MENU

ތަރަށްޤީ ފެންނާނީ ތަރައްޤީވެފައިވާ ސިކުނޑި ތަކަކަށެވެ!

  ހެސްކިޔާފައި ފުއްލާ ދުވެލީގައި ޤައުމަށް ތައައްޤީ ދަނީ އަންނަމުންނެވެ. ނުކުރުރެވޭނޭ ބުނި އެތަށްކަމެއް ކޮށްނިންމާ ރައްޔިތުންނަށް އެކަމުގެ ފޮނިމީރުކަން ދަނީ ހޯދައިދެމުންނެވެ. ﷲ ވާގިފުޅާ ލައިގެން ކުރެވޭނެކަން ދައްކަމުންނެވެ. އިހްލާސްތެރިކަމާއި އެކު ރައްޔިތުންނާ މި ލޮބުވެތި ޤައުމުގެ ހައްގުގައެވެ. ރާއްޖޭގެ އަސްދަނޑިން ބޭރުންނާ އެތެރެއިން އަންނަމުންދާ ފިއްތުންތަކާ ހަމަލާތަކުން ދި ދިވެހި ގައުމާ ދިވެހި ރައްޔިތުން ސަލާމަތް ކުރައްވަމުން އެގެންދަވަނީ އަމިއްލަފުޅު މޭ އައްޑަނަޔަކަށް ދިއްކޮއްލައިގެންހުރެއެވެ. ގައުމަށްޓަކައި ކޮންމެފަދަ ގުރުބާނީއެއްވެސް ވެވަޑައިގަންނަވާނެކަން ސާބިތުކަމާއެކު ހާމަކޮއްދެމުންނެވެ. ވިސްނާވަޑައިގެންބައްލަވާށެވެ. ރާއްޖޭގައި ދުނިޔޭގައި ނެތްފަދަ އެއާރ ޕޯޓަކާ ބަނދަރުތަކާ ބްރިޖެއް އެޅިޔަސް ނޭޅިޔަސް ހުޅަނގުގެ ގައުމުގެ މީހުންނަށް ކީއްތޯއެވެ؟ 25 ބުރީގެ ޒާމާނީ ފެންވަރުގެ ހޮސްޕިޓަލެއް ހުއްޓަސް އެތަނަކަށް ހުޅަނގުގެ މީހުންނެއް ބޭސްފަރުވާޔަކަށް ނާއްނާނެއެވެ. ހުޅަނގުގެ ކާފަރު ގައުމަކުން ދުވަހަކުވެސް އިސްލާމީ ދައުލަތަކަށް ހެވެއްނޭދޭނެކަން ހަމަބުއްދިން ވިސްނާލި ކޮންމެ ސިނކުނޑި އަކަށްވެސް އެނގި ސާފުވާނެއެވެ. ދެން މާ ހުޅަނގުވެގަނެގެން ތިޔަ އެމީހުންގެ ވާގިހޯދަނީ ކޯއްވެތޯއެވެ؟ ތަރައްޤީ ވުމުން ފައިދާކުރާނީ ކިތަންމެ ވަރަކަށް އަޑުއުފުލާ ރައީސްމީހާއަށް ކިތަންމެ ހުތުރު ބަހުން މުއާމަލާތު ކުރިޔަސް ހަމަ ދިވެހިންނަށެވެ.  25 ބުރީގެ ހޮސްޕިޓަލުން ފައިދާކުރާނީވެސް ހަމަ ދިވެހިންނަށެވެ. ބްރިޖް މަތީގައި ދުއްވާނީވެސް ހަމަ އަހަރެމެން ދިވެހިންނެވެ. ބަނދަރާ އެއަރޕޯޓެއް އޮތީމައި ފަހުރުވެރިވަނީ ވެސް ހަމަ އަހަރެމެން ދިވެހިންނެވެ. އެތަށް އަހަރެށް ވަންދެން ދިވެހިން އަޅުވެތިކޮށް ފިއްތާގެން ގެންގުޅު ބަޔަކަށް ދިވެހިން ތަރައްގީގެ މަގުގައި ހިންދެމިލާ ހަމަ އިސްކޮޅަށް ދެމިލާތަން ދެކެން ކުޅަދާނައެއްނުވާނެއެވެ. ހުޅަނގުގެ ތަހުޒީބުން ތިޔަ ކޮޕީކުރާ ލަވަތަކާ ހެދުންތަކުގެ އިތުރުން ދިރިއުޅުމުގެ ވައްޓަފާޅި އަށްވުރެ ހުޅަނގުގެ މީހުންގެ ވިސްނުން ކޮޕީކުރުން މާ ރަނގަޅުނޫންތޯއެވެ. ދުނިޔޭގައި ލެއްވި މަހުލޫގުންގެ މައްޗަށް އިންސާނާ މާތްކުރަށްވާފައިވަނީ ސަބަބަކަށް ނޫންތޯއެވެ؟ ހުޅަނގުގެ ދޮންމީހުން ވެސް ތަރަށްގީޔަށް ޖާގަދެއެވެ. ތަރައްގީއަށް ލޯބިކުރެއެވެ. ތަރަށްޤީއަށް ފުރުސަތު ދެއެވެ. ދެން ދޮންމީހުންއުޅޭހެން އުޅެން ބޭނުންނަމަ އަމިއްލަ ސިކުނޑި އާއި ވިސްނުން ތަރަށްޤީ ކުރަނީ ކޮންއިރަކުތޯއެވެ؟ ތިމާގެ ވިސްނުމާ ބުއްދި ނެތި […]
Read More ›

އެއްލަކިން 2018 !

