MENU

އަނގަފެޅީ މިއަދުތަ؟

މިއީ އަޖައިބެއް ޖަހަލަ ކަމެކެވެ. އެކުގައި އުޅުނުއިރު "އެ" ވަރެއް ނެތެވެ. ޅެން ފަރިހިން ކިޔާ މޮޅު ސަނާތަކާއި، ދަށު ނާރުން އަޑު ނެރެ ލީ ހަޅޭ ތަކުން ރައްޔިތުން ތިބީ ފިއްކަނޑާގެންދާވަރު ވެފައެވެ. އޭރު އެޔަށްވުރެ ރަނގަޅުމީހަކުވެސް ނެތެވެ. ލަފާ މީހަކުވެސް ނެތެވެ. ކޮންފަދަ އަޖައިބެއްތޯއެވެ. ދައްކަން މިއުޅެނީ ރައީސް ޔާމީނާއި، އެންމެންގެ "ބުރޯ" ގެ ވާހަކައެވެ. ރައީސް ވަހީދާއި، ރައީސް ޔާމީންގެ ވެރިކަމުގައި ޓްވަރިޒަމް މިނިސްޓަރުގެ މަގާމު އަދާކުރެއްވުމަށްފަހު ނައިބު ރައީސް ކަމުގެ މަގާމަށް އަދީބު އައްޔަނު ކުރެވިގެން ދިޔަ ދިޔުން ވެގެން ގޮސްފައިވަނީ އޭރުވެސް މިހާރުގެވެސް ސަރުކާރާ އިދިކޮޅު ފިކުރުތަކުގެ މީހުންނަށް ހަޖަމުކުރަން ފަސޭހަ ކަމަކަށް ނޫނެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން ދެން ފެށީ ރައްޔިތުންގެ ކުރިމަތީގައި އަދީބުގެ އަގު ވައްޓާލުމުގެ މަސައްކަތެވެ. އެގޮތުން އަހުމަދު އަދީބުގެ ބޮލުގައި ވައްކަމާ، ހިޔާނާތާ، މީހުން މެރުމުން ފެށިގެން މަގާމުގެ ބާރު ބޭނުންކޮއްގެން ނުފޫޒު ފޯރުވަމުގެ އިތުރުން މަސްތުވާ ތަކެއްޗާ ބަނގުރާ ޒުވާނުންނަށް ބައްސަވާ ކަމުގެ އެތަކެއް ތުހުމަތުތަށް އިދިކޮޅު ފަރާތްތަކުން ދިޔައީ ހަރުއަޑުން ޕޯޑިއަމްތަކާއި، ޓީވީތަކުގެ އިތުރުން މީސް މީޑިއާގައި ގޮވަމުންނެވެ. އަދި ކިޔެއްތޯއެވެ. ޒުވާން އަންހެން ކުދިންގެ ވިޔަފާރި ކުރުމުގެ އިތުރުން، ނޫސްވެރިޔާ ރިލްވާން އަދި މަސްހޫރު ދީނީ އިލްމުވެރިޔާ އަދި ކުރީގެ އުނގޫފާރު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަފްރާސީމް އަލީ އަވަހާރަ ކޮއްލުމަށް ހިންގި ލާއިންސާނީ އަމަލުތަކުގެ ޒިންމާ ނަގަންޖެހޭނީ އަހްމަދު އަދީބުކަމަށް އިދިކޮޅު ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. މާލެތެރޭގައި ހިންގާ ނުރައްކާތެރި މާރާމާރީތަކުން ފެށިގެން ދެމީހަކު ވަރިވިއަސް އިދިކޮޅު ލީޑަރުން ތުހުމަތުގެ އިނގިލި އޭރު ދިއްކުރަމުން ދިޔައީ އަހުމަދު އަދީބަށެވެ. ރާއްޖޭގެ އިތުރުން ދުނިޔޭގެ ނުރައްކާތެރި ކުއްވެރިންނާ ގުޅުވައިގެން ދެއްކި ވާހަކަތަށް މަދެއް ނޫނެވެ. އެހެނަސް ތޯއެވެ. މިއީ ދުނިޔޭގައި ހަމަ ކަން ހިގާ އާދައެވެ. ހާއްސަކޮށް މި ދިވެހި ރާއްޖޭގެ ތަސައްރަފު ނުފުދޭ ސިޔާސީ މައިދާނުގައެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރި ފަދައިން އަހުމަދު އަދީބު […]
Read More ›

އަންނި ފާޅުގައި ދީނާއި ދެކޮޅަށް!

