MENU

މައުމޫނެވެ. ދިވެހިންނަށް ހުރި ލަދަކީ ކަލެޔެވެ.

  އޮޅުވާލެއްވިޔަސް ބޮޑުވަރެވެ. ހީފުޅުކުރެއްވީ ދިވެހިންގެ ސިކުނޑިތަކުގައި 30 އަހަރު އެޅުވި ކަސްދޮޅުތަށް އަދިވެސް ހުރިކަމަށް ހެއްޔެވެ. ވެރިކަން ދަމަހަށްޓަން ވަޅުލިހާ ފަންޑިތާގެ ބާރު އަދިވެސް ހުރީކަމަށް ތޯއެވެ. މިޔަދު ލަދުހަޔާތުގެ ކަންފުޅެއްނެތިގެން ޓުވީޓް ކުރެއްވީ އެހެންވެތޯއެވެ؟ މިއަންމާގައި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ބޮޑު ގަތުލު އާންމެއް ހިންގަމުން ދަނިކޮށް އދ. ގައި އިއްޔެ ނެގި ވޯޓަކީ މިޔަންމާގެ ސަރުކާރުން ހިނގަމުންދާ ގަތުލު އާންމުތަކާއި ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވަން ނެގި ވޯޓެއްތޯ ނުވަތަ ނޫންތޯ އުސްތާޒް އަމިއްލަ ނަފްސާމެދު ސުވާލުކޮއްލަބަލާށެވެ. އދ. ގެ 72 ވަނަ އާންމު ޖަލްސާގެ އެޖެންޑާގައި ހިމެނުމާ މެދު އިއްޔެ ނެގި ވޯޓަކީ ތިޔަ އުސްތާޒައްވެސް އެނގޭނެހެން އަނިޔާ ލިބެމުންދާ މުސްލިމުންނާ ބެހޭވެސް އެއްޗެއް ނޫނެވެ. ކުޑަމިނުން އެމީހުންގެ ވާހަކަވެސް އައިސްފައި ނެތް އެއްޗަކަށް ވޯޓު ދިނުމުން ރޮހިންޔާ މުންލިމުންގެ ހަށްޤުތަށް ހިމާޔަތް ކުރެވުނީތޯއެވެ؟ އުސްތާޒުގެ ލަޤަބާގައިއެކު ދިވެހިންނަށް އޮޅުވާލެއްވީތޯއެވެ؟ މައުމޫނެވެ. މަނިކުފާނަކީ ދިވެހިންނަށް ހުރި ލަދެކެވެ. ނިކަމެތިކަމާއެކު ބިކަވެ އަނިޔާލިބެމުންދިޔަ ފަލަސްތީން މިނިވަން ދައުލަތެއްގައި ބަލައިގަތުމަށް ނެގިނު ވޯޓުގައި އޭރުގެ ސަރުކާރުގެ މަންދޫބު ޝިފާ ދެކަމު ހާޖަތަށް ދާންޖެހިގެން ބައިވެރިވެ ވަޑައިނުގަތުމުން އެކަމާ ލަދެއް ނުގަނޭތޯއެވެ؟ ދީނީ އިލްމުވެރިންގެ ތުނބުޅީގައި ޗިލީ ސޯސް އުނގުޅާ ތުބުޅިތަށް ބޭލުނީތީ ލަދެއް ނުގަންނަމުތޯއެވެ؟ ތިޔަ އުސްތާޒުގެ ވެރިކަމުގައި ދީނީ އިލްމުވެރިންނަށް ދިން އަނިޔާތަށް ލަދުވެތި ނުވަމުތޯއެވެ؟ ލާދީނީ 3 އަހަރުގެ ވެރިކަމެއް ކޮއް ދިޔަ ބާޣީއަކާ ބައިއަތުހިފަން ލަދެއް ނުގަނޭތޯއެވެ؟ މައުމޫނެވެ. ކަލެޔަކީ ދިވެހިންނަށް ހުރި ލަދެކެވެ. މައުމޫނެވެ ކަލެޔަކީ ދިވެހިންނަށް ހުރި ލަދެކެވެ. ވެރިކަން ކުރި ދުވަސްވަރު ރާއްޖޭގެ ޖަލުތަކުގައި ހިންގި ގަތުލު އާމުތަކާއިމެދު ލަދު ނުގަނޭތޯއެވެ؟ ޖައްވައް ފަޒާޔަށް ހަވާޔަށް ޖެހި ވަޒަނުން މި ދުނިޔެ ދޫކުރި މީހުންނާ އަނިޔާ ލިބުނު މީހުންނާއި މެދު ލަދެއް ނުގަނޭތޯއެވެ؟ ނަސޯރާދީން ކުރިއަރުވާ ފަރާތްތަކަށް އިނގިރޭސި ރާނީ ދެއްވާ ޖީސީއެމްޖީ ހިތްޕަވައިގެން ރާއްޖެ ވަޑައިގެން އިސްލާމީ ގައުމެއްގެ ވެރިކަން ކުރައްވަން […]
Read More ›

