އޭ ހުސެއިން ރަޝީދެވެ! ތިމަންނަވަރުގެ ޢިލްމްވެރިޔަކު ނެތްކަމަށް ހެދިގެން ދުވަމުންދާ ޝޭހެވެ! ނަސާރީދީނުގެ ފާދިރީއެއްކަމަށް ހެދިގެން ﷲއާއި އެކަލާންގެ ރަސޫލާ އަށް ޖޯކުޖަހާ މީހުންނާ އެއްތަށިން ކާ ހުސޭނޭވެ!

މީގެ އެތަށް އަހަރެއް ކުރިޔަށް ޖެހިލަބަލަ ތިމާގެ އަމިއްލަ ހާލަތާމެދު ނިކަން ވިސަނަބަލާށެވެ! ސ.އަތޮޅަށް އާއިރު ހުސޭނުގެ ތުނބުޅި މޭމަތީގާ ޖެހެއެވެ! ހުދުޖުއްބާނޫން އެހެން ހެދުމެއް ތުރުނުކުރައްވަ އެވެ. ކަނާތުގާ އަސާއެއް އޮތެވެ! ވައަތުގައި އޮތް ތަސްބީހުން ޒިކުރުކުރަމުން ދިޔައެވެ! ބުރުގާ ނާޅާ އަންހެނަކު ފެނިއްޖެ ނަމަ މިހުރީ ﷲ ގެ އަދުވެއްކަމަށް ބުނެ އެމީހަކު ދުރުކުރަމަށް ރޮޔަހަދައެވެ!

ނިކަން މިއަދު އަމިއްލަ ހާލަތާމެދު ވިސްނަބަލާށެވެ! ރަތްޕާސްޕޯރޓާއި ދުނިޔޭގެ ލައްޒަތާޖެހި ތިބާގެ ނަފްސް ހަލާކުކޮށްލިއެވެ! ދުވަހުން ދުވަހަށް ތުނބުޅި ކުރުވިއެވެ. ދެން ބެލީ ރުފިޔާ ފައިސާ ކޮންމެ ގޮތެއްހަދާފަވެސް އަތުޖެހޭތޯ! އެގޮތުން ފޮތްތަކެއް ލިޔެ ބޮޑުއަގުގައި ވިއްކުމެވެ. ނިކަން އިސްލާމް ދީނަށް ހެޔޮއެދޭނަމަ ހުސޭނުގެ ވެބްސައިޓުން ފޮތް ލިބެންހުރި ތަންތަން އިސްތިހާރު ނުކޮށް ސައިޓުން ފޮތް ލިބޭނެ ގޮތެއް ހަދާބަލަ.