ރާއްޖެއަކީ އައި އެސް އައި އެސްއަށް ވާގިވެރިވެދޭ ގައުމެއްގެ އިތުރުން، އައި އެސް އަށް މީހުން ތަމްރީނުކުރާތަނެކެވެ. ދިވެހި ރާއްޖެއަކީ އިސްލާމްދީނުގެ ނަމުގައި ހައްދު ފަހަނައަޅާފައިވާ މީހުންތަކެއް ދިރިއުޅެމުން އަންނަ ގައުމެކެވެ. ރާއްޖެ ހަމަ މަގައް އެޅުވެން އޮތީ ދިވެހި ޒުވާނުން ހަމައިން ނެއްޓި މިއުޒިކު ޖަހައިގެނެވެ. ކީރިތި ޤުރުއާނާއި ސުންނަތް ފިޔަވާ އެހެން އެއްޗެއް ހޯދައިގެނެވެ. ދޮންމީހުން އުޅޭހެން ބުރަޔާ ޖަންގިޔަލުގައި މަގުތަކާއި، ކަންކަންމަތީ އެކަކު އަނެކަކު ތުންބޮއެ، ބައްދާ ހަދައިގެނެވެ. މިއީ މަބުނި ވާހަކައެއް ނޫނެވެ. މިއީ ގ.ކެނެރީގޭ އަންނި ބުނި ވާހަކަ އެކެވެ. " ރައިސް ޔާމީން ރަނިން މޭޓަކަށް ހޮއްވެވި ޝަހީމަކީ އައި އެސް އައި އެސް އަށް މީހުން ތަމްރީން ކުރާ މީހެއް. ސައުދީ ސަފީރު ޝަހީމަށް ތާއީދު ކުރުމުން އެގެން ބޭނުންވި ހުރިހާކަމެއް ސާފުވެއްޖެ. ސައުދީއިން ރާއްޖޭގައި ހައްދުފަހަނަ އަޅާދިއުމަށް ހިތްވަރުދޭ. " މިއީ އިއްޔެގެ ވަގުތެއްގައި އަންނި ކުރި ޓްވިޓެކެވެ. ކޮންފަދަ ނުބައި ވާހަކައެއްތޯއެވެ. ކިޔެނީ ކީއްކަމެއް އެނގިލައްވާތޯއެވެ. ލާދީނީ އަންނި ހޫނުފެނަށް ވެއްޓުނީ މިހިސާބުންނެވެ. ރާއްޖޭގެ ނަންހިނގާ، އެބޭބޭފުޅުންގެ އިލްމުވެރިކަމަށް ދެބަސްވެވެންނެތް އެތަށް ދީނީ އިލްމުވެރިޔަކު އަންނި އާއި ދެކޮޅަށް ތެދުވީ މިހައި ހިސާބުންނެވެ. އެބޭބޭފުޅުން މަތިވެރި ވަންތަ ﷲ ގަންދީ ހުވާކޮއް ރައީސް ޔާމީންގެ އިންތިހާބީ ބައިވެރިޔާ އަކީ އެފަދަ އަމަލެއް ހިންގަވާނޭ ބޭފުޅެއް ނޫންކަމަށް ވަނީ ހުވާކުރަށްވާފައެވެ. މީގެ ތެރޭގައި ހުދު އަންނިގެ ކޯލީޝަންގެ ނަންހިގާ ދީނީ އިލްމުވެރިން ހިމެނެއެވެ. އަންނިއެވެ. ތިޔަ މަގުން ހިނގާނަމަ ވެއްޓޭނީ ހޫނުފެނަށް އެކަންޏެއް ނޫނެވެ. ހޫނު އަލިފާނަށްވެސް ވެއްޓުން ދުރެއް ނޫނެވެ. ރައީސް ޔާމީންގެ އިންތިހާބީ ބައިވެރިޔާ ޑރ. މުހަންމަދު ޝަހީމް އަލީ ސައީދަކީ އަލް އަޒުހަރު ޔުނިވާރސިޓީއިން އަރަބި ކޯސް، އިސްލާމިކް ޔުނިވާރސިޓީ އޮފް މަދީނާއިން ބެޗެލާރ އިން އިސްލާމިކް ޝަރީއާރ ، މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާރސިޓީއިން މާސްޓަރ އޮފް އިސްލާމިކް ޝަރީއާރ އަދި އިސްލާމިކް ރިވީލްވްޑް ނޮލެޖް އެން […]
Read More ›

އިބޫއަށް ހަމަލާދިނީ އެމްޑީޕީންތަ؟

ކެމްޕެއިންގެ ހަރަކާތްތަށް ފަތުއަޑު ކިޔާފައި ދަނީ ކުރިއަށެވެ. ވެރިކަމާ ތަހުތުގެ ބޭނުމުގައި އެމްޑީޕީން ކޮށްފައި ނުކުރާނެ ކަމެއް ހަމަ ކަނާތުން ވާތަށްވެސް ނޭގޭނެއެވެ. ހެޔޮތާއެވެ. ބޭނުންވަނީ ބޭރުގެ އެކުވެރިންނަށް ދައްކާލަން ފޮޓޮއެކެވެ. އަމިއްލަޔަށް ދަންޖެހިގެންވެސް އެ ލިބިއްޖެއްޔާ އެމްޑީޕީ އަދި ހާއްސަކޮން އަންނިގެ އައުވާނުން ތިބޭނީ އުފަލުންނެވެ. އިދިކޮޅު ފަރާތްތަކުން ރަސްމީކޮށް ކެމްޕެއިންގެ ހަރަކާތްތަކުގައި މިއަދު ހުޅުމާލެއަށް ދިއުމުން ވަނީ ލަދުގަންނަވާލާފައެވެ. ހުޅުމާލޭގެ ރައްޔިތުންނަކަށް ފްލެޓް ދޮންބެގެ ހޮޅި ވާހަކަތަށް އަޑުއަހަން ޝައުގެއް ނެތެވެ. އެއާއިއެކު ނިކުމެ އިދިކޮޅު ކެނޑިޑޭޓާއި ދެކޮޅަށް އަޑުއުފުލަން ފެށުމުން ކަންމަތީ ބޯއީ އަކަށް ލާރިކޮޅެއްދީ ގެނެސް ތަނުގައި ހައިޖާނު ހައްދާލިއެވެ. އަދި ބޭނުންވެގެން އުޅުނު ފޮޓޯ ނެގިއެވެ. ސުވާލަކީ އިބޫއަށް ހަމަލާދޭން އައި މީހެއް ނަމަ އަންނާނީ އެކަނިތޯއެވެ؟ އަނެއްކޮޅުން ބޯއީ އެތަނުން ދިޔައިރު ބޯއީ އަކައްވެސް އިބޫގެ ޓީމަށްވެސް އެއްވެސް ގެއްލުމެއް ލިބިފައި ނެތްކަމެވެ. ކުޅިރަހަ މިވަރުން ނަޝީދަކަށް ކަމަކު ނުދިޔައެވެ.  އަނެއްކާ ތަޅާނެ ކުދިންކޮޅެއް ލައްވާ އަމިއްލަ ގަޔަށް ކަޅުތެޔޮ ޖެހިއެވެ. އެވަރުން ނުފުދިގެން އަމިއްލަ އަތުން މޫނުގައި ކަޅުތެޔޮ ހޭކީއެވެ. ހިތާމަ އަކީ އިބޫގެ ޓީމަށް އެއްކަމެއް ހަނދާނުން ކަހާލާގެން ދިޔަކަމެވެ. އެއީ މޫނުގައި ހޭކި ކަޅުތެލުގެ އިނގިލީގެ ނިޝާން މޫނުގައި އިނގިލިތަށް ހުރިގޮތަށް ހޭކިފައި ހުރިކަމެވެ. އުކި އެއްޗެއްނަމަ ގަޔަށް ބުރާނެ އެއްވެސް ހަމައެއް ފެންނަން ނެތްކަމެވެ. މޫނުގައި އެތިކޮޅެއް ޓީޝާޓުގައި އެތިކޮޅެއް ފަޓުލޫނުގައި އެތިކޮޅެއް ހާކާއިލާގެން ދެންވެސް ނެގީ ހުޅަނގުގެ ކާފަރުންނަށް ދައްކާލަން ފޮޓޮއެކެވެ. ކޮންކަމަކާތޯއެވެ؟ ބޭރުގެ ކާފަރުންގެ ހަމްދަރުދީ ހޯދަން ތޯއެވެ. ދެން އަންނާނީ ހިންޏެވެ. ދަންނަވަން ތޯއެވެ. ދިވެހިންނަށް ތިޔައީ އައު ކުޅިއެއް ނޫނެވެ.
Read More ›

