MENU

މައުމޫން ދެއްކި ރަންބުއްދި ޑިމޮކްރަސީ

އެމްޑީޕީ މީހުންނަކީ ރީނދޫ ހުން ޖެހުމުން ހުރިހާ ކަމެއް ބަދަލުވާކަމަށް ގަބޫލުކުރާ ބައެކެވެ. ކިތަންމެ ގިނަ މައްސަލަތަކެއްގެ އިނގިލި ދިއްކުރެވިފައިވާ މީހެއްނަމަވެސް، އެމް.ޑީ.ޕީ އާ ގުޅުމުން، އެއްވެސް ކުށެއް ނުކުރާ، މައުސޫމު މީހަކަށް ބަދަލުވެދެއެވެ. މި ފަހަރަކަށް އައިސް އެމްޑީޕީގެ މުހައްމަދު ނަޝީދަށްވުރެ އެޕާޓީގެ މީހުންނަށް ކަމުގޮސްގެން އުޅޭ މީހަކީ ރައީސް މައުމޫނެވެ. ހުދު އެމްޑީޕީގެ ބައެއް ލީޑަރުންނަށް ވެސް މިހާރު މައުމޫނަކީ ރަންތިރީސް އަހަރުގެ ބާނީކަމުގައިވެއްޖެއެވެ. އެކަމަކު މުޅި ދުނިޔެއަށް މައުމޫނަކީ އަނިޔާވެރި ޑިކްޓޭޓަރެއްކަމުގައި ދައްކައި، މައުމޫނުގެ އަބުރު ވެއްޔާ މޮޑެލައި ގަންހިންގުވަން އުޅުނުބަޔަކީ ވެސް އެމްޑީޕީއެވެ. ނަމަވެސް ވެރިކަމުގެ މަސްތުގައި މައުމޫން ވެސް ރީނދުލަށް ދީދާލީ މިއިން އެއްވެސް ކަމެއް ނުވާކަމަށް ހަދައިގެންނެވެ. އެމްޑީޕީގެ އިހުގެ ވާހަކަތަކަށް ޖެހިލަމާ ހެއްޔެވެ. މަޝްހޫރު ޑީއޯގެ ޒަމާނުގައި ރާއްޖޭގެ މަޝްހޫރު ސިޔާސީ ލިޔުންތެރިއަކު މައުމޫން ސިފަކުރެއްވިގޮތް ތިރީގައިމިވަނީއެވެ. " 1978 ވަނަ އަހަރުގެ ނޮވެންބަރުން 11 ވިލޭރޭ މެންދަންވުމާ ގާތްވަމުން އައިއިރު މާފަންނު އެންދެރިމާގޭގައި ދިޔައީ ގަދަޔަށް މާލޫދު ކިޔަމުންނެވެ. މާލޫދު ދެބައިކުރަން އެންމެން ތެދުވެތިބެ "ޠަލަޢަލް ބަދުރު ޢަލައިނާ" ކިޔަންފެށި ހިސާބުން، މާލޫދު ގުރޫޕާ ސަލާންކުރައްވައި، ކޯޓު ފަޓުލޫނާއި ރަސްމީ ޢިއްޒަތުގައި އެގޯތި ނަސްރީނާ އިބްރާހީމްގެ ފިރިކަލުން މައުމޫން ޢަބްދުލްޤައްޔޫމު މިސްރާބު ޖެއްސެވީ، ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ޤާނޫނީ ހުވައި ކުރެއްވުމުގެ ދަރުބާރަށް ވަޑައިގަތުމަށެވެ. އެރޭ މެންދަމު 12 ޖަހާއިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ މައުމޫނު ޢަބްދުލްޤައްޔޫމު ޙަވާލުވެވަޑައިގަތުމުގެ ކުރީން އޭރު އެގަޑީގައިވެސް މައުމޫނު ހުންނެވީ ވަޒަންލައްވައި ޙަމަލާއަށް ތައްޔާރުކޮށްފައިވާ ފިސްތޯލައެއް ހިއްޕަވައިގެންނެވެ. ބޭނުމަކީ، މައުމޫނަށް އެރޭ ލިބިވަޑައިގަންނަވަން އޮތް ވެރިކަން ފިރުކައިލުމަށް އެއްވެސް ބަޔަކު ކުޑަވެސް ނުސިޔާނު ޢަމަލެއް ހިންގަން އުޅުހެން ހީވިޔަސް އެބަޔަކަށް ހަމަލާދީ، ލޭއޮހޮރުވައިލުމެވެ. ވެރިކަން ދިފާޢުކުރުމަށްޓަކައި ޖާނުން ޤުރުބާންވުމެވެ." އެމްޑީޕީން ދުނިޔެއަށް ދައްކައިދީފައިވާފަދައިން މައުމޫން ރާއްޖޭގެ ވެރިކަމުގައި ހުންނެވީ ގޮށްމުށުގެ ބާރުގައެވެ. ވެރިކަމުގައި ތާއަބަދު ހުންނެވުމަށް، ރަންބުއްދި ކުރެއްވިއެވެ. ޑިމޮކްރަސީއަކީ ތިންބާރު ވަކިކުރާ ވަކިވެފައި […]
Read More ›