ދަންނަވަންތޯއެވެ. ރިޔާސީ އިންތިހާބެއް މިޔޮތްގެން ބޯމަތިވަނީއެވެ. އެއްބަޔަކު ނިކަންފޯރީގައި ގައުމު ތަރައްޤީކޮއް 2018 އަށް ކެމްޕޭންވެސް ކުރަނީއެވެ. އަނެއްބަޔަކު ސަރުކާރު ވައްޓާލަން ނިކަން ފޯރީގައި ތެޅިބާލަނީއެވެ. އެބަޔަކު އަސޭލާގެ ވާގިހޯދާ ހިސާބުޖަހާ ހުޅަނގުގެ ގައުމުތަކުން ވާގިލިބިގަންނަނީއެވެ. ނަމަވެސް ހުޅަނގަށްވެސް ނޭގުނު ކަމަކީ ދުނިޔޭގައިވެސް ހިސާބަށް އެންމެ މޮޅެތިމީހުންތިބީ ރާއްޖޭގައި ކަމެވެ. މަސްހޫރު ހިމިތީގެ ވާހަކަ އަޑުއަހަމުނޫންހެއްޔެވެ. އާއެކެވެ! މިވޭތުވެދިޔަ ލޯކަން ކައުންސިލްގެ ވޯޓުލާން ނިކުތް މީހުންނާ ގޮނޑިތަށް ބެހިގެން ދިޔަގޮތުން ހިސާބު ވަރަށް ސާފެވެ. ފާއިތުވެދިޔަ ލޯކަލްކައުންސިލްގައި ވޯޓުލާން ނިކުތީ އާބާދީގެ %67 މީހުންނެވެ. އޭގެތެރެއިން ސަރުކާރުފަޅިއަށް ލިބިގެންދިޔައީ %44 އެވެ. މިހާތަނަށް ރާއްޖޭގައި ބޭއްވިގެންދިޔަ ރިޔާސީ އިންތިހާބުތަކުގައި އާބާދީގެ %92 މީހުން ވަނީ ވޯޓު ލާން ނުކުމެފައެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާން ނުކުތް މީހުންގެ އިތުރުން %26 މީހުންނެވެ.  "މައުނައީ" ރިޔާސީ އިންތިހާބެއް ކާމިޔާބުކުރަން ރައީސްޔާމީން ގިނިކަންޔާ ނިކުމެވަޑައިގެންނެވިސް މިހާރު  ބޭނުންވަނީ އެންމެ %11 ވޯޓު ކަމެވެ. 2018 ވަނަ އަހަރު ރައީސް ޔާމީންއަށް އިތުރަށް %11 ވޯޓު ނުލިބެންވީ އެއްވެސް ސަބައެއް ނެތެވެ. ގައުމަށް އަންނަމުންދާ ތަރައްޤީއާއި ކުރިއެރުމުގެ އިތުރުން ފަރުދުންގެ މާލީ ތަނަވަސްކަން އިތުރުވެގެންދާ ދިއުމަކީ 2018 އަށް ރައީސް ޔާމީން ހޮވަން ދިވެހި ރައްޔިތުން ބޭނުންވާނެ ސަބަބެކެވެ. ބޭސްފަރުވާއަށް ސަލާންޖެހުން ނިމުމަކަށްގެނެސް އެންމެ ކުއްޖަކުވެސް ބާކީނުކުރާނަން ކުރައްވާ މަސައްކަތުން ކޮންމެ މަޔަކުވެސް ތިބީ 2018 ގައި ވެރިކަމަށް ރައީސް ޔާމީން ނޫން މީހަކަށް އާބަސް ބުނަން ތައްޔާރަކަށް ނޫނެވެ. އެކަނިވެރި މައިންނާ އިސްރައްވެހިންގެ ހިތްތަކުން މިޔަދު އެދިގޮވަނީ 2018 ގައިވެސް ރާއީސް ޔާމިން ވެރިކަން ކުރާށެވެ. ތުއްތުކުދިންނާ އާއިލާތަކުން ހިތްއުފާކޮށްލަން އަޅައިދިން ޕާކުތަކުގައި ތިބެގެންވެސް އެފަރާތްތަކުން އެދައްކަނީ އެއްވާހަކައެކެވެ. އާއެކެވެ! ޔާމީން ބޭބެ ނޫނީ 2018 އަކަށް ކަމަކު ނުދެއެވެ. ބޯހިޔާވަހިކަމެއްނެތްދުވަހު ބޯހިޔާކޮއްލާނެ ފްލެޓްތަކާ މަގުމަތިވެގެން ދުވި ޒުވާނުންގެ ބަލަދުވެރިޔަކަށް ވެވަޑައިގަތް "ބައްޕަ" ނޫން އެހެން ފަރާތެއް 2018 ގައި ވެރިކަން ކުރާތަން ބަލާކަށް އެފަރާތްތަކެއް […]
Read More ›