 ރައިސް ޔާމީން އެނގެނީ ކިހާވަރަކަށް؟

ސިޔާސީ ދާއިރާއަށް އެމަނިކުފާނު ވެދެވަޑައިގެންނެވީ 1993 ވަނަ އަހަރުއެވެ. އެ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކުރައްވާފައި ވެއެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ މިލަދުންމަޑުލު ދެކުނުބުރީގެ މެންބަރުކަން ވިދިވިދިގެން 4 ދައުރުގައި ކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވިއިރު އެމަނިކުފާނު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މުލަކަތޮޅު މުލަކު ދާއިރާގެ މެންބަރެއްގެ ގޮތުގައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ފާހަގަވެގެންދިޔައީ، ޢިލްމީ ބަޙުޘްތައް ކުރައްވައި، ރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާ ކުރެއްވުމަށް ޤާނޫނީގޮތުން ޙައްލުކުރެވެން ހުރި ތަފާތު އެކި ކަންކަމުގައި ވަކާލާތު ކުރައްވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގައެވެ. އެމަނިކުފާނުވަނީ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާބެހޭ ކޮމެޓީގެ މުޤައްރިރުކަމާއި، އިޤްތިޞާދީ ކޮމެޓީގެ މުޤައްރިރުކަންވެސް ކުރައްވާފައެވެ. އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ ހުވައި ކުރައްވައި، މަޤާމާ ޙަވާލުވެވަޑައިގަތީ 2013 ނޮވެންބަރު 17 ވީ އާދީއްތަ ދުވަހުއެވެ. ޢަބްދުﷲ ޔާމީނަކީ، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ރައީސް ކަމުގެ ދައުރުގައި، ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ޤައުމަށް ގެންނަވަން ފެށްޓެވި އިޞްލާޙީ ބަދަލުތަކުގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިޞްލާޙީ އެތައް ކަމަކަށް ވަކާލާތު ކުރައްވައި، ޤާނޫނުތަކަށް އެކަށޭނަ ބަދަލުތައް ގެންނެވުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި އެއްބޭފުޅެކެވެ. އެގޮތުން ވޯޓުލެވޭ ޢުމުރު 18 އަހަރަށް ދަށްކުރުމަށްޓަކައި ތަފާތު އެކި ފަހަރުތަކުގައި މަޖިލީހުގައި ވަކާލާތު ކުރައްވައި، 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވޯޓުލުމުގެ ޙައްޤު ހޯއްދަވައިދެއްވުމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅަކީވެސް މިއަދުގެ ގެ ރައީސް ރައްޔިތުންގެ ހާދިމު ޔާމީނެވެ. ޢަބްދުﷲ ޔާމީނަކީ ރައީސް މައުމޫނުގެ ސަރުކާރުގައި ޤައުމަށް ގިނަގުނަ ހިދުމަތްތަކެއް ކޮއްދެއްވި ބޭފުޅެކެވެ. މިގޮތުން މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް ކަމުގެ މަޤާމު 11 އަހަރަށްވުރެ ދިގު މުއްދަތެއްގައި ފުރުއްވިއެވެ. އެމަޤާމުގައި ހުންނަވައިގެން ރާއްޖޭގެ […]
Read More ›

