MENU

ޕޯރން ސްޓަރ އައްސިވަނީޔޯ !

ފަށައިގަންނަން ގަސްތުކުރަނީ މާދުރަކުން ނޫނެވެ. ސީދާ " ޕޮއިންޓް " އިން އެވެ. ފަނޑިޔާރު އަލީ ހަމީދަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ސަރީއަތުގެ މަޖީލީހުގައި ޕޯރން ސްޓްރ އަލީ ހަމީދު ވަނީ ވަރަށްވެސް ތަފާތު ވާހަކަފުޅެއް ދައްކަވާފައެވެ. އެއީ އުނަގަނޑުން ތިރި އައްސި ވެފައިވާ ވާހަކައެވެ. ހިންގައި ބިނގައިވެ އުޅެން އުނދަގޫ ކަމަށްވެސް ޕޯރން ސްޓްރ އަލީ ހަމީދު ކްރިމިނަލް ކޯޓުގައި މިއަދު ވަނީ ބުނެފައެވެ. މީގެ އިތުރުން މިޔަދުގެ ސަރީއަތް ކުރިޔަށް ގެންގޮސްފައިވަނީ އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮއް ކޯޓުގައި އިށީނދެ އިނދެގެންއެވެ. މިއަދުގެ ސަރީއަތުގައި ޕޯން ސްޓަރ އަލީ ހަމީދު ބުނެފައިވަނީ އޭނާގެ އުނަގަނޑުން ތިރި ވަރަށް ބޮޑަށް އައްސިވެފައިވާ ކަމަށާއި ރަނގަޅަށް ހިނގައި ނޫޅެވޭކަމަށެވެ. އެ މައްސަލަ ދިމާވީ މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ މެންދަމު ސުޕްރީމް ކޯޓު ތެރޭ ދެ ފަނޑިޔާރަކާއި އެކު އެކަހެރިކޮއް ތިއްބާކަމަށްވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން  ތާނިޔާއާއިއެކު ގުޅުންހިނގި އިރުވެސް އެއް ފައިގެ ކަކުލުގައި މައްސަލަ ހުންނަ ކަމަށް އަލީ ހަމީދު ވަނީ ބުނެފައެވެ. ދަންނަވަންތޯއެވެ. ތިޔަ ވައްތަރަށް ތެޅޭނަމަ ތަދުވާނީ ފަޔަކަށް އެކަންޏެއް ނޫނެވެ. ދެ ކިޑްނީއާއި " އޯވަރީ " ވެސް ފެއިލްވާކަށް މާގިނަ ދުވަހެއް ނުނަގާއެއެވެ. ކޮފީތަށި ބަންޑުންވެ ހިތުގައި އެޅޭނީ ލޯވަޅެއް އެކަންޏެއް ނޫނެވެ. މާތް ރަސްކަލާންގެ އެ އަމަލަކާއި ކައިރިނުވުމަށް އެންގެވި ޒިނޭ ކުރުމުން އެކަމުގެ އަޒާބު ދުނިޔެ މަތީގައިވެސް ދައްކަވަނީއެވެ. ނަޒާހާތްތެރިކަމުގެ ފަރުދާގެ ނިވަލުގައި ހުރެ ބޭރުކަރަކަރައަށް ވަޑައިގެން ތާނިޔާ ކަހަލަ ކުދިން  އަރި އަރިއަށާއި ގުދަށް ބާއްވާގެން ތަޅާލިއިރު އައްސިވާނޭ ދުވަހެއް އަންނާނޭކަން ނޭގުނުތޯއެވެ. ރައްޔިތުން އިސްލާހުކޮއް ހަމަމަގަށް އެޅުވުމުގެ މަތިވެރި ޒިންމާ އެޅިފައިވާ ފަނޑިޔާރެއްގެ ހުވާ މަތީހުރެ އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ ޒިނޭ ޕޯރން ސްޓްރ އަލީ ހަމީދު ތާނިޔާ އާއި އެކު ހުދުޖަންގިޔަލުގައި ހުންނަވައި ، ކުރެއްވުމަށްފަހު ތިމަންނާއާއި ވަރަށް ވައްތަރު ދޯއޭ! […]
Read More ›

ޔާނުގެ "ރަސްރަނި ބަޤީޗާ"