ވިސްނާލެއްވީމުތޯއެވެ؟

  ހުއްބުލް ވަތަނުގެ ލޮބުވެތި ދަރިންނޭވެ! ހޭބޯ ނުލެވީ އަޅެފަހެ ކޮންކަމަކައިގެން ތޯއެވެ؟ ތިބާ އެންމެ ފަހަރަކުވެސް ގައުމާއި މެދު ވިސްނާލެއްވީމުތޯއެވެ؟ ބައެއް ފަރުދުންގެ އަމިއްލަ އެދުން އިސްކޮށް ގައުމަށް ދެމުންދާ ގެއްލުމާއި މެދު ފިކުރެއް ކޮށްލެއްވީމުތޯއެވެ؟ ގައުމަށް އަންނަ ކޮންމެ ހެޔޮބަދަލަކުން ތިބާޔަށް ކުރާނީ ކޮން އަސަރެއްތ ވިސްނާލެއްވީމުތޯއެވެ؟ ކިތަންމެ ބަޔަކު ވެރިކަން ކުރާތަން ދުށީމު ނޫންހެއްޔެވެ! އިއްޔެއާއި އަދާ ފަރަގެއް ތިބާޔަށް ފާހަގަ ވިތޯއެވެ؟ މީހުންގެ ވާހަކަތަށް ތިމާގެ ސުކުނޑިން ނެރެލާ އަމިއްލަ ޒަމީރު ގަބޫލުކުރާ ނަޒަރިއްޔާތުން ތިބާ އެންމެ ފަހަރަކުވެސް ވިސްނާލައްވަމާތޯއެވެ؟  ތާއީދު ކުރަނީ އިދިކޮޅުފިކުރަށްތޯއެވެ؟ މައްސަލައެއް ނެތެވެ. ކުޑަ އިރުކޮޅަކަށް ނަމަވެސް ފިކުރުތައް އެއްފަރާތްކޮށް އަޅުގަނޑާއިއެކު ހިންގަވާށެވެ. ތިބާގެ މުސްކުޅި މަންމަޔާ ބައްޕަ ދުނިޔޭގައި އެބަ ހުންނެވިތޯއެވެ؟ އެމީހުންގެ ހިތްތަކުން މިޔަދު އެފެންނަ އުފާވެރިކަމުގެ އަސަރުތަކާއިމެދު ވިސްނާލެއްވީމުތޯއެވެ؟ ތިބާގެ ދަރިފުޅު ގޮވައިގެން އެ މުސްކުޅި މަންމައާއި ބައްޕަ ކަންމަތީ ފިހާރަތަކުން އައިސްކްރީމް އާއި ޗޮކުލެޓު ގަނެދީގެން ހަވީރު ފިންޔަށް ބުރުޖަހާލަން ޕާކުތަކަށް ދާތީ ތިބާ އުފަލެއް ނުވޭތޯއެވެ؟ އެ ތުއްތު ތުއްތު ދަރިފުޅުގެ މައުސޫމު ދެ ތުންފަތުން ފާޅުވާ އުފާވެރިކަމުގެ އަސަރުތަކުން ތިބާގެހިތަށް ހިތްހަމަޖެހުމެއް ނުލިބޭތޯއެވެ؟ އެކިމީހުންގެ ވިސްނުމާ ފިކުރު ކުރުމުގެ "ލެވަލް" ތަފާތުވެދާނެއެވެ. ތިބާގެ ކޮއްކޮ އަކީ ކިޔެވުމަށް އެހާ މޮޅުކުއްޖެއް ނޫން ދެއްތޯއެވެ؟ ނަމަވެސް ތިބާ މިޔަދު އެކަމާ ފިކުރު ކުރަން ނުޖެހުނީ ކީއްވެތޯ ހިޔާލުކޮއްލައްވަބައްލަވާށެވެ؟ އެންމެ ކުއްޖަކުވެސް ބާކީ ނުކުރަން ކުރާ މަސައްކަތުގެ ނަތީޖާއިން ނޭގި ނަމަވެސް ތިބާގެ ކޮއްކޮގެ މުސްތަގުބަލު އުޖާލާ ކޮއްފިނޫންތޯއެވެ؟ ކޮއްކޮ ބޮޑުވެގެން މުޖުތަމައުއަށް ނުކުންނައިރު ކުރާނެ މަސައްކަތެއް ނެތިގެން ވަޒީފާއެއް ހޯދަން، ތިބާ ތެޅެންޖެހުނު ހާލުގައި ތެޅެން ނުޖެހޭނެކަން ތިބާޔަށް ކަށަވަރު ނޫންތޯއެވެ؟ ހަސަނުބޭ ތިބާގެ ބޮޑުދައިތަ ވަރިކޮއް އެއްލާލާފައި ދިޔައީ 3 ކުދިންނާއެކު ނޫންތޯއެވެ؟ ހަސީނާ ކުރާނެ މަސައްކަތެއް ނެތި ބިކަހާލުގައި ގަނަތެޅެން ނުޖެހުނީ ކޮންކަމަކުންކަން ތިބާ ހަނދުމަނެތުނީތޯއެވެ؟ ބޮޑުދައިތަގެ ހުސޭނު އެހަރަގެން ކުރާ ވިޔަފާރި ފުޅާވެ އެދަނީ […]
Read More ›

ރަން ލާދީނީ 30 އަހަރު

  އަލް އަޒުހަރު ޔުނިވާސިޓީއިން އިސްލާމީ ޝަރީއާއިން ޑިގްރީ ހާސިލުކޮށް މައުމޫނު ރާއްޖެއަށް ވަޑައިގެން އޭރު ދިވެހިރާއްޖޭގެ ރައީސަކަށް ހުންނެވި އިބްރާހިމް ނާސިރަށް ފާޑުކިޔާ ވެރިކަމާ ދެކޮޅަށް އެތަކެއް ހަރަކާތްތަކެއް ހިންގަންފެށިއެވެ. ދިވެހިރައްޔިތުންގެ ސިކުންޑިތަކާ ކުޅެ ހަތިޔާރު ހިފާގެން ހުރެ ވެރިކަމުގެ ހުވާކުރައްވެވިއެވެ. ހުދުމުހުތާރު ވެރިކަން ދެމެހެއްޓުމަށް އިސްލާމްދީނުގެ ހުކުމްފުޅުތަށް އޮޅުވާލާ ވަނީ ފުރައްސާރަ ކޮށްފައެވެ. އަދި މައުމޫނުގެ ރަން ތިރީސްއަހަރުގައި އިސްލާމީ ހުކުމްފުޅުތަށް އެއްފަރާތްކޮއް ވަނީ އެޝަރީއަތްތަކާ ދެކޮޅަށް ހުކުމް ކޮށްފައެވެ. މައުމޫނު ވަނީ ރާއްޖެއަކީ އެއްޖިންސުން ގުޅުންހިންގުމަށް ތާއީދުއޮތް ގައުމެއްކަން ބޭރުގެ ފަރާތްތަކަށް ދެއްކުމަށްޓަކައި އެއްޖިންސުން ގުޅުންހިންގާ ޔަހޫދީ ކާފަރެއް ހިތްއުފާކޮއްދީ ހިތް ހަމަޖައްސައިދިނުމަށް ލަނޑާ ގިރާވަރުގައި ބުދުބަހައްޓާ " ގޭ ޕާޓީ " އެއްވެސް ބާއްވާފައެވެ. އެވަރަކުން ފުއްދާލީކީ ނޫނެވެ. ސްކޫލުކުދިންތަކެއް ލައްވާ މައުމޫނަށް ސަޖިދަ ޖަހާ އިސްލާމްދީނުގެ ހުކުމްފުޅުތަކާ ހިލާފަށް އަންހެނުން ގާޒީކަމަށް އިސްކޮއް ހުދުމުހުތާރު ވެރިކަން ދިފާއުކުރާ ހަތިޔާރަކަށް ދީން ވަނީ ހައްދަވާފައެވެ. މައުމޫނުގެ މަކަރާ ހީލަތް ބައެއް ދިވެހި އިލްމުވެރިންނަށް އިނގެންފެށި ހިސާބުން އަނެއްކާވެސް މައުމޫނު ވަނީ އިލްމުވެރިންގެ ދޫތަށް ބަންދުކުރުމަށްޓަކައި ދީނީ އެއްބައިވަންތަކަމުގެ ނަމުގައި ގާނޫނެއް ހަދާފައެވެ. އަދި މި ގާނޫނުގެ ދަށުން އިލްމުވެރިން ދީނުގައިވާ ހުކުމްފުޅުތަށް އާމުރައްޔިތުންނަށް ބަޔާންކޮށްދިނުން ވަނީ މަނާކޮއްފައެވެ. އަދި އެފަދަ އިލްމުވެރިން ޖަލައްލައި ތުނބުޅީގައި ޗިލީސޯސް އުނގުޅާ ތުނބުޅި ވަނީ ބާލުވާފައެވެ. މައުމޫނުގެ ރަން ލާދީނީ 30 އަހަރުގެ އޭރުގައި މޫނު ބުރުގާ އެޅި އެތަކެއް އަންހެނުންނެއް ވަނީ ނުހައްގުން ޖަލައްލާ ނަފްސާނީގޮތުންނާ ޖިސްމާނީގޮތުން އެތަކެއް އަނިޔާއެއްކޮށްފައެވެ. މީގެއިތުރުން ޖަލުތަކުގައި ތިބި އަންހެން ގައިދީންގެ އިތްފަތްތެރިކަން ވަނީ ފޭރިގަނެފައެވެ. ޖަލުތަކުގައި ވަނީ އެތަކެއް ކުއްވެރިންތަކެއް ތަޅާ އަނިޔާކޮއް މަރާލާފައެވެ. އަދި އެމީހުންގެ އާއިލާތަކަށް އެނގުމަކާއިނުލާ މަރާލުމަށްފަހު އެތަކެއް ހަށިތަކެއް ވަނީ ވަޅުލާފައެވެ. ދިވެހިރާއްޖޭގައި ބޭނުންދީނަކަށް އުޅޭވޭނެކަމަށް ކަނޑައެޅުމަށްޓަކައި ބޭރުގެ ފަރާތްތަށް ލައްވާ ރަށްރަށުގެ ސްކޫލްތަކުގައި ތަޤުރީރު ކުރުވާފައެވެ. މީގެ އިތުރުން ރާއްޖެއަށް މަސްތުވާތަކެއްޗާ ދުންފައި އެތެރެކޮއް މައުމޫނު ވަނީ […]
Read More ›