ކޯޅޭ  ކޯލީޝަން

ރަނގު ލޯބިވެރިންނަކީ ހިތާވެގެން އުޅޭ ދުވަސްވަރު ލޯބީގެ އެތަކެއް ވައުދުތަކާ އަހުދުތަކެއް ކުރާ ބައެކެވެ. އިރު ހަނދާ ތަރިތަށް ބާލައިދީ ހިތާވެގެން އުޅޭ މީހެއްގެ އުނގު ފުރާލަދެއެވެ. ހަނދުގައި ބޮޑެތި ގަނޑުވަރުތަށް ބިނާކޮއް ލޯބީގެ ދާންތަކުގައި ނިންދަވައެވެ.  ދުވަސްކޮޅެއްފަހުން އަނެއްކާ ފޫކަހާލާ ދެމީހުން ރުޅިވެއެވެ. އުނގު ފުރާދިން ތަރިތަށް ޖައްވަށް ފަޒާޔަށް ވައިގެތެރެޔަށް ބުރައިގެން ދެއެވެ. އަޅައިދިން ގަނޑުވަރުތަކާ ނިންދެވި ލޯބީގެ ދާންތަށް ވިއްސި ވިހާލިވެދެއެވެ. ކުރިހާ ވައުދެއް، ޅެމަށް، ފަރިއްސައް ބުރައިގެން ދެއެވެ. ރާއްޖޭގެ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ހާލަތަކީވެސް މިއީއެވެ. ރައީސް ޔާމީންގެ ވެރިކަން ހިނގުމުގެ ނިޒާމު ކަމުނުގޮސް ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮއްދިނުމަށް ކަމަށް ބުނެ އިދިކޮޅު މައި ތިން ޕާޓީގެ އިތުރުން ސިޔާސީ ގޮތުން ހަރު ހަތަރު ފަސް މީހަކު އެކުވެ ހެދި އިދިކޮޅު ކޯލީޝަން ގެ ގުޅުންވެސް ފެނިގެން ދަނީ މިދެންނެވި ފަދަ ރަނގު ލޯބީގެ ގުޅުމެއް ހެންނެވެ، ފެނިގެން ދަނީ ކޯލީޝަންގެ ޕާޓީތަކުން ކޯޅޭ މަންޒަރެވެ. އެއްބަޔަކަށްވުރެ އަނެއްބައެއް ކުރިއަރަން މޮޅު ހޯދުމަށް މަސައްކަތް ކުރާތަނެވެ. އެއްބައެއްގެ ބޮލަށް ފައިންއަރާ އަނެއްބަޔަކު ގަންބައިލުމަށް މަސައްކަތްކުރާ މަންޒަރެވެ. ކޯލީޝަންގެ މައިގަނޑު ދެ ޕާޓީގެ ތެރެއިން އެމްޑީޕީ ގުޅިފައިވާ ފަރާތްތަކާ މަސްވަރާ ކުރުމަކާއިނުލައި، އެ ޕާޓީގެ ރައީސް އަދި ބޭރަށް އަރުވާލެވިގެން ހުންނެވި ކުރީގެ ރައީސް މުހަންމަދު ނަޝީދު ކޯލީޝަންގެ ކެނޑިޑޭޓުކަން އިއުލާންކުރުމާއި ހަމައިންނެވެ. މިކަން ވެގެން ދިޔައީ ޖުމްހޫރީ ފެކްޝަންގެ ފަރާތްތަށް ގަބޫލުކުރަން ދަތިކަމަކަށެވެ. އެހެނީ ޖުމްހޫރީ ފެކްޝަނުން ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓަކަށް ދޮންކުރަމުން އައީ އެޕާޓިގެ ރައީސް ޤާސިމް އިބްރާހިމް ކަމުންނެވެ. ނަސީބު ކަން ދިމާކުރީ މުޅިން ހިލާފަށެވެ. ދެބޭފުޅުންކުރެ އެއް ބޭފުޅަކަށްވެސް ވެރިކަމަށް ކުފޫހަމައެއް ނުވެއެވެ. އެހެންކަމުން ދެން ޖެހުނީ އެހެން މީހަކު ހޯދާށެވެ. ގުޅިފައިވާ ފަރާތްތަކުން ބުނިހެން އިންތިޤާލީ ކެނޑިޑޭޓަކު ނެރުމަށް ފުރަތަމަ ދޮން ކުރީ ޕްރޮފެސަރ އުގައިލްގެ އިތުރުން ކުރީގެ އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދުބެއެވެ. ނަމަވެސް ފަހުވަގުތު ކޯލީޝަންގެ ބޭފުޅުން […]
Read More ›