އެއީ މީގެ އެތަކެއް ސަތޭކަ އަހަރެއްކުރިން ރާއްޖޭގައި ރަސްކަމާއި ރަނިކަންކުރެއްވި ބޭބޭ ފުޅުންނާއި ރަނިންގެ ރަސްކަމުގެ ކޮލިލާއުޅުނު ފަސްގަނޑެވެ. ދިވެހިރާއްޖޭގެ ވެރިޔަކަށް ހުންނަވާ ބޭފުޅެއްގެ ރަސްމީ ގަނޑުވަރުގެ ގޮތުގައި 1919 ވަނަ އަހަރު މުހަންމަދު ޝަމްސުއްދީން 3 ގެ ރަސްކަމުގައި ގާއިމުކުރެވުނު މުލީ އާގެއާއި އިންވެގެން ގޮތަކަށް އޭރުއޮތް ކޮލިލާއުޅުނު ބިމެވެ. މިހާރުގެ ރަސްރަނި ބަގީޗާ އޮތް ސަރަހައްދު 17 ވަނަ ގަރުނުގައި ބެލެވިފައިއޮތީ މުލީ އާގޭގެ ބައެއްގެ ގޮތުގައެވެ. މި ބިމުގައި ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ވަރަށް ގިނަ ރަސްކަލުން، ރަސްކަން ކުރެއްވި ޒަމާންތަކުގައި ރަސްކަމުގެ ދަރުބާރު ހިންގާ އުޅުނެވެ. އޭރުގެ ކޮއިލު ހުރި ބިމުގައި ހަދާފައިވާ “ސަލްޓަން ޕާކް" ތަރައްޤީކުރުމުގެ މަޝްރޫޢަކީ ރައީސް އަބްދުﷲ ޔާމީން އިސްނެންގެވުމުގެމަތިން ތޮއްޖެހިފައިވާ މާލޭގައި ދިރިއުޅޭ ހުރިހާ އުމުރުފުރައިގެ މީހުން ބޭނުންހިފޭނެ ޝައުޤުވެރިތަނަކަށް އެތަން ހެދުމަށްޓަކައި ހިންގި މަޝްރޫޢެކެވެ. ދިވެހި ސިފައިންގެ ހުނަރުވެރިކަން ފެނިގެންދާ ރަސްރަނި ބަޤީޗާ، ސަލްޓަން ޕާކަށް ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވައި ހިތްގައިމުގޮތަކަށް އެތަން ބަދަލުކޮއްދެއްވީ ރަށުތެރޭގެ ހަލަބޮލި މާހައުލުން އެކަހެރިވެލައި ހިތްހަމަޖައްސައިލުމަށް ތިބޭނެ ތަންތަން މާލޭގައި މަދުކަމުން އެފަދަ ތަންތަން މާލޭގައި ޤާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުންނެވެ. މި ބަދަލުތަކާއެކު މުޅިން އައު ބަޤީޗާއެއްގެ ގޮތަށް ތަރައްޤީކޮށް ހުޅުވާފައި ވަނީ [ރަސްރަނި ބަގީޗާ] މި ނަމުގައެވެ. ރަސްރަނި ބަޤީޗާ ސަލްޓަން ޕާކަށް ކިޔުނު ވަކި ސަބަބެއް ރަސްމީ ސިފައެއްގައި ފާމަ ކޮއްފައި ނުވި ނަމަވެސް މި ބަޤީޗާ ހުރި ސަރަހަށްދަކީ ރަސްރަސްކަލުން އާއި އެބޭބޭފުޅުންގެ އަންބިކަނބަލުން ވަރަށް ގިނައިން ވަޑައިގެން އުޅުއްވި ސަރަހަށްދަކަށް ވުމުން އެސަރަހަށްދު ބަޤީޗާ އަކަށް ބަދަލުކޮއް ރަސްރަސްކަލުންނާއި ރަނިކަނބަލުންގެ ބަޤީޗާގެ ނުވަތަ ރަސްރަނި ބަޤީޗާ ކިނުނީކަމަށް ބެލެވެއެވެ. ރަސްރަނި ބަގީޗާގައި ހަދާފައިވާ ތަންތަނުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ތަނަކީ، 12 ވަރަކަށް ފޫޓު އުހުގައި ހަދާފައިވާ [ރަސްރަނި ވިއު] އެވެ. ބިމުން ފެށިގެން ފަރުމާކޮށްފައިވަނީ، ދަރިވަރުންގެ އުނގެނުމާ ގުޅުންހުރި ގިނަ ބައިތަކެއް އެކުލެވޭ ގޮތަށް […]
Read More ›

ފަތިހުފެނޭ! ކަނބުލޮފެނޭ!

ދައްކަން މިއުޅެނީ އިސްޤީ ލޯބީގެ ވާހަކައެއް ނޫނެވެ. ރީތި ބަނިޔާދަން ކަނބަލެއްގެ ވާހަކައެއް ނޫނެވެ. ނަމަވެސް ފަތިހަށް ފެނުނު ކަނބަލެއެއްގެ ވާހަކައެވެ. ކޮންތާކުން އައި ކާކުކަމެއްވެސް ނޭގެއެވެ. ނަމަވެސް ފުރަތަމަ ނަޒަރުންވެސް އަޅުގަނޑުގެ ހިތްދަމައިގަނެފިއެވެ. ހާއްސަ ލޯތްބަކާ ގަދަރެއް އެކަނބުލޭގެއަށް ދެވުނު ކަނބަލެއް ގެވާހަކައެވެ. އެއީ މީގެ ދެރެއެއް ކުރިއެވެ. ބޮޑުތަކުރުފާނުމަގުން މާރުކޭޓާ އަރާ ހަމަވީއެވެ. ދަންވަރުގެ ހިމޭންކަމުގެ ސާލެއްވަނީ މުޅި އެސަރަހައްދަށް ފަތުރާފައެވެ. ދުއްވަމުން ދިޔަ ސައިކަލުގެ އަޑު ފިޔަވާ އަޑެއް ބަޑެއް އެސަރަހައްދަކުން އިވެމުން ނުދެއެވެ. ނަމަވެސް ކުއްލިޔަކަށް ކަންފަތުގައި ޖެހުނީ ދެބައި އުމުރުގެ މިބުނާ ކަނބަލުގެ ހިތުގެ ގޮވުމުގެ އަޑެވެ. ދޮގެއްހަދާކަށް މަށަކުވާ ނެތީމެވެ. އެ އަޑުގައި އެއްވެސް ރީތިކަމެއް ނެތެވެ. ކުރަކި ބޮލަށް އުނދަގޫ އަޑެކެވެ. ރާގަކަށް ނޫނަސް ފައްޗަކަށް އަމުނާލި ޅެމެއްގެ އަޑެވެ. " ގައުމަށް އައި މިނިވަން ނޫރާނީ ...... ދައުރުން މި ހަނދާންތަށް އާކުރަނީ ......... މާޒީގެ އުޖާލާ މަންޒަރުތަށް.... މާރީތި އުފާވެރި ކުރެހުންތަށް........ ދާތީ އަދު ހާމަވަނުން ކުލަތަށް......" އިވުނީ މިހިސާބަށެވެ. ދުއްވަމުންދިޔަ ސައިކަލުގެ އަޑު އިވުނީ ތޯއްޗެކެވެ. އެކަނި މާއެކަނި އަރުވާޖަހާލާގެން އެއްއަތުން ފިހިގަނޑެއް އަނެއްއަތުން ކުނިނަގާ އެއްޗެއް ހިފާގެން ލޯކަލް މާރުކޭޓުގެ އިރު އުތުރު ކަނަށް ވާގޮތަށް މަގު ކަހަން ހުރި އެ ކަނބުލޭގެ ލަވަ ހުއްޓާލާފިއެވެ. އަހަރެމެންވެސް ދިޔަގޮތަށް ގޮސް އޮބާލާފީމުއެވެ. 1602 ވަނަ އަހަރު ރާއްޖެއަށް ޕިރާޑު ކިޔާ ސައްޔާހެއް ދަތުރެއް ކުރެއްކުރެއްވިއެވެ. އެއަށްފަހު ލިޔުއްވި ދަތުރުނާމާއެއްގައި ދިވެހިންގެ އާދަކާދަތަކާއި ބެހޭގޮތުން ލިޔުއްވާފައި ވާހަކަތަކުގެ ތެރެއިން އެއްވާހަކައެއް އޮވެއެވެ. ދިވެހި އަންހެނުން ފަތިހު އެއް ވާނަކަށް ނިކުމެ އެމީހެއްގެ ގެއާއި ވީ މަގުތަށް ކަހާ ސާފުކުރާކަމެވެ. މިހެން ގޮސް އެމީހެއްގެ ގެއާއި އިންވެގެން އޮންނަ ހުސްބިން ކަހާ ނިމޭއިރު މުޅި ރައް ސާފުވެފައި އޮންނަ ވާހަކަ އެވެ. އަދި ލިޔުއްވާފައި ވެއެވެ. މިއީ އޭނާވެސް އަލަށް ދުއް ކަމެއްގެ ގޮތުގައެވެ. ހައިރާން ކުރެއްވި ވާހަކައެއްގެ ގޮތުގައެވެ. އެއީ […]
Read More ›