އަންނިއަކީ ކާފަރެއް

  1967 ވަނަ އަހަރު ގ. ކެނެރީގެއަށް އުފަން މުހަންމަދު ނަޝީދަކީ ހުޅަނގުގެ ފަރާތްތަކަށް "ޑިމޮކްރަސީގެ ޗެމްޕިއަން" އެވެ. ހިއުމަން ރައިޓްސް އާއި ތިމާވެށި ހިމާޔަތް ކުރުމުގައި އަރާހުންނެވި ބޭފުޅެކެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިމޮކްރެޓިކް ވެރިކަމެއް ކުރެއްވި ބޭފުޅާއެވެ. ހުޅަނގުގެ "ރަން ދަރި" އެވެ. ނަމަވެސް ދިވެހިންނަށް ނަޝީދު ފެންނަކީ ތަފާތު މިޒާޖެއްގެ ބޭފުޅެއްގެ ގޮތުގައެވެ. ދިވެހިންނަށް އެމަނިކުފާނު ދައްކަވަނީ ޑިމޮކްރަސީގެ ނަމުގައި ވެރިކަމުގެ ދަހިވެތިކަމުގައި އުޅޭ އައްޓި މަހެއްގެ މިސާލެވެ. ދިވެހި ރަށްވެއްސެއްގެ ނަމުގައި ގައުމުގެ އިގްތިޞޯދު ފުނޑާލަން މަސައްކަތް ކުރާ ގައްދާރެއްގެ މިސާލުގައެވެ. ވެރިކަމުގެ ބާރުތައް ބޭނުންކޮށްގެން ރައްޔިތުންގެ ލާބަޔަށް ކަމަށް ބުނެ އާއިލާއާ ގާތް ރައްޓެހިންގެ ޖީބުތައް ދައުލަތުގެ ބައިތުލްމާލުން "ކޮޅާލައިގެން " ފުރަން މަސައްކަތް ކުރެއްވި ވަގެއްގެ މިސާލުގައެވެ. ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގެ ނަމުގައި ރައްޔިތުން ބަނޑަށް ޖައްސާ އަނގަޔާ އަތާ ދިމާނުވާވަރު ކުރި މަކަރުވެރިއެއްގެ މިސާލުގައެވެ. ޑިމޮކްރަސީގެ ނަމުގައި ހުދުމުހުތާރުކަމުގެ ތާކިހާ ތުރުކުރައްވައިގެން ހުންނެވި އެދުރެއްގެ ގޮތުގައެވެ. މިނިވަންކަމުގެ ނަމުގައި ލިވާތުކުޅިއާ ސިހާގުކުރުމަށް ހިތްވަރު ދެއްވާ ބޭފުޅެއްގެ ގޮތުގައެވެ. ތިމާވެށި ހިމާޔަތް ކުރުމުގެ މިސާލުގައި މޫސުމަށް އަންނަ ބަދަލުތަކަށް ހަޖޫޖައްސަވާ ބޭފުޅެއްގެ މިސާލުގައެވެ. އަދުލުވެރިކަމަށް މަސައްކަތް ކުރާ އެހެނަސް އިންސާފަށް ޤަދަރު ނުކުރާ ބޭފުޅެއްގެ މިސާލުގައެވެ. އިގްތިސޯދީ މާހިރެއްގެ ނަމުގައި ގައުމު ދަރުވާލި ހިޔާނާތްތެރިއެއްގެ މިސާލުގައެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ އެކަމަކު މަސްތުވުމަށް ހިތްވަރު ދޭ "ގަންޖާ ބޮލެއް" ގެ މިސާލުގައެވެ. އިޖްތިމާއީ ބޮޑު ބަލިމަޑުކަމެއް ރާއްޖެއަށް ވެރިކުރުވި "ވަބާ" އެއްގެ މިސާލުގައެވެ. ޤައުމިއްޔަތު ހިމާޔަތް ކުރުމުގެ ބަދަލުގައި ގައުމު ވިއްކާލަން މަސައްކަތް ކުރި ޚާއިނެއްގެ މިސާލުގައެވެ. ދިވެއްސަކަށް ވެހުރެ ދިވެހިންގެ އިސްލާމީވަންތަ ސަގާފަތް ވަޅުޖެއްސި މަކަރުވެރިއެއްގެ މިސާލުގައެވެ. ދީން ހިމާޔަތް ކުރުމުގެ ނަމުގައި މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް ހަޖޫޖެހި މަލްޢޫނެއްގެ މިސާލުގައެވެ. ރަސޫލާއަށް ޞަލަވާތް ކިޔެވުމުގެ ބަދަލުގައި އެކަލޭގެފާނަށް ފުރަށްސާރަކުރި " އަބޫޖަހުލެއްގެ" މިސާލުގައެވެ. އިސްލާމްދީން މި ގައުމުން ފޮހެލުމަށް މަސައްކަތް ކުރާ […]
Read More ›