ކެނެރީގޭ ޙާއިނުން!

ލޮބުވެތި ރައްޔިތުންނޭވެ. މިނިވަންކަމާ އިސްތިގުލާލަކީ ގައުމެއްގެ އެންމެ އަގުބޮޑު ރައުސުލްމާލެވެ. ގައުމެއްގެ ފުރާނައެވެ. 52 ވަނަ މިނިވަން ދުވަހެއް އަޅުގަނޑުމެން ފާހަގަ ކޮއްފީމުއެވެ. މިނިވަންކަން ލިބުނީތީ އުފާކޮއް ޝުކުރުވެރިވާ ހާލު ގައުމީ ކުލަތަކުން ޖަރީވެތިބެއެވެ. ނަމަވެސް މިޔަދުގެ މިދެކޭ އުފާ ފާގަތިކަމާ މިނިވަންކަމުގެ ސާފު ޖައްވަކަށް ދިވެހިން ލަމުން މިގެންދާ ނޭވާ އަޅުވެތިކަމުން ތަގައްޔަރު ވެފައިވާ ޖައްވަކަށް ބަދަލު ކުރުމަށް އޭރުވެސް މިހާރުވެސް ދިވެހިންގެ ތެރޭން މަދު ހާއިނުންތަކެއް ދަނީ ގަދައަޅާ މަސައްކަތް ކުރަމުންއެވެ. އޭރުވެސް ހޯދީ އިނގިރޭސީންގެ ހިމާޔަތާ މަދަދުވެރިކަމެވެ. މިޔަދުވެސް ހޯދަނީ ހަމަ އެ އިނގިރޭސީންގެ މަދަދުވެރިކަމާ ހިމާޔަތެވެ. ބޮޑުބޭބެއިން ފެށިގެން ބައްފަޔަށް އެއަށްފަހު ދަރިންއަށް ވާރުތަވަމުން އައީ އެއްކަމެކެވެ. ވެރިކަމާ ތޮޅުމާ ޣައްދާރުކަމުގެ ސިފައެވެ. ފަށަމާ ބަހީއެވެ. ފުރަތަމަ ކެރަފާ ދޮންމަނިކެވެ. ޑިމޮކުރަސީގެ ބަފައޭ ތިކިޔާ އަންނިގެ ކާފައެވެ. 1952 އަހަރު ވެރިކަމުގައި ހުންނެވި މުހައްމަދު އަމީން އަށް ވަޅިން ހަމަލާދީ ގަތުލިކޮއްލަން މަސައްކަތް ކުރިއެވެ. އެއަށްފަހު 1976 ވަނަ އަހަރު އިބްރާހިމް ނާސިރުގެ ވެރިކަމުގައި އަންނިގެ ބައްޕަ ކެރަފާ އަބްދުއްސައްތާރު ފިސްތޯލައެއް ބޭނުންކޮއްގެން އިބްރާހިމް ނާސިރު އަވަހާރަ ކޮއްލަން މަސައްކަތް ވަނީ ކޮއްފައެވެ. އޭގެފަހުން އަންނިގެ ބޮޑުބޭބެ ކެރަފާ ނަސީމް 1980 ވަނައަހަރު އަދި 1988 ވަނަ އަހަރު އަންނިގެ ތުއްތު ދޮންބެ ބޮޑު ސިއްކަ ވަނީ އޭރުގެ ރައީސް މިހާރުގެ އަންނިގެ އެކުވެރިޔާ މައުމޫނު މަރާލަން މަސައްކަތްކޮއް ކުށެއްނެތް އެތަކެއް ދިވެހިންނެއް ޝަހީދުކޮއްލާފައެވެ. އޭގެ ފަހުން 2008 ވަނަ އަހަރު ކެނެރީގޭ ނަޝީދެވެ. ގައުމަށް ގައްދާރުވެ ވެރިކަންދޫކޮއްލުމަށްފަހު ހުޅަގުގެ ކާފަރު ގައުމެއްގެ ހިމާޔަތް ހޯދާގެން ހުރެ ގައުމު ބަދުނާމުކޮއް ގައުމުގެ އަގުވައްޓާލާ ގައުމު އަޅުވެތިކުރުމަށް އެދަނީ ގޮވަމުންނެވެ. އެއް ލެޔެކެވެ.
Read More ›