އިއްޒަތްތެރި މެންބަރު ނިއުމާ މުހަންމަދު

އެކަމަނާއަކީ 2019 ވަނަ އަހަރު އެކުލެވިގެން ދާނޭ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރެކެވެ. އަނގަ ހުތުރުކަމާއެކު މަލާމާތާ ފުރައްސާރަ ކުރުމުގެ އިތުރުން ހަނގާ ކުރުމުގައި އިތްޒަތްތެރިކަން ހޯއްދަވާފައިވާ ކަނބަލެކެވެ. އާދެ އެއީ މާލޭގެ މުއްސަނދިންގެ ދާންމަތިކޮޅުތަށް ފަޅުފިލުވައިދިން އިއްޒަތްތެރި މެންބަރު ނިއުމާ މުހަންމަދެވެ. އިއްޒަތްތެރި މެންބަރު ނިޢުމާ މުޙައްމަދު އަކީ ގދ. ވާދޫ އަށް އުފަން ކަނބަލެކެވެ. ނިޢުމާ ތަޢުލީމް ޙާޞިލްކުރީ މާފަންނު މަދަރުސާ އިންނާއި، އީޕީއެސް އިންއެވެ. އޭނާގެ ތަޢުލީމީ މަރުޙަލާ ނިންމީ އީޕީއެސްގެ ގްރޭޑް 8 ން ހާސިލްކުރި ޕީ އެޗް ޑީ އިންއެވެ. ނިއުމާވަނީ މިހާތަނަށް 3 ކައިވެންޏެއް ކޮށްފައެވެ. ފުރަތަމަ ކައިވެނިކުރީ ރ.އަލިފުށީ އިބްރާހީމް ޙަބީބް އާއެވެ. ޙަބީބު އާއި ނިޢުމާ ކައިވެނިކުރީ 2002 ވަނަ އަހަރު އެވެ. އޭރުގެ މަސްހޫރު ފިލްމީ ބަލަލެއްކަމުން ނިއުމާގެ ނުފޫޒުގަދަކަމުން ނަފްސާނީގޮތުން ހަބީބަށް ކުރި ގެވެށި އަނިޔާ ގެ ނަތީޖާއެއްގެ ގޮތުން ޙަބީބް ވަނީ އަމިއްލައަށް ދަންޖެހިގެން މަރުވެފައެވެ. ދެވަނަ ކައިވެނީ ކުރީ ފިލްމީ ބަތަލު ޢަލީ ސީޒަން އާއެވެ. ކޮޓަރިއެއްގެ ތެރޭގައި ބަރަހަނާ ހާލުގައި އެކަހެރި ގުޅުންތަކެއް ހިންގަންތިއްބާ ރެޑް ހޭންޑްކޮއް އަތުލައިގަތުމާއެކު އެކަން އޮއްބާލުމަށް 2004 ގައެވެ. ނިއުމާ ކުރިން ކުރި ދެކައިވެނި ވެސް ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ރޫޅިފައެވެ. އެންމެ ފަހުން ނިއުމާ ކައިވެނިކޮށްގެން އުޅެނީ ލ.ކަޅައިދޫ ޙަސަން ކިޔާ މީހަކާއެވެ. ނިޢުމާ އާއި ޙަސަންގެ ކައިވެނި ކުރެވުނީ ދެކެދެކެވެސް ޕްރޮޑަކްޝަންގެ ފިލްމް ތަކެއް ކުޅުމަށް ހއ. އިހަވަންދޫ އަށް ގޮސްތިބި ތިބުމުގައި ހިނގި ގުޅުންތަކެއްގައި އިހަވަންދޫގައި 2007 ވަނަ އަހަރުގެ ފަހުކޮޅު ގައެވެ. މަސްތުވާތަކެއްޗާއި ބޮޑު ގުޅުމެއް އޮންނަ ހަސަންއާއި ނިއުމާގެ ކައިވެނިވެސް ރޫޅިގެން ދިޔައީ ނިއުމާ " ބަޑި " ވިއްކާކަމަށް ކުރެވިގެންދިޔަ ތުހުމަތުތަކާއިއެކުއެވެ. ރައްޔިތުންގެ ކުރިމަތީގައި ހަނގަ ހަޑިކަމާއި ، އަހުލާގެއް ނެތްކަމަށް މަސްހޫރު ނިއުމާގެ ބިތުފަންގި މީގެ ކުރިންވެސް ބަޑި ނިއުމާގެ ނަމުގައި ތިޔަ ކިތުންތެރިންނާ ހަމަޔަށް ހިއްލާލަ ދީފައެވެ. […]
Read More ›