ކެނެރީގެ ނަޝީދު ވެރިކަމަށް އައުމުގެ އަހަރުތަކެއް ކުރިން ހުސޭނު ފެނުނީ އޭރުގެ ބެސްޓް ފްރެންޑްގެ ވެރިކަމުގެ ކޮއިލުތެރެއަށް ވަދަގެން ބެލީ އަތޮޅަށް ވެސް އަދި ރައްޔަތަކަށްވެސް ބަލާނުލާ ތިމާގެ އަމިއްލަ މަސްލަހަތު އިސްކޮއްލި ތަނެވެ. މިގޮތުން އެކި ގޮތްގޮތުން ތެޅިބާލަމަުން ދަނިކޮށް ކިނބިގަސްދޮށުގޭ މައުނަށް ވެސް މިކަލޭ އަނގަ މަތީ ޓޭޕްއަޅަން ޖެހުނީއެވެ. އެގޮތުން މާލޭ ރައްޔަތުންނަށް ދިމާވި ބިމުގެ ދަތިކަން ހައަލު ކުރުމަށް ވިލިގިލިން ގޯތި ދޭންނިންމައި އެތަނުން ގޯއްޗެއް މިކަލޭގެއަށް ދިނުމުން ލަވަވެސް ބަދަލްވީ އަދި ކުރިން ހެދި ރާގުވެސް ހަދާން ނެތުނީއެވެ. ދީން ހަތިޔާރަކަށް ހެދި ފުރަތަމަ މީހަކީ ހުސޭނެ ބުންޔަސް ދޮގަށްކަށް ނުވާނެވެ.
މުޅިއުމުރު ޢިއްޒަތާ ޝާހް ހޯދުމަށް މަސަކަތް ކުރަމުން ދަނިކޮށް މީނަ އަށް ފެނުނީ ނަސޯރާދީނަށް އަދި އުއްމަތުގް ނަބީޔާއަށް ފުރައްސާރަ ކޮށް ދޮން މީހުން އުޅޭގޮތަށް ދިވެހިން އަނބުރަން މަސަކަތް ކުރި އަދި ބަޔަކު މަސްތުގަ ތިބުމަށް ފާޅުގަ ވާހަކަ ދެއްކި ކެނެރީގޭ ނަޝީދު މިގައުމަށް ފާވުމެވެ. އެގޮތުން ފުރަތަމަ މީނައަށް ކެނެރީގެ ނަޝީދު ދިން ވަޒީފާ އަކީ ރިޔާސީ ކޮމިޝަންގެ ގެ ވަޒީފާއެކެވެ. އެވެސް ގައުމުގެ ނިކަމެތިން ލާރި ނުހަގު ގޮތުގަ މި އިލްމްވެރި ކަލޭގެ ނަގަން ފެށި ފެށުމެވެ، މީނަ ރިޔާސީ ކޮމިޝަންގަ ހުރި ދުވަސްވަރުގަ ނެތޭ އެއްވެސް މައްސަލް އެއް ބެލިފަ، މައުމޫން އާއި ޔާމީންގެ 800 މިލިޔަން ރުފިޔާގެ އަޑު ފެތުރިއެވެ އަދި އެމް.ޑީ.ޕީ ވެރިކަމުގަ ބަލަން ހަވާލު ކޮށް އެވެސް އެއްވެސް ކޮޅެއްގަ ނުޖެހި ވެރިކަނމުން އަމިއްލައަށް ކެނެރީގެ ނަޝީދު އިސްތިއުފާދިނީ. ދެވަނައަށް ދިނީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމެވެ، އެވެސް ދިނީ އެއްކަލަ ލާދީނީ ނަޝީދެވެ. ނަޝީދު ކުރާކޮންމެކަމެއްވެސް ކުރާނީ އަދި ކޮށްފަވެސް އޮތީ އިސްލާމްދީނާ ދެކޮޅަކަން ހުދު ޝޭހް ހުސެންވެސް ގަބޫލް ކުރައްވާ އަދި އެކަމާ ހުސެން ވާހަކަވެސް ދައްކާހެދި އެވެ، ހިތާމައަކީ މީހާ އަކީ އިލްމް ލިބި ހުރެ މާއްދިޔަތަށް ގޮސް ހުސްވެފަ ހުރި މީހަށް ވުމެވެ. މީނަ މިނިސްޓްރީ ގަ ހުރި އިރުވެސް މީނަ ބެލީ އާއިލާ މީހުންގެ ކަންތަށް ތަށް ކޮށްދެވޭތޯއެވެ.
ތިމާމީހުންގެ ތެރެއަށް ނުކުމެ އުޅޭއިރު ލަދުހަޔާތްކޮބައިބާ؟ ތިމާއަށް ބޮޑުބޭބެ ކިޔާއަންހެން ދަރިން ތިބީ އޮރިޔާމުންނެވެ! އަދި ތިމާއެގައަކުން ކައިބޮއި އުޅޭ ގެތަކުގެ ފާރު ތަށް ވަނީ ފޮޓޯއިން ފުރިފައެވެ، ކޭބަލް ޓީވީ ، ޑިޝް ، އިންޓާނެޓް ލިމިޓުން ނެއްޓިފައެވެ. އެހެން އިލްމްވެރިަންނަށް ބަސް ބުނާއިރު މީ ހުދު ޖުއްބާ ސ.އަތޮޅަށް ތަޢާރަފް ކުރި ޝޭހްގެ އާއިލާގެ މެންބަރުންގެ ހާލަތު . އެހެން މީހުންގެ ބަލިފައިގައި ހިފާދެމުމުގެ ކުރިން ތިމާ ވަށައިގެން އުޅޭ މީހުން ހާލަތާމެދު ރަނގަޅަށް ވިސްނާލުން ރަނގަޅުވާނެވެ. އެމީހުންނަށް ފުރަތަމަ ﷲގެ ޝަރީއަތް ޤާއިމްކޮށްބަލަ ، އެންމެ ފަހުން ތިމާގެ އަމިއްލަ ދަރީންނާއި އަންހެނުންވެސް ކެނެރީގޭ ނަޝީދުގެ މަކަރުވެރި ރޭވުމުގައި ޖެހި ތިމާ ބޭޒާރު ވުން ނުންއެހެން ކަމެއް ނުވެއެވެ. 30 އަހަރުގެ ހުދު މުހުތާރު މައުމޫންގެ އަންހެނުންނާއި އަންހެން ދަރިން ބުރުގާ ނާޅާ ވާހަކަވެސް ފުރަތަމެވެސް ދައްކަން ފެށިމީހަކީ މައުމޫނޭ ބުންޔަސް ދޮގަކަށްނުވާނެވެ، އަދި ޝޭހް އަމިއްލައަށް ނޫންތޯ ކިޔަމުން ދުވީ އިސްލާމީ ގައުމެއްގެ ރައީސްގެ އަންހެނުން ބުރުގާ ނާޅާވާހަކަ ދައްކާ ހަދާފަ އެންމެފަހުން 30 އަހަރުގެ ވެރިކަން ނިންމަން ބައިޔަތު ހިފިމީހާއަކީ ދީނުގެ އެއްވެސް ހުކުމަކަށް އިހްތިރާމް ކުރުމެއްނެތި ފާޅުގަ ދީނަށް ފުރައްސާރަކޮށް އަދި ބައިޔަތު ހިފިމީހާ އަންހެނުންވެސް ބުރުގާ ނޭޅިގެން އުޅެނިކޮށް ވެރިކަންވެސް ނިމުނީ ، މީހުންގެ ވާހަކަ ދައްކަމުން ހުސެން ދާއިރު ތިމާގެ އާއިލާ މެންބަރުން ލަވަކިޔާ ، މަސްތުވާ ހާލުގަ ، ގެޔަށް މިޒަމާނުގެ ގޮތުން ކިޔާނަމަ ބޯއިފްރެންޑުން ދިޔައިރުވެސް ތިމާއަކަށް އެތަނެއް ނުފެނެވެ، މީހުންނާ ދިމާލަ އިނގިލި ދިއްކޮލާއިރު ބާކީ 4 އިނގިލި ހުރީ ހުސެންއާދިމާލަށް .