ބަނގުރަލުގެ ވަސް ބޮޑަށް އެނގޭނީ ރޮޒޭ މެންނަށެވެ.

ފެބްރުއަރީ 7 ވަނަ ދުވަހު ސަލާމަތީ ބާރުތަކަށް އޭރުގެ ވެރިކަމުގައި ހުންނެވި ނަޝީދު ކުރައްވަމުން ގެންދެވި ޣައިރު ގާނޫނީ އަމުރުތަކަށް ތަބާނުވެ އޭރުގެ އިދިކޮޅުފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާގައި ވެރިކަން ވެއްޓުމާގުޅިގެން އެމްޑީޕީއާ ނަޝީދުގެ އައުވާނުން ފުލުހުންނާ ސިފައިންދެކެ އައީ އަމަށަކު ރުޅިއެއް ނޫނެވެ. ހެއްދެވިހާ ހުތުރު އެއްޗަކުން ފުލުހުންނާ ސިފައިންނަށް ނިސްބަތްކޮއް ގޮވަމުން ދިޔައީ އޭގެން މީހަކަށް އަނބިދަރިންގޮވާގެން މަގުމަށްޗަށް ނިކުމެ އުޅެވޭވަރަކަށް ނޫނެވެ. ފުލުހުންނާ ސިފައިންގެ އަނބިދަރީންގެ އިއްފަތްތެރިކަން ފޭރިގަތުމަށް ވެސް އެމްޑީޕީން ސަޕޯޓަރުން ދިޔައީ ގޮވަމުންނެވެ. މަރުގެ އިންޒާރުދީ އެތަށް ފުލުހަކަށް ގޯނާކުރި ދުވަސްވަރެއްވެސް ދިޔައެވެ. ޖެހިފައިވާ ޖަޒުބާތު ފިލާ ދުވަސްގަނޑަކަށްފަހު ވެރިކަން ފުރޮޅާލުމަށް މަސައްކަތް އެމްޑީޕީން ފެށުމާއެކު ފުލުހުންނާ ސިފައިންއަށް ސަނާކިޔަންފަށައިފިއެވެ. ރައީސް ޔާމީން ގެ ސަރުކާރު ވައްޓާލަން ފުލުހުންނާ ސިފައިންނަށް ވިސްނާދެމުން ގެންދިޔައެވެ. ފުލުހުންނާ ސިފައިން ތިބީ މަޖުބޫރީ ހާލަތެއްގައި ކަމުގައި ވިސްނައިދީ ސަލާމަތީ ބާރުތަކުން ނުކުމެ އިދިކޮޅުފަރާތްތަކާ ގުޅުމަށްވެސް ދިޔައީ ވިސްނައި ދެމުންނެވެ. އެންމެފަހުން މިމަހުގެ 24 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މަޖިލީސްދޮށައް އެއްވެ ކުރި މުޒާހަރާގައި ބައެއް މަޖިލިސް މެންބަރުންއާއިއެކު އާމުންގެ ދެތިންބަޔަކު މަޖިލީހުގެ އިދާރާޔަށް ވަދެގަތުމުން ފުލުހުން މަޖިލީހަށް ވަދެ އެފަރާތްތަކުން ނެރުމަށް މަސައްކަތް ކުރަމުން ދަނިކޮން އެމްޕީ ރޮޒޭނާޔަށް ފުލުހެއްގެ އަނގައިން މިޔޮއް އޮތްހާދުވަހު ދޮވަމުންދިޔަ ވެރިކަމުގެ ވަސް މިޔަދު ފުލުހުން ސަރުކާރާ ދެކޮޅު ނުވާނެކަން އެނގުމުން ބަނގުރަލުގެ ވަހަށް ބަދަލުވެއްޖެއެވެ. އާއެކެވެ! ބޮޑަށް އެނގިވަޑައި ގަންނަވާނީ ރޮޒޭނާ އަށެވެ. ބޯންވާނެ ބޮވެންވާނެ ރައީސްއާއި  އެއްސުފުރާއިން ހުޅަނގުގެ ގައުމުތަކުގައި ފަރީއްކުޅުއްވާ ޒޮރޭނާ މެންނަށް ވުރެއް ބޮޑަށް ބަނގުރަލުގެ ވަސް ދެނެވަޑައިގަންނަވާނެ ބަޔަކު ނުތިބޭނެއެވެ.
Read More ›