ވެރިކަމަށް މޮޅީ ކެނެރީގޭ ޚާއިނަކަށްވުރެ ކާމިނީގޭ ފުއްލާއެއް!

އުމުރުން މިހާރު 22 އަހަރު ވީއިރު 4 ވެރިކަމެއް ތަޖުރިބާ ކޮއްފީމުއެވެ. ބަރުހެލި ދުވެލީގައި ވެރިކަންކުރި މައުމޫނު ގެ ވެރިކަމުގެ އިތުރުން ތިންއަހަރުގެ ކުރު ވެރިކަމެއްކޮށް އިސްތިއުފާދީ ގެޔަށްދިޔަ ނަޝީދުގެ ވެރިކަމާ އެއަށްފަހު އައި ވަހީދުގެ ސަރުކާރެވެ. އަދި ފޯރިގަދަ އިންތިހާބަކަށްފަހު ދިވެހި ދައުލަތުގެ ހުންގާނުގައި ހިފި ޔާމީންއެވެ. ކާމިނީގޭ ސާރިދޯޅަ 30 އަހަރުން ފިނިހަކަ ދުވެލީގައި ގެނައި ތަރައްގީގެ ބައިކުޅަބައި 3 އަހަރުން އެފުއްމިފުށައް ޖެހީއެވެ. ވެރިކަމަށް އަންނަށް ރައްޔިތުންނަށް ދެއްކިހާ ދަޅައެއްގެ އަލި ކެނޑި ނިވުނީއެވެ. ވެރިކަމުގެ ކުރު ތިންއަހަރުގައި ޖެހި ކަޑަތަށް ފީވެދިޔައިރުވެސް ބިންގަލުން މައްޗަށް އެރި ފުލެޓެއް ބަނދަރެއް މަގެއް ނެތެވެ. ކަނޑާ ފަޅުން ހޯދަންބުނި ނަފާ އެއް ނެރެވޭގޮތެއް ނުވެ ރިސޯޓުތަކާ ބޭރުގެ އިންވެސްޓަރުންނަށް ދަތިކޮށް ކޮރަފްޝަނުގެ ހާއްޔަކަށް  ދައުލަތް ބަދަލުކޮއްލިއެވެ. އެޅުނު ފްލެޓެއްވިއްޔާ ދިނީ ގާތްތިމާގެ މީހުންނަށާ ޕާޓީގެ މީހުންނަށެވެ. ވެރިކަމަށް ވަޑައިގަންނަވަން ޑޮލަރުގެ އަގުހެޔޮކުރަށްވާނެކަމަށް ވިދާޅުވެ ވެރިކަމާ ހަވާލުވެ ޑޮލަރުގެ އަގު ބޮޑުކުރެއްވުމުން އިންފްލޭޝަން ރޭޓު އެތަށް ގުނަޔަކަށް މަތިވެގެން ދިއުމުގެ ނަތީޖާއަކަށްވީ ރައްޔިތުމީހާގެ އަނގަޔާ އަތާ ދިމާނުވުމެވެ. ގައުމުގެ ހަރުމުދާތައް ނުއަގުގައި ބޭރުގެ އެކުވެރިންނަށް ވިއްކާ ގައުމު ދަރުވާލީއެވެ. އެއްމެ ރިސޯޓަކާ އެއްމެ ލެޕްޓޮޕަކުން ހިންގަން ބުނި ސަރުކާރު ވެރިކަމުގެ ތިންއަހަރު ނިމިގެން ދިޔައިރު ސިޔާސީ މަގާމުތަށް ގިނަވެ މަތިބަރުވުމުގެ ނަތީޖާއަކަށްވީ ބޭރުގެ ބޭންކުތަކުންނާ ގައުމުތަކުން ރާއްޖެއަށް ލޯނުދޭންވެސް ފަސްޖެހުމެވެ. އިސްލާމްދީނުގެ އަދާވާތްތެރިންގެ މަދަދު ލިބި ޒަމާނުންސުރެ ދިވެހިން ގަބޫލުކޮށްގެން ތިބި އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ އަލިން ބޭރުކޮއް ދީނަށް ފުރައްސާރަކޮށް ރަސޫލާއަށް ހަޖޫޖަހައި، ގައުމުގެ އިޖްތިމާއީފޭރާން ވީދާ ކުދިކުދި ކޮއްލީ ހުޅަނގުގެ ގައުމުތަކުން ނަކަލުކުރި "ދޮންމީހުން އުޅޭގޮތް "ދިވެހިންގެ ތެރެޔަށް ފަތުރައިގެންނެވެ. ރަލާއި މަސްތުވާތަކެތީގެ އިތުރުން ބަރަހަނާވެ ޕާޓީ ކުދިން ބިރާކާނުލާ މަޖާކުރަން ދަސްކޮށްދީ މި މަޅީގައި ޒުވާނުން ޖެއްސުވީއެވެ. ދިވެހިން ދިވެހި ގައުމު އާރާސްތުކޮއް ގައުމު ބިނާކުރުމަށް 2007 ވަނަ އަހަރު ވެރިކަމަށް ގެނައި ކެނެރީގޭ " ޕްރޮޑަކްޓުން"  ގައުމަށް […]
Read More ›