" ފިނދު ބައްލަވާ ރައީސް "

ބައެއް ފަރާތްތަކުން އެބޭފުޅާ ސިފަކުރަނީ ޔަހޫދީން ތަމްރީނުކޮށް، ރާއްޖެއިން އިސްލާމީ ވަހުދަތު ފޮހެލުމަށް ފޮނުވި އެޖެންޓެއްގެ ގޮތުގައެވެ. އަނެއްބައި ބޭފުޅުން އެބޭފުޅާއަކީ ޒަމާނުންސުރެ ދިވެހި ތަބާވެގެން ތިބި އިސްލާމްދީނުގެ ވަހުދަތު ފޮހެލާ ހުޅަނގުގެ ގޮތްތަށް ފަތުރަން އުޅޭ ބޭފުޅެއްގެ ގޮތުގައިވެސް ސިފަކުރެއެވެ. އަދި ބައެއް ފަރާތްތަކުން އެބޭފުޅާއަކީ ލާދީނީ ފިކުރުތަކަށް ތަރުހީބުދޭ ދީނުގެ އަދުއްވެއްގެ ގޮތުގައިވެސް ސިފަކުރައްވާފައި ވެއެވެ. އާދެ އެއީ ގ. ކެނެރީގޭ މުހަންމަދު ނަޝީދެވެ. ގ. ކެނެރީގޭ މުހަންމަދު ނަޝީދަކީ ދިވެހި ގައުމުދުން، ދީނާ ހިލާފު ވާހަކަތަށް އެންމެ ގިނައިން ދެއްކެވާ އެފަދަ ކަންކަމާ ފާޅުގައި ތާއީދުކުރަށްވާ، ދީނަށް ހަޖޫޖެއްސެވި ވެރިޔެކެވެ. ރާއްޖޭގެ މުޅި ތާރީހުގައިވެސް ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން 98 ވަނަ އަށް ވެރިކަން ކުރެއްވި މުހަންމަދު ނަޝީދަކީ ކޮންމެ ދިވެއްސަކީ އިސްލާމަކަށްވާން ނުޖެހޭކަމަށް ދައުވާ ކުރެއްވި ވެރިޔާ މެއެވެ. ބަނގުރަލާ މަސްތުވާތަކެއްޗަށް ލޯބިކުރާ އަދި އޭގެ އަވައިގައި ޖެހިވަޑައިގެންފައި ހުންނެވި މުހަންމަދު ނަޝީދަކީ ފާއިތުވެދިޔަ 99 ވެރިންގެ ތެރެއިންވެސް މަސްތުވާތަކެއްޗާ އެތަކެތީގެ ވަބާގައި ދިވެހި ޒުވާނުން ޖެއްސުމަށް މަސައްކަތްކުރެއްވި ހަމައެކަނި ވެރިޔާއެވެ. އަބަދަކު އެންމެނަކު ހަނމައިގައި ތިބެން ނުޖެހޭކަމަށް ގަބޫލުކުރަށްވާ ނަޝީދަކީ މަސްތުވުމަށް ހަކުރާ އަދި އެހެނިހެންވެސް މަސްތުވާތަކެތި ބޭނުން ކުރަންޖެހޭނެކަމަށް ފާޅުގައި ގޮވާ އެކަމަށް ދައުވަތު ދެއްވި ހަމައެކަނިވެރިޔާއެވެ. ދޮންމީހުން އުޅޭގޮތަށް އުޅެގެން ނޫނީ ސަލާމަތުގެ މަގު ލިބެން ނެތްކަމަށާއި ސަލާމަތުގެ މަގު ބޭނުންނަމަ އުޅެންވީ ދޮންމީހުން އުޅޭހެންކަމަށް ގަބޫލުކުރަށްވާ މުހަންމަދު ނަޝީދަކީ ޤުރުއާނާ ސުންނަތް ނޫން އެހެން އެއްޗެއް ބޭނުންވާކަމަށް ވިދާޅުވެ ދުނިޔޭގެ މީޑީއާގައި ދީނާ ޚިލާފު ވާހަކަދެއްކެވި ފުރަތަމަ ވެރިޔާއަށް ވާނޭކަން ކަށަވަރެވެ. އަދި ރަސޫލާ އަށް ފާޅުގައި ހަޖޫޖައްސާ މަލާމާތް ކުރެއްވި ހަމައެކަނި ވެރިޔާއެވެ. ޔަހޫދީ ދީން ފެތުރުމަށް މަސައްކަތްކުރާ އަދި އެއްޖިންސުން ގުޅުންހިންގުމަށް ހިތްވަރުދޭ ފަރާތްތަކާ ގާތް ރަހުމަތްތެރިކަން ބާއްވާ މުހަންމަދު ނަޝީދަކީ އިސްލާމީ ޝަރީއާ ގާއިމްކުރުމާ ދެކޮޅަށް އަޑުއުފުލާ ބޭފުޅޭކެވެ. މީގެ އިތުރުން ދީނާއި ޚިލާފު އެދި ކަންކަމަށް […]
Read More ›