ޒިންމާ ނަގަންޖެހޭނީ ރައީސް މައުމޫން

ރައީސް މައުމޫނަކީ އަޒުހަރު ޔުނިވަރސިޓީން ދީނީ ތަޢުލީމު ޙާޞިލުކޮށްފައިވާ ބޭފުޅެކެވެ. ތިރީސް އަހަރު ވަންދެން ރާއްޖޭގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. ދިވެހިރާއްޖޭން އެރުވޭ ދައުލަތުގެ އެންމެ މަތީ ޢިއްޒަތް ދެވިފައިވާ ބޭފުޅެއްވެސް މެއެވެ. މިސަބަބުތަކާހުރެ ރައީސް މައުމޫންގެ ކިބައިން ދިވެހިން އުންމީދުކުރާ ކަންތައްތަކެއް ހުންނާނެއެވެ. އެކަންކަން އެމަނިކުފާނުގެ ފުށުން ނުފެންނަނީ ކީއްވެގެންހެއްޔެވެ؟ މިސުވާލުގެ ޖަވާބު ހޯދާލުމަށްޓަކައި ރައީސް މައުމޫންގެ ސިޔާސީ ޙަޔާތަށް ނަޒަރު ހިންގާލަމާތޯއެވެ! މިސްރުގައި ކިޔަވަން އުޅުއްވިއިރުވެސް ރައީސް މައުމޫން ގެންދެވީ ރާއްޖޭގެ ސިޔާސީ ކަންކަމަށް ފާޑު ވިދާޅުވަމުންނެވެ. އެކަމާގުޅިގެން މިސްރުގައި ހުންނެވި ދުވަސްވަރު ގޮންޖެހުންތައް ކުރިމަތިވިއެވެ. އެއީ ކިޔެވުމުގެ ދުވަސްވަރެވެ. އޭރުވެސް ސިޔާސަ ބޭފުޅަކު މިހާރު މާބޮޑަށް ސިޔާސަ ވާނެތާއެވެ. ރައީސް މައުމޫންގެ ފަރާތްޕުޅުން މިހާރު ފެންނަމުން އެދަނީ "ސިޔާސީ ފެންކުރާ" ކައްކާ މަންޒަރެވެ. އެ ކުރާ ކެކެމުންދާ ވަރަކަށް ބޮކިތައް އަރަމުންދާނެއެވެ. ބޮކިތައް އެރުން ހުއްޓޭނީ ފެންކުރާގެ ކެކުން ހުއްޓުނީމައެވެ. މިސްރުން ރާއްޖެ ވަޑައިގެން ރައީސް މައުމޫން ރާއްޖޭގައި މަސައްކަތް ކުރައްވަން ފުރަތަމަ ފެއްޓެވީވެސް ވެރިކަމަށް ވަޑައިގަތުމަށް އަމާޒުކުރައްވައިގެންނެވެ. ނަތީޖާއެއްގެގޮތުން، އިސާހިތަކު މަރުހޫމް އިބުރާހީމް ނާޞިރުގެ ސިޔާސަތުތަކަށް ފާޑު ވިފާޅުވެ، ދިވެހިންގެ ހިތްތަކުގައި ނާޞިރުގެ ވެރިކަމާމެދު ވަސްވާސް އުފައްދައި، އިތުބާރު ނަގައިލުމަށް މަސައްކަތް ފެށިއެވެ. ބޮނޑިބަތް ފަރިވަޅުތަކާއި ބިންމި މާފުއް ދޮލަނގުތައް ދަންވަރު ބަހަން ފެށިއެވެ. ކިޔެވެލިތައް