ސިޔާސީ ބަލިމަޑުކަން.

ރައްޔިތުންގެ ހައްގުގައި ކޮތަރިނަގާ ޕޯޑިއަމްތަކުގައި ވާހަކަދައްކާ ސިޔާސީ ވެރިންނަށްވުރެ ބަލިހާލަތު ބޮޑު ބައެއް ގައުމުން އަދު ނުފެނެއެވެ. ދިވެހި ރާއްޖޭގެ ގާނޫނު އަސާސީޔާ ޤާނުނުތަކަށް ގޮންޖަހާ ސިޔާސީ ވެރިންނޭކިޔާ ބަޔަކު މަތިހަށިނަގާފައި ނުކުމެ އުޅޭއިރު ގާނުނުގެ ދިގު އަތް އެމީހަކާ ހަމަކުރުމުން ސިޔާސީ ބަލިމަޑުކަމެއް ޖެހެއެވެ. ތިރީސް އަހަރުގެ ބެއްޔާވެސް އެވަރަށް ކައިގެން ފޭބިއިރުވެސް މިޔަދުގެ ނޫކަށިފުރާގެ ސިޔާސީވެރިންނަށްވުރެ ގަދަކަމަށް ދައްކައެވެ. މޭފުއްޕާފައި ނިކުތް ޑިމޮކުރަސީގެ ބައްޕަ ކަމަށް ދައުވާކުރާ ކެނެރީގޭ ބާގީންގެ ފުށުން ފާވި "ޓެރަރިސްޓު" ،  ޤާނޫނުގެ ދިގުއަތް އަރާ ހަމަކުރުމާއެކު ޖަލުގައި އަޅާދިން ގަނޑުވަރުގައި ނޯވެވިގެން މާބަދައެއްގައި ރިއްސަންފެށީ ތިޔަހެނެއް ނޫނެވެ. އެންމެފަހުން ރާއްޖޭންބޭރުން އިނގިރޭސިވިލާތުގައި ހުރި އާމާލް ކްލޫނީކިޔާ މާބަދާގެ ހާއްސަ ޑަކްޓަރަކަށް ދައްކަން ރާއްޖެއިން ބޭރަށް ގެންގޮސް ޑޮކްޓަރ ކުލޫނީއާއި އެކު ގޮނޑިދުއްވާ ކުޅުމާއެކު މައިބަދާގެ ރިހުންކެނޑި ހިނގައްޖެއެވެ. ރައްޔިތުންގެ ހައްގުގައި ކަމަށް ބުނެ މަކަރާހީލަތުން ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ރިސްވަތުގެ ހުތުރު ފައިސާ ހުށައެޅިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ މާމިނގިލީ ދާއިރާގެ އިއްޒަތްތެރި މެންބަރު ގާސިމްގެ ހާލުވަކިން ބޮޑެވެ. ކަޅުފައިސާބަހަން ނިކުންނެވީ ވަރަށް ޖޯށުގައި ފުއްޕާފައެވެ. ވެރިކަން ވައްޓާލުމަށެވެ. ނަމަވެސް މިޔަދު ހާލަތު ތަފާތެވެ. ކޯޓައް ހާޒިރުވާން 24 ގަޑިއިރަށް ވާއިރަށް ހާލުބޮޑުވަނީއެވެ. ދެންމެ ދެންމެ މަރުނުވެ އޮއްނެވިކަން ހަމަ ކިރިޔާއެވެ. އަނެއްކޮޅުން ފަރުވާ ކުރެވެނީ އެމްޑީޕީގެ ކްލިނުތަކުންނާ ޖަގަހަ ތަކުންނެވެ. ޗިޓު ކެންސަލުވެ ، ސަރީއަތް ކެންސަލު ވުމާއެކު ގާސިމުގެ ހާލު ރަނގަޅުވެ ގައިގައި ވަރުޖެހެނީ އަޖައިބެއްކަހަލަ ގޮތަކަށެވެ. އަނެއްކޮޅުން އަދީބެވެ. ޓުވަރިޒަމް މިނިސްޓަރު ކަމުގައާއި ނައިބުރައީސްކަމުގި ހުންނެވި އިރު ގާނޫނާ ޙިލާފު އެތަކެއް ޖަރީމާތަކެއް ހިންގެވުމަށްފަހު ވަލީޔުލްއަމްރު އަވަހާރަކޮއްލަން މަސައްކަތްކުރުމުން ޖަލަށް ދާންޖެހިވަޑައިގަތް އަދީބަކީވެސް ސިސާސީ ބަލިބޭފުޅެކެވެ. ތަނަވަސްކަމުގެ ވަސް ފިލާގޮސް ޖަލުތަކުގެ ތޭރިތަކުގެ ތެރޭގައި އޮންނަންޖެހުމާއެކު ލޮލަށް ބޮލަށް ބަލިތަށްޖެހެންފެށީ ފުރާނަޔަށް ނުރައްކާވާ ވަރަށެވެ. ނަށަންގެންގުޅުނު ކުދިންތަށް ނުފެނުމުން ލޯއަވަރުވާން ފެށީއެވެ. އާމުރައްޔިތުން ކާ އާދާގެ ކެއުން ކާން ޖެހުމުން ހަށިގަނޑުގައި […]
Read More ›