ބައްޕަ ބުނީ ހުވަފެން ނުބަލާށޭ

އަހަރެންނަކީ ޒުވާނެކެވެ. އަހަރެންނަކީ އަތޮޅުތެރޭ އުޅެބޮޑުވި، ފައްކާ ރަށު މީހެކެވެ. ބޮޑުވެގެން އައިރު، އަހަރެންގެ ބައްޕަ ބުނީ ހުވަފެން ނުބަލާށެއެވެ. ހުވަފެނަކީ ހަޤީގަތަކަށްވާ އެއްޗެއް ނޫނެވެ. އެކަމަކު ވެސް އަހަރެން ހުވަފެން ދުށީމެވެ. އަހަރެން ހުވަފެނުގައި މާބޮޑުވަރެއް ނުކުރަމެވެ. އަހަރެން ބެނުންވީ، އަމިއްލަ  ދިރިއުޅުމެކެވެ. ކުޑަ ނަމަވެސް ކޮފީ ބަޖެޓު ދެކޮޅު ޖައްސާލާފައި، އަތްމަތީގައި ފައިސާކޮޅެއް ހުންނާނެވަރުގެ ވިޔަފާރިއެކެވެ. ފިލްމީ ދުނިޔެ ދައްކަމުންދާ ފަދަ އިމާރާތްތަކާއި، ޚިދުމަތްތަކެއް މި ކުޑަ ރާއްޖެއިން ފެންނަމުން ދިއުމެވެ. ރަށުގައި އުޅުމަކީ ތަކުލީފަކަށް ނުވެ، އަސާސީ ޚިދުމަތްތައް ލިބެމުން ދިއުމެވެ. އަލަތު ކައިވެނީގެ ތެރެއިން ލައްކަ ގިނަ ގުނަ އުފާވެރިކަން ލިބުމެވެ. ނަމަވެސް، ބައްޕަ ބުނީ ހުވަފެން ނުބަލާށެއެވެ. ހުވަފެނަކީ ހަޤީގަތަކަށްވާ އެއްޗެއް ނޫނެވެ. އެހެނަސް އަހަރެން ހުވަފެން ދުށީމެވެ. މާޒީގެ ވެރިންގެ ދުލާއި ޢަމަލު ބުނެދެމުން ދިޔައީ ބައްޕަ ބުނި ބަހެވެ. ދިވެހިން ދުށް މިސްރުގެ ޖާމިނު އަލް-އަޒްހަރުގެ ރަން ދަރިވަރު ޤައުމުގެ ވަލީ އާއި ހަވާލުވެ، ވި އެގިނަ އަހަރުގައި އެ މަނިކުފާނު ބުނީ ހުވަފެނަކީ ނިކަމެތީން ދެކެން އެންމެ ރަނގަޅު އެއްޗެއް ނޫން ކަމަށެވެ. މި ޤައުމަކީ، އަހަރެމެންނަކީ ދުނިޔޭގެ ކުރިމަތީ ނިކަމެތި ބައެއް ކަމަށެވެ. އަބަދުވެސް އިވުނީ "ކުޑަ"، "މީސްކޮޅު މަދު" އަދި "ޖަޒީރާ" ޤައުމަކަށް ދިވެހިރާއްޖެ ވީތީ އެކަމާ މާޔޫސްވާ ވާހަކައެކެވެ. ސަބަކަށްވީ، އަހަރެމެން އިއްޔެގެ ޒުވާނުންގެ ބޮޑު ބައެއް މާޔޫސްވުމެވެ. ތިމާމެންނަށް ހައްޤު މިންވަރަކީ ހަނޑަސްބުރިއާއި ބޯހިޔާކޮށްލާނެ ފުރާޅަކާއި، ދޮޅުލާހި ހަނޑޫ ކަމަށް ޤަބޫލުކުރެވުމެވެ. ފިނިހަކަ ދުވެލީގެ ތަރައްޤީގެ މަލަމަތިން އޭރު ކުލަވަމުންދިޔައީ ރަށު ސްކޫލާއި، ރަށު އޮފީހެވެ. ނަސީބު ރަނގަޅު ރަށެއްގާވިއްޔާ އާދައިގެ ބަދަރެއް އޮވެދާނެއެވެ. އިތުރު ކަމަކަށް އުންމީދުކޮށް، ހުވެފެން ބެލުމަކީ އޭރު މީހުން ހަޖޫޖަހާނެ ކަމަކަށްވިއެވެ. އެހެންވެ، ބައްޕަ ބުނީ ހުވަފެން ނުބަލާށެއެވެ. ހުވަފެނަކީ ހަޤީގަތަކަށްވާ އެއްޗެއް ނޫނެވެ. އެކަމަކު ވެސް އަހަރެން ހުވަފެން ދުށީމެވެ. ދެން އަހަރެން ދުށީ ވިލާތު ދޮން އެދުރުކައިރިން ކިޔަވައިގެން […]
Read More ›