2018 އަށް ތަރަށްޤީ މުއިޒު ކުރާނަމެވެ

2013 ވަނަ އަހަރު ރައީސް ޔާމީން، ރައީސްކަމާއި ހަވާލުވެ ވަޑައިގަތްފަހުން ހޮޅިއެއް ވަޅުނުލާ، މަގެއް ހަދާނުލާ ރަށެއް ހއ. ތުރާކުނުން ސ އަތޮޅު ގަމާ ހަމަޔަށް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދައުލަތުން އެތައް ބައިވަރު ހަރަދުތަކެއް ކޮށްގެން އެތައް ޒަމާނަކުން ރާއްޖެ ނުގެނެވުނު ތަރައްޤީ މިއޮއްގެން ދަނީ އަންނަމުންނެވެ. އުމްރާނީގޮތުން އެކަންޏެއް ނޫނެވެ. އިޖްތިމާއީގޮތުންނާ އިލްމީ ރޮގުންވެސްމެއެވެ. އަތު ފަތު ނުޖެހި ތަރައްޤީ މިހިރަގެން ފަތުއަޑުކިޔާފައި އަންނަނީއެވެ. ބަލަބަލާ ތިއްބާ ލޯކުރިމައްޗަށެވެ. ކަނު މީހަކަށްވެސް ދޮގުނުކުރެވޭނެ މިންވަރަށެވެ. ނަމަވެސް ތަރައްޤީގެ މި ބަހާރު މޫސުމުގައިވެސް ވިހަގަދަ ކަށި ގަސްތަށް ދަނީ ފަޅަމުންނެވެ. އޭގެ ވިހަ ގައުމަށާ މުޅި ދުނިޔެއަށް ފޮނުވަމުންނެވެ. ކޮން މަޤުސަދެއްގައިތޯއެވެ؟ ފިނިފެންމާ މޯޅި ކޮށްލުމުގެ މަޤުސަދުގައިތޯއެވެ؟ ސިޔާސީ މަޤުސަދެއް ހާސިލްކުރުމަށް، ކޮންމެ ކަމެއްގައިވެސް ހަމަޔާއި އުސޫލު އޮންނާނެއެވެ. ހަމައާއި އުސޫލުން ބޭރުވުމުން ދެން ގިނަފަހަރަށް ދެއްކޭނީ ހަމަނުޖެހޭ ވާހަކަތަކެވެ. 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު އިދިކޮޅު ފަރާތްތަކުން ފުރަތަމަ ދައްކަމުން އައި ވާހަކައަކީ ރައީސް ގެންނަވަން ވަޢުދުވި ތަރައްޤީ ގެނައުމަށް ނުކުޅެދުނު ވާހަކައެވެ. ނަމަވެސް އިސާހިތަކު ސުމަކުން ފައްޓަވައިފިއެވެ. އެކަމަކު އެވަރު ކަމަކު ނުދިޔައެވެ. ސަރުކާރުގެ ހިންގުމުގެ ނިޒާމު ބަދަލުކޮށް 3 އަހަރު މަސްހުނި ގަނޑަކަށް ހަދާލާފައިވާ ސަރުކާރުގެ އިދާރާތަށް ހަމައަކައް އެޅުއްވުމަށްފަހު ދެން ފެއްޓެވީ ރައްޔިތުން ގެ ތެރޭގައި ހަމަޖެހުން ގާއިމްކޮށްދީ އިޖްތިމާއީގޮތުން ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ހެދުމުގެ މަސައްކަތެވެ. އެގޮތުން ރައްޔިތުން ހިތްހަމަ ޖެހިގެން އުޅެވޭނެ މާހައުލެއް ގާއިމްކޮށްދީ ހިތްފަސޭހަ ދިރިއުޅުމަކުން އާއިލާތައް ހެއްވާލިއެވެ. އެއް ގޮތަކުން ނޫނެވެ. އެތަށް ގޮތަކުންނެވެ. ކުރިން ނުލިބުނު ފަސޭހަތައް މިހާރު ދަނީ ލިބެމުންނެވެ. ތަރައްޤީގެ ރޭހުގައި ސްޕީޑް އެހެރަ ގެންދަނީ ބާރުވަމުންނެވެ. މިވަރުންވެސް މިވެރިން ހިތެއް ނުފުރުނެވެ. ވެރިކަމުގެ ދަހިވެތިކަމުގައި ކަސްފުވެފައިވާ ލޯތައް ހުޅުވޭ ވަރެއް ނުވިއެވެ. ވެރިކަމަށް ދެބައި ހަމަވަން ވީއިރު ސްޕީޑް މިހިރަގެން 100 އަށް އަރަނީ އެވެ. މަޑުމަޑުން ބާރުވަމުން […]
Read More ›

ތީ އަޅުގަނޑުމެންގެ މަންމަޔާ ބައްޕައެވެ!