ކާޑޭޝަން އާއިލާ ރާއްޖެ އަންނަނީ ؟؟

މިއީ އިދިކޮޅު "ކޮކްޓެއިލް  އިއްތިހާދު " އަށް ހަޖަމް ކުރަން ފަސޭހަވާނޭ ވާހަކަތަކެއް ނޫނެވެ. ވެރިކަމުގެ ދަހިވެތިކަމުގައި ދިވެހިންނާ މި ފަސްގަނޑު ބަނޑަށް ޖެއްސުމަށް އިދިކޮޅުފަރާތްތަކުން ކުރަމުންދާ މަސައްކަތް ނާކާމިޔާބުވީއެވެ. ރާއްޖޭގެ އިގްތިޞޯދު ހަލާކު ކޮއް ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް އިދިކޮޅުން ކުރަމުން އައި މަސައްކަތް ނާކާމިޔާބު ވާކަމުގެ ކޮޅުމަތި ފެންނަންފަށައިފިއެވެ. ދަންނަވަންތޯއެވެ؟ ވެރިކަމާއި ނިއުމަތަކީ ކީރިތިވަންތަ ﷲ ދެއްވާ އެއްޗެކެވެ. ދުވާލަކު ދެފަހަރު އެކެއް ފެބުރުއަރީ ގެނަ ނަމަވެސް ވެރިކަން ގެންދަވާނީ ހަމަ ކީރިތިވަންތަ ﷲ އެވެ. ދުނިޔެމަތީގައި ސުވަރުގެ ކަމަށް މަސްހޫރު ދިވެހިރާއްޖެއަކީ ހަޤީގަތުގައިވެސް އެފަދަ ދެވަނައެއް ނުވާ ރީތި މަންޒިލެކެވެ. ދުނިޔޭގެ އެހެން ރިސޯޓުތަކާއި އަޅާ ބަލާއިރު ރާއްޖޭގެ ރިސޯޓުތަށް ހާއްސަ ވެގެންދާ ސަބަބުތަކެއް އެބަހުއްޓެވެ. ކަނޑާ ފަރުތަކުގެ ރީތިކަމާ ހިތްގައިމު ގޮނޑުދޮއްތަކުގެ ރީތި ވާހަކަތަކާއި ދެވަނަ އެއް ނެތްފަދަ މެހުމާންދާރީ ގެ ވާހަކައާއި ދިވެހިންގެ ހިތްހެޔޮ ކަމުގެ ވާހަކަޔަކީ ރާއްޖެ ޒިޔާރާތްކުރާ ހަމަ ކޮންމެ ފަތުރުވެރިއެއްގެ ދުލުން ތައުރީފު އިވޭ ކަންކަމެވެ. ސާފު ވަޔާ " ދުނިޔެވީ ހަލަބޮލިކަމުން " އެއްކިބާވެފައިވާ ރާއްޖޭގެ ހިތްގައިމުކަމަކީ ހަމަ ކޮންމެ ފަތުރުވެރިއެއްގެ ހިތުން ދިވެހިރާއްޖޭގެ ރީތިކަމާ ހިތްގައިމުކަން ފޮހެލަން އުނދަގޫ ކަންކަމެވެ. ރާއްޖޭގެ ރީތިކަމާމެދު އިތުރަށް ލިޔާކަށް ނެތީމެވެ. މާރިޗް މަހު ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު މިކަމުގެ ދަލީލަކަށް ފުދެއެވެ. 2018 ވަނަ އަހަރު ފެބްރުއަރީމަހު ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިނާއި އަޅާ ބަލާއިރު މާރިޗް މަހު ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު މިވަނީ އިތުރުވެގެން ގޮސްފައެވެ، އެގޮތުން މިއަހަރުގެ ފުރަތަމަ ތިންމަސް ނިމިގެންދިޔައިރު 17 އިންސައްތައިގެ ކުރިއެރުމެއް ފަތުރުވެރިކަމުގެ ދާއިރާއަށް ވަނީ ލިބިގެން ގޮސްފައެވެ.  އެގޮތުން 2018 ވަނަ އަހަރު މާރިޗު މަހު ރާއްޖެ ޒިޔާރާއްކުރި ފަތުރުވެރިންގެ އަދަދުވަނީ އޭގެ ކުރީއަހަރު މާރިޗު މަހާ އަޅާ ބަލާއިރު 18.5 އިންސައްތާގެ ކުރިއެރުމެއް ހޯދާފައެވެ. ނިމިދިޔަ މާރިޗް މަހު އެކަނިވެސް ރާއްޖެއަށް 133466 ފަތުރުވެރިންވަނީ ޒިޔާރާތްކޮއްފައިވާއި 2018 ވަނަ އަހަރުގެ ފުރަތަމަ […]
Read More ›

ދީނާއި ނުކުޅޭ!