ނަޝީދަށް ގުރުސްފެންމަތިވުން

ހުވަފެނަކީ ބިލާހެކެވެ. ހުވަފެނަކީ ތިމާ އޭގެ ސަބަބުން، ބިރުވެރިކަމެއްގެ ގެރެއަށް ނުވަތަ ފޮނި އުއްމީދުތަކަކާއި ޚިޔާލުތަކެއްގެ ތެރެއަށް ހޭލައްވާލަދޭ ކަމެކެވެ. ފޮނި ހުވަފެންނަ ދުވަހަކީ ތިމާ އާދަޔާ ޚިލާފަށް އުފާވެރިކަމާއިއެކު ހެލިފެލިވެ އުޅޭ ދުވަހެއްކަމުގައި ވެގެންދެއެވެ. ހުވަފެން ތިން ބަޔަކަށް ބަހާލެވިދާނެއެވެ. އެއީ ﷲ ގެ ހަޒުރަތުން އަންނަ ހެޔޮ ހުވަފެނާއި ބިރުގެންނެވުމަށް ޓަކައި ޝައިޠާނާގެ ފަރާތުން އަންނަ ނުބައި ހުވަފެނުގެ އިތުރުން ސިކުނޑީގައި ހުންނަ ޚިޔާލުތަކުގެ ސަބަބުން ފެންނަ ހުވަފެނެވެ. އަބިދާގެ ނަޝީދަށްވެސް މިފަދަ ފޮނި ހުވަފެނެއް ފެނުނެވެ. އެއީ ގުރުސްފެންމަތިވެގެން އުޅުނީތީއެވެ. ޝައިތާނާގެ ވަސްވާހުން ފޮނި އަވާމެންދުރެއްގެ ތެރެޔަށް ގެބިގެން ދިޔައީއެވެ. ގުރުސްފެންމަތިވުމޭ ބުނެވެނީ ނަކަތްތެރިން ބަލާ ކަންތައްތަކުގެ ތެރެއިން، ފަސްކަމެއް ނުވަތަ ތިންކަމެއް އެންމެމޮޅަށް ދިމާވާ ވަގުތުއައުމެވެ. އެވަގުތު ވަޅުގެ ފެން ކެކިގެން އަރާނެއެވެ. އެ ފެނުން ފެން ވަރައިފި މީހަކަށް އެވަރަށް މުދަލާ ފައިސާއާއި ތަނަވަސްކަން ލިބޭނެކަމަށް ބުނެވެއެވެ. ކެނެރީގޭ ނަޝީދަށްވެސް ފެނުނީ މިފަދަ ހުވަފެނެއް ކަމަށް ބުނެވެއެވެ. އެ ހުވަފެނަކީ ނިދާފައި އޮއްވާ މާމުތް އާރެއްގެ ތެރެއަށް ނަޝީދު ގެނބޭތީއެވެ. އަދި ކެނެރީގޭ ގަސްގަހުގެ ކުރިޔަށް ކަފިހިބޮލި މަސްލައި އަރާ ދުވާތީއެވެ. އިހުގެ މުސްކުޅީން ބުނެ އުޅެއެވެ. ހުވަފެނެއްގައި މާމުތާއި ކަފިހި ބޮލި ފެނުމަކީ މުއްސަނދިކަމާ ފައިސާޔާއި ނަސީބު ލިބޭނޭ ކަމެކެވެ. ފެނުނު މި ހުވަފެނުގެ ތައުބީރު ކަހީނެއްގާތު އޮޅުން ލިބިގެންދިޔަ ފޮނި އުންމީދާއިއެކު ނަޝީދުހުރީ އުފަލުން ކެކި އުތުރި އަރާފައެވެ. މިހާހިސާބުން ހުވަފެން ނިމުނީކީ ނޫނެވެ. ދެން ފެނުނީ ބަޚުތު ޖަމާލު ހެދި ފަދަ ތަޚުތެއް މަތީގާ ނަޝީދަށް ނިދުނީތީއެވެ. އަދި ކުޑައިރު ކުޅެން އުޅުނުއިރު އަތިރިމަތީ އިން ގަލެއްގެ މަތީ އިށީންދެ ގާހަކަ ފަޅިއަކުން ތާޖެއް ބޮލުގައި އެޅުނީތީއެވެ. މީގެ އިތުރުންވެސް ކެނެރީގޭ ދޮށުން ޖަވާހިރު ކޯދުލާ ފޮޅިގެން އަރާ ރަސްދަނބު ރުކަކު އެތެއް ފޮޅޭތީ ނަޝީދަށް ފެނުނެވެ. އާމުކޮއް ނުވާ މިކަންކަން ފެނުމަކީ ވެރިކަމާ ޤަދަރުވެރިކަމުގެ އިތުރުން ތަނަވަސް ދިރިއުޅުމެއް ލިބޭނެ ކަމެއްގެ […]
Read More ›

ބަޑި އައިޝާ

އެއީ އަންހެނުންގެ ތެރެއިން ރީތިކަމަށް އަރާހުރި ކަނބަލެކެވެ. ޒުވާންފުރަޔަށް އަޅަމުންއައި އިރު ރީތިކަމަށް މުޅި ހޯރަފުއްޓާއި ހއ އަތޮޅަށް މަސްހޫރު މަންޖެއެކެވެ. ހިތް ދަމައިގަންނަފަދަ ވަނާތަކެއްގެ ވެރި ކަނބަލެކެވެ. ދޮން އަނބެއްފަދަ ދޮންކަމަކާއެކު ރަށާ އަތޮޅުގެ އެތަކެއް ޒުވާނެއްގެ ހިތް ކުދިކޮއް ކޮށާ އަޅާލި މަންޖެއެކެވެ. އެއީ ހއ ހޯރަފުށީ އަނބުގޯތި އައިޝާއެވެ. މަހުޖަނު ޤާސިމް އިބްރާހިމް ހއ ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅެއްގައި ހޯރަފުށީ އަތޮޅު ތައުލީމީ މަރުކަރުގައި މަރުހަބާ ދެންނެވުމަށް އައިޝާ އާއި އިތުރު ކުދިންކޮޅެއްވަނީ ލަވައެއް ހުށައަޅާދީފައެވެ. ޤާސިމް އިބްރާހީމަށް އައިޝާ ފުރަތަމަ ފެނުނީ މި ހުށައަޅައިދިން ލަވައިނެވެ. އެއާއެކު މުސްކުޅިވި މުސްކުޅިވިހެން ވަރުއަރާފައިހުރި ޤާސިމަށް މަޑަކުން ނުހުރެވުނެވެ. ހއ އަށް ކުރާ ދަތުރުތަށް އިތުރުވާންފެށިއެވެ. މަދަރުސީ ދައުރު ނިމި އައިޝާމެންގެ ނަށާ ގުރޫޕުވެސް ޤާސިމް އިބްރާހީމަށް ނަށައިދޭން މަނަފަރު ރިސޯޓަށްދާން ފަށައިފިއެވެ. ކޮންމެ ހަފްތާ ބަންދެއްގައި ޤާސިމް އިބްރާހިމުގެ ނާޗަރަންގީ ފިކްސް ކުރެވިފައިވަނީ މަނަފަރު ރިސޯޓުގައެވެ. ހޯރަފުށީ މީސްމީހުންގެ ތުންތުން މަތިން އެނގުނު ގޮތުގައި އައިޝާމެންގެ ނަށާ ގްރޫޕް ރޭގަނޑުގެ ޝޯ ނިންމުމަށްފަހު ރަށައް އަންނަ އިރު އައިޝާ މަޑުކުރެއެވެ. ފަތިހު އައިޝާ ހޯރަފުއްޓަށް މަނަފަރު ލޯންޗުގައި ގެނެސްދެއެވެ. ޤާސިމް އިބްރާހިމުގެ މުއްސަނދިކަމުގެ އަވައިގައި އަނބުގޯތިމީހުންޖެހި އައިޝާ ޤާސިމް އިބުރާހީމަށް ވިއްކާލަން މާގިނަދުވަހެއް ނުނަގައެވެ. އައިޝާ އާއި ޤާސިމް އިބްރާހީމުގެ ކައިވެނި ކުރެވުނެވެ. އެދުވަސްވަރު ހޯރަފުށީގައި ދެކެވުނު ވާހަކަތަކަށް ބަލާއިރު އައިޝާ އާއި އިންނަން ޤާސިމް އިބްރާހިމަށް މަޖުބޫރުވީ ކަމަށްވެސް ބުނެވެއެވެ. މަނަފަރު ރިސޯޓުގައި ހަފްތާ ބަންދުތަކުގައި ޖެހި ސަކަރާތްގަނޑަށްފަހު އައިޝާ ބަލިވެ އިނީއެވެ. އެކަން އޮށްބާލަން އަނބުގޯތި މީހުން ޤާސިމަށް މަޖުބޫރުކުރީއެވެ. ކޮންމެއަކަސް އައިޝާ އަކީ ޤާސިމް އިބްރާހިމްގެ އެންމެ ހަގު އަނބިމީހާއެވެ. އަދި ޤާސިމް އެންމެ ލޯބި ވަނީވެސް އައިޝާދެކެއެވެ. އައިޝާގެ ނަމުގައި ވަނީ މިސްކިތެއްވެސް ބިނާކޮއްފައެވެ. އަދި ޤާސިމް އިބްރާހިމްގެ ބާކީތިބި އަނބިންނާ ދަރިންގެ ނުޤަބޫލުގައި މުޅި މިލްކިއްޔާތުވަނީ އައިޝާގެ ހަގުދަރިއަށް ފަތްލިޔެ ހިބަކޮއް ދީފައެވެ. […]
Read More ›