  ކޮންމެ މަޔަކާ ބަފަޔަކު ދަރިއެއް އުފަންކުރުވާއިރު ހާދަފޮނި އުންމީދުތަކެއް ދެކޭނެއެވެ! އެއްވެސް އިންސާނަކީ ފުރިހަމަ އިންސާނަކަށް ނުވާނެއެވެ! ހިނގާބިނގާވެ އުޅުމާ ލޮލުގެ ފެނުމާ ވާހަކަ ދެއްކުމާ ކަންފަތަށް އަޑު އިވުމަކީ ކިހާބޮޑު ނިއުމަތެއްކަން ފަހަރުގައި ތިޔަ ބޭފުޅުންނަށް ނޭނގިދާނެއެވެ! ތިޔަ ބޭފުޅުންގެ އެ ހިއްސުތަށް ހަމައަށް ހުރީމައެވެ. އަދާއި ހަމައަށް އަހަރެން ވަރަށް ކެތްކޮށްފީމެވެ. އާއިލާއާ ގާތްތިމާގެ މީހުން އުފުލާ ބުރަ އިހުސާސް ކުރެވެއެވެ. ނިކަމެތިކޮށް ބާކީކޮށް އެކަނިކޮށްލުމުން ވޭތުވެދިޔަ 18 އަހަރު ރުއި ރުއިމާ އިހުސާސް ކުރަންޖެހުނު އެކަނިވެރިކަން އިހުސާސްކުރަން ފަހަރުގައި ތިޔަ ބޭފުޅުންނަށް އިހުސާސް ނުކުރެވިދާނެއެވެ. ކޮންމެ ނަމާދަކަށްފަހު މަންމައާ ބައްޕަ ކުރާ ދުޢާތަކުން ހިތް ފަޅައިގެންގޮސް ކުދިކުދި ވާހާވެއެވެ. އެމީހުން ރޯ ރުއިމާއި، ގިސްލާ ގިސްލުން އަހަރެންނަށްވުރެ ބޮޑަށް އިހުސާސްކުރެވޭނެ އިތުރު މީހަކު ހުންނާނެ ހެއްޔެވެ؟ މިހުރިހާ ތަކުލީފަކާ ހިތާމައެއް އުފުލަން ޖެހުނީ ކޮން ކުށަކުން ހެއްޔެވެ؟ ހަމަ އެންމެ ސަބަބަކަށްޓަކައިހެއްޔެވެ؟ އުފެދުމުގައިވެސް ނުކުޅެދޭ ކުއްޖަކަށް ވީމަހެއްޔެވެ؟ އަހަރެންވެސް އެކުވެރިންނާއެކު ބޯޅަކުޅެން ކިތަންމެހާވެސް ދާހިތްވެއެވެ. ރައްޓެހިންނާއެކު ހިނގާލަން ގޮސް މަޖާކޮށްލާ ހީ ސަމާސަކޮށްލާ ހިތުން ހިތް ފަޅައިގެންދާ ވަރުވިޔަސް ބަލި އެނދުން ތެދުވުމުގެ ކުޅަދާނަކަމެއް ނެތެވެ. މީ މިއަދު ތަޤުދީރެވެ. އަބަދަކު މައިންބަފައިންނަކަށްވެސް އަހަރެން އަތުލަފިކޮއްގެން ނުގެންގުޅެވޭނެކަން ދަންނަމެވެ. އަހަރެންގެ ބަލި ފަސޭހަކުރުމަށް އެމީހުން މާލީ އެހީތެރިކަން ބޭނުންވެއެވެ. މަދުމަދުން ސަރުކާރުންނާ ބައެއް ހެޔޮއެދޭ ފަރާތްތަކުން އެހީދިނެއްކަމަކު އެވަރުން އޮންނަނީ ދެކޮޅު ނުޖެހިފައެވެ. ޝުކުރު ނުކުރަނީއެއް ނޫނެވެ. 18 އަހަރު މިގޮތުގައި ކެއްކުރެވޭނީ ވަރަށް ހިތްވަރު ގަދަވީމައި ނޫންތޯއެވެ؟ ވަރަށް ދުއާކުރަމެވެ. ހިތާހިތުން އަބަދުމެ ރޮއެ ﷲ ހަޒްރަތުން އެދި ދަންނަވަމެވެ. މިއަށްވުރެ އުޖާލާ ދުވަހެއް ދައްކަވާތޯއެވެ. އަހަރެންނަށް އެކަންޏެއް ނޫނެވެ. އަހަރެންފަދަ ހުރިހާ ކުދިންނަށެވެ. ދަންނަވަންތޯއެވެ؟ މިއަދު މިއިނދެވުނީ ވަރަށް އުފަލުންނެވެ. ނުހިނގެއެވެ. އެހެން ނަމަވެސް އަމިއްލައަށް މިއަދު ތަންތަނަށް ގޮސް ހަދަމެވެ. ބޭރަށް ނުކުމެލާ މީހުންނާ ފެނިދެނިވެ ހެދެއެވެ. ކުރިން އަހަރެން ފެނުމުން މޫނު ހަދާފައި […]
Read More ›

ދެ މަހާރެހެންދިންގެ ތަފާތު !

އަރިމަތިން ތިޔަ ފެނިވަޑައިގަންނަވަނީ ކުރީގެ ރައީސް ނަޝީދުގެ އަނބިކަނބަލުން މެޑަމް ލައިލާ އަލީ އަދި މިހާރުގެ ރައީސް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމެވެ. އިއްޒަތާ ޝަރަފުވެރި ދެ ކަނބަލުންނެވެ. ނަމަވެސް ރައްޔިތުންގެ ހިތްތަކުގައި މި ދެ ކަނބަލުންނަށް ދެވިފައިވާ މަގާމު ތަފާތެވެ. މިޒާޖު ތަފާތު ދެރެހެންދިންގެ، އުޅުއްވުންވެސް ކިތަންމެހާވެސް ތަފާތެވެ. ލިބިވަޑައިގެންފައިވާ އިއްޒަތާ ޝަރަފުވެރިކަމާއެކުވެސް އެއް ކަމަނާއަކީ ރައްޔިތުންނާ ނިކަން ގާތް ބޭކަނބަލެކެވެ. އިއްޒަތުގެ ދާނުން ތެދުވެ އަބުއިކަމުގެ ފަރުދާ ކައްސަވާ ރައްޔިތުންގެ ގެތަކުން އެކެއްގެ ހާލު ބައްލަވަމުން އަނެކެއްގެ ބޭނުންތައް ފުއްދަވައިދެއްވުމުގައި އެކަމަނާގެ އޯގާތެރިކަމުގެ މުއް ހުޅުވާލައްވައިގެން ހުންނެވިއެވެ. އެއް ބޭކަނބަލެއްގެ ވާހަކަ ދައްކައިގެން ފަރުޖެހޭކަށް ނެތެވެ. ދެވަނަ މަހާރެހެންދީގެ ނަސީބު ދެރަކަމުން އެކަމަނާގެ ފިރިކަލުން ވެރިކަން ކުރެއްވީ ކުރު މުއްދަތަކަށެވެ. އެއަށްފަހު އިސްތިއުފާދެއްވާ ވަޑައިގަތީ ހުޅަގަށެވެ. މަހާރެހެންދިޔަކަށް ހުންނެވިއިރުވެސް އޭގެކުރިންވެސް ޖަލްސާއެއް ފަޅުފިލުވާލަން ނުވަތަ ފޮޓޮއެއް ނަގާލަން ނޫނީ މެޑަމް ލައިލާ ނުފެނެއެވެ. އަވައްޓެރިއެއް، ރައްޔިތެއްގެ ހާލުބައްލަވާލަން ވަޑައިގަތް ތަނެއް ނުދެކެމެވެ. ފެނިގެންދިޔައީ މުއްބާރުކަމާ އަބުއިކަމެވެ. އެކަމަނާ ފެނިގެންދިޔައީ ލޮލު ބޭހަކަށް ވުރެ ތަދުކޮށެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގައި އިސްލާމީ ހިޖާބުން ހެދުން ތުރުކުރެއްވި މަހާރެހެންދީގެ ޝަރަފާއެކު މެޑަމް ފާތުން ފެނިގެން ދަނީ ޒާހިދުކަމާއެކު ދީނީ ކަންތަކަށް ލޯބިކުރާ ކަނބަލެއްގެ ގޮތުގައެވެ. ދީނީގޮތުން ރައްޔިތުން ލޯހުޅުވައިދިނުމަށް އެކަމަނާގެ އަމިއްލަފުޅު ޖީބުން ޚަރަދުކުރައްވައިގެން ދީނީ ދަރުސްތައް ގެންދަވަނީ ބާއްވަވަމުންނެވެ. ފިރިކަލުންނެކޭ އެއްބީދައިން ހުޅަނގަށްވުރެ އިސްލާމީ ގައުމުތަކާ ގުޅުން ބަދަހި ކަނބަލެއްގެ ގޮތުގައެވެ. ދީނީ އަޅުކަންތަކަށް ލޯބިކުރައްވާ ކަނބަލެއްގެ ގޮތުގައެވެ. ނަމަވެސް މެޑަމް ލައިލާ ވަރަށް ތަފާތެވެ. އެކަމަނާ ފެނިގެންދަނީ އެކަމަނާގެ ފިރިކަލުންނެކޭ އެއްބީދައިން އިސްލާމީ ގައުމުތަކަށްވުރެ ހުޅަނގުގެ ގައުމުތަކާ ގާތްގުޅުމެއް ބާއްވަވާ ކަނބަލެއްގެ ގޮތުގައެވެ. ހުޅަނގުގެ ފަރާތްތަކާ ގައިގޯޅިވެ އުޅޭ ކަނބަލެއްގެ ގޮތުގައެވެ. ހުޅަނގުގެ ތަހުޒީބަށް ލޯބިކުރައްވާ ކަނބަލެއްގެ ގޮތުގައެވެ. މެޑަމް ލައިލާ ހައްޖަށް ވަޑައިގަތްތަނެއް ދީނީ ކަމަކާއިގެން އުޅުނުތަނެއް އަޅުގަނޑެއް ނުދެކެމެވެ. އެނގިވަޑައިގެން މީހަކު ހުންނެވިނަމަ އަނގާލަދެއްވުން […]
Read More ›