''އިސްލާމް'' މިއީ ޢަރަބި ބަހެކެވެ. މި ބަހުގެ މާނައަކީ، ﷲ އަށް ކިޔަމަންވެ، ބޯލަނބައި، އެ ކަލާނގެ އަމުރުފުޅުތަކާ އެއްގޮތްވާގޮތުގެ މަތިން ކަންތައްތައް ކުރުމެވެ. ''އިސްލާމް'' ދީނުގެ އަހުލުވެރިންނީ ''މުސްލިމް'' އެވެ. މުސްލިމްގެ މާނައަކީ، ﷲ އަށް ކިޔަމަންގަންނަ މީހާއެވެ. އަދި އެ ކަލާނގެ އަށް ބޯލަނބައި އެ ކަލާނގެ އަމުރުފުޅުތަކާ އެއްގޮތަށް ކަންތައް ކުރާ މީހާއެވެ. ހަމައެކަނި މާތް ﷲ އަޅުކަން ކޮށް، އެ ކަލާނގެ ފޮނުއްވި ހުރިހާ ނަބީން ތެދުކޮށް، އެކަލާނގެ ޝަރީޢަތަށް ތަބާވެއްޖެނަމަ އެއީ މުސްލިމެކެވެ. މާތް ﷲ ވަނީ، ޤިޔާމަތާ ޖެހެންދެން މި ދީން ރައްކާތެރިކުރައްވާ، ބަދަލުކުރުންތަކުން ދީން ޙިމާޔަތްކުރައްވާނެ ކަމަށް ވަޢްދުވެވޮޑިގެންފައެވެ. ދީނުގެ މައިގަނޑު އަސްލަކީ ކީރިތި ޤުރުއާނެވެ. ދެން އެއަށް ފަހު ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޞައްޙަ ސުންނަތެވެ. ދިވެހިރާއްޖެ އާއި ހަމަޔަށް އިސްލާމް ދީން ފޯރާފައިވަނީ ހިޖުރައިން 6 ވަނަ ޤަރުނުގެ ކުރީކޮޅުގައެވެ. އެއީ މީލާދީން 12 ވަނަ ޤަރުނުގެ ކުރީކޮޅެވެ. ރަސްމީ ގޮތުން ދިވެހިރާއްޖެ އިސްލާމް ވި ދުވަހުގެ ގޮތުގައި ބެލެވެނީ ދިވެހިރާއްޖޭގެ އެއިރުގެ ރަދުން އިސްލާމް ދީނަށް ވެދެވަޑައިގަތް ދުވަހެވެ. އެ ދުވަހުގެ ގޮތުގައި ބެލެވިފައިވަނީ 2 ރަބީޢުލް އާޚިރު 548 ހ. (26 ޖޫން 1153 މ.) ވީ ހުކުރު ދުވަހެކެވެ. ރާއްޖެ އިސްލާމްވިފަހުން މިއަދާހަމަޔަށް 865 އަހަރު ވެފައިވާއިރު ދިވެހިން އަދިވެސް ތިބީ ނުގުޑާފަދަ އަޒުމެއްގައި އިސްލާމްދީނުގެ ހިދާޔަތުގައެވެ. ނަމަވެސް ކޮންމެތަނެއްގައިވެސް ގައުމަށް ޣައްދާރުވާނޭބަޔަކު އުޅޭނެފަދައިން މި ފަސްގަނޑުގައިވެސް ގައުމަށާއި ދީނަށް ގޮންޖަހާ މަދުބަޔަކު ދަނީ އުޅެމުންނެވެ. ވަންހަނާ ކުރުމުގެ ބޭނުމެއް ނެތްތާއެވެ. ވެރިކަމުގެ ދަހިވެތިކަމުގައި ދީނާ ގައުމު މިވެރިން މިއަދު މިވަނީ ބޭރުގެ ޔަހޫދީންއަށް ވިއްކާލާފައެވެ. ޖެނުއަރީ މަހުގެ 8-11 އަށް ރާއްޖެއަށް އީޔޫ ފޮނުވި މިޝަނުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާ ބައްދަލުކުރުމަށްފަހު މިއަދު ވަނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރި ކަންބޮޑުވުންތައް ފާހަގަކޮށްފައެވެ. ރާއްޖޭގައި އިންސާފުވެރިއިންތިހާބެއް ބޭއްވުމަށް […]
Read More ›

މަވެސް ހުރީމެވެ!