ރޮޒޭނާ ދަރިވައްޓާލީތަ؟

އިދިކޮޅު ފަރާތްތަކުން މިހާރުގެ ސަރުކާރާ ދެކޮޅަށް ސިޔާސީ ހަރަކާތްތަށް ފަށާގަނެގެން އައިރު ހުޅުމީދޫދާރިރާގެ އިއްޒަތެއްނެތް އިއްޒަތްތެރި މެންބަރު ރޮޒޭނާ އާދަމް އިނީ ބަލިވެކަމަށް އަޑުފެތުރުނެވެ. ސިޔާސީ ހަރަކާތްތަކުން ނުފެނި ދިޔައީ އެހެންވެއެވެ. އެމްޑީޕީގެ ޗެއާރ ޕާރސަން އަލީ ވަހީދުއާ އެކު ލަންޑަނުގައި ބޭއްވި ބައްދަލުވުންތަކަށް ފަހު ޕޯޑިއަމްތަކުގައި ކުރަކި އަޑުން އަޑުނެރެ ފެލޭ ރޮޒޭނާ ނުފެނުމުން ކޮންމެވެސް ވަރެއްގެ ފަޅުކަމެއްވެސް ފާހަގަ ކުރެވުނެވެ.  ނަމަވެސް ހަތަރުވަރަކަށް މަސްފަހުން މަންޒަރު ތަފާތުވެއްޖެއެވެ. މުޒާހަރާތަކުގެ އިތުރުން ޕޯޑިއަމްތަކުން ފެލެންފެށީ ރޮޒޭނާއެވެ. ބަނޑެއްބޮޑެއް ނޫނެވެ. ވަރުގަދައެވެ. ފޯރިއާ ޖޯށުގައި މަތިހަށިނަގާ އުޅެންފެށީ ބަނޑުބޮޑު މީހަކު އުޅޭނެ ފާޑަކަށް ނޫނެވެ. ލަދެއް ހަޔާތެއްނެތީއެވެ. ސިޔާސީހަރަކާތަށް ނުކުންނަށްވެގެން ދަރި ވައްޓާލީއެވެ. ކުށެއްނެތް ފުރާނަޔެއް މަރާލުމަށްފަހު މީހުންގެ ހައްގުތަށް ހޯދައިދޭން ނުކުންނަން ލަދެއް ނުގަނޭހެއްޔެވެ؟
Read More ›

އަޅުގަނޑުމެން ހިތްވަރު ލިބިގަންނަނީ ނަޝީދުގެ ކިބައިން – މައުމޫން

30 އަހަރު ތޮށިގަނޑު ނިވަލުގައި ފިލާއޮވެ ހިޔަޅު ވެރިކަން ކޮއްފިޔެވެ. ދޮންކަޅު އަންގާނުލާ ދައުލަތް އެތަށް ފަހަރަކު ދަވާލާފިއެވެ. އެވަރުން ނުފުދިގެން އަނެއްކާވެސް ތޮށިގަނޑު ފަޅާ "ގޮޅާ" ނުކުމެ ވެރިކަމުގެ ދަހިވެތިކަމުގައި ވައްވައް ޖަހާގަނެފިއެވެ. ސިޔާސީ ޖަޒުބާތުގައި ޖެހި ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭނގޭ ހިސާބައް ހިގައްޖެއެވެ. އެންމެ ފަހުން ވާގިވެރިކަން އެދި ހިތްވަރު ލިބިގަންނަނީ ދީނަށް ފުރައްސާރަކުރާ ކެނެރީގޭ ގައްދާރެއްގެ ކިބައިންކަންވެސް ހާމަކޮއްފިއެވެ. މި އެނގުނީ އަދިތާއެވެ! ކެނެރީގޭ ނަޝީދު ސާކް ސަމިޓައް އައްޑޫ ސިޓީގައި ބުދު ބެހެއްޓި ހަނދާން ވޭހެއްޔެވެ؟ ދެން ފިކުރު ހިންގާލަންވީ ގިރާވަރުގައި މައުމޫނު ބެހެއްޓި ބުއްދާ ތަކުގެ މަތިންނެވެ. ރޯ އޮރިޔާމުން ގިރާވަރުގައި ބެހެއްޓި ބުދުތަކުގެ ކުރިމަތީގައި ބުދުދީނުގެ އީދެއް ފާހަގަ ކުރިއިރު މައުމޫނު އެ އީދު ފާހަގަކުރުމުގައި ބައިވެރިވި ވާހަކަ އެއްސެވީމުތޯއެވެ؟ ދުންފަތާ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުން އިބްރާހިމް ނާސިރުގެ ވެރިކަމުގައި މަނާކޮއްފައި ވަނިކޮން ރާއްޖެއަށް ދުންފަތް އެތެރެކުރުމުގެ ހުއްދަދީ ދުންފަތުގެ ވަބާގައި ދިވެހިން ޖެއްސުވީ 30 އަހަރު ވެރިކަންކުރި މައުމޫނެވެ. ދުންފަތާ ދިވެހިން ތަތްތެޅުވުމަށްފަހު މަސްތުވާތަކެތީގެ ވަބާގައި ދިވެހިން ޖެއްސީ ވެސް މައުމޫނެވެ. ހަނދުމަފުޅު އެބަހުންނެވިތޯއެވެ؟ ކުރު ވެރިކަމެއްކޮއް އިސްތިއުފާދީ ގެޔަށްދިޔަ ކެނެރީގޭ ނަޝީދަކީވެސް ބަނގުރަލާ މަސްތުވާތަކެތި ބޯންވާނެކަމާ ބޮވެންވާނެކަމަށް ވިދާޅުވެ، ދިވެހިން އަބަދަކު ހަމައިގައި ހުންނަން ނުޖެހޭނެކަން ވިސްނައިދިން ބާޣީ އެވެ. އެވަރަކުން ނަޝީދު ނިންމައެއް ނުލައެވެ. ގުރުއާނާ ސުންނަތުގެ ބަދަލުގައި އެހެން ފަރުވާއެއް ބޭނުންވާކަމަށް ވިދާޅުވެ ޝޭހުންނަށް ހަޖޫޖެހި އެވެ. ރަސޫލާއަށް މަލާމާތާ ފުރައްސާރަ ކުރިއެވެ. އަމަ މި ބީދައިން މައުމޫނު ވަނީ ހިޖާބު އެޅުމާ އަންހެނުންގެ އައުރަ ނިވާކުރަން ނުޖެހޭކަމަށް ބުނެ ސުންނަތަށް ފުރަށްސާރަ ކޮއްފައެވެ. ރާއްޖޭގައި ދީނީ އިލްމު އުގަންނައިދިނުމުން މަހުރޫމުކޮއް ދީނީ އިލްމުވެރިން ޖަލަށްލާ އަނިޔާ ކުރިއެވެ. މައުމޫނު މިވަރަކުން ފުއްދާލީކީނޫނެވެ. ޖަލުތަކުގައި ހައްޔަރުކޮއްފައިތިބި އެތަށްބައެއްގެ ތެރެޔަށް ބަޑިޖަހާ މަރާލީ ވެރިކަމަށް ބޫތަކައިގެންފައިވާލެއް ބޮޑުކަމުންނެވެ. އެތަކެއް ދިވެހި ދަރިންތަކެއްގެ ފުރާނަ ޖައްވަށް ފަޒާޔަށް ވައިގެތެރެޔަށް ފޮނުވާލި ވަޒަންތަކުން […]
Read More ›