ދައިގަންނަން އުޅޭ ކުއްތާއެއް ވައްވަކެއް ނުކަޖާނެއެވެ

ފަށައިގަންނަން ގަސްތުކުރަނީ މަސްތަކެއް ކުރިންނެވެ. އިދިކޮޅު ފަރާތްތަކުން މަޖީދީމަގާ އަލިކިލޭގެފާނު މަގާ ގުޅުނު ކަންމަތީ ކުރި ނިކަން "ފޯރިގަދަ" ޣައިރު ގާނޫނީ އެއްވުމަކާ ހަމައިންނެވެ. މުޒާހަރާގެ ވަކި ހިސާބަކުން ފުލުހުން ބަންދުކޮއްފައިވާ ހިސާބައް ކަޅުތެލާ މަސްބާނާ ބެރި އުކަން ފެށި ހިސާބުންނެވެ. ކޮންމެއަކަސް އެސްއޯފުލުހުންގެ ވެހިކަލެއް ސައިރެން އަޅާފައި އަންނަ އަޑު މާދުރުން އިވެން ފަށައިފިއެވެ. ކަންދިމާކުރިގޮތުން މިވާހަކާގެ ބަތަލު ނޫނެކެވެ، "ބަތަލާ " މަހުލޫފު މަތިހަށި ނަގާފައި މިއޮތްގެން ހަޅޭއްލަވަނީއެވެ. ކިޔަނީ ކީއްކަން އެނގިލައްވާތޯއެވެ. "އަހަރެމެން ފުލުހުންދެކެ ބިރެއް ނުގަނޭ، މިތިބީ ބިރު ފަހަނަ އަޅާ ގޮސް" މިހެންނެވެ. މި ހަޅޭކުގެ ތެރޭން މަހުލޫފުގެ ކަންފަތުގައި އެސްއޯ ވެހިކަލުގެ ސައިރެންގެ އަޑު ޖެހުނީ ވެހިކަން މުޒާހަރާގެ ބައިވެރިންނާ ފުދޭވަރަކަށް ކައިވިފަހުންނެވެ. ދެންތޯއެވެ. އެއްކަލަ މަތިހަށިނަގާ އުޅުނު މަހުލޫފެވެ. ނަގޫޖެހިތާ ބޯޖަހާފައި އެހެރަގެން ދުއްވާގަތީއެވެ. އަލިކިލޭގެފާނުމަގުން ދުވެގޮސް ލިލީމަގުން އަޅިތަނުން އެހެން ދިޔަ ސައިކަލެއްގައި އިން ސޮރަކު އޮބިއަޅާގެން އެސޮރު ފަހަތަށް އަރާގެން އެހެރަގެން ދިޔައީތާއެވެ. ދެން އެރެޔަކު ދައްކައެއް ނުލައެވެ. މަހިތަށް އެރިއެވެ. ކަލޯ ހާދަ ގަޓުހުރި މީހެކެވެ. ބިރެއް ނުގައްނާނޭ ބުނެ އަނގައިގައި އެއްބައި އޮއްވާ،  ބުޅަލެއްގެ ބުޑުގައި އުނބުންޖެހުމުން ދުވެ ފިލާހެން އެހަރަގެން ދުވެގޮސް ފިލީއެވެ. ވަރަށް ހިނި އައެވެ. އަނެއްކާވެސް އެހެން ދުވަހެކެވެ. ވަރަށް ބާރުލައި ރައްޔިތުންގެ ހައްގުގައި އެއްކަލަ މަހުލޫފު އަޑު އުފުލަނީއެވެ. ދިވެހިން ސަލާމަތް ކުރަންށޯލައެވެ. ޖަލައްދާންޖެހުނަސް ވަރިހަމަޔޯލައެވެ. ރައްޔިތުންގެ ހައްގުގައި ގުރުބާންވާން ތައްޔާރަޔޯލައެވެ. އެހެރަ ބޮޑު ފިރިހެންނާ ބަނޑުންވައިޖަހާ ކަރުބުޑުން ހުރެ " ފެލި " ނަގަނީއެވެ. ދެއްކި ވާހަކަތަކުގެ އަޑު ނުކެނޑެނީސް ޖަލަށް ދާންޖެހިއްޖެއެވެ. ކިހާވަރަކުން ދާނެބާއެޔޭ ހިތަށް އެރިއެވެ. ގެޔަށްވަދެ ހަބަރު ބަލަން އިށީނދެލީމެވެ. އަނެއްކާވެސް ދިޔައީ ހިނިގަނޑު ފަޅާގެންނެވެ. އެއްކަލަ މަހުލޫފު ރޮއެ ނަގަނީއެވެ. ބަނޑެއްގައި ރި ބޮލެއްގައިރިހި 2 އޯވަރީވެސް ފެއިލް ވެއްޖެޔޯލައެވެ. މަ އަވަހަށް މިނިވަން ކޮއްދޭށެޔޯލައެވެ. " ވޭންވަރު" އަރާފައި އޮތް އަންހެނަކަށްވުރެ މަހުލޫފު ކަންތަށް […]
Read More ›