މުޅި އުމުރު އިއްޒަތާ ޝާން ހޯދުމަށް މަސަކަތްކުރުމަށްފަހު އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓްރަކަށް ބޯކޮއްޕއެވެ. އަދި ތިމަންނަ ބައިޔަތު ހިފާއިފާ ވާ ސޫފީ އުސްތާޛުންގެ ބިދުރަވެރި އަގީދާ އާއި ތަގްލީދު ފަތުރަންއުޅުނެވެ! ރާއްޖޭގެ ރަށްރަށުގައި ގުނޫތު ކިއުން މަޖުބޫރު ކުރުވަން މަސައްކަތް ކުޅުއެވެ ! ހުސޭނުއެވެ ، ތިމަ ކިތައްމެ ވަރަކަށް ވެބްސައިޓް އެއް ހަދައިގެން އަދި އެހނިހެން ވަސީލަތް ބޭނުން ކޮށްގެން ތިމާ ބައިޔަތު ހިފި ސޫފީންގެ ގޮތް މިރަޢްޖެއަކު ދެނެއް ނުފެތުރޭނެއެވެ! މިއީ އިންޓާރނެޓާއި ޓީވީ ގެ ދުވަސްވަރެވެ! ހެއްކާއި ދަލީލަޢި ދުނިޔޭގެ ބޮޑެތި އިލްމްވެރިންނާ އެންމެ ބަޓާނަކުން ގުޅާލެވޭ ޒަމަނެވެ!.