ކިޔަވަން ފެށިއެވެ. ރައްޔިތުންގެ ސިކުނޑިތަކަށް ސަވާރުވުމަށްޓަކައި ދީނީ ވައުޒު ވިދާޅުވަމުންގެންދެވިއެވެ. ހަތިޔާރެއްގެގޮތުގައި ބޭނުންކުރީ އިސްލާމް ދީނެވެ. މިއަދު ރާއްޖޭގައި ފެތުރެމުންމިދާ ދީނީ ހައްދުފަހަނަ އަޅައިދިއުމަކީ ރައީސް މައުމޫންގެ ވެރިކަމުގައި އެޅި ބިންގަލުގެ ސަބަބުން އަށަގެނެފައިވާ ކަމެކެވެ. މިސްރުން މާލެ ވަޑައިގެން ރައީސް މައުމޫން ކުޅުއްވަން ފެއްޓެވި ސިޔާސީ ކުޅިވަރުތަކުގެ ސަބަބުން މަރުހޫމް ރައީސް ނާޞިރު ވެރިކަމުގެ މަތިން ފޫހިވެ، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުން އިސްތިއުފާ ދެއްވަން ނިންމަވައި، ރިޔާސީ އިންތިޚާބު ބާއްވައި، ރައްޔިތުންނަށްޓަކައި ޒިންމާދާރު ވެރިކަމެއް ކުރައްވާނެކަމުގެ ވައުދާއެކު ރައީސް މައުމޫން ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާގެ މަޤާމަށް ހޮވުނެވެ. އަދި އޭރުގެ ސިޔާސީ މަޝްރަހު […]
Read More ›

އަދީބުގެ ގުލްކޮމާ؟؟!!

ގައުމުގެ ވަލީއުލްއަމުރު އަވަހާރަކޮއްލަން އުޅުނުކަމުގެ ކުއްސާބިތުވެ ޖަލައްލެވިފައިވާ ކުރީގެ ނައީބުރައީސް އަހުމަދު އަދީބު ޖަލަށް ލުމާއެކު ނުޖެހޭކަށް ބައްޔެއްނެތެވެ. ދެކިޑުނީޔާ އޯވަރީވެސް ފެއިލްނުވާކަން ހަމަ ކިރިޔާއެވެ. ބަލިކަމުން ލޮލުހާލު ލޮލަށް ނޭގޭ ވަރަށްގޮސް ނުރައްކާތެރި ގުލްކޮމާވެސް ޖެހިއްޖެއެވެ. ނުޖެހެންވީ ސަބަބެއް ނެތެވެ. އާރާ ބާރު އޮތްދުވަހު ބަނިޔާދަން އަންހެންކުދިންގެ "ފޭވަރިޓް" އަކީ އަދީބެވެ. އެދުވަސްވަރު ތަންތަނުން ޕްރައިވެޓް ކަންކަމުގައި ނަންގަވާފައި ހުންނެވި އެޕާޓްމަންޓުތަކަށްވެސް ނިކަން އެފަދަ ކުދިން ގެންދަވާ ކަމަށް ވެއެވެ. އެހެންކަމުން އޮރިޔާމުން ނައްޓަވަން ގެންގުޅުއްވި ބާންދީންތަށް ލޮލަށް ނުފެނުމުން ގުލްކޮމާ ނުޖެހުނީޔާ ދެރަނޫންތޯއެވެ؟
Read More ›