ނޫސްވެރިންތަ؟ އެކްޓިވިސްޓުންތަ؟

ތިންބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއްގެ ހަތަރުވަނަ ބާރުގެ ގޮތުގައި ބެލެވިފައިވާ ހަބަރުފަތުރާ ވަސީލަތްތަކަކީ ރަތްޔިތުންނަށް ބޮޑުމަންޒަރު ތިލަކޮއްދޭ ވަސީލަތް ނަމަވެސް ރާއްޖޭގައި މިކަން ތަފާތެވެ. އުޅެނީ ނޫސް ވެރިންނެވެ. ނިކަން ހައްގުތަށް ބޮޑެވެ. މުޅިންވެސް ދައްކަނީ އެބައިމީހުންގެ ހައްގުތަކުގެ ވާހަކައެވެ. ފުލުހުންނާ ސިފައިން އެހައްގުތައް ނިގުޅާގަންނަ ވާހަކައެކެވެ. ނޫނީ މަޖިލީހާ ސަރުކާރުން ކޮއްމެސް ކަމެއް ކޮއްގެން އުޅޭ ވާހަކައެވެ. ނަމަސް ހަޤީގަތް ވަރަށް ތަފާތެވެ. ނޫސްވެރިން ނިގުޅާގަތީ ކޮން ހައްގެއްތޯއެވެ؟ ނިކަން ގަޓުހުރި ނޫސްވެރިޔަކު ލިޔެލަބަލަށެވެ! ވަކިބައެއްގެ ހައްޤުތަށް ހިމާޔަތްކުރުމަށް ފޫގަޅާގެން ތިބި އެކްޓީވިސްޓުންނެވެ. ފުލުހުން ބަންދުކޮއްފައިވާ ސަރަހައްދެއްވިއްޔާ އެތަނަކަށް ބޯކޮއްބާނުލާ ނޫސްވެރިންނެއް ހިތްހަމައެއް ނުޖެހެއެވެ. ސޯޝަލް މީޑިއާގައި މުޅިންވެސް ސަރުކާރާ ފުލުހުންނާ ސިފައިންނަށް ބެވުން ނޫން ކަމެއް ނެތެވެ. ސަރުކާރުން ކުރި ރަނގަޅުކަމެއް ދުވަހަކު ނެތެވެ. އެމްޑީޕީގެ ފިކުރުން ޖަރީވެތިވެ ތިބެ ނޫސްވެރިންގެ ޓެގް އަޅުވާފައިވާ ބައިގަނޑެކެވެ. އާމުރައްޔިތުންނަށް ފޯރުކޮއްދޭ މައުލޫންމާތަކީ މުޅިންވެސް އެއްފަރާތަކަށް ބުރަވެތިބެ ދައްކާ ވާހަކައެވެ. ގައުމުގައި ފިތުނަޔާ ފަސާދަ ފެތުރުންނޫން ކަމެއް ނުކުރެއެވެ. ގައުމުގައި އެކަނިތޯއެވެ؟ ނޫނެކެވެ. ބޭރުދުނިޔޭގައިވެސް ދިވެހި ނޫސްވެރިން ދަނީ ރާއްޖޭގެ ރީތި ނަން ކިލަނބު ކުރަމުންނެވެ. ބޭރުދުނިޔެއަށް ވިސްނައި ދެމުން ގެންދަނީ ރާއްޖޭގެ ކަޅުފަރާތުގެ ނަމުގައި މުޅިން ތަފާތު މަންޒަރެކެވެ. ބަދުނާމު ތިޔަކުރެވެނީ ރައީސްކަމަށް ހީކުރިޔަށް ބަދުނާމު ވާނީ ރާއްޖޭގެ ނިކަމެތި ރައްޔިތުންނެވެ. މިކަމުގައި ވެސް އަރާހުރު ކުދިންކޮޅެއް އުޅެއެވެ. ރާއްޖެ ޓީވީގެ އިތުރުން މިނިވަން ނޫސްގެ ނޫސްވެރިންނާ އަދިވެސް ބައެއް ނޫސްތަކުގައި މަސައްކަތް ކުރާ ފަރާތްތަށް މި ބޮޅުގައި ހިމަނާ ނުލާ ދޫކޮއްލެވެން ނެތެވެ. އަޑު އުފުލެނީ ވަކި ބަޔަކު ގެއްލުނީމައެވެ. އެހެން ނޫންނަމަ ކަހާތަން ހިރުވާވެސް ނުލައެވެ. މީހެއްގެ އަބުރާ ބެހިނުލާ ކެއްކޮއްނުލެވުނުތާ ލާރިދިނީޔާ ކޮންމެ ހަބަރެއްވެސް ޖަހާލަން ވީއެވެ. އަމިއްލަ ޑިގު އަރުވަން ކެމެރާގެ ފުރަގަހުން ފުލުހުންނާތޮޅި ފުލުހުން ހައްޔަރު ކުރުމުން ނިކަން ނިޔަނެތި ބަޔަކަށްވެގަނެވެ. ސައުދީން އެންބަސީން ބައެއް ނޫންވެރިންނަށް ލާރި ދިނުމުން އަނެއް ބަޔަކު ކަންބޮޑުވިއިރު ކޮންމެ […]
Read More ›