އަޑު އަހާނަމެވެ

ކެމްޕެއިން ފޯރި ދުވަހެއް ދުވަހަކަށް މިދަނީ ގަދަވަމުންއެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ދުލެއް ދިނުމެއް ނެތެވެ. އެއްބަޔަކު ވެބްކެމް ކުރިމަތީ ކެމްޕެއިންކޮށް ނަގަނީއެވެ. އަނެއްބަޔަކު ނެރޭނެ ކެނޑިޑޭޓެއް ހޯދުމަށް އަތްފުނާއަޅަނީއެވެ. އުޑުން ތަރިބާލަދީ ހަނދުގައި ގަނޑުވަރު ބިނާކޮއްދިން ފާޓު ފުޅާ ކޯލީޝަން ފޭވި ފޭވީނުން ކައްގަނޑު ވަނީ ފަޅައިން ގޮސްފައެވެ. މިއާއި ހިލާފަށް ވެރިކަން ކުރާ ޕީޕީއެމް ގެ ކެމްޕެއިން ހަރަކާތްތަށް ވަރަށް ރޭވުންތެރި ކަމާއިއެކުދަނީ ކުރިއަށެވެ. 2013 ވަނަ އަހަރު 2018 ވަނަ އަހަރަށް ފެށި ކެމްޕެއިން "ތަރައްޤީ" ދަނީ "ޔާނު" ސްޕީޑުގައި ކުރިޔަށެވެ. ރަށްތަކުގެ ރަށްޔިތުންނާއި ބައްދަލު ކުރުމާއި ކެމްޕޭނަށް ކުރަންޖެހޭ އެހެނިހެން ތައްޔާރީތަށް ކުރެވެމުންދާއިރު ޕާޓީގެ ރޫހު އިތުރުކުރުމަށް ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުން އެވެ. އެގޮތުން މިދިޔަ ހަފްތާ ބަންދުގައި މިވަނީ އަނެއްކާވެސް އިދިކޮޅު ފަރާތްތަށް ސިއްސުވާލާފައެވެ. " ގޯއްޗަށް" ނަމުގައި ކުރިޔަށް ގެންދިޔަ ވަރުގަދަ ޑޯ ޓު ޑޯ މިވަނީ އިދިކޮޅަށް ހަޖަމަށް ކުރަން އުނދަގޫ ކަމަކަށް ވެފައެވެ. ރައީސް ޔާމީންގެ ހާއްސަ މެސެޖަކާއިއެކު ވަޒީރުން ރައްޔިތުންގެ ގެތަކަށް މިވަނީ ޒިޔާރާތް ކޮއްފައެވެ. އެ ގެތަކުގައި މީހުން ދިރިއުޅޭ ހާލާއި ދިމާވެފައިވާ ދަތިތަށް ސީދާ މިނިސްޓަރުންގެ ކަންފަތްތަކުން ވަނީ އައްސަވާފައެވެ. ސަރުކާރުން މާލެ އާއި އަތޮޅުތެރެޔަށް ގެންނަވަމުން ގެންދަވާ ތަރައްޤީގެ ފޮނި ރަހަ ރައްޔިތުންގެ އަރުގައި ލަނީ ކިހާވަރަކަށްތޯ ރައްޔިތުންގެ ވަޒީރުން މިވަނީ ބައްލަވާފައެވެ. މިއީ އިދިކޮޅު ފަރާތްތަކަށް ކެމްޕެއިނަށް ފަތިގަނޑު ފިރުކައިނުލެވިގެން އުޅޭއިރު ކެތްވާނޭ މަންޒަރެއް ނޫނެވެ. ރައްޔިތުންގެ ތާއީދު ރައީސް ޔާމީނަށް އޮތްތަންބަލަން އިދިކޮޅުން ތިބީ މޭބޮޑު ކޮއްފައެވެ. މުޅި މީސް މީޑިއާ ފްލަޑް ވެފައިވަނީ "ގޮއްޗަށް" ކެމްޕެއިނުންނެވެ. އިދިކޮޅުފަރާތްތަކުން ފާރަވެރިވަމުން އަންނަ ވަގުތު ޖެހުނީއެވެ. ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ އިސް އަދި އެންމެ އެކްޓިވް ވަޒީރު ސައީދާއި ދިމާލަށް ރައްޔިތެއްގެ ސުއޫރު ބަންޑުން ކޮއްލި ހިސާބުންނެވެ. ސާދާ ހިނިތުންވުމަކައިގެން އަތާ އަތް ޖޯޑުކޮއް ފުރަތަމަވެސް ވަޒީރުވަނީ އެފަރާތާ ސަލާންކޮށް ވާހަކަފުޅު […]
Read More ›