ތަރަށްޤީ ފެންނާނީ ތަރައްޤީވެފައިވާ ސިކުނޑި ތަކަކަށެވެ!

  ހެސްކިޔާފައި ފުއްލާ ދުވެލީގައި ޤައުމަށް ތައައްޤީ ދަނީ އަންނަމުންނެވެ. ނުކުރުރެވޭނޭ ބުނި އެތަށްކަމެއް ކޮށްނިންމާ ރައްޔިތުންނަށް އެކަމުގެ ފޮނިމީރުކަން ދަނީ ހޯދައިދެމުންނެވެ. ﷲ ވާގިފުޅާ ލައިގެން ކުރެވޭނެކަން ދައްކަމުންނެވެ. އިހްލާސްތެރިކަމާއި އެކު ރައްޔިތުންނާ މި ލޮބުވެތި ޤައުމުގެ ހައްގުގައެވެ. ރާއްޖޭގެ އަސްދަނޑިން ބޭރުންނާ އެތެރެއިން އަންނަމުންދާ ފިއްތުންތަކާ ހަމަލާތަކުން ދި ދިވެހި ގައުމާ ދިވެހި ރައްޔިތުން ސަލާމަތް ކުރައްވަމުން އެގެންދަވަނީ އަމިއްލަފުޅު މޭ އައްޑަނަޔަކަށް ދިއްކޮއްލައިގެންހުރެއެވެ. ގައުމަށްޓަކައި ކޮންމެފަދަ ގުރުބާނީއެއްވެސް ވެވަޑައިގަންނަވާނެކަން ސާބިތުކަމާއެކު ހާމަކޮއްދެމުންނެވެ. ވިސްނާވަޑައިގެންބައްލަވާށެވެ. ރާއްޖޭގައި ދުނިޔޭގައި ނެތްފަދަ އެއާރ ޕޯޓަކާ ބަނދަރުތަކާ ބްރިޖެއް އެޅިޔަސް ނޭޅިޔަސް ހުޅަނގުގެ ގައުމުގެ މީހުންނަށް ކީއްތޯއެވެ؟ 25 ބުރީގެ ޒާމާނީ ފެންވަރުގެ ހޮސްޕިޓަލެއް ހުއްޓަސް އެތަނަކަށް ހުޅަނގުގެ މީހުންނެއް ބޭސްފަރުވާޔަކަށް ނާއްނާނެއެވެ. ހުޅަނގުގެ ކާފަރު ގައުމަކުން ދުވަހަކުވެސް އިސްލާމީ ދައުލަތަކަށް ހެވެއްނޭދޭނެކަން ހަމަބުއްދިން ވިސްނާލި ކޮންމެ ސިނކުނޑި އަކަށްވެސް އެނގި ސާފުވާނެއެވެ. ދެން މާ ހުޅަނގުވެގަނެގެން ތިޔަ އެމީހުންގެ ވާގިހޯދަނީ ކޯއްވެތޯއެވެ؟ ތަރައްޤީ ވުމުން ފައިދާކުރާނީ ކިތަންމެ ވަރަކަށް އަޑުއުފުލާ ރައީސްމީހާއަށް ކިތަންމެ ހުތުރު ބަހުން މުއާމަލާތު ކުރިޔަސް ހަމަ ދިވެހިންނަށެވެ.  25 ބުރީގެ ހޮސްޕިޓަލުން ފައިދާކުރާނީވެސް ހަމަ ދިވެހިންނަށެވެ. ބްރިޖް މަތީގައި ދުއްވާނީވެސް ހަމަ އަހަރެމެން ދިވެހިންނެވެ. ބަނދަރާ އެއަރޕޯޓެއް އޮތީމައި ފަހުރުވެރިވަނީ ވެސް ހަމަ އަހަރެމެން ދިވެހިންނެވެ. އެތަށް އަހަރެށް ވަންދެން ދިވެހިން އަޅުވެތިކޮށް ފިއްތާގެން ގެންގުޅު ބަޔަކަށް ދިވެހިން ތަރައްގީގެ މަގުގައި ހިންދެމިލާ ހަމަ އިސްކޮޅަށް ދެމިލާތަން ދެކެން ކުޅަދާނައެއްނުވާނެއެވެ. ހުޅަނގުގެ ތަހުޒީބުން ތިޔަ ކޮޕީކުރާ ލަވަތަކާ ހެދުންތަކުގެ އިތުރުން ދިރިއުޅުމުގެ ވައްޓަފާޅި އަށްވުރެ ހުޅަނގުގެ މީހުންގެ ވިސްނުން ކޮޕީކުރުން މާ ރަނގަޅުނޫންތޯއެވެ. ދުނިޔޭގައި ލެއްވި މަހުލޫގުންގެ މައްޗަށް އިންސާނާ މާތްކުރަށްވާފައިވަނީ ސަބަބަކަށް ނޫންތޯއެވެ؟ ހުޅަނގުގެ ދޮންމީހުން ވެސް ތަރަށްގީޔަށް ޖާގަދެއެވެ. ތަރައްގީއަށް ލޯބިކުރެއެވެ. ތަރަށްޤީއަށް ފުރުސަތު ދެއެވެ. ދެން ދޮންމީހުންއުޅޭހެން އުޅެން ބޭނުންނަމަ އަމިއްލަ ސިކުނޑި އާއި ވިސްނުން ތަރަށްޤީ ކުރަނީ ކޮންއިރަކުތޯއެވެ؟ ތިމާގެ ވިސްނުމާ ބުއްދި ނެތި […]
Read More ›