ޝައުބާން މަހެއްގެ ފުރަތަމަ ދުވަހުގެ ފަތިހުގެ ވަގުތެވެ. ގޮވާގަތް ހާ ތަކާއެކު ތެދުވެ އަތިރިޔަށްގޮސް ، ގައިންބޮލުން ތާހިރުވެލާގެން ފަތިހުގެ އަޅުކަން މާތް ރަސްކަލާންގެ އަށް އަދާކޮއް އެއްއަތުން ބަދި އަނެއްއަތުން ބަޅު ވަޅި ހިފައިގެން ފޫގަޅާލީ ބަނޑުފުރާނަ މުއްތި ކުރާނޭ ފަދައެއް ހޯދުމަށެވެ. އެދިޔަގޮތަށްގޮސް އަތިރިމަތީ ހުރި ރުކަކަށް ފަރިތަކަމާއެކު އެރިއެވެ. ރައިވެރިބެއަށް ބޮންތިއަށް ވާސިލުވާން މިނެޓެއް ނުނަގައެއެވެ. ފަރިތަކަމާއެކު ޅަ އެތެއް ކޮށާ، މަށާ އަޅާފިއެވެ. އަރައިގެން އައި އިރުގެ ދޯތިތަށް ފަނތަކުގެބުޑުން ފޭދި މޫނުގައި ބީހުމާއިއެކު އެދިމާލަށް ބަލައިލިއެވެ. އެތަކާއި އެތެއް ބަނޖަކާއި ބަންޖެއް ދޫކޮއްލާ ބޮންތީގެ ކޮޅަށް ދެމިގަތީ ހާސްކަމާ ބިރުވެރިކަމުން ފުރިގެންވީ ހިތަކާއިއެކުއެވެ. ކޯރުހެދި ދެމެމުންދިޔަ ދިވެހިންގެ ރަތްކަންގަދަ ލޭ އެހުރީ ފެންނަންށެވެ. މާލޭގެ ހުޅަނގު ފަރާތުން ގަދަޔަށް އެހެރަގެން ހަނގުރާމަ ކުރެވެނީއެވެ. ރާއްޖޭގެ ޗާލުކަމަށް ދަހިވެތިވެ ދީވާނާވެ ރާއްޖޭގެ ވެރިކަމަށް ފެންބޮވައިގަތްފައި ތިބި ނުލަފާވި ޕޯޗުގީޒު ހަނގުރާމަވެރީނާއި ގަދަ ހިތްވަރާއިއެކު އަލިރަސްގެފާނުންގެ ލަޝްކަރު ދިވެހި ގައުމާއި، ދިވެހިންގެ ދީނާއި މިނިވަންކަމާއި އިސްތިޤްލާލާއި ހަމަޖެހުމުގެ ދިފާއުގައި ނުގުޑާފަދަ އަޒުމްފުޅަކާއިގެން ހަނގުރާމަ ކުރެވެނީއެވެ. ކަމަކު ދާކަށްނެތެވެ. ރަނދުންނާއި މަދު މިސްކޮޅު އިސްލާމްދީނާ މި މަތިވެރި ފަސްގަނޑުގެ ދިފާއުގައި އެހެރަގެން ލޭ ކޮށިވަނީއެވެ. ހިތްވަރުގަދަ އަލިރަސްގެފާނާއި މަދު ދިވެހި ބަތޮލުންކޮޅެއް ޖިހާދުވަނީއެވެ. ގައުމީ ލޯތްބާއި އިސްލާމްދީނުގެ ދިފާއުގައި އެހެރަ އަރާގަތް ފޯރިއަކުން ނަގޫޖެހިތާ ބޯޖަހާ ރުކުން ފުންމާލީމެވެ. އަތުގައި އޮތް ބަޅުވަޅި ތައުހީދުގެ ކަލިމައާއެކު އެހެރަގެން އުފުލާލީމެވެ. ހޭޅިން ހޮވި ދެ ހުހި ، ކާލި ބަނދެ، ގައުމަށްޓަކައި ނެތްހިއްވަރު ކަށިންނެރެ ފަތާފައި ގޮސް " މަވެސް ހުރީމޭ! ހިލާ ދުލެއް ނުދޭނަމޭ! " ގޮވާލިއެވެ. ކޮންފަދަ މަތިވެރިކަމެއްތޯއެވެ؟ ޢަދުއްވުންގެ ލަޝްކަރުގެ ލޯ އަވަރު މީހަކު ފޮނުވާލި ތީރެއް އަލިރަސްގެފާނުންގެ މޭކޮޅައެރިއެވެ. ދިވެހީންގެ އެތައް ބައެއްގެ ލޮލުން ކަރުނަ އޮހޮރުވާ ހިތާމައިން ފުރިގެންދިޔައެވެ. ހިތްވަރުފުޅާއި އަޒުމްފުޅު ވަރުގަދަ އަލިރަސްގެފާނު ޝަހީދުވެގެން ވެއްޓިވަޑައިގެން މަންޒަރުވީ ދިވެހީންގެ ތެރެއިން އެންމެ ފަރުދަކަށްވެސް ބަލާން […]
Read More ›

