައްސަން އުޅެއުޅެ ދެކޮޅު ނުޖެހުނެވެ. ހިދުމައްތަށް " ލިމިޓެޑް" ވެފައެވެ. ގޭ ކުލި " އަން ލިމިޑެޓް " ވެފައެވެ. މާލޭގައި ގެޔެއް ހުރީތީ އެ ގެ ހަދަން ލޯނު ނަގަނީ ބޮޑު އިންޓްރެސްޓަކާ އެކު ކަމީ ހުރިހާ ވާހަކަތަކެއްގެ ޖަވާބެވެ. ކުލި އަގު ބޮޑުވާ ސަބަބު […]
Read More ›

ކުޑަކުދިން " ފަޅާ " އިއްޒަތްތެރި މެންބަރު

2009 ވަނަ އަހަރުގެ މެދެއްހާ ހިސާބެވެ. އަހަރެންގެ އުމުރަކީ އޭރު އެންމެ 17 އަހަރެވެ. ސްކޫލު ނިންމުމަށްފަހު ވަޒީފާއެއް ހޯދަމުން ދަނިކޮން ރައްޓެއްސަކު " އޮފާރ " ކުރި ވަޒީފާއެކެވެ. މަޖިލިސް މެންބަރެއްގެ ޕާރސަނަލް ބޮޑީގާޑެއްގެ ވަޒީފާއެވެ. ފުރަތަމަ ކޮޅު ދިޔައީ ވަރަށް ހިތްހަމަ ޖެހިގެންނެވެ. ރާއްޖޭގެ މަސްހޫރު ސިޔާސީ ޝަހުސިއްޔަތެއްގެ ހަށިފާރަ ވެރިއެއްގެ ގޮތުގައި މަތިހަށިނަގާ " ފުއްޕާލާފައި “ އުޅެންވީމައި ކިހާ ފޮންޏެއްވާނެކަން ވިސްނާލާށެވެ. މިދެންނެވީ އޭރުގެ މާލެއަތޮޅު ތުލުސްދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ގެ ވާހަކައެވެ. މާލޭގެ ބޭފުޅު އާއިލާއެއްގެ ބޭކަނބަލެކެވެ. ގަދަރުވެރިކަމާ ޝަރަފްވެރި ކަންބަލެކެވެ. ނަމަވެސް ހަޤީގަތް ހާމަވެއްޖެއުމަށް ދާންދެނެވެ. ހަޤީގަތޭ ތޯއެވެ؟ އަޑު އައްސަވާށެވެ! ފެންވަރާލާ ނިކަން " ބޮޑީ ގާޑު " ހެދިލާގެން ނިކުތީ ޑިއުޓީއަށެވެ. އަހަރެންނަށް ގުޅާލެއްވުމަށްފަހު ތާކަށް ދާން ޖެހިގެން އައިސްދިނުމަށް އެދުމުނުންނެވެ. ޖަނަވަރީމަގު މެދެއްހާ ހިސާބުގައި ހުންނަ އެކަމަނާގެ  ފިރިކަލުން ގޭގެ ދޮރުމައްޗަށް އެރުމަށްފަހު އަހަރެން ނިކަން އަދަބުވެރިކަމާއެކު އެކަމަނާ އަރިހު ވަޑައިގަންނަވަން އެދުމުން އަދި ތައްޔާރު ވެ ނުނިމޭކަމަށް ބުންޏެވެ. އަދި ގެޔަށް ވަދެ އިށީންދެލުމަށް އެދިވަޑައިގެންނެވިއެވެ. ކަނާތުން އިނގިލިތަށް ވާތު އިނގިލިތަކުގެ ތެރެޔަށް ވައްދާލާގެން ސޯފާގައި އަހަރެން އިންނަތާ ވިއްސަކަށް މިނެޓްފަހުން ސާހިބު ކަމަނާ ކޮޓަރިކޮޅުން ނިކުމެއްޖެއެވެ. ތައްޔާރޭތޯއެވެ؟ "ހަރާން ބަޅުމަސް " ފެންވެސް އޭރު ނުވާރާކަން ބަލާލުމުން ކަށަވަރުވާވަރު ވެއެވެ. އެއައި ގޮތަށް އައިސް ސޯފާގައި އިށީންދެ މިހާރު ދެން އެކަންތަށް ކެންސަލް ވެއްޖެ ކަމަށް ބުންޏެވެ. އެހެން ބުނުމުން އަހަރެންވެސް ގެޔަށް ދިއުމުގެ އިޒުނަޔަކަށް އެދިލީމެވެ. އެއާއިއެކު ފިރިމީހާ އާއި ދަރީން ރަށުގައި ނެތްކަމަށާ އެކަނި ގޭގައި އިންނަން ޖެހުމުން ފޫހިވާކަމަށް ބުންޏެވެ. އަދި ފަހަރެއްގައި އިރުކޮޅަކުން " އެމީހުން " ގުޅާފިނަމަ ދާންޖެހިދާނެކަމަށް މަޑުކޮއްލަ ދިނުމަށް އެދުނެވެ. ދެން މަޑުކޮއްލާނީ އޭ ހިތާ އިށީނދެލީމެވެ. ޓީވީ އަޅުވާލައިގެން ސިޔާސީ މަސްރަހުގެ ވާހަކަތަށް ސާހިބު ކަމަނާ އަހަރެންނަށް ކިޔައިދޭން ފެށިއެވެ. ސިޔާސީ މަޖާ ވާހަކަތަކުގައި ތިއްބާ […]
Read More ›