އެއްލަކިން 2018 !

ދަންނަވަންތޯއެވެ. ރިޔާސީ އިންތިހާބެއް މިޔޮތްގެން ބޯމަތިވަނީއެވެ. އެއްބަޔަކު ނިކަންފޯރީގައި ގައުމު ތަރައްޤީކޮއް 2018 އަށް ކެމްޕޭންވެސް ކުރަނީއެވެ. އަނެއްބަޔަކު ސަރުކާރު ވައްޓާލަން ނިކަން ފޯރީގައި ތެޅިބާލަނީއެވެ. އެބަޔަކު އަސޭލާގެ ވާގިހޯދާ ހިސާބުޖަހާ ހުޅަނގުގެ ގައުމުތަކުން ވާގިލިބިގަންނަނީއެވެ. ނަމަވެސް ހުޅަނގަށްވެސް ނޭގުނު ކަމަކީ ދުނިޔޭގައިވެސް ހިސާބަށް އެންމެ މޮޅެތިމީހުންތިބީ ރާއްޖޭގައި ކަމެވެ. މަސްހޫރު ހިމިތީގެ ވާހަކަ އަޑުއަހަމުނޫންހެއްޔެވެ. އާއެކެވެ! މިވޭތުވެދިޔަ ލޯކަން ކައުންސިލްގެ ވޯޓުލާން ނިކުތް މީހުންނާ ގޮނޑިތަށް ބެހިގެން ދިޔަގޮތުން ހިސާބު ވަރަށް ސާފެވެ. ފާއިތުވެދިޔަ ލޯކަލްކައުންސިލްގައި ވޯޓުލާން ނިކުތީ އާބާދީގެ %67 މީހުންނެވެ. އޭގެތެރެއިން ސަރުކާރުފަޅިއަށް ލިބިގެންދިޔައީ %44 އެވެ. މިހާތަނަށް ރާއްޖޭގައި ބޭއްވިގެންދިޔަ ރިޔާސީ އިންތިހާބުތަކުގައި އާބާދީގެ %92 މީހުން ވަނީ ވޯޓު ލާން ނުކުމެފައެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާން ނުކުތް މީހުންގެ އިތުރުން %26 މީހުންނެވެ.  "މައުނައީ" ރިޔާސީ އިންތިހާބެއް ކާމިޔާބުކުރަން ރައީސްޔާމީން ގިނިކަންޔާ ނިކުމެވަޑައިގެންނެވިސް މިހާރު  ބޭނުންވަނީ އެންމެ %11 ވޯޓު ކަމެވެ. 2018 ވަނަ އަހަރު ރައީސް ޔާމީންއަށް އިތުރަށް %11 ވޯޓު ނުލިބެންވީ އެއްވެސް ސަބައެއް ނެތެވެ. ގައުމަށް އަންނަމުންދާ ތަރައްޤީއާއި ކުރިއެރުމުގެ އިތުރުން ފަރުދުންގެ މާލީ ތަނަވަސްކަން އިތުރުވެގެންދާ ދިއުމަކީ 2018 އަށް ރައީސް ޔާމީން ހޮވަން ދިވެހި ރައްޔިތުން ބޭނުންވާނެ ސަބަބެކެވެ. ބޭސްފަރުވާއަށް ސަލާންޖެހުން ނިމުމަކަށްގެނެސް އެންމެ ކުއްޖަކުވެސް ބާކީނުކުރާނަން ކުރައްވާ މަސައްކަތުން ކޮންމެ މަޔަކުވެސް ތިބީ 2018 ގައި ވެރިކަމަށް ރައީސް ޔާމީން ނޫން މީހަކަށް އާބަސް ބުނަން ތައްޔާރަކަށް ނޫނެވެ. އެކަނިވެރި މައިންނާ އިސްރައްވެހިންގެ ހިތްތަކުން މިޔަދު އެދިގޮވަނީ 2018 ގައިވެސް ރާއީސް ޔާމިން ވެރިކަން ކުރާށެވެ. ތުއްތުކުދިންނާ އާއިލާތަކުން ހިތްއުފާކޮށްލަން އަޅައިދިން ޕާކުތަކުގައި ތިބެގެންވެސް އެފަރާތްތަކުން އެދައްކަނީ އެއްވާހަކައެކެވެ. އާއެކެވެ! ޔާމީން ބޭބެ ނޫނީ 2018 އަކަށް ކަމަކު ނުދެއެވެ. ބޯހިޔާވަހިކަމެއްނެތްދުވަހު ބޯހިޔާކޮއްލާނެ ފްލެޓްތަކާ މަގުމަތިވެގެން ދުވި ޒުވާނުންގެ ބަލަދުވެރިޔަކަށް ވެވަޑައިގަތް "ބައްޕަ" ނޫން އެހެން ފަރާތެއް 2018 ގައި ވެރިކަން ކުރާތަން ބަލާކަށް އެފަރާތްތަކެއް […]
Read More ›