އިއްޒަތްތެރި ގޮޅާބޮލަށް

  އިއްޒަތްތެރި ގޮޅާބޮލަށް ވެދުމާ ސަލާމެވެ. ބޭފުޅާއެވެ! 30 އަހަރު ގުނބޯ ހެއްދުވީތީ ޅޮސްއުނދޯލީގައި ތިބެ ނިކަން ސަނާ ކިޔާފީމުއެވެ. ނަމަވެސް ވެރިކަން ފުރޮޅި ދިއުމާއެކު ތޮށިގަނޑު ފަޅާ ތިޔަ ނިކުންނެވީތޯއެވެ؟ އަސްލު ސިފަޔާ މިޒާޖު ފެނިއްޖެއެވެ. ހުރި ގޮތެއް ފޮތެއް ނެތްކަމާ ވެރިކަން ބޭނުމުގައި ކޮންމެ ފަދަ ވާހަކައެއް ދައްކާ ރައްޔިތުން ހެއްލަން އުޅެފާނެކަން އެނގިއްޖެއެވެ. އިޔެ ތިޔަ އިއްޔަތްތެރި ބޭފުޅާ ތާއީދު އަނބުރާ ގެންދިޔަ ކަމަށް ވިދާޅުވިޔެއް ކަމަކު އަޅުގަނޑުމެން ހާހެއް ނުވެއެވެ. ސަބަބަކީ ތިޔަ އިއްޒަތްތެރި ގޮޅާލަށް ކުރެއްވި އިހްތިރާމް މާކުރިން އަޅުގަނޑުމެން ވަނީ އަނބުރާ ގެނެސްފައެވެ. ދެން ވަރަށް ވެދުމެވެ.
Read More ›

އިއްޒަތްތެރި މައުމޫނެވެ!

  އިއްޔެ ބުނީ އެއީ ބާޢީން ކަމުގައެވެ. މިޔަދު ތިޔަ ވިދާޅުވީ އެއީ ގާޒީން ކަމުގައެވެ. އިއްޔެ ދިވެހިންނަ ވިސްނައިދެއްވީ އެއީ މާތްވެގެންވާ އިސްލާމް ދީނާ ކީރިތި ރަސޫލާޔަށް ހަޖޫޖަހާ އުޅޭ ލާދީނީ ބައިގަނޑެއްގެ ގޮތުގައެވެ. ނަމަވެސް މިޔަދު ތިޔަ ވިދާޅުވީ ދީން ހިމާޔަތްކުރަން ތިމަންމަނިކުފާނު މިހުންނެވީ ނިކުމެ އެބައިގަނޑާ އެކުގައޭތޯއެވެ. އެއީ ގައުމުގެ ގައްދާރުންނޭ ޙާއިނުންގެ މަތިފުށުން އައިސް ހުރި ގައްދާރެކޭ އިއްޔެ ވިދާޅުވި ހަނދާން ނެތީތޯއެވެ؟ ނަމަވެސް މިޔަދު މުންޑު އަރުވާ ޖަހާލާގެން ހަށިފޮޅާލާފައި ނުކުމެ ތިޔަވިދާޅުވީ ތިމަން މިހުރީ އެބައިމީހުންނާއެކު ގައުމު ހިމާޔަތްކުރަން ނިކުމެއޭތޯއެވެ.؟؟ އިތްޒަތްތެރި މައުމޫނެވެ. މިހާރު ޝައްކެވެ. ތީ ގައުމަށް ހެޔޮއެދޭ ބޭފުޅެއްތޯއެވެ ނުވަތަ ގައްދާރުންނާ ގުޅުންއޮތް ޚާއިނެއް ތޯއެވެ؟
Read More ›

ހަށިވިއްކަމުން ދުވާތީ ތިޔަތިބީ މަގުމަތިވެފައެވެ.