ގަށާލައިފި

ބަރަކާތްތެރި ރަމަޞާން މަސް އަޅުގަނޑުމެންނާއި އަލްވަދާއުކީއެވެ. އަޅުކަމުގެ މި މާތް މައްސަރަށްފަހު ދެން މިއޮތީ އީދެވެ. އީދުގެ އުފަލާއި މަޖާކުރުން ޒަމާނުންސުރެ ތިން ދުވަހަށް ދިވެހިންގެ ތެރޭގައި ދެމިގެން ދެއެވެ. ފެންކުޅުމާއި ބޮޑުމަސް ބޭނުންފަދަ ފޯރިގަދަ ކުޅިވަރުތަށް ކުޅެ އުޅެއެވެ. ސްޓޭޖް ޝޯ ތަކުގެ އިތުރުން ތަފާތު ކެއްކުންތަކަކީ ދިވެހިން އީދުފާހަގަ ކުރުމަށް ކޮއްއުޅޭ ކަންކަމެވެ. ނަމަވެސް މިއަހަރު އީދުގެ ފޯރި ތަންކޮޅެއް ކުޑަވެއްޖެއެވެ. މުޅިންވެސް އިވިގެން ދިޔައީ "ހަދާ" ވާހަކައެވެ. މަޖާކޮއްކޮއްފައި ކޮފީ މޭޒުތަކުގައިވެސް ޒުވާނުން އެއްވާނަކަށް ދެއްކީ އެއްޗެއް "ހަދާ" ވާހަކައެވެ. ނުވަތަ އެ އެއްޗެއް "ގަށާލި" ވާހަކައެވެ. ކުރުގޮތަކަށް ބުނާނަމަ ކުޑަވަރެއްގެ ބޮލުގަ ރިހުމަކަށް މި ހަދާލި ވާހަކަ އާއި ގަށާލި ވާހަކަ ވެއްޖެއެވެ. ނުހުރެވިގެން މި ކޯޑުތައް ރައްޓެއްސެގެ ފަރާތުން އޮޅުން ފިލުވައިލައިފީމެވެ. މަވެސް ހީކުރީ އެއީ ހަމަ "ހަދާ" ވާހަކަ ކަމަށެވެ. ޕަކަ ޕަކަ އަޅާފައި ހޭން ފެށުނީ މިހާހިސާބުންނެވެ. ހީފުޅު ތިޔަކުރެއްވީއަދި ރަނގަޅަކަށްނޫނެވެ. ނުހޭންވީ ސަބަބެއް ނެތާއެވެ. ހަދައި ނިންމަނީ ތަރައްޤީގެ ބޮޑެތި އިމާރާތްތަކެވެ. ބޮޑެތި ފާލަންތަކާއި ހިއްކި ބިންތަކެވެ. މާސިންގާ ސްކޫލްތަކާއި ޕާކުތަކެވެ. ބަނދަރުތަކުންފެށިގެން ދިގު މަގުތަކެވެ. ފެނާ ނަރުދަމާއާއި ބޮޑެތި ޓަވަރުތަކެވެ. އުންމީދުތަކުން ފުރި ކުލަޖެހި ހަޤީގަތަކަށްވި ގްރެފިކްސްތަށް ތާއެވެ. ކޮފީމޭޒުގައި މުޅިންވެސް މި ދެއްކީ ހަދާލި ތަރައްޤީގެ ބިޔަ ބޮޑެތި މަސްރުޢޫތަކުގެ ވާހަކަތާކާއި ގަށާލި އުވައޮޑި ތަކުގެ ވާހަކަތައްތާއެވެ. 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ހަވާލުވެ ވަޑައިގަތުމާއިއެކު މި ފެށުނީ ތަރައްޤީގެ ކުޅިގަނޑެވެ. ދިވެހިން ދުވަހަކުވެސް ހުވަފެނުން ހިޔާލަށް ނުގެނެވޭހާ ތަރަށްޤީ މި ވެރިކަމުގައި ގެނެސްދެއްވައިފިއެވެ. ވަކި ދާއިރާއެއް އިސްތިސްނާ ކުރުމެއްނެތި ތަރައްޤީ އާމުވެގެން ދިޔައީއެވެ. 5 ކިލޯގެ ފޮތްދަބަސް ދަމަމުން ސްކޫލަށް ދިޔައިރު ޓެބްލެޓުން ކިޔަވާދޭނެ ދުވަސް ދެކޭނޭ ކަމަކަށް އުންމީދެއް ނުކުރަމެވެ. ޗޯކު ކުނޑިން ހުދުފުއް ޖެހޭއިރު ޑިޖިޓަލް ކްލާސްރޫމުތަކަކީ ކޯންޗެއްކަމެއް ނޭގެއެވެ. ފެރީއެއްގައި ބައިގަޑިއިރުން ހުޅުލެޔަށް ދެވުނުއިރު ބްރިޖް ކިޔާއެއްޗެއް ވިސްނުމަކަށް ނާދެއެވެ. ދެފޫޓު […]
Read More ›