ވިސްނާލެއްވީމުތޯއެވެ؟

  ހުއްބުލް ވަތަނުގެ ލޮބުވެތި ދަރިންނޭވެ! ހޭބޯ ނުލެވީ އަޅެފަހެ ކޮންކަމަކައިގެން ތޯއެވެ؟ ތިބާ އެންމެ ފަހަރަކުވެސް ގައުމާއި މެދު ވިސްނާލެއްވީމުތޯއެވެ؟ ބައެއް ފަރުދުންގެ އަމިއްލަ އެދުން އިސްކޮށް ގައުމަށް ދެމުންދާ ގެއްލުމާއި މެދު ފިކުރެއް ކޮށްލެއްވީމުތޯއެވެ؟ ގައުމަށް އަންނަ ކޮންމެ ހެޔޮބަދަލަކުން ތިބާޔަށް ކުރާނީ ކޮން އަސަރެއްތ ވިސްނާލެއްވީމުތޯއެވެ؟ ކިތަންމެ ބަޔަކު ވެރިކަން ކުރާތަން ދުށީމު ނޫންހެއްޔެވެ! އިއްޔެއާއި އަދާ ފަރަގެއް ތިބާޔަށް ފާހަގަ ވިތޯއެވެ؟ މީހުންގެ ވާހަކަތަށް ތިމާގެ ސުކުނޑިން ނެރެލާ އަމިއްލަ ޒަމީރު ގަބޫލުކުރާ ނަޒަރިއްޔާތުން ތިބާ އެންމެ ފަހަރަކުވެސް ވިސްނާލައްވަމާތޯއެވެ؟  ތާއީދު ކުރަނީ އިދިކޮޅުފިކުރަށްތޯއެވެ؟ މައްސަލައެއް ނެތެވެ. ކުޑަ އިރުކޮޅަކަށް ނަމަވެސް ފިކުރުތައް އެއްފަރާތްކޮށް އަޅުގަނޑާއިއެކު ހިންގަވާށެވެ. ތިބާގެ މުސްކުޅި މަންމަޔާ ބައްޕަ ދުނިޔޭގައި އެބަ ހުންނެވިތޯއެވެ؟ އެމީހުންގެ ހިތްތަކުން މިޔަދު އެފެންނަ އުފާވެރިކަމުގެ އަސަރުތަކާއިމެދު ވިސްނާލެއްވީމުތޯއެވެ؟ ތިބާގެ ދަރިފުޅު ގޮވައިގެން އެ މުސްކުޅި މަންމައާއި ބައްޕަ ކަންމަތީ ފިހާރަތަކުން އައިސްކްރީމް އާއި ޗޮކުލެޓު ގަނެދީގެން ހަވީރު ފިންޔަށް ބުރުޖަހާލަން ޕާކުތަކަށް ދާތީ ތިބާ އުފަލެއް ނުވޭތޯއެވެ؟ އެ ތުއްތު ތުއްތު ދަރިފުޅުގެ މައުސޫމު ދެ ތުންފަތުން ފާޅުވާ އުފާވެރިކަމުގެ އަސަރުތަކުން ތިބާގެހިތަށް ހިތްހަމަޖެހުމެއް ނުލިބޭތޯއެވެ؟ އެކިމީހުންގެ ވިސްނުމާ ފިކުރު ކުރުމުގެ "ލެވަލް" ތަފާތުވެދާނެއެވެ. ތިބާގެ ކޮއްކޮ އަކީ ކިޔެވުމަށް އެހާ މޮޅުކުއްޖެއް ނޫން ދެއްތޯއެވެ؟ ނަމަވެސް ތިބާ މިޔަދު އެކަމާ ފިކުރު ކުރަން ނުޖެހުނީ ކީއްވެތޯ ހިޔާލުކޮއްލައްވަބައްލަވާށެވެ؟ އެންމެ ކުއްޖަކުވެސް ބާކީ ނުކުރަން ކުރާ މަސައްކަތުގެ ނަތީޖާއިން ނޭގި ނަމަވެސް ތިބާގެ ކޮއްކޮގެ މުސްތަގުބަލު އުޖާލާ ކޮއްފިނޫންތޯއެވެ؟ ކޮއްކޮ ބޮޑުވެގެން މުޖުތަމައުއަށް ނުކުންނައިރު ކުރާނެ މަސައްކަތެއް ނެތިގެން ވަޒީފާއެއް ހޯދަން، ތިބާ ތެޅެންޖެހުނު ހާލުގައި ތެޅެން ނުޖެހޭނެކަން ތިބާޔަށް ކަށަވަރު ނޫންތޯއެވެ؟ ހަސަނުބޭ ތިބާގެ ބޮޑުދައިތަ ވަރިކޮއް އެއްލާލާފައި ދިޔައީ 3 ކުދިންނާއެކު ނޫންތޯއެވެ؟ ހަސީނާ ކުރާނެ މަސައްކަތެއް ނެތި ބިކަހާލުގައި ގަނަތެޅެން ނުޖެހުނީ ކޮންކަމަކުންކަން ތިބާ ހަނދުމަނެތުނީތޯއެވެ؟ ބޮޑުދައިތަގެ ހުސޭނު އެހަރަގެން ކުރާ ވިޔަފާރި ފުޅާވެ އެދަނީ […]
Read More ›