އެމްޑީޕީގެ ރިޔާސީ ޓިކެޓް މައުމޫން ބޭނުން މީހަކަށް!

ގާނޫނު އަސާސީގައިވާގޮތުން ކޮންމެ މީހަކީވެސް ހަމަހަމަ މީހެކެވެ. އެއްވެސް މީހަކު އިސްތިސްނާވުމެއްނެތެވެ. ޖަލުހުކުމެއް ތަންފީޒު ކުރަމުންދަނިކޮށް، ނަޝީދު ގޭ ބަންދަށް ބަދަލު ކުރުމުން، އެކަމާ ކޯފާ އިސްކުރައްވައި، ނަޝީދަށް އެއްވެސް ލުޔެއް ދީގެން ނުވާނެކަމަށް މަޖިލިސް މެންބަރުންނަށާއި ކޮއްކޯފުޅު ރައީސް ޔާމީނަށް މައުމޫން އެންގިއެވެ. ބޭސްފަރުވާކުރަން ކަމަށްބުނެ ނަޝީދު އިނގިރޭސިވިލާތަށްގޮސް އެތަނުގައި ފިލުމުން، އޭނާ އަނބުރާ ރާއްޖެ ގެނައުމަށް ސަރުކާރުން މަސައްކަތް ފެށުމުން، އެކަމަކީ ބޭކާރު ކަމެއްކަމުގައި ވިސްނައިދޭން މައުމޫން އުޅުނެވެ. މައުމޫންގެ ޕްލޭނަކީ ކޮބައިހެއްޔެވެ؟ އިދިކޮޅު ހުރިހާ ލީޑަރުން އެއްކޮށްގެން މައުމޫން މިހާރު ކުރާކަމަކީ ރާއްޖޭގެ ތަރައްޤީއަށް ހުރަސް އެޅުމެވެ. ސަރުކާރަށް ޖެއްސުން ކުރުމެވެ. ބަޣާވާތް ކުރުމެވެ. މަގުމައްޗަށް މީހުން ނެރެގެން އަމަންއަމާންކަން ނަގައިލުމެވެ. ހުރިހާ ގެއްލުމެއް ލިބެނީ ރައްޔިތުންނަށެވެ. ޢާންމުވަމުންދަނީ ކޮރަޕްޝަނާއި ފަސާދައެވެ. ރިޝްވަތު ދީގެން މަޖިލިސް މެންބަރުންގެ އަގު ވައްޓާލައިފިއެވެ. ބޮޑެތި ކުށްތައް ކުރާ މީހުންތައް ރާއްޖޭން ބޭރުގައި ފިއްލުވައިގެން ގެންގުޅެން ފަށައިފިއެވެ. މި ލިސްޓަށް އެންމެ ފަހުން އިތުރުވީ މައުމޫންގެ ޕާސަނަލް އެސިސްޓެންޓް އަޙުމަދު ސޮފްވާނެވެ. އެއީ މަސީޙު މަގާމުން ދުރުކުރަން ރޭވި ރޭވުންތަކުގެ ތެރެއިން ހިނގައިގެންއުޅޭ ކަމަކަށެވެ. މައުމޫނާއި ފާރިސްގެ އެންމެ ގާތް މީހެއްގެގޮތުގައިހުރި ސޮފްވާން މައުމޫނާއެކު ރާއްޖޭން ބޭރަށް ގޮސް، ފުލުހުންނަށް އިޖާބަ ނުދީ، ފިލައިގެން އުޅޭތީވެ، އޭނާ ހޯދަން އިންޓަޕޯލްގެ އެހީތެރިކަމަށް ފުލުހުން ވަނީ އެދިފައެވެ. ސޮފުވާން ފިއްލުވައިގެން މިހާރު އެ ގެންގުޅުއްވަނީ ސީދާ މައުމޫނެވެ. މައުމޫންފަދަ ސިޔާސީ މީހުން ގިނަ ފަހަރު ނޭއްގާނީ ކަންތައްތައް ކުރާނީ ސީދާ އޭނާ އެކަމުގައި ޝާމިލުވުމުގެ ބަދަލުގައި އެހެން މީހުން ލައްވައެވެ. އެންމެނަށް އެއްހަމައަކުން ގާނޫނު ހިނގަންވާނެ ކަމަށް މައުމޫން އަޑުހަރުކޮށް ބުނާއިރު، މައުމޫނުގެ މިހާ ގާތް މީހަކު ފުލުހުންނަށް އެއްބާރުލުން ނުދިނުމަކީ މައުމޫންގެ ހީލަތްތެރިކަމާއި ދެފުއްދެގޮތްކަން ވަރަށް ރަނގަޅަށް އެނގޭ ކަމެކެވެ. ސޮފްވާންފަދަ މީހަކަށް ބައިނަލްއަގްވާމީ އިދާރާތަކަށްވެސް ފިލައިގެން، އަރާމުގައި ރާއްޖޭން ބޭރުގައި އެއުޅެނީ މައުމޫނާއި ގާސިމުގެ މަދަދާއެކުގައެވެ. އެހެންނޫންނަމަ، ސޮފްވާންފަދަ އާދައިގެ މީހަކަށް އެއްވެސް […]
Read More ›