" ސުހާގުރާތު " އަލަތު ފުލެޓްގައި

  ޒުވާނުންނަށް މިއީ އުންމީދީ ވެރިކަމެކެވެ. ގިނަވެ ބިއްޖެހުން ނިމުމަކަށް ގެނެސްދެއްވާ ޒުވާނުންނަށް ގިނަ ފުރުސަތު ތަކެއް ހުޅުވާލެއްވި ވެރިކަމެކެވެ. އެކަހެރިކުރި ޒުވާނުން އަތުލަފިކޮއް މިއަދު ކޮޅަށް ޖައްސުވައިފިއެވެ. ކަޓަރާ ، ލަޓިބުރި ގެ އިތުރުން ބިޑި ސުއްޓާ އަކީ ޒުވާން އަތްތަކަށް އެހާ " ސޫޓަބަލް " އެއްޗެއް ނޫންކަމާ ކޮންމެ ޒުވާނަކީ ބޭނުންތެރި ހަރުދަނާ ޤާބިލް ބައެއްކަން ދައްކުވައިދިނީ މިވެރިކަމުގައެވެ. ރަނގަޅު ވަޒީފާއަކަށް ދާންފަށައިފީމެވެ. ގޭދޮށުގައި އުޅުނު " ޕާޓޭ " މިހާރު ހަރުދަނާވެއްޖެއެވެ. މަންޖެޔާ ހިތާވެގެން އުޅެތާ މިހާރު 4 އަހަރުވީއެވެ. ނަމަވެސް ކައިވެންޏެއް ކުރެވެންނެތީއެވެ. އިނދެގެން މަސްވެރިންޕާކު އަށި މައްޗަކަށް ނުދެވޭނެ ނޫންތޯއެވެ. މި ވެރިކަމުގައި އެއް ހުވަފެނެއް އަދި ހަޤީގަތަކަށް ނުހެދުނެވެ. އަލަތު ކައިވެނީގެ ހުވަފެނެވެ. ލޯބިވާ އަތްބަކާއި ދަރިއެއް ހުރުމަށް އެދޭ ހުވަފެނެވެ. އަލަތު ކާވެންޏާއިއެކު އުޅޭނެ އުފާވެރި ދުވަސްތަކެވެ. އަލަތު ފުލެޓް ގަނޑު ލިބޭނެ ކަމަށް ކުރެވޭ އުންމީދެވެ. ގޭދޮށު އެތަކެއް ޒުވާނުންނެއްގެ ހުވަފެންތަކުގެ ފާލަމަވެ. ހުޅުމާލެ - މާލެ ބުރިޖުގެ މަސައްކަތަކީ ޖުމްލަ 300 މިލިއަން ޑޮލަރު (4626 މިލިއަން ރުފިޔާ) ޚަރަދު ކުރައްވައިގެން ސަރުކާރުން މިހާތަނަށް ޒުވާނުންނާއި އަދި ޖުމްލަކޮން އެންމެހާ ރައްޔިތުންނަށްޓަކައި ހިންގަވާ އެންމެ ބޮޑު އެއް މަސްރުއޫއެވެ. ޗައިނާގެ، ސީސީސީސީ ސެކަންޑް ހާބަ އިންޖިނިއަރިން އާއި ހަވާލު ކުރަށްވައިގެން އަޅާ ބުރިޖުގެ ދިގު މިނުގައި 20.3 މީޓަރު ހުންނައިރު އުސްމިނުގައި 12 މީޓަރުގެ އުސް އުޅަނދު ފަހަރު ޖެހިލުމެއް ނެތި ބްރިޖްގެ ދަށުން ދަތުރުކުރެވޭނެ އެވެ.އެންމެ ޒަމާނީ ފެންވަރަށް ހަދާ ޗައިނާ މޯލްޑިވްސް ޕްރެޑްޝިޕް ބްރިޖް މަތިން 15 މިނެޓް ތެރޭގައި 6،500 އަށްވުރެ ގިނަ މީހުންނަށް މާލެ އިން ހުޅުމާލެ އަށް ދަތުރުކޮށްލެވޭނެ އެވެ. ހިގާމީހުންނަށް ދުއްވާމީހުންނަށް ބައިސްކަލުތަކަށް ވަކިން ހާއްސަކޮއް އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މި ބްރިޖުގައި ކައިވެނި ހަފްލާތަކަށްވެސް ހާއްސަކުރެވިގެން ދާނެއެވެ. މާމަމެން ކާފަމެން ވެސް ހަވީރު ފިންޔަށް " ކަޕުލްސް ގޯލް […]
Read More ›

ޗުއިންގަމް ޗުއިންގަމް

" ޗުއިންގަމް ޗުއިންގަމް " މިއީ ގައިމުވެސް އަޅުގަނޑަށް އައު ޅެމެއްނޫނެވެ. އަދި މި އުމުރުގެ މީހަކަށް ގައިމުވެސް އޮޅޭނެ ޅެމެއްވެސް ނުމެ ނޫނެވެ. ކުޑައިރުގެ ފޮނި ހަނދާންތަކާއި އެކުވެފައިވާ މި ރީތި ޅެން ކުޑައިރު ކިލާހުގައި ކީޔައި އުޅުނު ހަނދާނަކީ ފޮނި ހަނދާންތަކެވެ. ނަމަވެސް މިއަދު ބޮޑުވެ އަތްފައި ހެލިލާފިއެވެ. އޭރު " ޗުއިންގަމް ޗުއިންގަމް " ކުދިންގެ ތެރޭގައި މަސްހޫރު ޅެމެއް ނަމަވެސް މިއަދު ތަފާތު ވެއްޖެއެވެ. ހަތަރުފަރާތުން އިވެނީ ޗުއިންގަމު ހަފައި އަޑަށްވުރެ ކޮންކްރީޓު މަސައްކަތް ކުރާ އަޑެވެ. ތަރައްޤީ ގައުމުގެ ދޮރާށީގައި ޑަކިދޭ އަޑެވެ. " ތަރައްޤީ ތަރައްޤީ " ތަރައްޤީ ތަރައްޤީ މާލެ ތެރޭގައި ތަރައްޤީ ތަރައްޤީ ތަރައްޤީ އަތޮޅުތެރޭގައި ތަރައްޤީ ރަށުތެރޭގައި ރައްޔިތުން ގޮވަނީއޭ ތަރައްޤީ އަލިފުޅުބެ  ގޮވަނީ   ތަރައްޤީ  ތަރައްޤީ ގަންޖާބޯ   ގޮވާލަމުން ހުރެ އައްސަވަތްޕޭ ލެވީ ކޮންކަމަކާހެ ހަޅޭ ބަލަ  ތަރައްޤީއެއް ނިކަން ބައްލަވާށޭ އަލިފުޅުބެ ބުންޏޭ މާލެއާއި އަތޮޅުތެރޭ  އޮތީ  ހުސް ތަރައްޤީ ޕާކުތަކާ ހަސްޕަތާލު ތަކުގައި ތަރައްޤީ ގާދޫކޮލާ ހުޅުލޭގައި    އޮތީ   ތަރައްޤީ ރައްޔިތުން ހެނީއޭ އުފާވެސް ކުރަނީއޭ ޔާނު ހުރެ  ކުރީތީ  ގައުމު  ތަރައްޤީ ގަންޖާބޯ ސުވާލެއްކުރައްވައިފި ބާރައް ގެނައީ ކޮންބައެއްހޭ ގައުމަށް  ތަރައްޤީ އެކަން ކުރި ކަމަށްވީ ރައީސް ޔާމީންއޭ ފަހުންބުނެފިއޭ ބޭނުމީ ގައުމަށް ތަރައްޤީ              
Read More ›