ދެން ހުސޭންގެ ލިޔުންތަކާއި ފޮތްތަކަށް ބަލައި ލަމާ! އުރުދޫ އަރަބި ބަހުގެ އެތައްފޮތްތަކެއް ދިވެހި ބަހަށް ތަރުޖަމާ ކޮށް ފޮތުގެ ބަނޑޭރި ގަނޑުގައި ނަން ބޮޑު އަކުން ލިޔަލެވެ. ނިކަން މި ވެބްސައިޓަށް ބަލައިލަމާއެވެ! 1900 އަހަރުތަކުން ފެށިގެން ލިޔެފައިވާ ފޮތްތަކޭ ކިޔާ ބާސާ ކަނޑާ ފޮތުގެ އިޝްތިހާރުލައެވެ. އަދި ފޮތް ލިބެންހުންނަ ތަންތަން އިޝްތިހާރު ކުރައެވެ. ނިކަން ކެރެންޔާ ތިޔަ ބުނާ އެއްޗެއްގެ ސޮފްޓް ލައިބްރަރީ އެއް ތައްޔާރު ކޮށް ބަލަ. ހުސެންއަށް ލިބޭ އެއްޗެއް މަދުވެދާނެ ތީ ބިރުނުގަންނާށެވެ.!

http://www.haveeru.com.mv/dhivehi/news/29982

http://www.haveeru.com.mv/dhivehi/news/44686


މައުމޫންގެ ވެރިކަމުގައި ލަނޑާގިރާވަރުގައި ބުދު ބެހެއްޓިމައްސަލައިގައި ޝޭހް ރަޝީދުގެ ބަސްމަގު ހުރިގޮތް
ޚަބަރު
ލަނޑާގިރާވަރު ރިސޯޓުގައި ބުދު ބެހެއްޓި މައްސަލަ އަދާލަތު ޕާޓީން ހަރުކަށިކޮށް ކުށްވެރިކޮށްފި
މައިނާ ލަތީފް
ހަވީރު ޑެއިލީ، 20 މާޗް 2007 00:00
އިނގިރޭސި މަހުޖަނު ފިލިޕް ގްރީންގެ އުފަންދުވަސް ފާހަގަ ކުރުމަށް މި މަހު 14 އިން 19 އަށް ބ. ލަނޑާގިރާވަރު ރިސޯޓުގައި ބުދެއް ބަހައްޓާފައި ވާތީ އަދާލަތު ޕާޓީން އެކަން ވަރަށް ހަރުކަށިކޮށް ކުށްވެރިކޮށްފި އެވެ.
އަދާލަތު ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕާޓީގެ ރައީސް ހުސައިން ރަޝީދު އަހުމަދު ވިދާޅުވީ ލަނޑާ ގިރާވަރުގައި ހެދި ބުދުފައްޅިއަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ އަގީދާއާ ކުޅެ، ދީނަށް މަލާމަތްކޮށް ފުރައްސާރަ ކުރުމާއި ދިވެހިންގެ އަގީދާ އަށް ގޮންޖެހުމުގެ ގޮތުން ކޮށްފައިވާ އަމަލެއް ކަމަށެވެ.
އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ވިދާޅުވީ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހަކީ ހަމައެކަނި ފަރުޟް ފަސްނަމާދަށް ބަންގި ގޮވާތޯ ބަލަން ހުރި ތަނެއް ކަމުގައިވާ ނަމަ އެ ޕާޓީން ދެކޭ ގޮތުގައި ސަރުކާރުން ބައެއްގެ ލޮލުގައި ކަޅުއަނދުނެއް އަޅުއްވަނީ ކަމަށެވެ.
ޑރ. މަޖީދު ވިދާޅުވީ ރާއްޖެ އަށް އަޅުކަންކުރާ ކަހަލަ ބުދު އެތެރެކުރުން މަނާ ކަމެއް ކަމަށް ވާއިރު، މިހާރު ވެސް އެފަދަ ބުދުތައް ބައެއް ރިސޯޓްތަކުގައި އެބަހުރި ކަމަށެވެ.
އަދާލަތު ޕާޓީން ބުނީ ބުދުގެ މައްސަލައިގައި އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހަށް އިއްޔެ ސިޓީއެއް ފޮނުއްވާފައި ވާނެ ކަމަށެވެ.
އައްޑު އަތޮޅުގައި ބެހެއްޓި އައިރު މުސްލިމުން އަޅުކަން ކުރަން ގެންގުޅޭ ބުދު އަދި އެމީހުންގެ ދީން ރަމްޒްކޮށްދޭ ގޮތަ ހަދާފައި ހުރި ތަކެތި ބެހެއްޓުމުން ކެނެރީގޭ ނަޝީދުގެ ވެރިކަމުގައި ދެއްކި ވާހަކަ
.