  ރައްޔިތުންނަށް ގައްދާރުވުމުން ގޮނޑިގެއްލި މަގުމަތިވުމުން މޭފުއްޕާފައި ބަޔަކު ރައްޔިތުންކުރާގެޔަށް ވަދެގަނެ މަޖިލީހުގެ ޖަލްސާ ބާއްވަން އުޅުނީ އަޅެ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީމާ ނޫންތޯއެވެ. ޖަލްސާއެއް ނެތްކަމަށް މަޖިލީހުގެ އިދާރާއިން އެންގުމުން އަމީތު އަދި ވަހީދު ކިޔާ ނިކަން ލަދުހަޔާތްކުޑަ އާމުންގެ ދެމީހަކު މަޖިލިހުގެ ޗެންބަރަށް ވަދުމުން ފުލުހުންނާ ސިފައިން ވަދެ މިމީހުން ނެރެންޖެހުމީ އެކަމާ ދިވެހިން ލަދުވެތިވާކަމެކެވެ. އިރެއްގައި ރައްޔިތުން ތަމްސީލު ކުރިޔަސް އަދު ތީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނެއް ނޫނެވެ. ހަށިވިއްކަމުން ދުވާތީ ތިޔަތިބީ މަގުމަތިވެފައެވެ.
Read More ›

ހޯހޯ އެވެ. ދެން މައުމޫނެއްކަމަކު ޅޮސްއުނދޯއްޔަކަށް ނޭރުވޭނެއެވެ.

  ސަރުކާރުން މާލެއާއި އަތޮޅުތެރޭގެ ރައްތަކަށް ކޮއްދޭ ތަރައްގީގެ ގިނަގުނަ މަސައްކަތްތައް ފެނި އިދިކޮޅު ފަރާތްތަކުން ކެތެއް ނުލެއްވިއެވެ. ދޮހޮއްކޮބޭ ބުނާހެން މިވަރައް މި އޮޑި ދުވާނަމަ ނިވަލަށް ނުދެވެނީސް ކިޔަމަން ކުރަންޖެހިއްޖެކަން ކަށަވަރު ވެއްޖެއެވެ. އިދިކޮޅު ސިޔާސީ ލީޑަރުން ކުރާނެ ކަމެއްމެތި ކަންމަށްޗައް އެއްވެ ދެބައި އުމުރުގެ ރަނޑާލި އަނގަތަޅަން ޖެހޭ ހިސާބައް ހިނގައްޖެއެވެ. ވާނީވެސް އެހެން ނޫންތޯއެވެ. ރަށުގައި ބަނދަރުހަދާ ފެނާ ނަރުދަމާ ގާއިމު ކުރަމުން ދާއިރު އާދަނާ ހައްވަ މާލެ އަންނާކީ ކިހިނެއްތޯއެވެ.؟؟!! މުސްކުޅި އަމަޔަށް 5000 ރުފިޔާލިބި ރަށުގައި ބޮޑުހޮސްޕިޓަލު އަޅާ އެއާރޕޯޓް އަޅާއިރު ކުޅުދޫފުށީ ޒުލޭހަޔާ މަރިޔަނބަށް މާލެ އަންނަން ވަގުތެއް ނެތެވެ. ތުރާކުނުން ފެށިގެން އައްޑު އަތޮޅާ ހަމަޔަށް ރައްޔިތުން ގޮވާލި އަޑު އިވުނީ ހޯހޯ އެވެ. މައުމޫނެއްކަމަކު ޅޮސްއުނދޯއްޔަކަށް ދެން ނޭރުވޭނެއެވެ
Read More ›