ތަރައްޤީ ކޮޅުވެއްޖެ

މިއީ ފިސާރި ދުވަސްކޮޅެކެވެ. ތަރައްޤީ މެކުހަށް ޖަހާ އަޅާ އިތިކޮއް ދުއްވާގަތްގަތީނުން އަތަކު ނުޖެހުނެވެ. ރާއްޖޭގެ އެއްބިތުން އަނެއް ބިތަށް ފެތުރިގެންފިއެވެ. އަސުރުމަލުގެ ހިތްގައިމުކަމާއެކު އަސުރަށް ރައްޔިތުންގެ ހިތްތަށް އުތުރި އަރާގެންފިއެވެ. ފިޔާތޮށި ކުލާގެ ހިތްގައިމުކަން ދިއްގާ މަލުގެ ރީނދޫ ކުލައިގެ މަށްޗަށް ވެރިވެގެންފިއެވެ. ރައްޔިތުން ނުކުމެ ދިއްގާ ވައު ކޮށާ ސާފުކޮއް އަސުރުމަލުގެ ބަގީޗާއިން މުޅިތަން ފުރާލާފިއެވެ. ކަލޯ މިރަށު ފާލަން!....... އަހަ. ކޮން ފާލަމެއްތޯއެވެ. މީ މައުމޫނުގެ 30 އަހަރެއް ނޫނެވެ. އަދި މިއީ ކެނެރީ 3 އަހަރެއް ވެސް ނޫނެވެ. ބަލަގަ މިއީ ކާމިނީ 5 އަހަރެވެ. ތަރައްޤީއާއި ތަހުޒީބުގެ 5 އަހަރެވެ. އެހެންކަމުން މިހާރު ބަނދަރެއް ނެތިގެން ލޯންޗުން ފުންމާލާ މީހާ އަނގަވަތަށް ގޮނޑުދޮށައް ޖެހޭކަށް ނުޖެހޭނެއެވެ. ރައްޔިތުންގެ ކޮނޑުގައި ދާންކޮޅު ބަހައްޓައިގެން ރަށައް ފައިބާކަށް ވެސް މިހާރަކު ނުޖެހޭނެއެވެ. މިހާރު ހަސަނުގެ ބޮއްކުރާވެސް ކަތީބުގެ މަސްއޮޑިވެސް ބަނދަރު ކޮއްލަނީ ތަރައްޤީ އާއި ތަހުޒީބު " ޝާހިލް " ތަކަށެވެ. ކަތްދާ ކަރަންޓެއް ނެތް ؟ .......... ގާދިރާ ތިޔަ ސުވިޗު އޮން ކޮއްބަލަ.... އެދުވަސް ފަސްދީފިއެވެ. ކަރަނޓު ނެތިގެން މުހަންމަދުބޭގެ ފިހާރާގައި ހުރި ކުކުޅު ކޮށާ ސޮސެޖްކޮޅު ކުނިވެ އުކާލަން ޖެހުނު ދުވަހެވެ. ކުޑަސޮރު ފައްޖެހި ގޮނޑީގައި އަތިރިމަތީ ނިންދެވި 30 އަހަރެވެ. ކަރަންޓު އަގު ބޮޑުކަމުން ފަންކާ ނުޖަހަން ހަނޑޫކޮޅު ހޮވަން އަތިރިމަށްޗައް ނުކުތް 3 އަހަރު އޮބައިފިއެވެ. 30 އަހަރު ހޮޅިބުރީގައި ޖެހި ޕަރުވާނާ މަރުނުވާވަރަށް މި 5 އަހަރު ޕަރުވާނާވެސް މަރުވެއްޖެކަމީ ޝައްކެތްނެތް ކަމެކެވެ. ނުވާންވީ ކީއްވެތޯއެވެ؟ އަސުރުމާ ކުލައިގެ ދޯދިން އެރި އިރާއެކު މިހާރު " ޓުވެންޓީ ފޯ  ސެވަން " ކަނރަންޓް ވެސް ޔަގީންވެއްޖެވެ. އޭ ޓައްޕޫ ކައެ ބޫޓު ގަތްތާ މިހާރު 5 އަހަރު؟؟ އަހަ.. ބޫޓުގަނޑުވެސް ހަލާކު ނުވާނެ ނޫންތޯއެވެ! މެސީ އާއި ރޮނާލްޑޯ ވެސް ކުޅެނީ ހަމަ ޓައްޕު ކުޅޭ ފެންވަރުގެ ދަނޑުތަކުގައެވެ. ރެޔެއް ދުވާލެއް […]
Read More ›